📍 ހދ. ނައިވާދޫ
ނައިވާދޫގެ މަގުތަކަށް އެއްވަރުކޮށް ރީތިކުރުމަށް ވެލިއެޅުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި
ހދ،ނައިވާދޫގެ މަގުތައް ރީތިކޮށް، އެއްވަރު ކުރުމުގެ މަޤްޞަދުގައި މަގުތަކަށް ވެލި އެޅުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގައި ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން ޢަމަލީގޮތުން ބައިވެރިވެދެއްވުމަށް، އެ ކައުންސިލުން ދައުވަތުދީފައިވާއިރު، މި މަސައްކަތް ފަށާފައި ވަނީ މިއަދު ހަވީރު 16:30ގައި އެ ރަށުގެ ވޮލީ ކޯޓު ސަރަޙައްދުންނެވެ. މީގެ އިތުރުން ނައިވައިދޫ ކައުންސިލުން މިދިޔަ ހޮނިހިރު ދުވަހު، ރަށުގެ ބަނދަރު ސަރަޙައްދާއި، ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ....