📍 ހދ. މަކުނުދޫ
މަކުނުދޫން 73 ގޯތި ދޫކުރަން ހުޅުވާލައި ފޯމު ދޫކުރަންފަށައިފި
ހދ. މަކުނުދޫ އިން 73 ބަންޑާރަ ގޯތި ދޫކުރަން ހުޅުވާލައި މިއަދު ފޯމު ދޫކުރަން ފަށައިފިއެވެ. މަކުނުދޫން ދޫކުރަން ނިންމާފައި ވަނީ 2000 އަކަފޫޓްގެ ގޯތި ތަކެކެވެ. އެކަމަށް ކަނޑައަޅާފައިވާ އުސޫލަށް ފެތޭ، ޝަރުތު ހަމަވާފަރާތްތަކުން އެ 73 ގޯއްޗަށް ކުރިމަތިލުމަށް މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މަކުނުދޫ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. މަކުނުދޫން ގޯތި ދޫކުރާނެ އުސޫލު ކަނޑައަޅައި، އެރަށު ކައުންސިލުން އެކުލަވާލި އުސޫލުގައިވާގޮތުން މަކުނުދޫގެ […]