މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. މަކުނުދޫ (307 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
307 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މަކުނުދޫގެ އެންމެ ފަހުގެ ޚަބަރުތައް

307 ޚަބަރުގެ ތެރެއިން
މަކުނުދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފި 📍 ހދ. މަކުނުދޫ

މަކުނުދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފި

ފެނަކައިގެ ފަރާތުން ހދ. މަކުނުދޫއަށް އާ 600 ކިލޯވޯޓުގެ އާ ޖަނަރޭޓަރު ސެޓެއް ގެންގޮސްފިއެވެ. މަކުނުދޫގެ ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި، އެރަށަށް އާ ޖަނަރޭޓަރު ސެޓެއް ގެންގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެ ޖަނަރޭޓަރު އެރަށަށް ލިބުމާއި ގުޅިގެން މަކުނުދޫ ކައުންސިލުން ވަނީ އެކަމަށްޓަކައި ރައީސް ޞާލިހަށާއި، ފެނަކައަށާއި އަދި އެރަށް ރައްޔިތުން މަޖިލިސްގައި ތަމްސީލް ކުރަށްވާ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީއަށް އެރަށުގެ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފަ އެވެ. ފެނަކައ...

ޔުމްނާ ޢަލީ
މަކުނުދޫގައި ނުރައްކާތެރި އެކްސިޑެންޓެއް 📍 ހދ. މަކުނުދޫ

މަކުނުދޫގައި ނުރައްކާތެރި އެކްސިޑެންޓެއް

ހދ. މަކުނުދޫގައި ނުރައްކާތެރި އެކްސިޑެންޑެއް ހިނގައި، ދެ މީހަކަށް އަނިޔާ ވެއްޖެއެވެ. މަކުނުދޫ ކައުންސިލްގެ ރައީސް ހުސައިން ސާމީ ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގަން މެދުވެރިވި ސަބަބު ދަންނަވަން ނޭނގޭ ކަމަށެވެ. އަދި އެކްސިޑެންޓްވީ އެރަށުގެ ބޮޑުމަގުން ދުއްވާފައި ދިޔަ ސައިކަލެއް އެ މަގުން ހިނގާފައިދި މީހެއްގެ ގައިގާ ޖެހިގެން ކަމަށެވެ. ސާމީ ވިދާޅުވިގޮތުގައި އެ ހާދިސާގައި ސައިކަލް ދުއްވާފައި ދިޔައީ އެމަގުގެ ހުޅަނގުން އިރަށް ކަމަށާއި އަދި އަނިޔާވި، ހިނގާފައި ދ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީން ދެ މީހަކު އަދި މަކުނުދޫން އެކަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހދ. މަކުނުދޫ

ކުޅުދުއްފުށީ ސިޓީން ދެ މީހަކު އަދި މަކުނުދޫން އެކަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީ ސިޓީން ދެ މީހަކު އަދި ހދ. މަކުނުދޫން އެކަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ ކުޅުދުއްފުށީ ސިޓީން ޕޮޒިޓިވްވި ދެ މީހުންނަކީ ނިމުނު ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މާލެއިން އެ ސިޓީއަށް ދިޔަ ދެމީހުން ކަމަށެވެ. އެ ދެމީހުން ކޯވިޑް ޓެސްޓްކުރީ މާލެއިން ޕޮޒިޓިވްވި ބަޔަކާ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނުމުން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެ އެވެ. އަދި އެ ދެމީހުންގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ […]

ޔުމްނާ ޢަލީ
މަކުނުދޫއާއި ބިލެތްފަހި ހިމެނޭހެން ހަތަރު ރަށެއްގައި އެއާޕޯޓް އަޅާނެ ބަޔަކު ހޯދަނީ 📍 ހދ. މަކުނުދޫ

މަކުނުދޫއާއި ބިލެތްފަހި ހިމެނޭހެން ހަތަރު ރަށެއްގައި އެއާޕޯޓް އަޅާނެ ބަޔަކު ހޯދަނީ

ިހަތަރު ރަށެއްގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ސަރުކާރުން ޢިއުލާންކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނުގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ހަތަރު ރަށެއްގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވާ ކަމަށެވެ. ސަރުކާރުން އަލަށް އެއާޕޯޓް ތަރައްގީކުރަން ހުޅުވާލާފައިވާ ރަށްތަކަކީ އުތުރުން ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ އަ...

