މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ހަނިމާދޫ މަގުތަކުގައި ތާރު އަޅައި ނިމިއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގުތަކުގައި ތާރު އަޅައި ނިމިއްޖެ

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، 46,466 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 16,518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކޮށް، 38,916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރާނެއެވެ. އަދި، 19,679.7 އަކަ މީޓަރުގެ […]

އަޙްމަދު ވަހީދު
ކޭއާރުއެޗުން 3000 އަށް ވުރެ ގިނަ އެމްއާރުއައި ހަދައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުން 3000 އަށް ވުރެ ގިނަ އެމްއާރުއައި ހަދައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި) ގެ ޚިދުމަތް ފެށިފަހުން މިހާތަނަށް 3000 އަށްވުރެ ގިނަ ހަދައިފި އެވެ. އެހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ދޭންފެށުނީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ 23 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ޕްރޮޖެކްޓެކެވެ. ކޭއާރުއެޗުން މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލުގައި އެމް.އާރު.އައި ހިދުމަތް ދޭން ފެށިފަހުން 3000 އަށް ވުރެ ގިނަ އެމް.އާރު.އައި ސްޓަޑީސް ހެދިފައިވާ […]

ޔުމްނާ ޢަލީ
މޭޒާއި ގޮނޑި ނުހޯދިގެން، ނޮޅިވަރަމް ސުކޫލު 6 ކުލާސްރޫމުގައި ކިޔަވައިދޭން ނުފެށި 6 މަސް 📍 ހދ. ނޮޅިވަރަމް

މޭޒާއި ގޮނޑި ނުހޯދިގެން، ނޮޅިވަރަމް ސުކޫލު 6 ކުލާސްރޫމުގައި ކިޔަވައިދޭން ނުފެށި 6 މަސް

ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް ހދ. ނޮޅިވަރަމު ސުކޫލަށް އިތުރު ކުރެވުނު 6 ރޫމް އިމާރާތުގެ މަސައްކަތް ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މިނިސްޓްރީ އާއި ހަވާލުކުރިތާ ގާތްގަނޑަކަށް ހަމަސް ދުވަހަށްވުރެ ގިނަ ދުވަސް މިވަނީ ފާއިތު ވެފަ އެވެ. ފެށޭ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އެ ކުލާސް ރޫމްތަކުގެ ބޭނުންކުރަން ފެށުމަށް ބޭނުންވާ ސާމާނު ހަމަވެފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން […]

އިބްރާހިމް ޚަލީލް
ގިނަ ވައްތަރުގެ މުދާ އެއްތަނަކުން، ބެސްޓް ބަޑީގެ ބޮޑު ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ގިނަ ވައްތަރުގެ މުދާ އެއްތަނަކުން، ބެސްޓް ބަޑީގެ ބޮޑު ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި

ތަފާތު ގިނަ ބާވަތުގެ މުދަލާއެކު ބެސްޓްބަޑީގެ ބޮޑު ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި އެވެ. ހިޖުރީ އާއަހަރާއި ދިމާކޮށް ބެސްޓް ބަޑީން އަލަށް ހުޅުވި މި ފިހާރައިން ތަފާތު ގިނަ ބާވަތްތަކުގެ މުދާ ހެޔޮއަގުގައި ލިބޭނެކަމަށް އެފަރާތުން ހާމަކުރެއެވެ. މިފިހާރަ ހުޅުވާފައިވަނީ ކުޅުދުއްފުށީ ބޭރުމަގު އެތުމާ ދަގަނޑު ގުދަން ކުރިމަތިން ބަރާބަރު ފިހާރަ ހުންނަ މަގުގަ އެވެ. މިފިހާރައިން ބަދިގޭގައި ގެންގުޅޭ އެކި ވައްތަރުގެއިލެކްޓްރޯނިކް ސާމާނު ލިބެން ހުރެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ހުޅަނގުފަރާތުގައި ތަރައްގީކުރަމުން އަންނަ ފިނިމައިޒާނަށް ގެއްލުންދީފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހުޅަނގުފަރާތުގައި ތަރައްގީކުރަމުން އަންނަ ފިނިމައިޒާނަށް ގެއްލުންދީފި

ކުޅުދުއްފުށި ސިޓީގެ ހުޅަނގުފަރާތު ބީޗުގައި ތަރައްގީކުރަމުން އަންނަ ފިނިމައިޒާނަށް ބަޔަކު ގެއްލުންދީފި އެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ހުޅަނގުފަރާތު ބީޗް ތަރައްޤީ ކުރުމުގެ ފްރޮޖެކްޓަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ. މޭޔަރު ވަނީ ކުޅުދުއްފުށީގެ ތަރައްޤީއަށް ހިންގޭ މިފަދަ މަޝްރޫތަކަށް ގިނަ ރައްޔިތުންގެ އެއްބާރުލުން ލިބެމުން އަންނަކަން ފާހަގަކުރަށްވާފައެވެ. އެހެންނަމަވެސް ބައެއް ނުވިސްނޭ ފަރާތް...

