މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހދ. އަތޮޅު (ތިލަދުންމަތީ ދެކުނުބުރި) (3,881 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
3,881 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހދ. އަތޮޅުގެ ޚަބަރުތައް

3881 ޚަބަރުގެ ތެރެއިން
ކޭއާރްއެޗުގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، ނަންނޯޓު ކުރުމަށް ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރްއެޗުގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، ނަންނޯޓު ކުރުމަށް ހުޅުވާލައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، ނަންނޯޓު ކުރުމަށް ހުޅުވާލައިފިއެވެ. މި ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމަށް ހުޅުވާލައިފައިވަނީ މި ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. ކޭއާރްއެޗް ގެ މީޑިއާ އޮފިސަރ، މުހައްމަދު މޫސާ ‘ތިލަދުން’ އަށް ވިދާޅުވީ މި ހިދުމަތަށް އެދުމަށް ނަންނޯޓު ކުރުމަށް ހުޅުވައިލުމުން އެދެވޭ ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. ކެންސަރަަށް ފަރުވާ ހޯދާ ފަރާތްތަކަށް ދޭ ކީމޯތެރަޕީގެ ހިދުމަތް އެސަރަހައްދުގެ ރައްޔިތުނ...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނި މީހަކު ހަ މަހަށް ޖަލަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނި މީހަކު ހަ މަހަށް ޖަލަށް

ހދ. ކުޅުދުއްފުށީގެ ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. އެރަށު ކަޑޫމާގޭ އިބްރާހިމް ހަސަންގެ މައްޗަށް އެ ހުކުމް އައީ މިދިޔަ ފެބްރުއަރީ މަހު ކުޅުދުއްފުށީގައި ފިހާރައެއް ހިންގާ މީހަކާ ހިނގި ޒުވާބެއްގައި, އޭނާގެ ފިހާރައަށް ނިސްބަތްކޮށް “ދެން ގޮއްވާލާނީ ދުއްވާލާނީ ހުރިހާ ތަނެކޭ” މިހެން ބުނެ އިންޒާރު ދީފައިވާތީ އެވެ. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ […]

ހުސައިން ހަބީބް
ކުމުންދޫ ކައުންސިލުގެ އެހީގައި އެރަށު ސްކޫލުގައި ނަމާދުކުރާ ކޮޓަރިއެއް އަޅަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލުގެ އެހީގައި އެރަށު ސްކޫލުގައި ނަމާދުކުރާ ކޮޓަރިއެއް އަޅަނީ

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ސްކޫލްގައި ޕްރޭޔާރ ރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އެރަށު ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓުގައި ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީި މިކަމަށްއެދި އަންދާޒީ ހިސާބު ހުށަހެޅުއްވުމަށް އެދޭ ފަރާތްތަކުން މި ޖޫން މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖެހުމުގެ ކުރިން ނަން ނޯޓު ކުރުމަށް އެދޭ ކަމަށެވެ. ނަން ނޯޓު ކުރުމަށް އެ އިދާރާއަށް ގޮސްގެން ނުވަތަ 6520034 ނަމްބަރު ފޯނަށް ގުޅައިގެން ވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ. […]

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗު، ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި މެޗު ފަށައިގެން ޒިގްޒެގްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ […]

އިބްރާހިމް ޚަލީލް
އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބާއްވާ ބަށިބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބާއްވާ ބަށިބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހދ. އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަށިބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން “ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023” ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ 28،29،30 މި ތިން ދުވަހު ކުޅުދުއްފުށީ ސިޓީގައެވެ. މި މުބާރާތުގައި […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ހިމެނޭހެން ބޮޑު 4 ސިޓީގައި އުރީދޫ މަސްރޭސް، ރަޖިސްޓްރީވުމުގެ ފުރުސަތު 1 ޖުލައިއާ ހަމައަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ހިމެނޭހެން ބޮޑު 4 ސިޓީގައި އުރީދޫ މަސްރޭސް، ރަޖިސްޓްރީވުމުގެ ފުރުސަތު 1 ޖުލައިއާ ހަމައަށް

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ މަސްރޭސް ކުޅުދުއްފުށި ސިޓީ ހިމެނޭހެން ރާއްޖޭގެ ހަތަރު ސިޓީގައި ބޭއްވުމަށް ނިންމައި، ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރު މި މުބާރާތް ބާއްވަން ނިންމާފައިވަނީ އޮގަސްޓް މަހުގައެވެ. މިއަހަރުގެ މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަަތައް ކަމަށް އުރީދޫން ބުންޏެވެ. ފެށުނީއްސުރެވެސް އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވ...

