މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށި ސިޓީގެ އިހްތިސާސް ތެރެއަށް، ކުނބުރުދޫ ނުވަތަ ކޭލަކުނު ހިމެނުމަށް އެދިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ އިހްތިސާސް ތެރެއަށް، ކުނބުރުދޫ ނުވަތަ ކޭލަކުނު ހިމެނުމަށް އެދިއްޖެ

ކުޅުދުއްފުށި ސިޓީގެ އިހްތިސާސް ތެރެއަށް، ހދ. ކުނބުރުދޫ ނުވަތަ ހދ. ކޭލަކުނު ހިމެނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދިއްޖެ އެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފު ވިދާޅުވީ މިގޮތަށް މަޝްވަރާ ކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެސިޓީއަށް ދާދިފަހުން ކުރެއްވި ދަތުރުގައި އެކައުންސިލް އާއިއެކު ކުރިއަށްގެންދިޔަ މަޝްވަރާ ތަކުގެ ތެރޭގައި ކަމަށެވެ. މިކަމުގެ މަޢުލޫމާތު “ތިލަދުން” އާއި ހިއްސާ ކުރައްވަމުން މޭޔަރު މުޙައްމަދު ޢާޠިފު ވިދާޅުވީ، ކުޅުދުއްފުއްށި ސިޓީގެ ބި...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށިން އިތުރު 3 ޕޮޒިޓިވް ކޭސް، ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކުވެސް ހިމެނޭ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު 3 ޕޮޒިޓިވް ކޭސް، ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކުވެސް ހިމެނޭ

ކުޅުދުއްފުށީ ސިޓީއިން އިތުރު ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ޕޮޒިޓިވްވެފައި ވަނީ 23 ޖުލައި ގައި ފުލޫ އޯޕީޑީއަށް ދެއްކިއިރު ޕޮޒިޓިވްވި ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވީ މީހުންގެ ތެރެއިން ދެ މީހަކާއި، އިއްޔެ ފުލޫ އޯޕީޑީ އަށް ދެއްކި ފަރާތެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވެފައި ވަނީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. 23 ޖުލައިގައި ފުލޫ ކުލިނިކަށް […]

ޔުމްނާ ޢަލީ
ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި މޮނީޓަރިންއަށް 📍 ހދ. ކުޅުދުއްފުށި

ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި މޮނީޓަރިންއަށް

ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށް ލައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މަޢުލޫމާތު ދެމުން ބުނެފައިވަނީ ހުމާއި ރޯގާގެ އަސަރު ހުރެގެން އިއްޔެ ފުލޫ ސާމްޕަލް ނެގުނު 13 އަހަރުގެ ކުއްޖެއް ވަނީ ކޮވިޑް 19 އަށް ޕޮޒުޓިވްވެފައިކަމަށެވެ. އެހެންކަމުން މި ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށިފައިވާކަމަށާއި, ކުޅުދުއްފުށި ސިޓީ މިވަގުތުވަނީ މޮނީޓަރިންގ އަށް ލެވިފައިކަމަށް ކޭއާރުއެޗް އިން ބުނެ އެވެ. ކުޅުދުއްފުށ...

އިބްރާހިމް އަސްވާޤް
ކައިޓްބޯޑިން ކުޅުދުއްފުށީގެ ފަރާތުން ބޭއްވި "ލައިޓް ޝޯ" ވަރަށް ހިތްގައިމު 📍 ހދ. ކުޅުދުއްފުށި

