📍 ހދ. ނެއްލައިދޫ
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނެއްލައިދޫގައި މަސްރޭހެއް
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މުއައްސަސާތަކުގެ އިތުރުން ކުލަބު ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަސް ރޭހެކެވެ. ދިވެހި ރާއްޖޭގައި ކޮންމެ އަހަރަކު ވެސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ. މި މުބާރާތް ބ...