މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. މަކުނުދޫ (307 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
307 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މަކުނުދޫގެ އެންމެ ފަހުގެ ޚަބަރުތައް

307 ޚަބަރުގެ ތެރެއިން
މަކުނުދޫއިން 4 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހދ. މަކުނުދޫ

މަކުނުދޫއިން 4 މީހަކު ޕޮޒިޓިވްވެއްޖެ

ހދ.މަކުނުދުއިން 4 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެވެ. 2021 މެއި 04 ވަނަ ދުވަހު ފެށިގެން ހޯމް ކަރަންޓީނުގައި ހުރި 3 ފަރާތަކާއި 2021 މެއި 08 ދުވަހު އައިސޮލޭޓްކުރެވިފައިވާ ފަރާތެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް މަކުނުދޫ ސިއްހީ މަރުކަޒުން ހާމަކުރެއެެވެ. އެގޮތުން، ޕޮޒިޓްވެފައިވާ މިމީހުންނާއި ބައްދަލުވެފައިވާނަމަ މަކުނުދޫ ސިއްހީ މަރުކަޒަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް މަކުނުދޫ ސިއްހީ މަރުކަޒުން އެދެއެވެ. އަދި، މިމުއްދަތުގެތެރޭގައި ކޯވިޑަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެނ...

އައިޝަތު އިލްމާ އަދުނާން
ދިއްޕަރުފުށީގައި ރިސޯޓު ތަރައްގީ ކުރުން ލަސްވާތީ ރާޢީ ނުރުހިއްޖެ 📍 ހދ. މަކުނުދޫ

ދިއްޕަރުފުށީގައި ރިސޯޓު ތަރައްގީ ކުރުން ލަސްވާތީ ރާޢީ ނުރުހިއްޖެ

ހދ. ދިއްޕަރުފުށީގައި ރިސޯޓެއް ތަރައްގީ ކުރަން ދޫކޮށްފަވާއިރު، އެމަސައްކަތް ނުފެށި ލަސްވާތީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާޢީ ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. ދިއްޕަރުފުއްޓަކީ ކުރީގެ ސަރުކާރުން 12 ޑިސެމްބަރު 2018 ގައި ރިސޯޓެއް ތަރައްގީ ކުރަން ސީކްރެޓް ވެންޗުއަރ ޕވޓ ލޓޑ އަށް ދޫކޮށްފަވާ ރަށެކެވެ. މައުލޫމާތު ލިބިފަވާގޮތުގައި މި ކުންފުންޏަކީ، ރާއްޖޭގައި ހިންގާ ސޮނެެވާ ޖާނީއާއި، ސޮނެވާ ފުށިފަދަ މަޝްހޫރު ރިސޯޓުތައް ހިންގާ ސޮނެވާ ގްރޫޕްގެ މަސްލަަހަތު އޮންނަ ކުންފުންޏެކެވެ. 8.2 ހެކްޓަރގެ މިރަށ...

އަލީ އާދިލް
މަކުނުދޫ ދާއިރާގެ ތިން ރަށަށް ނަރުދަމާގެ އުފާވެރިކަން 📍 ހދ. މަކުނުދޫ

މަކުނުދޫ ދާއިރާގެ ތިން ރަށަށް ނަރުދަމާގެ އުފާވެރިކަން

ދިވެހިރައްޔިތުންނަށް މުހުތާދު ޖެހިފައިވާ އަސާސީ ބޭނުންތަކުގެ ތެރެއިން ފެނާއި، ނަރުދަމާގެ ޚިދުމަތަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެކެވެ. ރާއްޖެއަކީ ވަކި ރަށްތަކަކަށް ބެހިގެންވާ ޤައުމަކަށްވީ ހިނދު، އަތޮޅުތަކުގެ ގިނަ ރަށްތަކުގެ ރަށްޔިތުން ވަނީ ސާފު ފެނާއި، އެކަށޭނަ ނަރުދަމާގެ ޚިދުމަތުން މަރުހޫމްވެފަ އެވެ. އެ ރަށްޔިތުންގެ އުންމީދަށް ލިބިފައިވާ އެންމެބޮޑުއެއް ތަސައްލީއަކީ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހްގެ ފެނާ، ނަރުދަމާގެ ރިޔާސީ ވަޢުދު ފުޅެވެ. އެމަނިކުފާނު ވަނީ މިއަދައުރު...

