މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ކޭއާރްއެޗް ގައި ލެޕަރޮސްކޯޕިކް ސާޖަރީތައް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކޮށްފި 📍 ހދ. ކުޅުދުއްފުށި

ކޭއާރްއެޗް ގައި ލެޕަރޮސްކޯޕިކް ސާޖަރީތައް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކޮށްފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރްއެޗް) ގައި ލެޕަރޮސްކޯޕިކް ސާރޖަރީތައް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކޮށްފި އެވެ. އެ ހޮސްޕިޓަލުން މިކަން ހާމަކުރެއްވީ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. އެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ލެޕަރޮސްކޯޕިކް ސާރޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާގެ ޒަރީއާއިން ބަލައިގެން ކުރެވޭ ލުއި އޮޕަރޭޝަނެއް ކަމަށެވެ. މި ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާއިރު، ކޭއެޗްއާރް ގައި ކަށީގެ އޮޕަރޭޝަންތައް ކުރުމަށް ހޯދަން ޖެހޭ...

މުޙައްމަދު އަފްރާޙް
ބޮޑު ތިލަދުންމައްޗަކީ ހިތްވަރުގަދަ ދިވެހި ބަތަލުންތަކެއް އުފައްދާފައިވާ ތަނެއްކަން ދިވެހި ތާރީހުން ހެކިދޭ: މާރިޔާ 📍 ހދ. ކުޅުދުއްފުށި

ބޮޑު ތިލަދުންމައްޗަކީ ހިތްވަރުގަދަ ދިވެހި ބަތަލުންތަކެއް އުފައްދާފައިވާ ތަނެއްކަން ދިވެހި ތާރީހުން ހެކިދޭ: މާރިޔާ

ބޮޑު ތިލަދުންމައްޗަކީ ހިތްވަރުގަދަ ދިވެހި ބަތަލުންތަކެއް އުފައްދާފައިވާ ތަނެއްކަން ދިވެހި ތާރީހުން ހެކިދޭ ކަމަށް ޑިފެންސް މިނިސްޓަރު އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށި ސިޓީގައި އޮތް ހަވީރެއްގައި ވާހަކަފުޅުދައްކަވަމުން ނެވެ. އެ ހަވީރުގައި މާރިޔާ ވިދާޅުވީ 1988 ނޮވެމްބަރު 3 ވަނަ ދުވަހުގެ އުދުވާނުން ދިވެހީންނަށް ލިބުނު ނަސްރުގައި ހުސައިން އާދަމް އަދާކުރެއްވީ މުހިންމު ދައުރެއް ކަމަށެވެ. “އެ ދުވަހުގެ ވާހ...

މުޙައްމަދު އަފްރާޙް
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ކުޅުދުއްފުށި ސިޓީގައި ޕެރޭޑު ބާއްވައި ހަވާއަރުވައިފި 📍 ހދ. ކުޅުދުއްފުށި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ކުޅުދުއްފުށި ސިޓީގައި ޕެރޭޑު ބާއްވައި ހަވާއަރުވައިފި

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހދ. ކުޅުދުއްފުށީގައި ޕެރޭޑް ބާއްވާ ހަވާއަރުވައިފި އެވެ. ނަޞްރުގެ ދުވަހުގެ ބަޠަލު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އުފަން ރަށް، ހދ.ކުޅުދުއްފުށީގައި އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ހަރަކާތް، ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު އެރަށުގެ ބޮޑު މަގުގަ އެވެ. މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަޠީފްގެ [...

އިބްރާހިމް އަސްވާޤް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ އައްޓޯ، އެސްޕޯޓެސް ޖުވެނިސް އަދި ޓާފް ކުއީން 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ އައްޓޯ، އެސްޕޯޓެސް ޖުވެނިސް އަދި ޓާފް ކުއީން

ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގައި މިއަދު ކުޅުނު މެޗުތައް އައްޓޯ އެފްސީ، އެސްޕޯޓެސް ޖުވެނިސް އަދި ޓާފް ކުއީން، އިން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު އައްޓޯ އެފްސީއާއި ލަޔަން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އައްޓޯ އެފްސީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އައްޓޯ އެފްސީގެ ޖޯޒީ ނަމްބަރު 15، އަހްމަދު ސިނާޒް އެވެ. […]

އިބްރާހިމް ޚަލީލް
ހދ. އަތޮޅުގެ ޖަމިއްޔާތަކަށް ކުރިއަށް ގެންދާ ޕްރޮޖެކްޓް މެނޭޖްމަންޓް ވޯކްޝޮޕް ހަނިމާދޫގައި ފަށައިފި 📍 ހދ. ހަނިމާދޫ

