މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފިނޭ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ހަނިމާދޫ ހޯދައިފި 📍 ހދ. ހަނިމާދޫ

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފިނޭ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ހަނިމާދޫ ހޯދައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި މިހާރު ކުރިޔަށްދާ އަންހެން ޑިވިޜަންގެ ދެވަނަ ސެމީގައި ފިނޭ ބަލިކޮށް ހަނިމާދޫ ފައިނަލްގެ ދެވަނަ ޖާގަ ހޯދައިފިއެވެ. މި މެޗު ހަނިމާދޫ ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ސެޓުތަށް ހަނިމާދޫއިން ގެންދިޔައީ، ފުރަތަމަ ސެޓް 25-23 ދެވަނަ ސެޓް 26-24 އަދި ތިންވަނަ ސެޓް 25-23 ން ނެވެ. މެޗުގެ މޮޅުކުޅުން ތެރިޔާއަށް ހޮވިފައިވަނީ ހަނިމާދޫ ޓީމުގެ ޖާރޒީ ނަމްބަރ 14 އައިޝަތު […]

އަލީ ރިޔާޟް
ހަނިމާދޫ އެއާޕޯޓާއެކު އުތުރުގެ ޓޫރިޒަމަށް ވަރަށްބޮޑު ބަދަލެއް އަންނާނެ: މިޢުވާން 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓާއެކު އުތުރުގެ ޓޫރިޒަމަށް ވަރަށްބޮޑު ބަދަލެއް އަންނާނެ: މިޢުވާން

ހަނިމާދޫ އެއަރޕޯޓާއެކު އުތުރުގެ ޓޫރިޒަމަށް ވަރަށްބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ ކަންކަމުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ތިލަދުން” ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ރާއްޖޭގެ އުތުރުގެ ސަރަހައްދުގެ ފަތުރުވެރިކަމާއި ޖުމްލަކޮށް މުޅި ސަރަހައްދު ތަރައްގީކުރުމުގެ ސަރުކާރުގެ ޕްލޭންތ...

މުޙައްމަދު އަފްރާޙް
ފަތުރުވެރިކަމުގެ ދާއިރާއިން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ވައިކަރަދޫ ޝާޑު އަށް 📍 ހދ. ވައިކަރަދޫ

ފަތުރުވެރިކަމުގެ ދާއިރާއިން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ވައިކަރަދޫ ޝާޑު އަށް

ފަތުރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކިއެކި ކަންކަން ހިންގުމާއި ތަޢާރުފު ކުރުމުގެ ރޮނގުން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު އަލްފާޟިލް އިބްރާހީމް ޝާހިދު، ހުޅުމާލެ. ސާމިޔާގެ (10197) (ވައިކަރަދޫ ޝާޑު) އަށް ލިބިވަޑައިގެންފި އެވެ. މި އިނާމުތައް ދެއްވެވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤަ...

އަލީ އާދިލް
ހަނިމާދޫ ސްކޫލް ބެލެނިވެރިން ހިޔާ ކެންޓީނާއި ސްކޭޓް ޕާކް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލް ބެލެނިވެރިން ހިޔާ ކެންޓީނާއި ސްކޭޓް ޕާކް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ހަނިމާދޫ ސްކޫލް ކުރިމަތީގައި ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބެލެނިވެރިން ހިޔާ ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ކެންޓީނާއި އެ ސަރަހައްދުގައި ތަރައްޤީ ކުރާ ސްކޭޓް ޕާކް ފަރުމާކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ އެ ކައުންސިލުން ވިދާޅުވެފައި ވަނީ ބެލެނިވެރިންގެ ހިޔާ ކެންޓީނާއި ސްކޭޓް ޕާކް ފަރުމާކޮށް ބީއޯކިޔު ހަދައިދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެ ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދިލައްވާ ކަމަށެވެ. މ...

އިބްރާހިމް ޚަލީލް
ތިލަދުންމަތިން ނަމޫނާ ހަރަކާތެއް: މަކުނުދޫގެ ކުދިބޮޑު އެންމެން "ހިތް އެދެނީ" ޕާކިސްތާނަށް އެހީވާން! 📍 ހދ. މަކުނުދޫ

ތިލަދުންމަތިން ނަމޫނާ ހަރަކާތެއް: މަކުނުދޫގެ ކުދިބޮޑު އެންމެން "ހިތް އެދެނީ" ޕާކިސްތާނަށް އެހީވާން!

ހދ.މަކުނުދޫ ޔޫތު މޫވްމެންޓް (މީމް) ޖަމިއްޔާއިން އޯގަނައިޒްކޮށް، އެ ރަށުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ކުލަބް ޖަމިއްޔާތަށް ގުޅިގެން، ޕާކިސްތާނުގައި ފެންބޮޑުވުމާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ފައިސާ ހޯދުމަށް “ދިލްޗާހްތާހޭ” ގެ ނަމުގައި ފަންޑްރައިޒިން އިވެންޓެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ. ޕާކިސްތާނަށް ކުރި މޫސުމީ ވިއްސާރައިގައި ގިނަ ދުވަސްތަކެއް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި ވަނީ އެ...