އަލީ އާދިލް
ތިލަދުންމަތީގެ 4 ރަށެއްގައި ފެނާ ނަރުދަމާ އަޅަން ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

ތިލަދުންމަތީގެ 4 ރަށެއްގައި ފެނާ ނަރުދަމާ އަޅަން ހަވާލުކޮށްފި

ތިލަދުންމަތީގެ ހދ. މަކުނުދޫ، ނޭކުރެންދޫ، ނެއްލައިދޫ އަދި ށ. ފޭދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރަން މިއަދު ހަވާލުކޮށްފިއެވެ. މި ހަތަރު ރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް ރަޝީދު ކާރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. މީގެތެރެއިން މަކުނުދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރި އަގަކީ، 56،153،880.76 ރުފިޔާއަށެވެ. ނޭކުރެންދޫގެ އަގަކީ 46،...

ޔުމްނާ ޢަލީ
މަކުނުދޫ އޭޓީއެމްގެ ފަސޭހަކަން ހުރިހާ ރައްޔިތުން ވެސް އުފަލާއެކު ބަލައިގަންނަންވާނެ: ރާޢީ 📍 ހދ. މަކުނުދޫ

މަކުނުދޫ އޭޓީއެމްގެ ފަސޭހަކަން ހުރިހާ ރައްޔިތުން ވެސް އުފަލާއެކު ބަލައިގަންނަންވާނެ: ރާޢީ

ހދ. މަކުނުދޫގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތުގެ ސަބަބުން ލިބިގެންދާނެ ފަސޭހަކަން، މަކުނުދޫގެ ހުރިހާ ރައްޔިތުންވެސް އުފަލާއެކު ބަލައިގަންނަންވާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. އަތޮޅު ރަށްތަކާއި ވަކީން ދުރުގައި އޮންނަ މަކުނުދޫގައި އޭޓީއެމްގެ ޚިދުމަތް ފެށީ މިދިޔަ އޭޕްރިލްމަހުގެ 9 ވަނަ ދުވަހުއެވެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ...

ޔުމްނާ ޢަލީ
މަކުނުދޫ އެމްވައިއެމްގެ އިޙްޔާ ފޯރަމް މާދަމާ ރޭ! 📍 ހދ. މަކުނުދޫ

މަކުނުދޫ އެމްވައިއެމްގެ އިޙްޔާ ފޯރަމް މާދަމާ ރޭ!

ހދ. މަކުނުދޫ، މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް) އިން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ އިޙްޔާ ފޯރަމް މާދަމާރޭ އޮންނާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ. މަކުނުދޫ ހުޅަނގު ފަރާތު ސްޓޭޖް ސަރަހައްދުގައި ކުރިއަށްދާ މި ފޯރަމް ފެށޭނީ މާދަމާރޭ 21:00 ގައިކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ. މި ފޯރަމްއަށް ޚާއްޞަކުރެވިފައިވާ މައުލޫއަކީ “ގެއްލުންނުވާނެ ވިޔަފާރި”އެވެ. މި ފޯރަމްގައި ދަރުސް ދެއްވާނީ އައްސައިޚް އާޒިމް ޚާލިދު އެވެ. މި އިޙްޔާ ފޯރަމާއި ގުޅޭގޮތުން އެމްވައިއެމްގެ ރައީސް އަ...

ޙުސައިން ޝަހުދީ
ބީއެމްއެލް ސެލްފް ސާވިސް އޭޓީއެމެއް މަކުނުދޫގައި ހުޅުވައިފި 📍 ހދ. މަކުނުދޫ

ބީއެމްއެލް ސެލްފް ސާވިސް އޭޓީއެމެއް މަކުނުދޫގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. އަތޮޅަށް ކުރަމުން އަންނަ އިންވެސްޓުމަންޓުގެ ދަށުން މަކުނުދޫގައި ސެލްފް ސާވިސް އޭޓީއެމެއް ހުޅުވައިފިއެވެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ. މި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ހދ. އަތޮޅުގެ ތިން ރަށެއްގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތް ބޭންކުން ދަނި ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ކުޅުދު...

