މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
އަތޮޅާއި ޒޯންގެ ތަށި ކާމިޔާބުކުރި ނައިވާދޫ ޓީމަށް އެ ރަށުން ހޫނު މަރުހަބާއެއް 📍 ހދ. ނައިވާދޫ

އަތޮޅާއި ޒޯންގެ ތަށި ކާމިޔާބުކުރި ނައިވާދޫ ޓީމަށް އެ ރަށުން ހޫނު މަރުހަބާއެއް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023″ ގެ ހދ އަތޮޅުގެ ޗެމްޕިއަންކަމާއި، ޒޯން 1 ގެ ޗެމްޕިއަންކަން ހޯދި ހދ ނައިވާދޫ ފުޓްސަލް ޓީމް މިއަދު އެ ރަށަށް ދިޔުމެން ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ނައިވާދޫ ފުޓްސަލް ޓީމް މިއަދު ހަވީރު އެ ރަށަށް ގޮސްފައިވާއިރު ޓީމަށް މަރުހަބާ ކިޔުމަށްޓަކައި އެ ރަށުގެ ކުދިބޮޑު އެންމެން ވަނީ ބަނދަރައް ނުކުމެފައެވެ. ނައިވާދޫ ޓީމް ރަށަށް ބާލާފައި ވަނީ ވެސް ރަތް ދޫލަމަތީގައެވެ. މީގެ […]

އިބްރާހިމް ޚަލީލް
ސެމީގައި އުންމީދު ބަލިކޮށް ރެއަރ ސްކޮޑް ފައިނަލަށް 📍 ހދ. ހަނިމާދޫ

ސެމީގައި އުންމީދު ބަލިކޮށް ރެއަރ ސްކޮޑް ފައިނަލަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގެ ސެމީ ފައިނަލުގައި އުންމީދު ބަލިކޮށް ރެއަރ ސްކޮޑް ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ. މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. އަދި ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމްގެ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެއްޖެ

ހދ. ކުޅުދުއްފުށި ސިޓީ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، 4 މީހަކަށް އަނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ 3 ސައިކަލެއް ޖެހިގެންނެވެ. އަދި އެކިވަރުގެ އަނިޔާ ލިބިގެން 4 މީހަކަށް ފަރުވާދެމުން އަންނަކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމާއި ގުޅިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ ވިދާޅުވީ އެކްސިޑެންޓެއް ހިނގައިގެން 5 މީހަކު ގެނެސްފައިވާ ކަމަށެވެ. އަދި އެމީހުން ގެނައީ މިއަދު 11:10 އާއި […]

މުޙައްމަދު އަފްރާޙް
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ހިޔަލަ ފައިނަލަށް 📍 ހދ. ހަނިމާދޫ

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ހިޔަލަ ފައިނަލަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގެ ގްރޫޕް ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ ހިޔަލަ ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ގްރޫޕް ބުރުގެ ފަހު މެޗުތައް މިއަދާއި މިރޭ ކުޅެފައިވާއިރު، މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫޙް އާއި ބެއާފޫޓެވެ. ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު 3 […]

އިބްރާހިމް ޚަލީލް
ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހިޔަލައާއި އުންމީދު ކުރީގައި 📍 ހދ. ހަނިމާދޫ

ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހިޔަލައާއި އުންމީދު ކުރީގައި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގައި އިއްޔެ ކުޅުން ހިޔަލައާއި އުންމީދުން ކާމިޔާބު ކޮށްފިއެވެ. މުބާރާތުގެ ހަތަރުވަނަ ދުވަހުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ އުންމީދާއި ބެއާފޫޓެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބު ކޮށްފައި ވަނީ އުންމީދުންނެވެ. މި މެޗުގެ ސެޓްތައް އުންމީދު ޓީމުން ގެންގޮސްފައި ވަނީ 25/11، 17/25، […]

އިބްރާހިމް ޚަލީލް
ކުމުންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީ ކުރަން ހަވާލުކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީ ކުރަން ހަވާލުކޮށްފި

ތިލަދުންމަތި ދެކުނުބުރީ ކުމުންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީ ކުރުމަށް އާރކް އެން ސިއެލް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުޙައްމަދު އެވެ. އާރކް އެން ސިއެލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ ޑިރެކްޓަރ އަޙުމަދު އަމީން އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭގައި ނ...

މުޙައްމަދު އަފްރާޙް
ހިޔަލަ ޓީމުން ދެވަނަ މެޗު ވެސް ކާމިޔާބު ކުރިއިރު، ރޫހް އަތުން ރެއަރ ސްކޮޑަށް ފަސޭހަ މޮޅެއް 📍 ހދ. ހަނިމާދޫ

ހިޔަލަ ޓީމުން ދެވަނަ މެޗު ވެސް ކާމިޔާބު ކުރިއިރު، ރޫހް އަތުން ރެއަރ ސްކޮޑަށް ފަސޭހަ މޮޅެއް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގައި އިއްޔެ ކުޅުނު މެޗުތައް ހިޔަލައާއި ރެއަރ ސްކޮޑުން ކާމިޔާބު ކޮށްފިއެވެ. މުބާރާތުގެ ތިންވަނަ ދުވަހުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ހިޔަލައާއި ބެއާފޫޓެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައި ވަނީ ހިޔަލަ ޓީމުންނެވެ. މި މެޗުގެ ސެޓްތައް އެ ޓީމުން ގެންގޮސްފައި ވަނީ 25/14، 25/7، […]

އިބްރާހިމް ޚަލީލް
ކުމުންދޫ ނެރާއި އައު ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ނެރާއި އައު ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިންމާލައިފި

ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ނެރު ފުންކުރުމާއި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، ސައިޓުގައި މިހާރު ކުރިއަށްދަނީ ބޭރު ތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތާއި، ރެވެޓްމެންޓް ޕްރޮފައިލްކުރުމުގެ މަސައްކަތް ކަމަަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށު...