ޔުމްނާ ޢަލީ
ހަނިމާދޫގައި "ހިމޭން ބީންސް ކެފޭ އެންޑް ބިސްޓްރޯ" ނަމުގައި ހިތްގައިމު އައު ކެފޭއެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި "ހިމޭން ބީންސް ކެފޭ އެންޑް ބިސްޓްރޯ" ނަމުގައި ހިތްގައިމު އައު ކެފޭއެއް

ހދ.ހަނިމާދޫގައި ހިންގަމުން އަންނަ ހިމޭން ބީޗް އިން މޯލްޑިވްސް ގެސްޓްހައުސްގެ ފަރާތުން އެތަނުގައި “ހިމޭން ބީންސް ކެފޭ އެންޑް ބިސްޓްރޯ” ގެ ނަމުގައި ކެފޭއެއް ހުޅުވައިފިއެވެ. ހަނިމާދޫ އުތުރު އަވަށު ބީޗްގެ ހިތްގައިމު ސަރަހައްދާއި ކައިރީގައި ހަދާފައިވާ، ހިމޭން ބީޗް އިން މޯލްޑިވްސް ގެސްޓް ހައުސްއިން މިހާރު ވެސް އަންނަނީ ފަތުރުވެރިންގެ އިތުރުން ލޯކަލްއަށް ވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. ގެސްޓް ހައުސްއާއި ގުޅުވައި ހަދާފައިވާ މި ކެފޭ އިއްޔެ ހަވީރު ރަސްމީކޮށް ހުޅުވާފައިވާއިރު، ކެ...

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ސެޓްފިކެޓް ލެވެލް އެކެއްގެ ޖަނާޒާ ކޯހެއް ބާއްވަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ސެޓްފިކެޓް ލެވެލް އެކެއްގެ ޖަނާޒާ ކޯހެއް ބާއްވަނީ

ހދ.ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ދާރުލް ޤުރުއާނާއި ގުޅިގެން ސެޓްފިކެޓް ލެވެލް އެކެއްގެ ޒަނާޒާ ކޯހެއް އެ ރަށުގައި ހިންގުމަށް ނިންމައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެއްމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯސް ވަނީ ދެ ޖިންސައް ވެސް ހާއްސަ ކޮށްފައެވެ. ކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 24 ޖުލައި 2022 ވަނަ ދުވަހުން ފެށިގެން 09 އޯގަސްޓް 2022 ގެ ނިޔަލަށް ނަންނޯޓް ކޮށް ނިންމެވުމަށް އެ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި މަސްތުވާތަކެއްޗާއި ގުޅޭ ޕްރިވެންޝަން ޕްރޮގްރާމްގެ ތަމްރީން ޕްރޮގްރާމްތަކެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މަސްތުވާތަކެއްޗާއި ގުޅޭ ޕްރިވެންޝަން ޕްރޮގްރާމްގެ ތަމްރީން ޕްރޮގްރާމްތަކެއް

ކުޅުދުއްފުށީ ސިޓީގައި މަސްތުވާތަކެއްޗާއި ގުޅޭ ޕްރިވެންޝަން ޕްރޮގްރާމްގެ، ދެ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްތަކަކީ، ޖާނީ އެން.ޖީ.އޯ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ “ރައިޒް ޕްރޮގްރާމް 2022 – މަސްތުވާތަކެއްޗާއި ގުޅޭ ޕްރިވެންޝަން ޕްރޮގްރާމްގެ ދެ ތަމްރީން ޕްރޮގްރާމެއް އެ ސ...