ޙުސައިން ޝަހުދީ
މަކުނުދޫގައި ހަފުތާ ބަންދުގައި ތިން ދަރުސެއް ބާއްވަނީ 📍 ހދ. މަކުނުދޫ

މަކުނުދޫގައި ހަފުތާ ބަންދުގައި ތިން ދަރުސެއް ބާއްވަނީ

ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)އިން މި ހަފުތާ ބަންދުގައި މަކުނުދޫގައި ތިން ދީނީ ދަރުސެއް ބާއްވަން ނިންމައިފިއެވެ. މިގޮތުން އެރަށުގައި ބާއްވާ ފުރަތަމަ ދަރުސް މާދަމާ އަސުރުނަމާދަށްފަހު އެރަށުގެ މަސްޖިދުއް ޞިއްދީޤުގައި ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ދަރުސްގެ މައުޟޫއަކީ ”މުއުމިނުންގެ ސިފަތައް” އެވެ. ދެވަނަ ދަރުސް އަމާޒުކޮށްފައި ވަނީ އެރަށުގެ އެންމެހާ ރައްޔިތުންނަށެވެ. ”ހުރިހާ ނުބައިކަމެއްގެ މަންމަ” މި މައުޟޫއަށް ކުރިއަށްގެ...

ޙުސައިން ޝަހުދީ
މުވައްޒަފުން ނެތްކަމަށް ބުނެ ހުކުރު ނަމާދު ނުކުރުމުން، މަކުނުދޫ ކައުންސިލަށް ފާޑުކިޔުން 📍 ހދ. މަކުނުދޫ

މުވައްޒަފުން ނެތްކަމަށް ބުނެ ހުކުރު ނަމާދު ނުކުރުމުން، މަކުނުދޫ ކައުންސިލަށް ފާޑުކިޔުން

މުވައްޒަފުން ނެތްކަމަށް ބުނެ ހދ. މަކުނުދޫގެ އެއް މިސްކިތުގައި އިއްޔެ ހުކުރު ނަމާދު ނުކުރުމުން، އެރަށު ކައުންސިލަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ. މަކުނުދޫ ކައުންސިލުން އިއްޔެ ހެނދުނު، އެކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހުކުރު ނަމާދު ކުރާނީ އެއް މިސްކިތުގައި ކަމަށެވެ. ސަބަބަކީ، މިސްކިތްތައް ބެލެހެއްޓޭ ވަރަށް މުވައްޒަފުން ނެތުން ކަމަށެވެ. ”މިސްކިތްތައް ބެލެހެއްޓޭވަރަށް މުވައްޒަފުން ނެތުމާއިގުޅިގެން މިއަދު ހުކުރު ނަމާދު ކުރުން އޮންނާނީ، ހަމައެކަނި ތަޤްވާ މިސްކިތު...

އަލީ އާދިލް
އެއް މިސްކިތުގައި ހުކުރު ނަމާދުކުރީ، މުވައްޒަފުން ނެތުމުން: މަކުނުދޫ ކައުންސިލް 📍 ހދ. މަކުނުދޫ

އެއް މިސްކިތުގައި ހުކުރު ނަމާދުކުރީ، މުވައްޒަފުން ނެތުމުން: މަކުނުދޫ ކައުންސިލް

ހދ. މަކުނުދޫގައި އެއް މިސްކިތުގައި މިއަދު ހުކުރު ނަމާދުކުރީ، މުވައްޒަފުންގެ ދަތިކަން ދިމާވެ، މިސްކިތް ބެލެހެއްޓޭވަރަށް މުވައްޒަފުން ނެތުމުން ކަމަށް މަކުނުދޫ ކައުންސިލުން ބުނެފިއެވެ. މަކުނުދޫގައި ހުކުރު ނަމާދު ކުރަމުން އަންނަނީ ދެ މިސްކިތެއްގައެވެ. އޭގެ ތެރެއިން މިސްކިތަކީ މިއަދު ހުކުރު ކުރި މަސްޖިދުލް ތަޤްވާއެވެ. އަނެއް މިސްކިތަކީ މިއަދު ހުކުރު ކުރެވޭގޮތް ނުވި ސިއްދީގު މިސްކިތެވެ. މަކުނުދޫ ކައުންސިލުން މިއަދު ހެނދުނު، އެކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ވަނީ މިއަދު އެރަށުގަ...

