މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގައި ކޯވިޑް ފެސިލިޓީއެއް ގާއިމްކުރުމަށް، ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކޯވިޑް ފެސިލިޓީއެއް ގާއިމްކުރުމަށް، ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި ކޯވިޑް ފެސިލިޓީއެއް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ހޮސްޕިޓަލުން 02 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ އެ ސިޓީގައި ކޯވިޑް ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި، ކޯވިޑް ފެސިލިޓީއެއް ޤާއިމު ކުރުމަށް ސަރުކާރުން ނިންމާފައިވާތީ މިހާރު ފުލޫކުލިނިކެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ލޯކަލް މާރުކޭޓު އިމާރާތަށް ގެންނަށްޖެހޭ ބަދަލުތަށް ގެންނ...

އިބްރާހިމް ޚަލީލް
ނޮޅިވަރަމުން ޕޮޒިޓިވްވި މީހުންގެ އަދަދު 84 އަށް އަރައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުން ޕޮޒިޓިވްވި މީހުންގެ އަދަދު 84 އަށް އަރައިފި

ހދ. ނޮޅިވަރަމުން އިތުރު ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 84 އަށް އަރައިފިއެވެ. ނޮޅިވަރަމުން މިމަހުގެ 1 ވަނަ ދުވަހު ވަނީ ރެންޑަމް 11 ސާމްޕަލަކާއި، 17 ފްލޫ ސާމްޕަލަކާއި އަދި ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި 50 މީހެއްގެ ސާމްޕަލް ނަގާފައެވެ. މީގެތެރެއިން ފްލޫ ސާމްޕަލަކާއި އަދި ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި ނެގި ސާމްޕަލްތަކުން 20 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. އެރަށުން މިހާތަނަށް 278 ސާމްޕަލް ނެގިފާވާއިރު އޭގެތެރެއިން ކޯވިޑް-19 އަށް […]

އަޙްމަދު އަރުޝަމް
ކޮރަޕްޝަނަށް މަގުފަހި ވާގޮތައް ކަމެއް ކޮށްފައެއް ނުވާނެ: އަމީން 📍 ހދ. ކުމުންދޫ

ކޮރަޕްޝަނަށް މަގުފަހި ވާގޮތައް ކަމެއް ކޮށްފައެއް ނުވާނެ: އަމީން

ހުންނެވި މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކޮރަޕްޝަންއަށް މަގުފަހި ވާގޮތައް ކަމެއް ކޮށްފައި ނުވާނެކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް، އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ. އޭނާއަށް ތުހުމަތުކޮށް ބައެއް މީހުން މީސްމީޑިއާގައި ދޮގު ވާހަކަ ފަތުރާކަމަށް ވިދާޅުވެ، އަމީން ވިދާޅުވީ އޭނާ ހުންނެވި މަޤާމެއް އަދި މަސްޢޫލިއްޔަތެއް އަދާކުރުމުގައި ކޮރަޕްޝަން އަށް މަގުފަހި ވާގޮތައް ކަމެއް ކޮށްފަނުވާނެ ކަމަށެވެ. “އަޅުގަނޑު ގެ އަގު ވައްޓާލުމަށް ތާކުން ތާކުން ނުޖ...

އަލީ އާދިލް
ކުޅުދުއްފުށިން 4 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން 4 މީހަކު ޕޮޒިޓިވްވެއްޖެ

ހދ. ކުޅުދުއްފުށީ ސިޓީއިން 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި މިފަހަރު ފުރަތަމަ ޕޮޒިޓިވްވީ އެ ހޮސްޕިޓަލްގެ ފުލޫ އޯ.ޕީ.ޑީ އަށް ދެއްކި ބަންގުލަދޭޝްގެ ރައްޔިތެކެވެ. އެ މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ސާމްޕަލްތަކުން އިތުރު 3 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އެހެންކަމުން މި ކްލަސްޓާއާއި ގުޅިގެން މިހާތަނަށް 4 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. ކޭއާރުއެޗްއިން ވިދާޅުވީ، އި...

