މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ކުނިކޮށި ތަރައްގީކުރަން އެއްބަސްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކުނިކޮށި ތަރައްގީކުރަން އެއްބަސްވެއްޖެ

ކުޅުދުއްފުށި ސިޓީގެ ކުނިކޮށި ތަރައްގީކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސް ބީއާ ކުންފުންނާއެވެ. މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތަކީ ކުނިކޮށީގެ ވަށާ ފާރު ރޭނުމެވެ. އެގޮތުން ފާރުރާނާ ސިމެންތިޖަހާ ކުލަލުން، ސެކިއުރިޓީ ހަޓް، ފާހާނާ، 2 ގޭޓް، ކެމެރާ ޕޯލް އަދި ލައިޓް ޕޯލްތައް ހެދުމާއި ލައިޓް ހަރުކޮށް ކަރަންޓް ވަޔަރުއެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. 97 ދުވަސް ތެރޭގައި ނިންމާގޮ...

ޝިއުނާ އާދަމް
ނޭކުރެންދޫ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ހިމެނެނީ ދެ ކުޅިވަރެކެވެ. އެއީ ފުޓްސަލްއާއި ހޭންޑްބޯޅައެވެ. ނޭކުރެންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ފުޓްސަލް މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކޮށް...

އިބްރާހިމް ޚަލީލް
އެމްއެންޑީއެފުން ނޮޅިވަރަންފަރުގައި ފަޔާ އެވެއާނަސް ޕްރޮގްރާމެއް 📍 ހދ. ނޮޅިވަރަންފަރު

އެމްއެންޑީއެފުން ނޮޅިވަރަންފަރުގައި ފަޔާ އެވެއާނަސް ޕްރޮގްރާމެއް

އެމްއެންޑީއެފުން ހދ. ނޮޅިވަރަންފަރުގައި ފަޔާ އެވެއާނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑުން އެރަށުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި މަހުގެ 1 ވަނަ ދުވަހާއި 3 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ނޮޅިވަރަންފަރު ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ 62 ދަރިވަރުންނާއި އެ ރަށުގެ 70 އަންހެން ބޭކަނބަލުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގައި ވަނީ އަލިފާންނިވި އަދި އަލިފާން ބްލޭންކެޓު ބޭނުން...

ޔުމްނާ ޢަލީ
ނޮޅިވަރަމް ކައުންސިލް ޤުރްއާން މުބާރާތް ނިންމާ ނަތީޖާ ފާޅުކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކައުންސިލް ޤުރްއާން މުބާރާތް ނިންމާ ނަތީޖާ ފާޅުކޮށްފި

ހދ. ނޮޅިވަރަމް ކައުންސިލް ޤުރްއާން މުބާރާތް 1444 ނިންމާލައި، އެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. ހދ. އަތޮޅު ކައުންސިލުން ބާއްވާ އަތޮޅު ޤުރްއާން މުބާރާތުގައި ނޮޅިވަރަމް ތަމްސީލްކުރާނެ ދަރިވަރުން ހޮވުމަށް ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައި ވަނީ މިއަދުއެވެ. ނޮޅިވަރަމް ކައުންސިލް މެންބަރު އަދި މީޑިއާ އޮޕިޝަލް މުޙައްމަދު މުސްތަފާ ”ތިލަދުން” އަށް ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންދިޔައީ ތިން ގޮތްޕަކަށް ބަހާލައިގެން ކަމަށެވެ. އެ ގޮފިތަކަކީ،  ބަލައިގެން ކިޔުމުގެ ގޮތްޕާއި، ނުބަލާ ކިޔުމުގެ […]

ޔުމްނާ ޢަލީ
އެޗްޑީސީން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި 📍 ހދ. ކުޅުދުއްފުށި

އެޗްޑީސީން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިއަދު ކުރިއަށްގެންދިޔަ މި ސެޝަނުގައި އެޗްޑީސީން ވަނީ އެ ކުންފުނީގެ މުނިސިޕަލް ޕޯޓަލާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކޮށްފައެވެ. އެޗްޑީސީން ބުނީ މި މައުލޫމާތު ސެޝަނުގެ ބޭނުމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް އެފަދަ ޕޯޓަލެއް ހަދައި ޚިދުމަތް ދޭން ފެށުން ކަމަށެވެ. މި ޕޯޓަލްގެ ސަބަބުން ޙިދުމަތް ދިނުމުގައި ފަސޭހަވެ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭނެ […]

އަޙްމަދު ވަހީދު
ގޮތް ނޭނގޭ ހަމުގެ ބައްޔެއް ތަހަންމަލު ކުރަމުން އަންނަ ފާރޫޤަށް އެހީއެއް ވެދެއްވާ! 📍 ހދ. ކުމުންދޫ

ގޮތް ނޭނގޭ ހަމުގެ ބައްޔެއް ތަހަންމަލު ކުރަމުން އަންނަ ފާރޫޤަށް އެހީއެއް ވެދެއްވާ!

