މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ފިނޭ (116 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
116 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފިނޭގެ އެންމެ ފަހުގެ ޚަބަރުތައް

116 ޚަބަރުގެ ތެރެއިން
ފިނޭ މީހުންގެ ''ކުޅި ކެޔޮ'' 📍 ހދ. ފިނޭ

ފިނޭ މީހުންގެ ''ކުޅި ކެޔޮ''

މި ހަފްތާގައި އަނެއްކާ ވެސް މި އޮތީ ހދ. ފިނޭ މީހުންގެ ޚާއްޞަ ކެއުމުގެ ބާވަތެކެވެ. ވަރުދާގެ ބަދިގެއިން ކާނާގެ ބާވަތްތައް ތައްޔާރު ކުރާ ގޮތް ގެނެސްދޭ އިރު ދޭތެރެ ދޭތެރެއިން ފިނޭ މީހުން ކައްކާ އުޅޭ ބާވަތްތައް ވެސް މި ދަނީ ގެނެސް ދެމުންނެވެ. މީގެ ކުރީން ވެސް ވަނީ ފިނޭ މީހުން ކަށްކާ އުޅޭ ގޮތަށް އެ މީހުންގެ ޚާއްޞަ ބައެއް ކާނާގެ ބާވަތްތައް ގެނެސް ދެވިފައެވެ. އޭގެ ތެރޭގައި ފިނޭ މީހުން ”މަސް […]

ޝިއުނާ އާދަމް
ސިޔާމް ނެގި ލޯނުގެ މައްސަލާގައި ފިނޭންސް މިނިސްޓަރާއި ކުރާ ސުވާލުތަކުގެ ނޯޓިސް ފޮނުވައިފި

ސިޔާމް ނެގި ލޯނުގެ މައްސަލާގައި ފިނޭންސް މިނިސްޓަރާއި ކުރާ ސުވާލުތަކުގެ ނޯޓިސް ފޮނުވައިފި

ދައުލަތުން ސޮވަރިން ގެރެންޓީ ދީގެން ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްއަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ ލޯނާ ގުޅޭގޮތުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް، ފިނޭންސް މިނިސްޓަރާއި ކުރައްވާ ސުވާލުތަކުގެ ނޯޓިސް މިއަދު ފޮނުއްވައިފިއެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލިސްއިން ބުނީ 2017 ވަނަ އަހަރު ދައުލަތުން ސޮވަރިން ގެރެންޓީ ދީގެން ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްއަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން […]

އަލީ އާދިލް
އުތުރުގެ 4 ރަށެއް ކަރަންޓީނު ކޮށްފި 📍 ހއ. އިހަވަންދޫ

އުތުރުގެ 4 ރަށެއް ކަރަންޓީނު ކޮށްފި

ހއ. އިހަވަންދޫ ތަހުތު ބޯޓާއި، 242 ބޯޓުން ދަތުރު ކުރިބަޔަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ބޯޓު ބަނދަރުކުރި އުތުރުގެ ހަތަރު ރަށެއް ކަރަންޓީނު ކޮށްފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ. މިގޮތުން އެޗްޕީއޭއިން އަރައި ފޭބުން މަނާކޮށް، ކަރަންޓީނު ކުރީ އެ ދެ ބޯޓު ނިސްބަތްވާ ހއ. އިހަވަންދޫގެ އިތުރުން ހދ. ގެ 3 ރަށް ކަމަށްވާ ފިނޭ، ނޮޅިވަރަމް އަދި މަކުނުދޫ އަށެވެ. އެޗްޕީއޭއިން އެރަށްތަކަށް އަރާ ފޭބުން […]

ޝިއުނާ އާދަމް
ފިނޭ "މުގުރު ބޮނޑި"، ބޮޑު ޢީދަށް ތައްޔާރު ކޮށްލަން ވާނެ! 📍 ހދ. ފިނޭ

ފިނޭ "މުގުރު ބޮނޑި"، ބޮޑު ޢީދަށް ތައްޔާރު ކޮށްލަން ވާނެ!