ޔުމްނާ ޢަލީ
ނައިވާދޫ ކައުންސިލުން މާލޭ ސަރަހައްދުގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރަނީ 📍 ހދ. ނައިވާދޫ

ނައިވާދޫ ކައުންސިލުން މާލޭ ސަރަހައްދުގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރަނީ

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެމުން ގެންދާ ހދ.ނައިވާދޫގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުން 02 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:45 ގައި ހުޅުމާލޭ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހޯލުގައި އޮންނާނެ ކަމަށެވެ. ސަރުކާރުގެ ވުޒާރާތަކާއި ބައްދަލުކޮށް ނައިވާދޫއަށް ކުރިމަގުގައި ގެނެވިދާނެ ތ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ވިޔަފާރި ވެރިންނަށް ވިޔަފާރިއާއި އިންސާނީ ހައްޤާއި ގުޅޭގޮތުން މައުލޫމާތު ދެނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ވިޔަފާރި ވެރިންނަށް ވިޔަފާރިއާއި އިންސާނީ ހައްޤާއި ގުޅޭގޮތުން މައުލޫމާތު ދެނީ

ހދ. ކުޅުދުއްފުށީ ސިޓީގެ ވިޔަފާރި ވެރިންނަށް އަމާޒުކޮށްގެން ވިޔަފާރިއާއި އިންސާނީ ހައްޤާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. މި ސެޝަންއަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ފަރާތުން އެ ސިޓީގެ ވިޔަފާރި ވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ސެޝަންއެކެވެ. އެޗްއާރުސީއެމް އިން ކުރިއަށް ގެންދާ “އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް” ގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން އެ ސިޓީގައި ކުރިއަށް...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި 08 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި 08 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި 08 ކުލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން 30 އޯގަސްޓް 2021 ގައި ކޮށްފައިވާ އިޢުލާނުގައި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ 8 ކުލާސް ރޫމްގެ އިތުރުން ސ. މަރަދޫފޭދޫ އިރުޝާދިއްޔާ ސްކޫލުގައި 12 ކްލާސްރޫމާއި ލެބް އަދި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތާއި، ސ.އަތޮޅު މަދަރުސާގައި 06 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސަ...

އިބްރާހިމް ޚަލީލް
ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަނީ

ހދ. ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ފިނޭންސް ކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން މިމަސައްކަތްތަކަށް  ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާކަމަށް ފިނޭންސް މިނިސްޓްރީގެ އެ ޢިއުލާންގައި ވިދާޅުވެފަވެއެވެ. މި މަޝްރޫޢުއާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމ...

ޔުމްނާ ޢަލީ
ނޮޅިވަރަމުން އިތުރު 23 މީހުން ޕޮޒިޓިވްވެ، އަދަދު 63 އަށް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުން އިތުރު 23 މީހުން ޕޮޒިޓިވްވެ، އަދަދު 63 އަށް

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް އިތުރު 23 މީހުން ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 63 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އޯގަސްޓް 30 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކެއްގެ ނަތީޖާ ރޭގައި ލިބުނުއުރު އިތުރު 23 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ނެގެމުން އަންނަނީ 28 އޯގަސްޓް ކްލަސްޓާއާއި ގުޅުންހުރި މީހުންގެ ސާމްޕަލްތައް ކަމަށާއި، އަދި ރެންޑަމް ސާމްޕަލް ނެގުމުގެ […]

ޙުސައިން ޝަހުދީ
ނޮޅިވަރަމުގައި ކޮވިޑް ފެތުރޭތީ ފިޔަވަޅުތައް ވަރުގަދަކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުގައި ކޮވިޑް ފެތުރޭތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ހދ. ނޮޅިވަރަމުގައި ހަލުވިކަމާއެކު ކޮވިޑް-19 ބަލި ފެތުރެމުންދާތީ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ. އެރަށު ކައުންސިލުން ހާމަކުރެއްވިގޮތުގައި އެރަށުގައި އެޅި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެރަށުން ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނި، ހަލުވިކަމާއެކު ރަށުތެރޭގައި ބަލި ފެތުރެމުންދާތީ އެވެ. އެގޮތުން، އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 18:00 ފެށިގެން ހެނދުނު 06:00 އަށް ކާފިއުގެ ވަގުތު އިތުރުކުރުމާއި ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނިކުންނައިރު...

އަޙްމަދު އަރުޝަމް
ހިރިމަރަދޫ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައް އެމްޑަބްލިޔުއެސްސީއިން ފަށައިފިއެވެ. މި މަޝްރޫއުގެ ދަށުން، މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތެވެ. އަދި ފެނާއި ނަރުދަމާ ނިޒާމްޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ހިރިމަރަދޫއަށް ގެންގޮސްފައެވެ. މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވ...