އިބްރާހިމް ޚަލީލް
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ނައިވާދޫ ބަލިކޮށް ނޮޅިވަރަންފަރު ސްޕޯޓްސް ފައިނަލަށް  📍 ހދ. ނައިވާދޫ

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ނައިވާދޫ ބަލިކޮށް ނޮޅިވަރަންފަރު ސްޕޯޓްސް ފައިނަލަށް 

ހދ. އަތޮޅު ވޮލީބޯޅަ މުބާރާތް 2022 ގެ ފިރިހެން ޑިވިޜަންގެ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ނޮޅިވަރަންފަރު ސްޕޯރޓްސް ކުލަބުން ކަށަވަރު ކޮށްފިއެވެ. ރޭ ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅުނު މެޗު ނައިވާދޫ އާއި ބައްދަލުކޮށް ފަރުން މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުން ނެވެ. ބުދަ ދުވަހުގެރޭ ކުޅުނު ފޯރިގަދަ ސެމީގެ ސެޓުތަށް ފަރުން ގެންދިޔައީ ފުރަތަމަ ސެޓު 25-21 ދެވަނަ ސެޓު 25-20 އަދި ތިންވަނަ ސެޓު 25-21 […]

އަލީ ރިޔާޟް
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފުރަތަމަ ސެމީ ކާމިޔާބުކޮށް ލައިކަން ފައިނަލަށް 📍 ހދ. ނޮޅިވަރަންފަރު

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފުރަތަމަ ސެމީ ކާމިޔާބުކޮށް ލައިކަން ފައިނަލަށް

ހދ. އަތޮޅު ވޮލީބޯޅަ މުބާރާތް 2022 ގެ އަންހެން ޑިވިޜަންގެ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ނޮޅިވަރަންފަރު ލައިކަން ކަށަވަރު ކޮށްފިއެވެ. މިއަދު ހަވީރު ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅުނު މެޗު ނައިވާދޫ އާއި ބައްދަލުކޮށް ލައިކަން މެޗު ކާމިޔާބުކުރީ ސީދާ 3 ސެޓުން ނެވެ. މި މެޗުގެ ސެޓުތަށް ލައިކަން ގެންދިޔައީ ފުރަތަމަ ސެޓު 25-8 ދެވަނަ ސެޓު 25-3 އަދި ތިންވަނަ ސެޓު 25-14 އިންނެވެ. މެޗުގެ މޮޅު […]

އަލީ ރިޔާޟް
ކުޅުދުއްފުށިން އާއްމު ވިޔަފާރިއަށް 5 ބިމެއް 25 އަހަރަށް ކުއްޔަށް ދޫކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އާއްމު ވިޔަފާރިއަށް 5 ބިމެއް 25 އަހަރަށް ކުއްޔަށް ދޫކުރަނީ

ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރު ސަރަހައްދުން އާއްމު ވިޔަފާރިއަށް 5 ބިމެއް 25 އަހަރަށް ކުއްޔަށް ދޫކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފި އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ ކުރި ޢިއުލާނެއްގައިވާ ބުނެފައި ވަނީ ދިގު މުއްދަތަށް ކުއްޔަށް ދޭން ނިންމާފައި ވަނީ، 1500 އަކަފޫޓުގެ 5 ބިން ކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ. އެގޮތުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ‏3...

މުޙައްމަދު އަފްރާޙް
ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ޕޭސްޓްރީ ކޯހެއް ހިންގަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ޕޭސްޓްރީ ކޯހެއް ހިންގަނީ

ހދ. ނޮޅިވަރަންފަރުގެ ކަނބަލުންނަށް ހާއްސަކޮށްގެން އެރަށުގައި ޕޭސްޓްރީ ކޯހެއް ހިންގުމަށް އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ނިންމައިފިއެވެ. މި ކޯސް ހިންގުމަށް ނިންމާފައި ވަނީ، ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، “އަމްސް ކޭކްސް” އާ ގުޅިގެންނެވެ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވިދާޅުވިގޮތުގައި، މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މަދުވެގެން 20 ބައިވެރިން ހަމަވުމުންނެވެ. މި ކޯހުގެ ފީއަކީ ކޮންމެ ބައިވެރިއަކަށް 150...

މުޙައްމަދު އަފްރާޙް
ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމަކާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މަސައްކަތުގެ 93 އިންސައްތަ ވަނީ މިހާރު ނިމިފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ތަރައްގީ ކުރުމާއި، 870 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. ހދ. […]

އަޙްމަދު ވަހީދު
އެމްޑީޕީގެ ވެރިކަން ދަމަހައްޓައިފި ނަމަ ހަނިމާދޫން މީހުން ބާލާނެ: ޔާމީން

އެމްޑީޕީގެ ވެރިކަން ދަމަހައްޓައިފި ނަމަ ހަނިމާދޫން މީހުން ބާލާނެ: ޔާމީން

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އިތުރު ދައުރަކަށް އިންތިޚާބުވެއްޖެނަމަ، ހދ. ހަނިމާދޫ މީހުން އެ ރަށުން ބާލާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޢަބްދުުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ހއ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ހަނިމާދޫގެ ކުރިމަގަށް އެންމެ މުހިއްމު ކަމަކީ އެ ރަށަކީ އެ ރަށުގެ ރައްޔިތުންގެ ތަނެއްގެ ގޮތުގައި އޮތުން ކަމަށެވެ. އެގޮތުން...