ސަނިއްޔާ އަބޫބަކުރު
ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހަރިކޭންއަށް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހަރިކޭންއަށް

ހދ.ހިރިމަރަދޫ ކުލަބް ޑޮމިނޭޓާރސް އިން އިންތިޒާމް ކޮށްގެން ބޭއްވި “ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022” ގެ ޗެމްޕިއަންކަން ހަރިކޭންއިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ހިރިމަރަދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ހަރިކޭންއާއި ޔެޓީއެވެ. ފައިނަލް މެޗު ހަރިކޭންއިން ކާމިޔާބު ކޮށްފައި ވަނީ 9-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ހަރިކޭންގެ ޖޯޒީ ނަމްބަރު 99، އިބްރާހީމް އަޝްފާޤެވެ. […]

އިބްރާހިމް ޚަލީލް
ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ހަރިކޭންއާއި ޔެޓީ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ހަރިކޭންއާއި ޔެޓީ

ހދ.ހިރިމަރަދޫ ކުލަބް ޑޮމިނޭޓާރސް އިން އިންތިޒާމް ކޮށްގެން ބާއްވާ “ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022” ގެ ފައިނަލުން ހަރިކޭންއާއި ޓީމް ޔެޓީ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލުން ހަރިކޭން ޖާގަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު 9 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. މުބާރާތުގެ ފައިނަލުން ޓީމް ޔެޓީ ޖާގަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ލިބުނު 6 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ […]

އިބްރާހިމް ޚަލީލް
އެންމެ ބޮޑު އިސްކަމެއްދޭނީ އިޤްތިސާދު ކުރިއެރުވުމާއި މަސައްކަތްތެރިން އުފެއްދުމަށް: މޭޔަރ 📍 ހދ. ކުޅުދުއްފުށި

އެންމެ ބޮޑު އިސްކަމެއްދޭނީ އިޤްތިސާދު ކުރިއެރުވުމާއި މަސައްކަތްތެރިން އުފެއްދުމަށް: މޭޔަރ

ކުރިއަށް އޮތް 6 މަސްދުވަހު އަދި އަންނަ އަހަރު އެންމެ ބޮޑަށް ފޯކަސް ކުރާނީ އިގްތިސާދީ ކަންކަން ކުރިއެރުވުމާއި މީހުން ބިނާކޮށް މަސައްކަތްތެރިން އުފެއްދުން ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ، ރޭ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ. މޭޔަރު ވިދާޅުވީ، އިޤްތިޞާދީ މިދަތި ހާލަތުގައި މީހުން ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން މީހުން ބިނާކުރުމަށ...

ސަނިއްޔާ އަބޫބަކުރު
ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ނެއްލައިދޫ ކައުންސިލް ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެފްސީ ފްރެންޑްސް އިން ކާމިޔާބު ކޮށްފިއެވެ. ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރ ސެއިޚް އިމްރާން އަބްދުﷲ ޝަރަފްވެރި ކޮށްދެވި ފައިނަލް މެޗު އިއްޔެ ހަވީރު ނެއްލައިދޫ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ އެފްސީ ފްރެންޑްސްއާއި ކުލަބް ރެފިއުޖީއެވެ. ފައިނަލް މެޗު އެފްސީ ފްރެންޑްސްއިން...

އިބްރާހިމް ޚަލީލް
މަކުނުދޫ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހދ. މަކުނުދޫގައި ހަދާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ އިއްޔެއެވެ. މި ފެރީ ހަޓަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓްެއް ވަނީ […]

އަޙްމަދު ވަހީދު
ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތް ފަށައިފި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތް ފަށައިފި

ހދ.ހިރިމަރަދޫ ކުލަބް ޑޮމިނޭޓާރސް އިން އިންތިޒާމް ކޮށްގެން ބާއްވާ “ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022” މިއަދު ފަށައިފިއެވެ. ކުލަބް ޑޮމިނޭޓާރސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި މޮޅެތި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމާއި އެ ރަށުގެ ޒުވާނުން ދުޅަހެޔޮކަން އިތުރުކޮށް، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމެވެ. މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޓީމް ޔެޓީ، އެފްސީ ހިރި، ޓީމް ރޯޔަލްގެ [...

އިބްރާހިމް ޚަލީލް
ނެއްލައިދޫ ކައުންސިލް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްރައިޓްސްޓާއަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްރައިޓްސްޓާއަށް

ހއ.ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ” ނެއްލައިދޫ ކައުންސިލް ހޭންޑްބޯޅަ މުބާރާތް 2022″ ގެ ޗެމްޕިއަންކަން ބްރައިޓްސްޓާ ޓީމުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 19 ޖުލައި 2022 ވަނަ ދުވަހު ހެނދުނު ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ ބްރައިޓްސްޓާއާއި ޔަންގްސްޓާއެވެ. މި މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ބްރައިޓްސްޓާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްރައިޓްސްޓާގެ ޖޯޒީ ނަމ...

އިބްރާހިމް ޚަލީލް