އަޙްމަދު ވަހީދު
މިލިއަނެއްހާ ރުފިޔާގެ “ދަރަނި” ބީއެމްއެލްއިން ކުޅުދުއްފުށީ ކައުންސިލަށް ދައްކައިފި 📍 ހދ. ކުޅުދުއްފުށި

މިލިއަނެއްހާ ރުފިޔާގެ “ދަރަނި” ބީއެމްއެލްއިން ކުޅުދުއްފުށީ ކައުންސިލަށް ދައްކައިފި

ބިމުކުލި ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ މިލިއަނެއްހާ ރުފިޔާގެ “ދަރަނި” ބޭންކަ އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ދައްކައިފި އެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިފައިސާ އެކައުންސިލަށް ދައްކާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ. މޭޔަރު ވިދާޅުވީ ބީއެމްއެލް އިން ދައްކާފައިވަނީ, -/929600 (ނުވަ ލައްކަ ނަވާވީސް ހާސް ހަސަތޭކަ) ރުފިޔާ ކަމަށެވެ. ބީއެމްއެލްއިން މިފައިސާ ދައްކާފައިވަނީ ސިޓީ ކައުން...

އިބްރާހިމް އަސްވާޤް
ނޮޅިވަރަންފަރު މޮނިޓަރިން ހާލަތަށް ގެނެސްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު މޮނިޓަރިން ހާލަތަށް ގެނެސްފި

ހދ. ނޮޅިވަރަންފަރު މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 7:41 އިން ފެށިގެންނެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނެސް އެޗްޕީއޭއިން ނޮޅިވަރަންފަރު ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން އެ އިދާރާގެ ހުއްދަނެތި ނޮޅިވަރަންފަރަށް އެރުމާއި، ފޭބުން މަނާކޮށްފައިވާ ކަމަށް އެ ލިޔުމުގައި...

ޙުސައިން ޝަހުދީ
ކުމުންދޫ ނޭޗާރ ޕާކް ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިންއާއީ އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ނޭޗާރ ޕާކް ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިންއާއީ އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދަނީ

ހދ.ކުމުންދޫ ނޭޗާރ ޕާކް (ވެހިސަރާ) ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިންއާއި އެންވަޔަރަންމެންޓް އިންސްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. ކުމުންދޫ (ވެހިސަރާ) ނޭޗަ ޕާކަކީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކަނޑޫފަލުގައި ތަރައްޤީ ކޮށްފައިވާ ޕާކެކެވެ. މި ޕާކުގެ ފެންގަނޑު މެދުގައި ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލުމަށް ހަޓަކާއި އަ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގެ ފަތާ ޓްރެކް ސަރަހައްދު އަލި ކުރުމަށް، ބޯޒިޔާރަތް ބީޗްގައި ލައިޓް ހަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ ފަތާ ޓްރެކް ސަރަހައްދު އަލި ކުރުމަށް، ބޯޒިޔާރަތް ބީޗްގައި ލައިޓް ހަރުކޮށްފި

ކުޅުދުއްފުށި ސިޓީގެ ފަތާ ޓްރެކް ސަރަހައްދު އަލި ކުރުމަށް، ބޯޒިޔާރަތް ބީޗްގައި ލައިޓް ހަރުކޮށްފި އެވެ. ކުޅުދުއްފުށި ސިޓީކައުންސިލުން ވިދާޅުވި ގޮތުގައި ފަތާ ޓްރެކް ސަރަހައްދު އަލިކުރުމަށްޓަކައި އެ ސިޓީގެ ބޯޒިޔާރަތް ބީޗުގައި ލައިޓް ހަރުކުރެވިފާ ވާކަމަށެވެ. އަދި ލައިޓް ހަރުކުރުމުގެ އަމަލީ މަސައްކަތުގައި ހަރަކާތް ތެރިވެފާވަނީ ކުޅުދުއްފުށީ ވެޓްރަންސް ޓީމުން ކަމަށާއި އެ ފަރާތުން އެ މަސައްކަތް ކޮށްދީފައި ވަނީ މުޅިން ހިލޭކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއްވިއެވެ. މި ކަމަށްޓަކައި ކުޅުދުއްފުށީ ވެޓަރަން...

އަޙްމަދު އަރުޝަމް