މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,879 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,879 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3879 ޚަބަރުގެ ތެރެއިން
މުރައިދޫ ވެޓެރަންސް ވޮލީ: ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ކެލާ އަށް ކާމިޔާބު 📍 ހއ. ކެލާ

މުރައިދޫ ވެޓެރަންސް ވޮލީ: ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ކެލާ އަށް ކާމިޔާބު

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ހޮނިހިރު ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ކެލާ ކާމިޔާބުކޮށްފިއެވެ. މިއަދުގެ މެޗުތައް ވެސް ފެނުނީ ވަރަށް ވާދަވެރުކޮށެވެ. ހަވީރު ކުޅުނު މެޗުގައި ހަނިމާދޫ މުރައިދޫ އަތުން މޮޅުވީ 4-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓް މުރައިދޫ ވަނީ 17-25 އިން ގެންގޮސްފައެވެ. ބާކީ ސެޓުތައް ހަނިމާދޫ ގެންދިޔައީ […]

ޔުމްނާ ޢަލީ
ނައިވާދޫގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މީހުން ބިނާކުރުމުގެ ތަމްރީނެއް 📍 ހދ. ނައިވާދޫ

ނައިވާދޫގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މީހުން ބިނާކުރުމުގެ ތަމްރީނެއް

ހދ. ނައިވާދޫގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މީހުން ތަމްރީންކޯށް ގާބިލުކަން އިތުރުކުރުމުގެ ހާއްސަ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މިހަރަކާތަކީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި ނައިވާދޫ ޑައިވް އެންޑް ވޯޓާ ސްޕޯޓްސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ”ޕަޑީ” ގެ ފަންނީ އެހީތެރިކަމާއެކުގ...

ޔުމްނާ ޢަލީ
މުރައިދޫ ވެޓެރަންސް ވޮލީ: ހއ.އަތޮޅު ޓީމުތަކަށް ކާމިޔާބު ދުވަހެއް، ބާރަށާއި ފިއްލަދޫ މޮޅުވެއްޖެ 📍 ހއ. ބާރަށް

މުރައިދޫ ވެޓެރަންސް ވޮލީ: ހއ.އަތޮޅު ޓީމުތަކަށް ކާމިޔާބު ދުވަހެއް، ބާރަށާއި ފިއްލަދޫ މޮޅުވެއްޖެ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ހުކުރު ދުވަހުގެ މެޗުތައް ބާރަށާއި، ފިއްލަދޫ ކާމިޔާބުކޮށްފިއެވެ. މި މުބާރާތުގައި ހުކުރު ދުވަހު ހަވީރު ހއ. ބާރަށާއި ހދ. ކުޅުދުއްފުށީ ސިޓީގެ ކުރިމަތިލުމުގައި ބާރަށް މޮޅުވީ ސީދާ ތިން ސެޓުންނެވެ. މިއީ މުބާރާތުގައި ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ ބައްޔެވެ. ކުޅުދުއްފުށީ ސިޓީން ވަނީ ކުރިން ކުޅުނު ތިން މެޗުން […]

ޔުމްނާ ޢަލީ
މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫއަށް ތިންވަނަ މެޗު ވެސް ކާމިޔާބު، ފިނޭ އަށް މޮޅެއް 📍 ހއ. ކެލާ

މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫއަށް ތިންވަނަ މެޗު ވެސް ކާމިޔާބު، ފިނޭ އަށް މޮޅެއް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ބުރާސްފަތި ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ފިނޭ ކާމިޔާބުކޮށްފިއެވެ. ބުރާސްފަތި ދުވަހު ހަވީރު ފިނޭ އާއި ކެލާގެ ފޯރިގަދަ ކުރިމަތިލުމުގައި ފިނޭ މޮޅުވީ 3-2 ސެޓުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނީ ހަނިމާދޫ އާއި ވަށަފަރެވެ. މި މެޗު ހަނިމާދޫ ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި ނަތީޖާ އަށް ބަލާއިރު […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ހެޔޮ އަގުގައި ތެޔޮ ވިއްކަން އެފްއެސްއެމަށް 10،000 އަކަފޫޓުގެ ބިމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ހެޔޮ އަގުގައި ތެޔޮ ވިއްކަން އެފްއެސްއެމަށް 10،000 އަކަފޫޓުގެ ބިމެއް

