📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީގެ މަގުތަކާއި އާންމުތަންތަނުގައި ހުއްދަ ނުހޯދާ ބަހައްޓާފައި ހުންނަ ތަކެތި ނަގަނީ
ކުޅުދުއްފުށި ސިޓީގެ މަގުތަކާއި އާންމުތަންތަނުގައި ހުއްދަ ނުހޯދާ ބަހައްޓާފައި ހުންނަ ތަކެތި ނަގަން ނިންމައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ނެރުނު ދެންނެވުމެއްގައި ވަނީ ކުޅުދުއްފުށި ސިޓީގެ މަގުތަކާއި އާންމުތަންތަނަކީ ސާފުތާހިރު އަދި މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ބޭނުންކުރެވޭ ތަންތަނަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން އެ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި، އެ އިދާރާގެ ހުއްދަ ހޯދުމަކާއިނުލާ ބަހައްޓާފައިވާ ތަކެތި ނެގުމުގެ މަސައްކަތް ކުރުމަށް ނިންމާ...