ކައިޓްބޯޑިން ކުޅުދުއްފުށީގެ ފަރާތުން ބޭއްވި "ލައިޓް ޝޯ" ވަރަށް ހިތްގައިމު

ހދ.ކުޅުދުއްފުށި ސިޓީގައި އެ ރަށުގެ ކައިޓްސާފަރުން “ލައިޓް ޝޯ” ގެ ނަމުގައި ކައިޓް ދުއްވުމުގެ ވަރަށް ހިތްގައިމު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ކައިޓްބޯޑިންގެ ކުޅުދުއްފުށީގެ ފަރާތުން 22 ޖުލައި 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން 22:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ކައިޓްތަކާއި އަދި ކައިޓް ސާފަރުންގެ ގައިގައި ކުލަބޮކިލައި ދިއްލައިގެން ވަނީ ކައިޓް ދުއްވާފައެވެ. އެކިކުލަކުލައިން ކައިޓްތައް ދިއްލާލައިގެން ކުރިއަށް ގެންދިޔަ ހިތްގައިމު މި ހަރަކާތް ބަލައިލަން އެ ސިޓީގެ […]

އިބްރާހިމް ޚަލީލް
ހޯދަމުންދިޔަ މިސްބާހް ރާއްޖެ އައުމުން ހައްޔަރުކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ހޯދަމުންދިޔަ މިސްބާހް ރާއްޖެ އައުމުން ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ ހދ. ނޮޅިވަރަންފަރު، މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދު މިއަދު ރާއްޖެއައުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ، މޭ 14 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ މިސްބާހް މިއަދު މާލެ އައިސްފައިވާ ކަމަށެވެ. އޭނާ މާލެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްއާ ހަވާލު ކުރުމުގެ އިދާރީ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. […]

ޔުމްނާ ޢަލީ
ވައިކަރަދޫ "ވައިރޮދިން" ގެ މޫދު ކުޅިވަރު ހަރަކާތައް ބޮޑު ތަރުޙީބެއް 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ "ވައިރޮދިން" ގެ މޫދު ކުޅިވަރު ހަރަކާތައް ބޮޑު ތަރުޙީބެއް

ހދ. ވައިކަރަދޫ “ވައިރޮދިން” ގެ ފަރާތުން ކުރިއަށް ގެންދެވުނު “ސަކަ މަޖާ” މޫދު ކުޅިވަރު ހަރަކާތައް ބޮޑު ތަރުހީބެއްލިބިއްޖެ އެވެ. ވައިކަރަދޫގައި އޮންނަ މޫދު ކުޅިވަރަށް ލޯބިކުރާ ޒުވާނުންގެ ގުރޫޕެއްކަމަށްވާ “ވައިރޮދިން”، މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެ ގުރޫޕުގެ ކުރިއަށް ހިންގަން ހުރި ބޮޑެތި ހަރަކާތްތަކަށް ފަންޑުރައިޒް ކުރުމަށާއި މޫދު ކުޅިވަރުތައް ކުރިއެރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މި ހަރަކާތުގައި ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ ބައިވެރިވެ މޫދު ކުޅިވަރުގެ ހިތްގައި...

އަޙްމަދު އަރުޝަމް
ޒުވާނުން އިސްނަގައިގެން ހަނިމާދޫގެ ފުޓްބޯޅައިގެ ރަންޖީލުގެ އަގު ވަޒަންކޮށްފި 📍 ހދ. ހަނިމާދޫ

ޒުވާނުން އިސްނަގައިގެން ހަނިމާދޫގެ ފުޓްބޯޅައިގެ ރަންޖީލުގެ އަގު ވަޒަންކޮށްފި

ހަނިމާދޫއަށް ފުޓްބޯޅައިން ރީތި ނަން ހޯދައިދީފައިވާ ކުރީގެ ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނިމާދޫގެ ޒުވާނުން އިސްނަގައިގެން މި އަހަރުގެ އަޟްހާ ޢީދު ދުވަހާއި ގުޅުވައިގެން ހާއްޞަ ފުޓްބޯޅަ މެޗެއް ކުޅެފިއެވެ. މި މެޗު ހާއްސަ ކޮށްފައިވަނީ 1995 ވަނަ އަހަރާއި 2005 ވަނަ އަހަރާއި ދެމެދު ހަނިމާދޫއަށް އަތޮޅު ފެންވަރުގައްޔާއި އަދި ރާއްޖޭގެ ފެންވަރުގައި ފުޓްބޯޅައިން ރަށަށް ރީތި ނަން ހޯދައިދީފައިވާ ކުޅުންތެރިންނަށެވެ. މި މެޗުގައި އިދިކޮޅުން ވާދަ ކޮށްފައިވަނީ 2006 ވަނަ އަހަރުން ފެށިގެން […]