އަޙްމަދު ވަހީދު
''ސާރާ އާއިއެކު މަކުނުދޫ'': ނަމޫނާ ހަރަކާތެއް، ލިބުނު ފައިސާގެ އެހީ ޢާއިލާއާއި ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

''ސާރާ އާއިއެކު މަކުނުދޫ'': ނަމޫނާ ހަރަކާތެއް، ލިބުނު ފައިސާގެ އެހީ ޢާއިލާއާއި ހަވާލުކޮށްފި

ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ”ސާރާއާއިއެކު މަކުނުދޫ” ހަރަކާތް ނަމޫނާ ހަރަކާތެއް ގޮތުގައި ނިންމާލައި، އެ ހަރަކާތުން ލިބުނު ފައިސާގެ އެހީ ޢާއިލާއާއި ހަވާލު ކޮށްފިއެވެ. މި ހަރަކާތަކީ މައިބަދާގައި ޓިއުމަރެއް އުފެދިފައި ވުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދާ ހދ. މަކުނުދޫ، އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމުގެ ގޮތުން އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދ...

Thiladhun
ފުރަތަމަ ފަހަރަށް މަކުނުދޫއިން ކޯވިޑް ކޭސްތަކެއް 📍 ހދ. މަކުނުދޫ

ފުރަތަމަ ފަހަރަށް މަކުނުދޫއިން ކޯވިޑް ކޭސްތަކެއް

ހދ. މަކުނުދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މަކުނުދޫ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. މިގޮތުން އެކައުންސިލުން ރޭ 11 ޖަހާކަށްހާއިރު އާންމު ކުރި ޚާއްޞަ ދެއްނެވުމެއްގައި ބުނީ އެރަށުގައި ހޯމް ކަރަންޓީންގައި ތިބި 2 މީހަކު ކޯވިޑް-19 އަށް ފައްސިވުމާ ގުޅިގެން ރައްޔިތުންގެ ސަމާލުކަމަށްޓަކައި އެކަން ހާމަ ކުރަށްވާ ކަމަށެވެ. ”މި ދަނޑިވަޅަކީ ހަމަ ކޮންމެ ފަރުދަކީވެސް […]

ޝިއުނާ އާދަމް
''ސާރާއާއިއެކު މަކުނުދޫ'' ކެމްޕެއިން މިމަހު 5 އަށް ދަންމާލައިފި 📍 ހދ. މަކުނުދޫ

''ސާރާއާއިއެކު މަކުނުދޫ'' ކެމްޕެއިން މިމަހު 5 އަށް ދަންމާލައިފި

މައިބަދާގައި ޓިއުމަރެއް އުފެދިފައި ވުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދާ ހދ. މަކުނުދޫ، އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމަށް މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާ ”ސާރާއާއިއެކު މަކުނުދޫ” ކެމްޕެއިން މި މަހުގެ 5 ގެ ނިޔަލަށް ދަންމާލައިފިއެވެ. ސާރާ އުފަންވެފައިވަނީ 23 ނޮވެމްބަރ 2019 ގައެވެ. ދުނިޔެއަށް އުފަންވީއިރު ސާރާގެ މައިބަދައިގައި ޓިއުމަރެއް އުފެދިފައިވީ ނ...

ޝިއުނާ އާދަމް
މަކުނުދޫ އޮތީ ސާރާއާއިއެކު، އަޅުގަނޑުމެންވެސް އެހީތެރިވަމާތޯ! 📍 ހދ. މަކުނުދޫ

މަކުނުދޫ އޮތީ ސާރާއާއިއެކު، އަޅުގަނޑުމެންވެސް އެހީތެރިވަމާތޯ!

ސާރާ ޝުރައިހް މުޙައްމަދު ދުނިޔެއަށް އުފަންވެފައިވަނީ 23 ނޮވެމްބަރ 2019 ގައެވެ. ދުނިޔެއަށް އުފަންވީއިރު ސާރާގެ މައިބަދައިގައި ޓިއުމަރެއް އުފެދިފައިވީ ނަމަވެސް އެކަން ފުރަތަމަ އެނގިގެން ގޮސްފައިވަނީ ސާރާގެ އުމުރުން އެއްމަހުގައި ސާރާގެ ދެފައިގެ ހަރަކާތް ހުއްޓުމާއި ގުޅިގެން ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްތަކުންނެވެ. މިކަމާއި ގުޅިގެން ސާރާގެ މައިބަދާގައި އުފެދިފައިވާ ޓިއުމަރު ނެގުމަށް ފުރަތަމަ އޮޕަރޭޝަން ކޮށްފައިވަނީ މިހިނގާ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. މިހާރު ސާރާގެ އުމުރުން އަހަރެއް ފާއިތު...