ހދ. ކުޅުދުއްފުށި ސިޓީގައި ތެޔޮ ގުދަންކޮށް، ތެލުގެ ވިޔަފާރި ހިންގުމަށްޓަކައި ބިން ހަމަޖެއްސުމާ ގުޅޭގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ދެމެދު އިއްޔެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށްގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި، އެފްއެސްއެމްގެ ފަރާތުން ފިއުލް ޝެޑެއް ނުވަތަ ފިއުލް ސްކިޑެއް ގާއިމުކުރުމަށްޓަކައި ބޮޑުމުހައްމަދު ކަލޭފާނު ބަނދަރު ސަރަހައްދުން ޖުމްލަ 10،000 އަ...

ޔުމްނާ ޢަލީ
މުރައިދޫ ވެޓެރަންސް ވޮލީ: ކުޅުދުއްފުށި ތިން ވަނަ މެޗުވެސް ކާމިޔާބުކޮށް އިތުބާރު ދެމެހެއްޓިއިރު ދިއްދޫ މޮޅުވެއްޖެ 📍 ހއ. ދިއްދޫ

މުރައިދޫ ވެޓެރަންސް ވޮލީ: ކުޅުދުއްފުށި ތިން ވަނަ މެޗުވެސް ކާމިޔާބުކޮށް އިތުބާރު ދެމެހެއްޓިއިރު ދިއްދޫ މޮޅުވެއްޖެ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ބުދަ ދުވަހުގެ މެޗުތައް ކުޅުދުއްފުށީ ސިޓީ އާއި ދިއްދޫ ކާމިޔާބުކޮށްފިއެވެ. މި މުބާރާތުގައި ބުދަ ދުވަހު ހަވީރު ކުޅުނީ ދިއްދޫ އާއި ނޮޅިވަރަމެވެ. ދިއްދޫ މި މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ބުދަ ދުވަހުގެ ރޭގަނޑުގެ މެޗުގައި ކުޅުދުއްފުށީ ސިޓީ ވަނީ 3-1 ސެޓުން ފިއްލަދޫ ބަލިކޮށްފައެވެ. މި […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެންމެން އެކުގައި އަތުގުޅައިލުމަށް ސިޓީ ކައުންސިލްގެ އިލްތިމާސެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެންމެން އެކުގައި އަތުގުޅައިލުމަށް ސިޓީ ކައުންސިލްގެ އިލްތިމާސެއް

ހދ.ކުޅުދުއްފުށި ސިޓީގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި، ވެށްޓަށް ގެއްލުންވާނެ އެއްވެސް އަމަލެއް ނުކުރެއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮއްފިއެވެ. ހަމައެއާއެކު، ކުޅުދުއްފުށީގެ ހޭޅިފަށާއި، ކުޅި އަދި  ޗަސްބިންތަކުގެ ރުއްގަހާއި، އެ ރަށުގެ ފެހިކަމާއި، ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އެ ސަރަހައްދުތައް ޙިމާޔަތް ކުރުމުގެ މުޙިއްމުކަން، އާއްމުންގެ ސަމާލުކަމަށް ގެންނަމުން، އެ ކައުންސިލުން ފާހަގަ ކޮއްފައިވާ ގޮތ...

ފާތިމަތު ސަޙާ
ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ ކޯ-ކްރިއޭޝަން ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ ކޯ-ކްރިއޭޝަން ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން، ކުޅުދުއްފުށި ސިޓީގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ކުރިއަށްގެންދިޔަ 5 ދުވަހުގެ ކޯ-ކްރިއޭޝަން ވޯކްޝޮޕް ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ މީގެ ކުރިން ކުރިއަށްގެންދިޔަ ޚިޔާލުހޯދުމުގެ ބައްދަލުވުންތަކާއި ޕަބްލިކް ސަރވޭއިން އެއްކޮށްފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ތަރައްޤީގެ ޕްލޭންގައި ހިމަނާނެ ސިޔާސަތުތަކާއި، ސްޓްރެޓެޖީތަކާއި، ލަނޑުދަނޑިތަކުގެ އިތުރުން ހަރ...