ބޮޑު ޢީދު އަޅުގަނޑުމެންނާއި ބައްދަލު ކުރާން މިއޮތީ ހަފުތާއެއްހާ ދުވަހަށް ވެފައެވެ. މި ހަފުތާގައި މި ގެނެސް ދެނީ ހދ. ފިނޭ މީހުން ޢީދަށް ތައްޔާރުކޮށް އުޅޭ “މުގުރު ބޮނޑި” ތައްޔާރު ކުރާނެ ގޮތެވެ. މި ބާވަތުގެ ބޮނޑިއަށް ރާއްޖޭގެ އެކި ރަށްރަށުގެ މީހުން އެކި ނަން ކިޔައި އުޅުން އެކަށީގެން ވެއެވެ. އަދި ތައްޔާރު ކުރާ ގޮތާއި، ރެސިޕީ ވެސް ތަފާތު ވާނެ ކަން ގައިމެވެ. ފިނޭގައި ޢީދަށް ޚާއްޞަކޮށް ހަދައި އުޅޭ މި ބޮނޑިއަށް […]

ޝިއުނާ އާދަމް
ފިނޭ އާމަގު އަތިރީގެ ފޮޓޯތައް، އާމަގު ޢާއިލާތަކުގެ ބަދަހި ގުޅުމުގެ ރަމްޒެއް! 📍 ހދ. ފިނޭ

ފިނޭ އާމަގު އަތިރީގެ ފޮޓޯތައް، އާމަގު ޢާއިލާތަކުގެ ބަދަހި ގުޅުމުގެ ރަމްޒެއް!

ހދ. ފިނޭ އާމަގު އަތިރިމަތީގައި ތައްޔާރުކޮށްފައިވާ ބާބަކިއު އޭރިއާއި، ފިނި މައިޒާނާއި، އަދި އިރު އޮއްސޭ މަންޒަރު ދެކިލަން މަޑުކޮށްލާ ސަރަހައްދު ދުށިން ހެއްޔެވެ؟ ފިނޭ އާމަގު އަތިރީގެ މަންޒަރުތަކުން ސިފަކޮށްދެނީ ދަނީ އެރަށުގެ އާމަގުގައި ދިރިއުޅޭ ޢާއިލާތަކުގެ ބަދަހި އެކުވެރިކަމެވެ. ފިނޭ އާމަގަށް ނިސްބަތްވާ ޢާއިލާތަކުގެ އެކުވެރިކަން ގެންގޮސް ދިނީ އާމަގުގެ ހިތްގައިމު އަތިރި މަށްޗަށެވެ. އެ މަގުގެ އަތިރިމަތީގައި ހަދާފައިވާ ބާބަކިއު އޭރިއާއި، ފިނި މައިޒާނާއި، އަދި އިރު އޮއްސޭ މަންޒަރު ދެކިލަން މަޑުކޮށްލާ...

ޝިއުނާ އާދަމް
ފިނޭގެ ރަހަތަކާއި އެކު، "ބަށި މުސަންމާ" 📍 ހދ. ފިނޭ

ފިނޭގެ ރަހަތަކާއި އެކު، "ބަށި މުސަންމާ"

ބަށި މުސަންމާއަކީ ރާއްޖޭގެ އެކި ހިސާބުގައި ތައްޔާރު ކުރަމުންދާ ކެއުމުގެ ބާވަތެކެވެ. އެކި ހިސާބުގައި ތައްޔާރު ކުރާގޮތާއި، ތައްޔާރު ކުރަން ބޭނުން ކުރާ ބާވަތްތައްވެސް ތަފާތު ވެދާނެއެވެ. ހދ. ފިނޭ މީހުން ތައްޔާރު ކުރާ ބަށި މުސަންމާގެ ރަހަ، އެއް ފަހަރުވެސް ބަލައިފި ނަމަ ދެވަނަ ފަހަރުވެސް ކާން ބޭނުންވާހާ ރަހަ މީރެވެ. މިހަފުތާގައި މިގެނެސް ދެނީ އެރަށު މީހުން ބަށި މުސަންމާ ތައްޔާރު ކޮށް އުޅޭ ގޮތެވެ. ބަށީގައި ތައްޔާރު ކުރާ މި ކާނާގެ ބާވަތަކީ […]

