📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީގައި އެއަރ މޮނިޓަރިންގ ސެންސަރއެއް ގާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
ކުޅުދުއްފުށި ސިޓީގައި އެއާ މޮނިޓަރިންގ ސެންސަރއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މަޝްރޫއުއަކީ އެމިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއެއް ކަމަށެވެ. އެގޮތުން މި އެމް.އޯ.ޔޫގައި އެސިޓީގެ ފަރާތުން...