ހދ. އަތޮޅުގެ ޖަމިއްޔާތަކަށް ކުރިއަށް ގެންދާ ޕްރޮޖެކްޓް މެނޭޖްމަންޓް ވޯކްޝޮޕް ހަނިމާދޫގައި ފަށައިފި

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ހދ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް ކުރިއަށް ގެންދާ ޕްރޮޖެކްޓް މެނޭޖްމަންޓް ވޯކްޝޮޕް ހަނިމާދޫގައި ފަށައިފިއެވެ. މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ ނިޔަލަށް ހަނިމާދޫ އިޖުތިމާޢީ މަރުކަޒު ހޯލުގައި ކުރިއަށްދާ މި ވޯކްޝިޕަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވައި، މަދަނީ ޖަމިއްޔާތަކުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހަރުދަނާ ކުރުމަށް އެހީތެރިވުމާއި، ޖަމިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން...

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި

ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ފަށައިފިއެވެ. ރޭ ކުމުންދޫ ފުޓްސަލް ދަނޑުގައި މި މުބާރާތުގެ ކުޅުން ފަށާފައިވާއިރު، މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެފައި ވަނީ އަންހެން ކެޓަގަރީގެ މެޗެކެވެ. އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ސީއެސް ވިމެންސްއާއި ޒީރު ސްޓާރސްއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސީއެސް ވިމެންސް ޓީމުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބު […]

އިބްރާހިމް ޚަލީލް
މިއަހަރުގެ ނަސްރުގެ ދުވަހު މުޅި މީސް މީޑީއާގައި، މަކުނުދޫ ސްކޫލު ދަރިވަރުންގެ ފޮޓޯތައް! 📍 ހދ. މަކުނުދޫ

މިއަހަރުގެ ނަސްރުގެ ދުވަހު މުޅި މީސް މީޑީއާގައި، މަކުނުދޫ ސްކޫލު ދަރިވަރުންގެ ފޮޓޯތައް!

މިއަހަރުގެ ނަސްރުގެ ދުވަހު ގިނަބައެއްގެ ލޮލުގައި އަޅައިގަތީ މަކުނުދޫ ސްކޫލު ދަރިވަރުން “ނަސްރުގެ ދުވަހާއި ގުޅޭ ފޮޓޯ ހުށައެޅުމުގެ މުބާރާތް 2022” އަށް ހުށައެޅި ފޮޓޯ ސްޓޯރީ ތަކަށެވެ. އެ ސްކޫލުގެ ފޭސްބުކް ޕޭޖުގައި މި ފޮޓޯތައް އާންމުކުރަން ފެށުމާއި އެކު މުޅި މީސްމީޑިއާ ފަތަހަކުރީ މިފޮޓޯ ތަކުންނެވެ. ތުއްތު ކުދިންނާއި އެކި އުމުރު ފުރާގެ ކުދިންގެ ހުނަރުވެރިކަމަށް އެތައް ބައެއްގެ ތަޢުރީފު ލިބެމުންދިޔަ އެވެ. މި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، ރަށެއްގެ އަމާން […]

މުޙައްމަދު އަފްރާޙް
ހަނިމާދޫ އެއާޕޯޓްގެ ފުލް ކެޕޭސިޓީގައި ދުވާލަކު 1180 ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ: މައުސޫމް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓްގެ ފުލް ކެޕޭސިޓީގައި ދުވާލަކު 1180 ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ: މައުސޫމް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރެވުމުން އެ އެއާޕޯޓުގެ ފުލް ކެޕޭސިޓީގައި އެވްރެޖްކޮށް ދުވާލަކު 1180 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށް ބެލެވޭ ކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ފުރަތަމަ އަހަރު ޖުމްލަ ކެޕޭސިޓީގެ %20 ގައި އޮޕަރޭޓުކުރާނެ ކަމަށް ބެލެވޭ ކަމަށާއި އެގޮތުން 300 ފަސިންޖަރުން އަންނާނެ ކަމަށެވެ. އަދި މިހާރު ހުރި ބެޑު ކެޕޭސިޓީ އާއި އިތުރުވާނެ ބެޑު ކެޕޭސިޓީން އެމިންވަރަށް [...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ ޕޯޓުގެ ވޯކްޝޮޕާއި ގަރާޖުގެ މަސައްކަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޕޯޓުގެ ވޯކްޝޮޕާއި ގަރާޖުގެ މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ވޯކްޝޮޕް އިމާރާތް ކުރުމާއި ގަރާޖު އިމާރާތް ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފައެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ސައިޓް ކްލިއަރ ކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، އިމާރާތް ކުރެވޭ ވޯކްޝޮޕާއި ވެހިކަލް ގަރާޖުގެ ޕްލޮޓް […]

އަޙްމަދު ވަހީދު
ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރައްވާފައިވަނީ 47،621,920.40 ރުފިޔާ އަށް 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުން 22,323 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށި...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކާރެއް ގަންނަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކާރެއް ގަންނަނީ

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ބޭނުމަށް ރަސްމީ ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އެކައުންސިލުން އިޢުލާންކޮށްފި އެވެ. އެކައުންސިލުން ކުރި އިޢުލާނުގައި ބުނީ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭކަމަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ ‏13‏ ވަނަ ދުވަހުގެ ދުވަހުގެ 10:15 ގެ ކުރިން އެއިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ފޯމް ހުށަހެޅުން އެދެ އެވެ. އަނ...