އަޙްމަދު ވަހީދު
އުރީދޫ ސުޕަނެޓް މަކުނުދޫއަށް 📍 ހދ. މަކުނުދޫ

އުރީދޫ ސުޕަނެޓް މަކުނުދޫއަށް

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް، އުރީދޫ ސުޕަރނެޓް ހދ. މަކުނުދޫއަށް ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު ކަމަށްވާ 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށްފަރުމާކޮށްފައިވާހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެއެވެ. އުރީދޫގެ އެކްޓިން ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ މުޖުތަމައުގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ހައި ސްޕީޑް ބްރޯޑްބޭންޑުހިދުމަތްކޮންމެހެން...

އަޙްމަދު ވަހީދު
ދެން އެމްބިއުލާންސް ދޭ ރަށްތަކުގެ އެންމެ ކުރީގައި އޮންނާނީ މަކުނުދޫ ދާއިރާ: މިނިސްޓަރު 📍 ހދ. މަކުނުދޫ

ދެން އެމްބިއުލާންސް ދޭ ރަށްތަކުގެ އެންމެ ކުރީގައި އޮންނާނީ މަކުނުދޫ ދާއިރާ: މިނިސްޓަރު

އަތޮޅުތަކުގެ ރަށްތަކަށް އެމްބިއުލާންސް ފޮނުވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ޕްރޮގްރާމްގެ ދަށުން، ދެން އެމްބިއުލާންސް ދޭ ރަށްތަކުގެ އެންމެ ކުރީގައި އޮންނާނީ މަކުނުދޫ ދާއިރާގެ ރަށްތައް ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ މިނިސްޓަރު ނަސީމް މިހެންވިދާޅުވީ، ދެ ފަހަރުމަތީން މި ސަރުކާރުން ރަށްރަށަށް އެމްބިއުލާންސް ފޮނުވިއިރު، ޢަބުދުﷲ އަމީން ހެލްތު މިނިސްޓަރަކަށް ހުންނެވިއިރު، އެމްބިއުލާންސް ދެއްވާނެކަމަށް ވިދާޅުވެ، މަކުނޫދޫ ދާއިރާގެ ރަށްތަކަށް އެމްބިއުލާންސް ނުލިބިވާތީ، އެ...

ޔުމްނާ ޢަލީ
މަކުނުދޫ ދާއިރާގެ މެންބަރުގެ ބުރަ މަސައްކަތާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ފެށިފައި: ރައީސް 📍 ހދ. ކުމުންދޫ

މަކުނުދޫ ދާއިރާގެ މެންބަރުގެ ބުރަ މަސައްކަތާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ފެށިފައި: ރައީސް

މަކުނުދޫ ދާއިރާގެ މެންބަރުގެ މުޙައްމަދު ރާޢީގެ ބުރަ މަސައްކަތާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ މަކުނުދޫ ދާއިރާގެ ރަށްތަކުގައި މިހާރު ފެށިފައިކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީއިން ފަށާފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ”ރަށްވެހި ފަތިސް”ކެމްޕެއިންގެ ދަށުން، ކުމުންދޫ ކައުންސިލަށާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލި ކެނޑިޑ...

އަލީ އާދިލް
މަކުނުދޫ އެމްވައިއެމް ހޭންޑް ބޯލް ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ އެމްވައިއެމް ހޭންޑް ބޯލް ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ހދ. މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ، ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް ”އެމްވައިއެމް ހޭންޑްބޯލް ޓްރައިނިން ކޭމްޕް 2021” ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. މި ކޭމްޕް މަކުނުދޫގައި ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 15 އިން 25 އަށެވެ. މިކޭމްޕްގައި ޒުވާނުންގެ ބައިގެ ތަމްރީންތައް ކުރިއަށް ގެންގޮސްދެއްވީ ޕޮލިސް ސްޓާފް ސާޖަންޓް ޙުސައިން ޢަލީ އަދި ޙުސައިން ޖިނާހް އެވެ. ސްކޫލް ކުދިންގެ ބައިގެ […]

ޙުސައިން ޝަހުދީ
މަކުނުދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމަށް ބިން ދޫކުރަން ނިންމައިފި 📍 ހދ. މަކުނުދޫ

މަކުނުދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމަށް ބިން ދޫކުރަން ނިންމައިފި

ހދ. މަކުނުދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމަށް ބިން ދޫކުރަން ހުއްދަދޭން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ. އެ ނިންމުން އެލްޖީއޭއިން ނިންމާފައި ވަނީ އެލްޖީއޭ ބޯޑުގެ 2021 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުމުގައި އެވެ. މިގޮތުން އެލްޖީއޭ ބޯޑުގެ ނިންމުމުގައި ބުނެފައި ވަނީ މަކުނުދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމަށް 40،000 އަކަފޫޓުގެ ބިމެއް މިނިސްޓްރީއޮފް ހެލްތަށް ދޫކުރުމަށް ހުއްދަ ހޯދުމަށް މަކުނުދޫ ކައުންސިލުން އެދިފައިވާ ކަމަށެވެ. އެ ބިން އެރަށުން ދޫކުރުމަށް […]