ޝިއުނާ އާދަމް
"ކޭލު ފޯ": ވަރުދާގެ އެ ހަނދާނާއި، ތައްޔާރު ކުރާނެ ގޮތް! 📍 ހދ. ފިނޭ

"ކޭލު ފޯ": ވަރުދާގެ އެ ހަނދާނާއި، ތައްޔާރު ކުރާނެ ގޮތް!

ކޭލުގައި ތައްޔާރުކުރާ ކާނާގެ ބާވަތެއް ކަމަށްވާ “ކޭލު ފޯ” ވާހަކަ އަޑު އެހިން ހެއްޔެވެ؟ މިއީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކޭލުން ތައްޔާރުކޮށް އުޅުނު ކާނާގެ ބާވަތެކެވެ. ތިޔަ ރަށުގައި އެއްވެސް އިރެއްގައި “ކޭލު ފޯ” ތައްޔާރު ކުރިހެއްޔެވެ؟ މި ކާނާގެ ބާވަތާއި ގުޅިގެން އެކި ރަށްރަށުގައި ޒަމާންވީ ހަނދާންތަކެއްވެސް އެބަހުއްޓެވެ. މިފަހަރު އަނެއްކާވެސް މިގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ވަރުދާ އަޙްމަދު ކިޔައިދިން ” ކޭލު ފޯ” އާއި ގުޅިފައިވާ ހދ. […]

ޝިއުނާ އާދަމް
ހުކުރު ދުވަހު މެންދުރު ކެއުމަށް، ވަރުދާގެ "ބަނބުކޭލު ކަނޑު ކުކުޅު" 📍 ހދ. ފިނޭ

ހުކުރު ދުވަހު މެންދުރު ކެއުމަށް، ވަރުދާގެ "ބަނބުކޭލު ކަނޑު ކުކުޅު"

މިދުވަސްވަރު ބަނބުކޭލުގެ ވާހަކަ އަޑު އިވޭލެއް ވަރަށް ގަދަ އެވެ. ދިމާވި ކޯވިޑްގެ ހާލަތުގައި ބަނބުކޭލުގެ ވާހަކަ ދައްކާލެއް ގިނަވެފައިވިޔަސް ބަނބުކޭލަކީ ރާއްޖޭގެ ގިނަ ރަށްތަކަކުންލިބޭ، ގިނަ ބަޔަކު ގަޔާވާ ގިނަ ކާނާ ވައްތަރުތަކެއް ތައްޔާރުކުރަން ބޭނުންކުރާ ބާވަތެކެވެ. ދިވެހިންގެ ދިވެހިވަންތަ ކެއުމުގެ ތެރޭގައި ހިމެނޭ ބަނބުކޭލުން ތައްޔާރުކުރާ ބައެއް ވައްތަރުތަކުގެ ކާއެއްޗެހީގެ ތެރޭގައި ތެލުލި ބަނބުކެޔޮ، ބަނބުކެޔޮ ރިހަ، ބަނބުކެޔޮ ބޮނޑިބަތް، ބަނބުކެޔޮ ބަތް، ބަނބުކެޔޮ ބަތްޕެން، ބަނބުކެޔޮ ހިތި އަދި ބަނބުކޭ...