އިބްރާހިމް ޚަލީލް
މަކުނުދޫ ޔޫތު މޫވްމަންޓުން ހިންގި ގާރީ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ޔޫތު މޫވްމަންޓުން ހިންގި ގާރީ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އެރަށުގައި ހިންގި ގިރާއަތު ލެވެލް 2، ގާރީ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ކޯހަކީ އެމްވައިއެމްއާއި، ”އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާ” ގުޅިގެން މަކުނުދޫގައި ކުރިއަށް ގެންދިޔަ ކޯހެކެވެ. އަދި މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އެޕްރޫވްޑް ކޯހެކެވެ. މަކުނުދޫގެ ރައްޔިތުން ކީރިތި ޤުރުއާނަށް ވީހާވެސް ބޮޑަކަށް އަހުލުވެރިކޮށް، ތަޖުވީދުގެ ހަމަ...

ޝިއުނާ އާދަމް
މަކުނުދޫއަށް ވައިގެ މަގުން ދަތުރު ކުރެވޭގޮތް ވުމަކީ ވަރަށް ބޮޑު އުންމީދެއް: ރާޢީ

މަކުނުދޫއަށް ވައިގެ މަގުން ދަތުރު ކުރެވޭގޮތް ވުމަކީ ވަރަށް ބޮޑު އުންމީދެއް: ރާޢީ

ހދ. މަކުނުދޫއަށް ވައިގެމަގުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ އޭނާއާއި، މަކުނުދޫ ރައްޔިތުންގެ ވެސް ވަރަށް ބޮޑު އުންމީދެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. ރާޢީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ރާޢީ ވިދާޅުވީ މަކުނުދޫއަކީ ރިމޯޓް އައިލެންޑެއް ކަމަށާއި، މަކުނުދޫއަށް ވައިގެ މަގުން ދެވޭނެ ގޮތެއް […]

ޔުމްނާ ޢަލީ
ފީނަން އުޅެނިކޮން ހާލު ދެރަވި މަކުނުދޫ ޒުވާނާގެ ހާލު ސްޓޭބަލް 📍 ހދ. މަކުނުދޫ

ފީނަން އުޅެނިކޮން ހާލު ދެރަވި މަކުނުދޫ ޒުވާނާގެ ހާލު ސްޓޭބަލް

ފީނަން އުޅެނިކޮން ހާލު ދެރަވެގެން ފަރުވާ ދެމުން އައި ހދ. މަކުނުދޫ ޒުވާނާގެ ހާލު ރަނގަޅުކަމަށް ބުނެފި އެވެ. ރ. އަލިފުށި ކައިރިއަށް ފީނަން ގޮސް އުޅެނިކޮން ހާލު ދެރަވި ޒުވާނާއާއިއެކު ފީނަން ދިޔަ އަޙްމަދު ޝިޔާމް “ތިލަދުން” އަށް މަޢުލޫމާތުދެމުން ބުނީ އެޒުވާނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. މިރޭ ހާދު ދެރަވެގެން ފަރުވާ ދެމުން އައިސްފައިވަނީ 33 އަހަރުގެ އަޙްމަދު އާސިފް އެވެ. ” އިރާދަ ކުރެއްވިއްޔާ އާސިފްގެ ހާލު މިހާރު އަންނަނީ […]

ޝިއުނާ އާދަމް
މަކުނުދޫ ފެނަކަ އައު އޮފީސް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ ފެނަކަ އައު އޮފީސް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. މަކުނުދޫ ފެނަކަ އައު އޮފީސް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަންއިން އިއުލާން ކޮށްފި އެވެ. ފެނަކަ އިން އިއްޔެ ކުރި އިޢުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން 13 އޮކްޓޯބަރުން 15 އޮކްޓޯބަރުގެ ނިޔަލަށް ވަނީ ހުޅުވައިލެވިފަިކަމަށެވެ. މި ބިޑަށް ރަޖިސްޓްރީ ކުރެއްވަން ބޭނުން ފުޅުވާ ފަރާތްތަކަށް މި ދެންނެވި ދުވަސްތަކުގެ، ހެނދުނު 9:00 އިން މެންދުރުފަހު 14:00 އާއި ހަމައަށް ފެނަކައިގެ ހެޑް […]

މުޙައްމަދު އިނާން