ޝިއުނާ އާދަމް
ޚަލީލްގެ ކޮލަމް: ހަނިމާދޫގައި ފުޓްސަލް ކުޅޭނެ ދަނޑެއް ނެތި އަހަރުތަކެއް

ޚަލީލްގެ ކޮލަމް: ހަނިމާދޫގައި ފުޓްސަލް ކުޅޭނެ ދަނޑެއް ނެތި އަހަރުތަކެއް

ރަށުގައި ކަމެއްނުވެ އޮވެއްޖެނަމަ އެ ވާހަކައެއް ލިޔަން ގަލަން ނަގާ ކޮންމެ ފަހަރަކު ހިތައް އުނދަގޫކުރާވާ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރެއެވެ. ކޮންމެ ކަމެއް ސިޔާސީގޮތުން މިނެކިރޭ މިފަދަ ދުވަސްވަރެއްގައި ނުވެ އޮންނަ ކަމެއްގެ ވާހަކަ ފަށާއިރަށް އިދިކޮޅުން އެކަމުގެ ނާޖައިޒް ފައިދާ ނަގާފަދައިން، ކަމެއް ހާސިލްވެގެން އެ ވާހަކައެއް ދައްކާނަމަ އެއްކޮޅު މީހުންގެ “ބެޖު” ތަންމިނަށް ބޮޑުކުރާތީއެވެ. އެންމެ ރަނގަޅެވެ. އެއްކޮޅެއް ވެސް ނޫނެވެ. އަދި ދެކޮޅެއްވެސް ނޫނެވެ. ރަނގަޅު ކަމެއްނަމަ އެއީ ރަނގަޅު ކަމެކެވެ. […...

އިބްރާހިމް ޚަލީލް
އެމްޑީޕީ އަށް ނުލިބުނަސް، ނޮޅިވަރަމް ދާއިރާއަކީވެސް ހދ އަތޮޅުގެ ދާއިރާއެއް: މޮސްޓާ 📍 ހދ. ނޮޅިވަރަމް

އެމްޑީޕީ އަށް ނުލިބުނަސް، ނޮޅިވަރަމް ދާއިރާއަކީވެސް ހދ އަތޮޅުގެ ދާއިރާއެއް: މޮސްޓާ

އެމްޑީޕީ އަށް ނޮޅިވަރަމް ދާއިރާ ނުލިބުނަސް، އެދާއިރާއަކީވެސް ހދ އަތޮޅުގެ ދާއިރާއެއްކަމުގައި ވިދާޅުވ،ެ ނޮޅިވަރަމް ދާޢިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ނުރުހުން ފާޅުކުރައްވައިފި އެވެ. މޮސްޓާ މިހެން ވިދާޅުވީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ހއ. ހދ. އަދި ށ. އަތޮޅުގެ ދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެކު އިއްޔެ ކުރިއަށް ގެންދެވި ބައްދަލުވުމުގެ ފޮޓޯތައް ހިއްސާކުރައްވަމުންނެވެ. މޮސްޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހއ، ހދ، ށ...

އަލީ އާދިލް
ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމުގެ ފުރުޞަތު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ކުޅުދުއްފުށީގެ އާންމު ސަރަހައްދެއްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މި ބިނާ ފަރުމާކުރުމުގައި ޝަހީދު ހުސައިން އާދަމްގ...

އިބްރާހިމް ޚަލީލް
ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލަކީ ޒުވާނުން ކުށްތަކާ ދުރުކުރުމަށް އެހީވެދޭނެ ތަނެއް: އިމްރާން 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލަކީ ޒުވާނުން ކުށްތަކާ ދުރުކުރުމަށް އެހީވެދޭނެ ތަނެއް: އިމްރާން

ހދ. ނޭކުރެންދޫ އިންޑަސްޓްރިއަލް ޕްރިޒަން އަކީ ރާއްޖޭގައި މިއަދު މިއޮތް ޒުވާނުން ކުށްތަކަށް އަރައިގަތުން ދުރުކޮށް އަނބުރާ މުޖުތަމައު އަށް ގެނައުމަށްޓަކައި ކުރަންހުރި މަސައްކަތްތަކުގެ ތެރެއިން އެންމެމުހިންމު އެއް މަސައްކަތް ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވީ ނޭކުރެންދޫ ގައި ސަރުކާރުން އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. ހޯމް މިނިސްޓަރ އިމްރާން...

މުޙައްމަދު އަފްރާޙް