ޔުމްނާ ޢަލީ
ބޮޑުތިލަދުންމަތީ ބޮޑު ބާޒާރުގެ ތައްޔާރީތަކަށް 800,000 ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި 📍 ހދ. ކުޅުދުއްފުށި

ބޮޑުތިލަދުންމަތީ ބޮޑު ބާޒާރުގެ ތައްޔާރީތަކަށް 800,000 ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ “ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު” ގެ ތައްޔާރީތަކަށް ބޭނުންވާ 800,000 (އަށްލައްކަ) ރުފިޔާގެ ބަޖެޓެއް ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. މި ބަޖެޓު ފާސްކޮށްފައިވަނީ ބާޒާރު ބޭއްވުމަށްޓަކައި ޓެންޓްބަރި ތައްޔާރުކުރުމާއި، ސްޓޭޖްގެ މަސައްކަތްތަކާއި، ތަނުގެ ލައިޓިންގ، ސައުންޑް އަދި އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުމަށެވެ. މި ނިންމުން ނިންމާފައިވަނީ 09 ސެޕްޓެމްބަރ 2026 ގައި ބޭއްވުނު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 17 ވަނަ...

ޔުމްނާ ޢަލީ
މުރައިދޫ ވެޓެރަންސް ވޮލީ: މުރައިދޫ ފުރަތަމަ މޮޅު ހޯދިއިރު ވަށަފަރު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ 📍 ހއ. ކެލާ

މުރައިދޫ ވެޓެރަންސް ވޮލީ: މުރައިދޫ ފުރަތަމަ މޮޅު ހޯދިއިރު ވަށަފަރު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ އިއްޔެގެ މެޗުތައް ވަށަފަރާއި މުރައިދޫ ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ވަށަފަރު ވަނީ ފިނޭ 3-1 ސެޓުން ބަލިކޮށްފައެވެ. މިއީ ވަށަފަރުގެ ދެވަނަ މެޗެވެ. އެ ޓީމު ވަނީ ދެ މެޗުން ވެސް މޮޅުވެފައެވެ. ވަށަފަރުގެ މެޗާއެކު ފިނޭ އަށް ތިން މެޗު ކުޅެވިފައިވާއިރު އެ ޓީމު […]

ޔުމްނާ ޢަލީ
މަކުނުދޫގެ ވިޔަފާރި މައުރަޒު ބޮޑު ތަރުހީބަކާއެކު ނިންމާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫގެ ވިޔަފާރި މައުރަޒު ބޮޑު ތަރުހީބަކާއެކު ނިންމާލައިފި

ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (އތމކ)އިން އިންތިޒާމްކޮށްގެން އެރަށުގައި ބޭއްވި ވިޔަފާރި މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކުދި ވިޔަފާރިކުރާ ފަރާތްތަކުގެ މަސައްކަތް ރައްޔިތުންނަށް އިޝްތިހާރު ކުރުމާއި އެބޭފުޅުންގެ ވިޔަފާރިއަށް އިތުރުކުރިއެރުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވި މި މައުރަޒަށް އާންމުންގެ ތަރުޚީބު ލިބިފައިވާކަމަށް އެ ރަށު އތމ ކޮމެޓީން މައުލޫމާތުދެއެވެ. މަކުނުދޫ އތމ ކޮމެޓީގެ ރައީސާ ޝަހްމާ އާދަމް “ތިލަދުން”އަށް ވިދާޅުވި ގޮތުގައި، ގިނަ އަދަދެއް...

ފާތިމަތު ސަޙާ
މަކުނުދޫގައި ކުނި އެންދުން މަނާކޮށް، އުޞޫލާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރަން ނިންމައިފި 📍 ހދ. މަކުނުދޫ

މަކުނުދޫގައި ކުނި އެންދުން މަނާކޮށް، އުޞޫލާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރަން ނިންމައިފި

ހދ. މަކުނުދޫގައި ކުނި އެންދުން މަނާކޮށް، އުޞޫލާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރަން އެ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މިކަން މި ގޮތަށް ނިންމާފައިވަނީ، ރަށުގެ އެކި ހިސާބުތަކުގައްޔާއި، ސާފުކުރާ ގެވަޅުތަކުގައި، ކުނި އަންދަމުންދާތީ، އެކަން އާންމުންގެ އުނދަގުލަކަށްވެ، ޝަކުވާ ލިބެމުންދާތީއެވެ. އެހެންކަމުން، ރަށުގެ އެއްވެސް ސަރަޙައްދެއްގައި ކުނި އަންދާނަމަ، އުޞޫލުގެ މަތިން ފިޔަވަޅުއަޅައި، ޖޫރިމަނާ ކުރެވޭނެކަމަށް ކައުންސިލުން ކޮއްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ. މަ...