އަޙްމަދު ވަހީދު
ކުޅުދުއްފުއްޓާ ހަނިމާދޫގެ ކުރިމަތިލުމެއް، ދެ ޓީމުން ވެސް ތަށި ހޯދުމުގެ ވަރުގަދަ އަޒުމްގައި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުއްޓާ ހަނިމާދޫގެ ކުރިމަތިލުމެއް، ދެ ޓީމުން ވެސް ތަށި ހޯދުމުގެ ވަރުގަދަ އަޒުމްގައި

ހދ.އަތޮޅުގައި ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ރަށަކީ ހަނިމާދޫއާއި ކުޅުދުއްފުއްޓެވެ. މި ވާދަވެރިކަމަކީ އައްޑިހައިގެ ފަހުކޮޅު ނުވަތަ ނުވަދިހައިގެ ކުރީކޮޅުން ފެށިގެން މިއަދާ ހިސާބަށް ވެސް ދަނޑުމަތީގައި ބަދަލެއް ނާންނަ ވާދަވެރިކަމެކެވެ. ވާދަވެރިކަން އެކަންޏެއް ނޫނެވެ. ފާއިތުވެދިޔަ ދިގު މާޒީގައި ހދ އަތޮޅުގައި ބޭއްވުނު ގިނަ ފުޓްބޯޅަ މުބާރާތްތަކުގެ ތަށިތައް ވެސް ހުރީ މި ދެ ރަށުގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާ...

އިބްރާހިމް ޚަލީލް
ކޮރަލްސް ބަލިކޮށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފައިނަލަށް 📍 ހދ. ކުޅުދުއްފުށި

ކޮރަލްސް ބަލިކޮށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފައިނަލަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ކޮރަލްސް ބަލިކޮށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ހަނިމާދޫއިން ކޮރަލްސްގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނުނީ ލަސް ކުޅުމެކެވެ. […]

އިބްރާހިމް ޚަލީލް
ފިނޭ ޑަބްލިއުޑީސީގެ ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބު ކޮށްފި 📍 ހދ. ފިނޭ

ފިނޭ ޑަބްލިއުޑީސީގެ ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބު ކޮށްފި

މިއަދު ކުރިއަށް ދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންސްތަކުގެ ތެރެއިން ހދ. ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން އިދިކޮޅު ޕްރެގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކާމިޔާބު ކޮށްފިއެވެ. ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ބޭއްވީ އެ ކޮމެޓީއަށް އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރު ރަމްލާ އާދަމް އިސްތިއުފާ ދީފައިވާތީއެވެ. އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ޕީޕީއެމު...

ޔުމްނާ ޢަލީ
ބައްސާމް، މަކުނުދޫގެ ފުރަތަމަ ޑޮކްޓަރު، ރަށުގެ ފަޚުރެއް!

ބައްސާމް، މަކުނުދޫގެ ފުރަތަމަ ޑޮކްޓަރު، ރަށުގެ ފަޚުރެއް!

ކުޑައިރު އެންމެ ފުރަތަމަ ހަނދަށް ދާ މީހަކަށް ( އެސްޓްރޮނޮޓް ) ވާން ބޭނުންވީ އެއީ އާދަޔާ ޚިލާފް ކަމަކަށްވާތީއެވެ. އަދި ރާއްޖޭގައިވެސް އެފަދަ މީހުން ނޫޅޭތީއެވެ. އަދި ހަމަ އެހެންމެ އެކަން ތަޖުރިބާކުރަން ބޭނުންވާތީއެވެ. ނަމަވެސް މާ ގިނަ ދުވަހަކު އެ ހުވަފެން ދެކޭހިތެއް ނުވިއެވެ. ސްކޫލް ދައުރު ނިންމާލެއްވެވުމަށްފަހު، އެންމެ 19 އަހަރުގައި  މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމް.އެން.ޑީ.އެފް) އާއި ގުޅިވަޑައިގަތީ ޤައުމަށް ޚިދުމަތްކުރުމުގެ މާތް ނިޔަތުގައެވެ. ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރެއްވު...