އިބްރާހިމް ޚަލީލް
އެއްރަށް އަނެއްރަށާއި ތަފާތުކުރުން ނިމުމަކަށް ގެނެސްދެއްވީ ރައީސް ޞާލިޙް: ރާޢީ 📍 ހދ. މަކުނުދޫ

އެއްރަށް އަނެއްރަށާއި ތަފާތުކުރުން ނިމުމަކަށް ގެނެސްދެއްވީ ރައީސް ޞާލިޙް: ރާޢީ

އަތޮޅުތަކުގެ އެއްރަށް އަނެއްރަށާއި ތަފާތު ކުރުން ނިމުމަކަށް ގެނެސްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ މިހެން ވިދާޅުވީ ރައީސް ޞާލިޙްގެ ދެކަނބަލުން އުތުރުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅެއްގައި ރާޢީ ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާގައި ހިމެނޭ ކުމުންދޫއަށް ވަޑައިގެންފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ. ރާޢީ ވިދާޅުވީ، އެއްރަށް އަނެއް ރަށާއި ތަފާތު ކުރުމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި “ދުވަސް...

ޔުމްނާ ޢަލީ
ނައިވާދޫގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރަން ނިންމި ނިންމުން ބަދަލު ކުރުމުން ހިތްހަމަނުޖެހިއްޖެ 📍 ހދ. ނައިވާދޫ

ނައިވާދޫގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރަން ނިންމި ނިންމުން ބަދަލު ކުރުމުން ހިތްހަމަނުޖެހިއްޖެ

ހދ. ނައިވާދޫގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރަން ތަން ތައްޔާރު ކުރުމަށްފަހު، ޢީދު ނަމާދު ކުރުން އެރަށުގެ މިސްކިތަށް ބަދަލު ކުރުމުން އެރަށުގެ ޒުވާނުންތަކެއް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ނައިވާދޫން “ތިލަދުން”އަށް ވާހަކަ ދެއްކި ބައެއް ޒުވާނުން ބުނީ އެރަށުގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަށް ތައްޔާރު ކުރީ އެރަށުގެ ފުޓްސަލް ދަނޑު ކަމަށެވެ. އެ ދަނޑުގައި ބޮޑު ޖަމާޢަތް ހަދައިގެން ނަމާދު ކުރުމަށް ތައްޔާރީތައް ކުރުމަށްފަހު ޒުވާނުން ނިދަން ދިޔައީ ޢީދު ވިލޭރޭގެ ދަންވިފަހުން ގާތްގަނޑަކަށް […]

އަލީ އާދިލް
ހަނިމާދޫ ބިމާބެހޭ ގޮތުން ކުރިން މެސެޖުތައް ލިބިފައި ހުރީ އެހެންގޮތަކަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބިމާބެހޭ ގޮތުން ކުރިން މެސެޖުތައް ލިބިފައި ހުރީ އެހެންގޮތަކަށް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން ބިމުގެ ބައެއް މިހާރު އެއާޕޯޓަށް ކަނޑައެޅިފައިވާ ސަރަހައްދަށް އިތުރު ކުރުމާމެދު އެރަށުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން މެސެޖުތައް ލިބިވަޑައިގެންފައި އޮތީ އެހެން ގޮތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް އުތުރަށް ކުރެއްވި ދަތުރުގައި އިއްޔެ ވަނީ ހަނިމާދޫ ރައްޔިތުންގެ ތެރެއިން ހޮވާލެވުނު 30 މީހަކާއި ބައްދަލު ކުރަށްވާ މަޝ...

