📍 ހދ. ހަނިމާދޫ
ރައީސް ހަނިމާދޫ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލު ކުރައްވައިފި
އުތުރުގެ ތިން ރަށްކަމަށްވާ ކުޅުދުއްފުށި ސިޓީއާއި، ކުމުންދޫ އަދި ހަނިމާދޫއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގަންނަވައި އެ ރަށު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދުގެ ހެނދުނު ހަނިމާދޫގައި ހުންނަ ބެއާފޫޓް އެކޯ ހޮޓެލްގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އ...