ޝިއުނާ އާދަމް
ނައިވާދޫއާއި ދިމާ ބޭރުން ލަންކާގެ މަސްބޯޓެއް އަތުލައިގަނެފި 📍 ހދ. މަކުނުދޫ

ނައިވާދޫއާއި ދިމާ ބޭރުން ލަންކާގެ މަސްބޯޓެއް އަތުލައިގަނެފި

ހދ. ނައިވާދޫއާއި ދިމާ ބޭރުން ލަންކާގެ މަސްބޯޓެއް އަތުލައިގަނެފި އެވެ. ޝަދީޝާ މަރިން 6 ނަމަކަށް ކިޔާ މިމަސް ބޯއްޓު އަތުލައިގަނެފައިވަނީ ނައިވާދޫއާއި ދިމާ ބޭރުން 3 ނޯޓިކަލް މޭރު ބޭރުން ނެވެ. މި ބޯއްޓުގައި ލަންކާގެ ދިދަ ޖަހާފައިވެއެވެ. މިބޯޓު ފެނިފައިވަނީ ހދ. މަކުނުދޫ ރަންދި ނަމަކަށްކިޔާ މަސް ދޯންޏަކަށް މިއަދު ހަވީރު 17:27 ހާއިރު އެވެ. އެދޯނިން “ތިލަދުން” އަށް މަޢުލޫމާތު ދެމުންބުނީ އެބޯޓުގައި 6 ނޫނީ 5 މީހުން ތިބި ކަމަށާއި އެދޯންޏަށް […]

އިބްރާހިމް އަސްވާޤް
މަކުނުދޫއާއި ބިލެތްފަހި އެއާޕޯޓް އެޅުމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫއާއި ބިލެތްފަހި އެއާޕޯޓް އެޅުމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ހަތަރު ރަށެއްގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ސަރުކާރުން ކޮށްފައިވާ ޢިއުލާންގެ މުއްދަތު އިތުރުކޮށްފި އެވެ. ސަރުކާރުން އަލަށް އެއާޕޯޓް ތަރައްގީކުރަން ހުޅުވާލާފައިވާ ރަށްތަކަކީ އުތުރުން ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުއްޓެވެ. މިގޮތުން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން، އެ ހަތަރު ރަށުގައި އެއާ ޕޯޓް އެޅުމަށް ކުރިމަތިލުމުގެ މުއ...

ޙުސައިން ޝަހުދީ
އުތުރުގެ 4 ރަށެއްގައި އައު ސިއްޙީ މަރުކަޒު ޢިމާރާތްކުރާނެ ބަޔަކު ހޯދަނީ 📍 ހއ. ކެލާ

އުތުރުގެ 4 ރަށެއްގައި އައު ސިއްޙީ މަރުކަޒު ޢިމާރާތްކުރާނެ ބަޔަކު ހޯދަނީ

އުތުރުގެ 6 ރަށެއްގެ ސިއްޙީ މަރުކަޒު ހިންގުމަށް އައު އިމާރާތެއް ހަދައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިޢުލާންކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތްގެ އެދިވަޑައިގަތުމަށް ސިއްޙީ މަރުކަޒުގެ އާ އިމާރާތް ހެދުމަށް ފިނޭންސް މިނިސްޓްރީއިން އިޢުލާނުކުރައްވާފައިވާ އުތުރުގެ 4 ރަށަކީ ހދ.މަކުނުދޫ، ނ.މާފަރު، ށ.ކަނޑިތީމު، އަދި ހއ.ކެލާ އެވެ. މީގެ އިތރުން  ފ.ފީއަލި އަދި އއ.ތޮއްޑޫވެސް ވަނީ އިޢުލާން ކޮށްފަ އެވެ. މި މަޝްރޫޢުތަކަކީ ސިއްޙީ މަރުކަޒު ހިންގަމުންއަންނަ ކުދި އަދި ބާ އިމާތްތައްތަކުގެ ބަދަލުގައި ޖާ...

އަލީ އާދިލް