ސަލާމާ ޢަބްދުލް ޢަލީމް
ކުމުންދޫގައި ބާއްވާ ނެޓްބޯޅަ ކޭމްޕުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި ބާއްވާ ނެޓްބޯޅަ ކޭމްޕުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބިރީ ކުމުންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ނެޓްބޯޅަ ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޭމްޕަކީ ކުމުންދޫގައި ނެޓްބޯޅަކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް މިކުޅިވަރުގެ ތެރެއަށްވަނުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށް ކުރިއަށް ގެންދާ ކޭމްޕެކެވެ. ޖުމްލަ 20 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ރާވާފައިވާ މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ދިހަ އަހަރުން މަތީގެ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޒިގްޒެގަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޒިގްޒެގަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން ޖާގަ ހޯދައިފިއެވެ. ޒިގްޒެގުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނޮޅިވަރަމް ހުވާސް ބަލިކޮށްގެންނެވެ. ޒިގެޒެގް މި މެޗު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއިންނެވެ. މިއަދު މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގައި […]

އިބްރާހިމް ޚަލީލް
ނައިވާދޫގެ ހުޅަނގު ފަރާތުގައި ވަރަށް ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅައެއް! 📍 ހދ. ނައިވާދޫ

ނައިވާދޫގެ ހުޅަނގު ފަރާތުގައި ވަރަށް ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅައެއް!

ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެބޮޑު އެއްސަބަބެވެ. ރާއްޖޭގެ ގިނަ ހިސާބުތަކުގެ ކަނޑުއަޑީގެ ޗާލު ބަގީޗާތަކަކީ ބަލައި ފޫހިވާނޭ ތަންތަނެއް ނޫނެވެ. މީގެ ތެރެއިން ވެސް ހދ. ނައިވާދޫގެ ހުޅަނގު ފަރާތުގައި ޑައިވިން ކުރުމަށް އޮންނަ ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅަ ފާހަގަކޮށްލެވެއެވެ. އެކަން ހާމަވަނީ އެރަށަށް އުފަން އެރަށު ޒަމާނީވިލާ މަންސޫރު އަލީ ގެ މި ވާހަކަތަކުންނެވެ. އެރަށުގައި ޑައިވް ސެންޓާ އެއް ހުޅުވައި، ވޯޓާ ސްޕޯޓްސް ގެ ޚިދުމަތް ދެމުން އަންނަ އުމުރުން 29 އަހަރުގެ މަނ...

މުޙައްމަދު އަފްރާޙް
ސެމީ ފައިނަލުގައި ނޮޅިވަރަމާއި ޒިގްޒެގް އަދި ހަނިމާދޫއާއި ކޮރަލްސް 📍 ހދ. ކުޅުދުއްފުށި

ސެމީ ފައިނަލުގައި ނޮޅިވަރަމާއި ޒިގްޒެގް އަދި ހަނިމާދޫއާއި ކޮރަލްސް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ނޮޅިވަރަމް ހުވާސް އާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އަދި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސް ބައްދަލުކުރަން ޖެހިއްޖެއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް މިހާރު ވަނީ ކުޅެނިމިފައެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި މިއަދު ބައްދަލުކުރީ ކްލަބް ކޮރަލްސްއާއި ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބެވެ. މި މެޗު 2-1 ގެ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި މާލީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ހިންގާ ގްރާންޓްސް ޕްރޮގްރާމްގެ ތަމްރީނެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މާލީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ހިންގާ ގްރާންޓްސް ޕްރޮގްރާމްގެ ތަމްރީނެއް

ހދ. ކުޅުދުއްފުށި ސިޓީގައި ހިންގާ ގްރާންޓްސް ފޯ ވިމަން ލެޑް ބިޒްނަސެސް އަދި ގްރާންޓްސް ފޯ ޓެއިލަރިންގ ބިޒްނަސެސް އަށް ޕްރޮޕޯސަލް ތައްޔާރު ކުރުމުގެ ޓްރެއިނިންގ ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މިއީ އެ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ ދެ ޕްރޮގްރާމް ކަމަށެވެ. މި ޕްރޮގްރާމުތަކުގެ މަގުސަދަކީ ވިޔަފާރިއާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށާއި އިގްތިސާދީގޮތުން އަންހެނުން ބާރުވެރި ކުރުވުމަށް މާލީ އެހީ ފޯރުކޮށްދިނު...

މުޙައްމަދު އަފްރާޙް