📍 ހދ. ކުޅުދުއްފުށި
މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ކުޅުދުއްފުށީގައި ހާއްސަ ޕްރޮގްރާމެއް
މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ހާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ ގޮތުގައި މި ޕްރޮގްރާމް ހިންގަނީ ނޭޝަނަލް ޑްރަގް އޭންޖެސީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ނެވެ. މިއީ މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް “ކޮމިޔުނިޓީ ބޭސްޑް ޓްރީޓްމެނ...