އަޙްމަދު ވަހީދު
ކުޅުދުއްފުށި ހިމެނޭހެން ހަތަރު ރަށެއްގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ހިމެނޭހެން ހަތަރު ރަށެއްގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަތަރު ރަށެއްގައި މަޝްރޫއުތައް ހިންގުމަށް, މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ކ. ހިންމަފުށީ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، އއ. މަތިވެރީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، ކުޅުދުއްފުއްޓާއި ނ. ކެނދިކުޅުދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި...

އަޙްމަދު ވަހީދު
ނޮޅިވަރަންފަރު އަންހެނުން ކޮމެޓީގެ "ބިލެއްކަމަނަ" އެވޯޑު ހަ ބޭފުޅަކަށް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު އަންހެނުން ކޮމެޓީގެ "ބިލެއްކަމަނަ" އެވޯޑު ހަ ބޭފުޅަކަށް

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ “ބިލެއްކަމަނަ” އެވޯޑް ހަ ފަރާތަކަށް އަރުވައިފިއެވެ. މިއީ ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެކި ދާއިރާތަކުން އެ ރަށުގެ ކަނބަލުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ކަނބަލުންގެ މަސައްކަތުގެ މާހައުލުގައި ބާރުވެރިކުރުވުމުގެ ގޮތުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުންދޭ ދެމުން އަންނަ އެވޯޑެކެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ނޮޅިވަރަންފަރު ސްކޫލުގައި ބޭއްވި...

އިބްރާހިމް ޚަލީލް
ޔުމްނާ، ކުޅުދުއްފުށީގެ ފަންނުވެރި މަސައްކަތްތެރިންގެ މަސައްކަތްތައް ބައްލަވާލައްވައިފި 📍 ހދ. ކުޅުދުއްފުށި

ޔުމްނާ، ކުޅުދުއްފުށީގެ ފަންނުވެރި މަސައްކަތްތެރިންގެ މަސައްކަތްތައް ބައްލަވާލައްވައިފި

ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން މިހާރު ހދ. އަތޮޅުގެ ބައެއް ރަށްތަކަށާއި، ކުޅުދުއްފުށީ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ސިޓީގެ ފަންނުވެރި ބައެއް މަސައްކަތްތެރީންގެ މަސައްކަތްތައް ބައްލަވައިލައްވައި، މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފިއެވެ. ވަޒީރު ޔުމްނާ ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. ވަޒީރުގެ މި ޒިޔާރަތާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި ވޒީރު އެ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ 5 ކަނބަލަކަށް ކަމަނަ އެވޯޑް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ 5 ކަނބަލަކަށް ކަމަނަ އެވޯޑް

އެކިއެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން، އަންހެނުންގެ ދުވަހާއި ގުޅުވައިގެން ދޭންފެށި “ކަމަނަ އެވޯޑް” އެ ރަށު 5 ކަނބަލަކަށް އަރުވައިފިއެވެ. މި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުންކުރާ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރު އެ ރަށު ފެންވަރުގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަނ...

އިބްރާހިމް ޚަލީލް
އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް ފަށައިފި 📍 ހދ. ހަނިމާދޫ

އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް ފަށައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ފަށައިފިއެވެ. މި މުބާރާތުގެ ކުޅުން މިއަދު ހަވީރު ހަނިމާދޫ އިޖްތިމާއީ މަރުކަޒު މަލްޓިޕާޕަސް ކޯޓުގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް އުންމީދާއި ރޫޙް އެވެ . މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައި ވަނީ އުންމީދު ޓީމުންނެވެ. އެ ޓީމުން މެޗުގެ ސެޓްތައް ކާމިޔާބު ކޮށްފައި ވަނީ […]

އިބްރާހިމް ޚަލީލް
ނޮޅިވަރަމްގައި ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ 4 ފެހި ގެއާއި ފެންދޭ ނިޒާމު ގާއިމުކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ 4 ފެހި ގެއާއި ފެންދޭ ނިޒާމު ގާއިމުކޮށްފި

“ޒަކާތު ނަފާ” ޕްރޮގްރާމްގެ ދަށުން ހދ. ނޮޅިވަރަމްގައި ގާއިމުކުރި 4 ގްރީންހައުސް (ފެހިގެ) އާއި ފެންދޭ ނިޒާމުގެ މަސައްކަތް ނިންމާލައިފިއެވެ. ޒަކާތު ނަފާ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އިން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަށާ ފުރަތަމަ ރަށަކަށް ނޮޅިވަރަމް ވާއިރު، މި ދަނޑުތަކަކީ 5000 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ ދަނޑުތަކެކެވެ. އެގްރޯނެޓުން ބުނީ މި 4 ގްރީންހައުސްއަކީ ފަރޓިގޭޝަން ސިސްޓަމްއާއެކު ބޮޑުމިނުގައި 16 ފޫޓް 50 ފޫޓުގެ ހިމެނޭ 4 ގްރީންހައުސް ކަމަށެވެ. […]

މުޙައްމަދު އަފްރާޙް
ކުމުންދޫ ޑަބްލިއުޑީސީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ޑަބްލިއުޑީސީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ކުރިއަށް އޮތް ރަމަޟާން މަހު އެ ރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކަނބަލުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖައްސައި ޤުރުއާނަށް އަހުލުވެރި ކުރުވުމެވެ. މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ބޮޑެތި މީހުންނަށެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ރާވާލާފަ...

އިބްރާހިމް ޚަލީލް