އަލީ އާދިލް
ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި އިންޓަ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތެއް 📍 ހދ. ކުޅުދުއްފުށި

ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި އިންޓަ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތެއް

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީ ސިޓީގައި އިންޓަ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އެ ސިޓީގެ ޖަލާލުއްދީން ސްކޫލް ގުޅިގެންނެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ މުބާރާތް އޮންނާނީ މިއަދު މެންދުރުފަހު 13:45 ގައި އެ ސިޓީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ. ނަސްރުގެ ދުވަސް ކުޅުދުއްފުށީގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް އެ ސިޓީގައި […]

ޔުމްނާ ޢަލީ
މަރާމާތަށް ބަންދުކުރި ކުޅުދުއްފުށީ މަސްޖިދުލް ހަޟާރާތް، އަންނަ ހުކުރު ދުވަހުން ފެށިގެން ބޭނުންކުރަން ފަށަނީ 📍 ހދ. ކުޅުދުއްފުށި

މަރާމާތަށް ބަންދުކުރި ކުޅުދުއްފުށީ މަސްޖިދުލް ހަޟާރާތް، އަންނަ ހުކުރު ދުވަހުން ފެށިގެން ބޭނުންކުރަން ފަށަނީ

މަރާމާތަށް ބަންދުކުރި ކުޅުދުއްފުށީ މަސްޖިދުލް ހަޟާރާތް، މަރާމާތުގެ މަސައްކަތްނިމި އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މަރާމާތަށް ބަންދުކުރުމަށް ފަހު މި މަހުގެ 28 ވާ ހުކުރު ދުވަހުގެ، ހުކުރު ނަމާދުން ފެށިގެން އެ މިސްކިތް ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށެވެ. ދެ ފަންގިފިލާ ހިމެނޭ އެ މިސްކިތް ފާއިތުވި ސެޕްޓެމްބަރ […]

އިބްރާހިމް ޚަލީލް
ހަނިމާދޫ އަކީ ދިވެހި ސަރުކާރުގެ ބާރު ހިނގާތަނެއް ނޫން: ޔާމީން 📍 ހދ. ހަނިމާދޫ

ހަނިމާދޫ އަކީ ދިވެހި ސަރުކާރުގެ ބާރު ހިނގާތަނެއް ނޫން: ޔާމީން

ހދ. ހަނިމާދޫ އަކީ ދިވެހި ސަރުކާރުގެ ބާރު ހިނގާ ތަނެއް ނޫންކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ހަނިމާދޫން އެރަށުގެ ރައްޔިތުން ބާލާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓްގައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، ޔާމީން މިހެން ވިދާޅުވީ ނ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫގައި ބޭއްވި […]

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީގެ އިޖްތިމާއީ އަދި އިގްތިސޯދީ ބޭސްލައިންގެ ދިރާސާއެއް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ އިޖްތިމާއީ އަދި އިގްތިސޯދީ ބޭސްލައިންގެ ދިރާސާއެއް ފަށައިފި

ހދ. ކުޅުދުއްފުށި ސިޓީގައި އިޖްތިމާއީ އަދި އިޤްތިސޯދީ ބޭސްލައިން ދިރާސާއެއްގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މިއީ އެ ކައުންސިލާއި ސްމޯލްއައިލެންޑް ޖޯގްރަފިކް ސޮސައިޓީއާއި ގުޅިގެން ކުރެވޭ ސަރވޭ އެއް ކަމަށެވެ. އަދި މިސަރވޭ ކުރިއަށްދާނީ މިއަދުން ފެށިގެން މި އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިސަރވޭގައި ޒިޔާރަތްކުރާނެ ގެތަށް ހޮވިފައިވާނީ ރެންޑަމް އުސޫލުން ކަމަށާއި މައޫލޫމާތު ނެގުމަށް ގެތަކަށް ޒިޔާރަތްކުރާ ޓީމަކީ އެ ކައުންސި؛ލުގެ ޓީމުކަން އަ...

މުޙައްމަދު އަފްރާޙް