ޔުމްނާ ޢަލީ
ވީއެސްއާރްސީ ވޮލީ މުބާރާތް މިއަހަރު ނުބާއްވަން ނިންމައިފި 📍 ހދ. ފިނޭ

ވީއެސްއާރްސީ ވޮލީ މުބާރާތް މިއަހަރު ނުބާއްވަން ނިންމައިފި

ހދ. ފިނޭގެ އަމިއްލަ ޖަމުއިއްޔާ އެއް ކަމަށްވާ ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވޮލީބޯޅަ މުބާރާތް މިއަހަރު ނުބާއްވަން އެ ޖަމުއިއްޔާއިން ނިންމައިފިއެވެ. އެ ޖަމިއްޔާގެ ރައީސް މުޙައްމަދު ޝިހާމް ސޮއިކުރައްވާ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވުމުންނާއި ކަމާބެހޭ ފަރާތްތަކުން އެއްތަނަކަށް އެއްވެ ނޫޅުމަށާއި ޢިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް އިލްތިމާސްކ...

ޖަލްވާން ޖާދުﷲ
ޕާނަކަށް މަސްތުވާ ތަކެތި ލައިގެން ފިނޭއަށް އެތެރެކުރަން އުޅުނު 3 މީހަކު ހައްޔަރުކޮށްފި 📍 ހދ. ފިނޭ

ޕާނަކަށް މަސްތުވާ ތަކެތި ލައިގެން ފިނޭއަށް އެތެރެކުރަން އުޅުނު 3 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. އަތޮޅުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހދ. ފިނޭއިން 3 މީހަކު ހައްޔަރުކޮށްފި އެވެ. މި އޮޕަރޭޝަންއާއި ބެހޭ މަޢުލޫމާތުދެމުން ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 24 އަހަރުގެ 2 މީހުންކަމަށެވެ. އަދި މި 3 މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އިއްޔެ އިރު އޮއްސުނު ވަގުތު ކުޅުދުއްފުށި ސިޓީއިން ފިނޭއަށް ދިޔަ މުދާ އުފުލާ ފެރީއަކުން ފިނޭއަށް މަސްތުވާތަކ...

އަލީ އާދިލް
ފިނޭގައި ފެން ބޮޑުވުމުން އެމްއެންޑީއެފުން އެހީތެރި ވެއްޖެ 📍 ހދ. ފިނޭ

ފިނޭގައި ފެން ބޮޑުވުމުން އެމްއެންޑީއެފުން އެހީތެރި ވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހދ. ފިނޭއަށް ބޯކޮށް ވާރޭ ވެހި، އެރަށުގެ ބައެއް ސަރަޙައްދު ތަކުގައި ބޮޑުވެފައިވާ ފެން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮށްފިއެވެ. އެމްއެންޑީއެފް ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހދ. ފިނޭއަށް ބޯކޮށް ވާރޭ ވެހި އެރަށުގެ ބައެއް ސަރަޙައްދު ތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ނޯތު އޭރިއާގެ ސިފައިން ރޭގައި ކޮށްފައި ވާކަމަށެވެ. Mihaaru raajje ah […]

ޔުމްނާ ޢަލީ
ކޮޅިގަނޑެއްގައި ނިކަ ގަހެއް ވެއްޓި ފިނޭ ރައްޔިތުންގެ ގެސްޓު ހައުސް ހަލާކުވެއްޖެ 📍 ހދ. ފިނޭ

ކޮޅިގަނޑެއްގައި ނިކަ ގަހެއް ވެއްޓި ފިނޭ ރައްޔިތުންގެ ގެސްޓު ހައުސް ހަލާކުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ އައި ކޮޅިގަނޑެއްގެ ވައިގައި، ފިނޭ ރައްޔިތުންގެ ގެސްޓުހައުސް މައްޗަށް ނިކަ ގަހެއް ވެއްޓި، ގެސްޓު ހައުސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ. ފިނޭ ރައްޔިތުންގެ ގެސްޓުހައުސް މައްޗަށް ނިކަ ގަހެއް ވެއްޓި، ގެސްޓު ހައުސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި ކޮޅިގަނޑު އައީ ރޭ 10:30 ހާއިރުކަމަށް ފިނޭ ކައުންސިލްގެ ރައީސް ހަސަން ރަޝީދު ވިދާޅުވިއެވެ. ފިނޭ ރައްޔިތުންގެ ގެސްޓުހައުސްއަކީ ހަރަތު ކޮޓަރީގެ ގެސްޓު ހައުސްއެކެވެ. އެ ގެސްޓުހައުސް މިހާރު […]