އަލީ އާދިލް
ރައީސް ދެއްވި ޔަގީންކަން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ބޭރުބަޔަކަށް ނުދޭނެ 📍 ހދ. ހަނިމާދޫ

ރައީސް ދެއްވި ޔަގީންކަން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ބޭރުބަޔަކަށް ނުދޭނެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށްފަހު އެތަން ހިންގަން ބޭރުގެ އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. ރައީސް ޞާލިޙް އުތުރަށް ކުރެއްވި ދަތުރުގައި އިއްޔެ ވަނީ ހަނިމާދޫ ރައްޔިތުންގެ ތެރެއިން ހޮވާލެވުނު 30 މީހަކާއި ބައްދަލު ކުރަށްވާ މަޝްވަރާ ކުރައްވާފައެވެ. އެ މަޝްވަރާގެ ތެރެއިން ރައީސް ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުނު ނަމަވެސް އެ އެއާޕޯޓު ހިންގަން ބޭރުގެ އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް ވިދާޅުވެފަ...

ޔުމްނާ ޢަލީ
ރައީސް، ހަނިމާދޫ ބިމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވައިފި 📍 ހދ. ހަނިމާދޫ

ރައީސް، ހަނިމާދޫ ބިމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން ބިމުގެ ބައެއް މިހާރު އެއާޕޯޓަށް ކަނޑައެޅިފައިވާ ސަރަހައްދަށް އިތުރު ކުރުމާމެދު އެރަށުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލު ހޯދިފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުން މިހާރު އެއާޕޯޓަށް ކަނޑައެޅިފައިވާ ސަރަހައްދަށް 853،937 އަކަފޫޓުގެ ބިމެއް އިތުރު ކޮށްދެއްވުމަށް އެދި ޕްލޭނިން މިނިސް...

ޝިއުނާ އާދަމް
ހަނިމާދޫއާއި ނޮޅިވަރަންފަރުގައި ހުރި ހައުސިން ޔުނިޓްތައް ނިންމުމަން ހަވާލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫއާއި ނޮޅިވަރަންފަރުގައި ހުރި ހައުސިން ޔުނިޓްތައް ނިންމުމަން ހަވާލުކޮށްފި

ހދ. ހަނިމާދޫއާއި އެ އަތޮޅު ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ ހައުސިން ޔުނިޓްތައް ނިންމުމަށް މިއަދު ދެ ކުންފުންޏަކަށް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓަކްޗަރގައި މިއަދު މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތާއި އަދި އެ ރަށުގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 48 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއި...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސިޓީގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުން އޮންނާނެ: ސިޓީ ކައުންސިލް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުން އޮންނާނެ: ސިޓީ ކައުންސިލް

1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދާ ބޮޑު ޖަމާޢަތުގައި ކުރުން އޮންނާނެ ކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން އާންމު ކޮށްފައިވާ މަޢުލޫމާތުގައި ވިދާޅުވެފައިވަނީ އެ ސިޓީ ކައުންސިލްގެ އިދާރާގެ ފަރާތުން 1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައި ވަނީ ޒޯން […]

އިބްރާހިމް ޚަލީލް
ފަސްޓްލޭޑީ ހަނިމާދޫ އ.ތ.މ ކޮމިޓީއާއި ބައްދަލު ކުރައްވައިފި 📍 ހދ. ހަނިމާދޫ

ފަސްޓްލޭޑީ ހަނިމާދޫ އ.ތ.މ ކޮމިޓީއާއި ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަޙްމަދު، ހދ.ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ. ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުން އޮތީ މިއަދުގެ ހެނދުނު ހަނިމާދޫގައި ހުންނަ ބެއާފޫޓް އެކޯ ހޮޓެލްގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވަނީ ރަށުގެ ތަރައްޤީގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ...

އިބްރާހިމް ޚަލީލް