ފާތިމަތު ސަޙާ
ނައިވާދޫގެ ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅަ ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި 📍 ހދ. ނައިވާދޫ

ނައިވާދޫގެ ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅަ ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

މިހާތަނަށް ރާއްޖެއިން ފެނިފައިވާ އެންމެ ހިތްގައިމު އަދި އެންމެ ބޮޑު އެއް ކަނޑުއަޑީގެ ހޮހޮޅަ (ނައިވާދޫ ހޮހޮޅަ)ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ. ނައިވާދޫ ކައުންސިލް ރައީސް މުޙައްމަދު ނައުފަލް “ތިލަދުން”އަށް ވިދާޅުވިގޮތުގައި، ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިރުންތަކުން މުއްސަނދިވެފައިވާ މާހައުލުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގައުމީ މަސައްކަތުގެ ދަށުން، ނައިވާދޫގެ ހުޅަނގުފަރާތު ފަރާ ދިމާލުން ކަނޑުއަޑީގައި އޮތް ބޮޑު ހޮހަޅަ ހިމާޔަތްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖ...

ފާތިމަތު ސަޙާ
މުރައިދޫ ވެޓެރަންސް ވޮލީ މުބާރާތް: ކުޅުދުއްފުށި ދެވަނަ މެޗުން ވެސް މޮޅުވެއްޖެ، ފިއްލަދޫގެ ފެށުން ވަރުގަދަ 📍 ހއ. ފިއްލަދޫ

މުރައިދޫ ވެޓެރަންސް ވޮލީ މުބާރާތް: ކުޅުދުއްފުށި ދެވަނަ މެޗުން ވެސް މޮޅުވެއްޖެ، ފިއްލަދޫގެ ފެށުން ވަރުގަދަ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ހޯމަ ދުވަހުގެ މެޗުތައް ކުޅުދުއްފުށީ ސިޓީ އާއި ފިއްލަދޫ ކާމިޔާބުކޮށްފިއެވެ. މިއަދު ހަވީރުކުޅުނު މެޗުގައި ފިއްލަދޫ ނުކުތީ ބާރަށާއި ދެކޮޅަށެވެ. މި މެޗު ފިއްލަދޫ ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. މިއީ ފިއްލަދޫގެ ފުރަތަމަ މެޗެވެ. ބާރަށް ވަނީ އެ ޓީމުގެ ފުރަތަމަ މެޗުން 2-3 ސެޓުން […]

ޔުމްނާ ޢަލީ
ހޮލިޑޭ ކަޕްގެ ނައިވާދޫ އޮޑިޝަން ޑިސެމްބަރު ޗުއްޓީގައި ރަށުގައި ބާއްވަނީ 📍 ހދ. ނައިވާދޫ

ހޮލިޑޭ ކަޕްގެ ނައިވާދޫ އޮޑިޝަން ޑިސެމްބަރު ޗުއްޓީގައި ރަށުގައި ބާއްވަނީ

ހދ. ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުގެ ފަރާތުން މާލެ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު އިންތިޒާމްކުރާ ފޯރިގަދަ “ހޮލިޑޭ ކަޕް”ގެ ނައިވާދޫ އޮޑިޝަން މި އަހަރުގެ ޑިސެމްބަރު ޗުއްޓީގައި ނައިވާދޫގައި ބޭއްވުމަށް ރާވަމުންދާކަމަށް އެ ކުލަބުން ހާމަކޮއްފިއެވެ. ޓްރޭނާރސް ސްޕޯޓްސް އެކަޑަމީގެ ކޯޑިނޭޓަރ އަޙުމަދު އާފާޤް “ތިލަދުން”އަށް ބުނީ، މިއީ ރަށުގައި ދިރިއުޅޭ ގިނަ ކުދިންތަކެއްގެ ހުވަފެނެއްކަމަށާއި އެ ކުދިން ނުހަނު ބޭނުންވާ ކަމެއްކަމަށެވެ. ނަމަވެސް މި ފުރުސަތު ދ...

ފާތިމަތު ސަޙާ