ޔުމްނާ ޢަލީ
ފިނޭ އަށް ދާނަމަ ހުއްދަ ހޯދަން އެދިއްޖެ 📍 ހދ. ފިނޭ

ފިނޭ އަށް ދާނަމަ ހުއްދަ ހޯދަން އެދިއްޖެ

މިއަދުގެ އިރުއޮއްސި 18:00 ގެ ފަހުން ޒަރޫރީ ބޭނުމެއްގައިވިޔަސް ހދ. ފިނޭއަށް ދާނަމަ ފިނޭ ކައުންސިލްގެ ހުއްދަ ހޯދުމަށް ފިނޭ ކައުންސިލުން އެދިއްޖެއެވެ. އެކަމާއި ގުޅޭ ގޮތުން ފިނޭ ކައުންސިލުން މިއަދު އާންމު ކުރި ދެންނެވުމެއްގައި ބުނެފައި ވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާފައިވާތީ، ފިނޭގައި އެކުލަވާލާފައިވާ ކޮވިޑް-19 ޓާސްކްފޯހާއި، ފިނޭ ސޯޝަލް ސަޕޯޓް ޑެސްކުގެ އިރުޝާދ...

ޔުމްނާ ޢަލީ
ފިނޭ ގޮނޑުދޮށުން ކަށިވެއްޔާއި އަކިރި ނުނެގުމަށް އެދިއްޖެ 📍 ހދ. ފިނޭ

ފިނޭ ގޮނޑުދޮށުން ކަށިވެއްޔާއި އަކިރި ނުނެގުމަށް އެދިއްޖެ

ފިނޭ ގޮނޑުދޮށުން ކަށިވެއްޔާއި އަކިރި ނުނެގުމަށް ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ އިން އެދިއްޖެ އެވެ. މިއަދު އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ރަމަޟާންމަހަށް ގޭދޮށް ޒީނަތްތެރިކުރުމަށް ރަށުގެ ގޮނޑުދޮށުން ކަށިވެލި އަދި އަކިރި ނަގަމުންދާކަން އެ ކައުންސިލަށް ވަނީ ފާހަގަކުރެވިފައިކަމަށެވެ. މިކަމަކީ ތަފާތު އެކި ފަހަރު މަތިން މަނާކުރެވިފައިވާ ކަމެއްކަމަށް ވެފައި، މި ކަމަކީ ޤާނުނު ނަންބަރު 93/4 ( ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނު)...

ޝިއުނާ އާދަމް
ފަރުދީ ޒިންމާ އަދާނުކޮށްފިނަމަ، ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ: ފިނޭ ކައުންސިލް 📍 ހދ. ފިނޭ

ފަރުދީ ޒިންމާ އަދާނުކޮށްފިނަމަ، ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ: ފިނޭ ކައުންސިލް

ކޮވިޑް 19 އާއި ގުޅިގެން މުވައްސަސާ ތަކުން އަންގާ އެންގުންތަކަށް އަދި އަމިއްލަ ފަރުދީ ޒިންމާއެއްގެ ގޮތުގައި އަދާނުކޮށްފިނަމަ، ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަންކަން ކަމުގައިވާތީ މިކަންކަމަށް ހުރިހާ ބޭފުޅުންވެސް ސަމާލުކަންދީ، ފުރިހަމަ އެއްބާރުލުން ދެއްވުމަށް ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލުން ބުނެފިއެވެ. ފިނޭ ކައުންސިލުން މިހެން ބުނެފައިވަނީ މިއަދު އެކައުންސިލުން ކުރި އިޢުލާނެއްގައެވެ. އެއިޢުލާނުގައި ބުނެފައިވަނީ ކޮވިޑް 19، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، 2020 މ...

އަލީ އާދިލް