މިއީ ހދ. ކުމުންދޫއަށް އުފަން އެ ރަށު ލޮނުމިދިލިމާގޭ އާދަމް ފާރޫޤެވެ. އުމުރުން އެންމެ 33 އަހަރުގައި ގޮތް ނޭނގޭ ހަމުގެ ބައްޔެއް ތަހަންމަލު ކުރަމުން އަންނަ ޒުވާނެކެވެ. އާދަމް ފާރޫޤްގެ ހާލަތާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާކުރަމުން، އޭނާގެ ބޭބެ މުޙައްމަދު ފާރޫޤް ބުނެފައިވަނީ މީގެ ފަސްވަރަކަށް އަހަރު ކުރިން ކޮއްކޮގެ ފަރާތުން އެއްވެސް ބައްޔެއް ފާހަގަ ކުރެވިފައި ނުވާކަމަށެވެ. ނަމަވެސް ފާއިތުވެދިޔަ ފަސް އަހަރުތެރޭ ހަމުގެ ބައްޔެއް ފާހަގަ ކުރެވެން ފެށިކަމަށާއި، އެ […]

އިބްރާހިމް ޚަލީލް
އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އަހުލީއާއި ޝީލްޑް 📍 ހދ. ހަނިމާދޫ

އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އަހުލީއާއި ޝީލްޑް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “އާދަމް ސަލީމް ކަޕް 2021” ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޝީލްޑުން ހޯދައިފިއެވެ. މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބިގެންދާ ގޮތަށެވެ. މިގޮތުން ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައި އަހުލީ ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ. ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރުމަށް […]

އިބްރާހިމް ޚަލީލް
ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ އެއްބަސްވުމުގައި ސޮއިކޮށްފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރ ތަރައްޤީ ކުރުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރު.އޭ.ސީ.އެލް) އާއި އެސް.ޓީ.ޔޫ.ޕީ ކޮންސަލްޓެންޓުންނާ ދެމެދު ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފަހުކޮޅު ފަށަން ނިންމާފައިވާއިރު، 2024 ވަނަ އަހަރަށް އެއާޕޯޓުން ބޭނުންކުރެވެނެ ކަމަށް ލަފާކުރެއެވެ. މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމ...

ޝިއުނާ އާދަމް
ނެއްލައިދޫގައި ހައިޑްރޯފޯނިކްސްއާއި ހޯމް ގާޑެނިންއާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ނެއްލައިދޫގައި ހައިޑްރޯފޯނިކްސްއާއި ހޯމް ގާޑެނިންއާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ހައިޑްރޯފޯނިކްސްއާއި ހޯމް ގާޑެނިންއާއި ގުޅޭ ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ. ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ އެ ކައުންސިލާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އިތުރުން އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އާދީއްތަ ދުވަހު ފެށި މި ޕްރޮގްރާމްގައި އެރަށުގެ ދެ ޖިންސުގެ 41 މީހުން ބައިވެރިވެފައި ވ...

ޔުމްނާ ޢަލީ
ނޮޅިވަރަން ފުޓްސަލް ދަނޑަށް ގެއްލުން ދީފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަން ފުޓްސަލް ދަނޑަށް ގެއްލުން ދީފި

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑަށް ރޭ ބަޔަކު ގެއްލުން ދީފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް މުޙައްމަދު މުސްތަފާ ”ތިލަދުން” އަށް ވިދާޅުވީ، ފުޓްސަލް ދަނޑުގައި އަޅާފައި ހުރި މެޓްތައް އުކާލައި، ގެއްލުން ދީފައި ހުރިކަން އިނގުނީ ބަޔަކު ފަތިހު އެ ދަނޑަށް ކުޅެން ދިޔުމުން ކަމަށެވެ. ”ކޮންމެ ރެޔަކު ވެސް ފަތިސް ނަމާދުކޮށްގެން ދަނޑަށް ކުޅެންދާ ސާޅީސް ޕްލަސްގެ ޓީމެއް އުޅޭނެ، އެ މީހުން ކުޅެންދިޔައިރު ދަނޑުގެ މެޓްތައް ހުރީ އުކާލާފައި” މުސްތަފާ ވިދާޅުވިއެވެ. އޭނާ […]

އަލީ އާދިލް
އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަހުލީއަށް 📍 ހދ. ހަނިމާދޫ

އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަހުލީއަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “އާދަމް ސަލީމް ކަޕް 2021” ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަހުލީ ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ލީގުބުރުގެ ފަހު މެޗު މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަހުލީއާއި ޔޫތު ފްރެންޑެސްއެވެ. މި މެޗު 3-2 ގެ ނަތީޖާއިން އަހުލީ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. މުބާރާތް ރާވާލާފައި ވަނީ ބައިވެރިވި […]

އިބްރާހިމް ޚަލީލް
ނޮޅިވަރަންފަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެމައިންގެ ހާލު ރަނގަޅު: ކޭއާރުއެޗް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެމައިންގެ ހާލު ރަނގަޅު: ކޭއާރުއެޗް

ނޮޅިވަރަންފަރުގައި ގެގެއްގެ ބަދިގޭގައި ހުރި ގޭސްފުޅިއަކުން ލީކުވެ، އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެމައިންގެ ހާލު ރަނގަޅުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗްގެ މީޑިއާ އޮފިސަރު މުޙައްމަދު މޫސާ ”ތިލަދުން” އަށް މިއަދު ވިދާޅުވީ، އެ ދެމައިން ފަރުވާއަށް އިއްޔެ އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހެނދުނު 9:42 ހާއިރު ކަމަށެވެ. އިއްޔެ މެންދުރުން ފެށިގެން ދެ މައިންގެ ހާލުވެސް ރަނގަޅު ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ”އިއްޔެ މެންދުރުން ފެށ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރުގައި ގޭސްފުޅިއެއް ލީކުވެ، ބަދިގޭގައި ރޯވެ މަންމައާއި ދަރިފުޅަށް އަނިޔާވެއްޖެ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ގޭސްފުޅިއެއް ލީކުވެ، ބަދިގޭގައި ރޯވެ މަންމައާއި ދަރިފުޅަށް އަނިޔާވެއްޖެ

ހދ. ނޮޅިވަރަންފަރުގައި ގެގެއްގެ ބަދިގޭގައި ހުރި ގޭސްފުޅި ލީކުވުމުގެ ސަބަބުން ބަދިގޭގައި ރޯވެ އަންހެނަކަށާއި އޭނާގެ ދަރިފުޅަށް އަނިޔާވެއްޖެއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް ”ތިލަދުން” އަށް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ. ނަދީމް ވިދާޅުވީ، ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުރިކަން ނޭނގި އުނދުން ރޯކުރެވިގެން ކަމަށް ބެލޭވޭ ކަމަށެވެ. ”ދެމައިން ވެސް ވަނީ ފިހިފައި، ފިހިފައިވަނީ ހަށިގަނޑުގެ ކިތައް އިންސައްތަކަމެއް ދަންނަވާކަން ނޭނގޭ” ނަދީމް ވިދާޅުވިއެވެ. މިހާ...

ޔުމްނާ ޢަލީ
ނޭކުރެންދޫ އިން 50 ގޯތި ދޫކުރަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ އިން 50 ގޯތި ދޫކުރަނީ

ނޭކުރެންދޫ އިން 50 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ނޭކުރެންދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވީ، އެރަށުން މީހުން ދިރިއުޅުމަށްޓަކައި 2000 އަކަ ފޫޓާއި 3000 އަކަފޫޓާއި ދެމެދުގެ 50 ގޯތި ދޫކުރުމަށް އެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް އެދި ހުށައެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން މިމަހުގެ 28 ވާ އާދިއްތަ ދުވަހުން ފެށިގެން އަންނ...

ޔުމްނާ ޢަލީ
ހަނިމާދޫގައި ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މެދުކަނޑާލި "އާދަމް ސަލީމް ކަޕް" މިއަދު ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މެދުކަނޑާލި "އާދަމް ސަލީމް ކަޕް" މިއަދު ފަށައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ފާއިތުވި އަހަރުގެ ފަހުކޮޅު ފެށި “އާދަމް ސަލީމް ކަޕް 2021” ފުޓްބޯޅަ މުބާރާތް، އެ ދުވަސްވަރު ހަނިމާދޫގައި ކޯވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން މެދުކަނޑާލުމަށްފަހު މުބާރާތުގެ ބާކީ އޮތްބައިގެ ކުޅުން މިއަދު ފަށައިފިއެވެ. ފާއިތުވި އަހަރު ޖުމްލަ ހަތް ޓީމާއިއެކު މި މުބާރާތް ފަށާފައި ވަނީ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. ހަނިމާދޫގައި އެ ދުވަސްވަރު ކޯވިޑްގެ ބަލިމަޑުކަން ފެތުރި ގިނަ ޓީމްތަކެއްގެ ކުޅުންތެރިން ވެސް ކޯވިޑަށް […]

އިބްރާހިމް ޚަލީލް