މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ވައިކަރަދޫ (186 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
186 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ވައިކަރަދޫގެ އެންމެ ފަހުގެ ޚަބަރުތައް

186 ޚަބަރުގެ ތެރެއިން
ހދ. އަތޮޅު މަދަރުސާގެ 12 ކްލާސްރޫމް އިމާރާތް، އަހަރެއްގެ ތެރޭގައި ނިންމަން ހަވާލުކޮށްފި 📍 ހދ. ވައިކަރަދޫ

ހދ. އަތޮޅު މަދަރުސާގެ 12 ކްލާސްރޫމް އިމާރާތް، އަހަރެއްގެ ތެރޭގައި ނިންމަން ހަވާލުކޮށްފި

ހދ. އަތޮޅު މަދަރުސާގެ 12 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމަށް ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށް، 8,982,616.00ރ އަށް ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާ އެވެ. 12 ކުލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓަރީގައި ކުރިއަށް ގެންގޮސްފަ އެވެ. މިއީ PSIP 2021ގެ ދަށުން ކުރިއަށްދާ މިމަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ކޮންޓްރެކް...

ޝިއުނާ އާދަމް
500 މީޓަރު ކަނޑު އަޑިން، ވައިކަރަދޫ ޝިމާލްގެ މެސެޖެއް! 📍 ހދ. ވައިކަރަދޫ

500 މީޓަރު ކަނޑު އަޑިން، ވައިކަރަދޫ ޝިމާލްގެ މެސެޖެއް!

ރާއްޖޭގައި މިހާތަނަށް ކުރިޔަށް ގެންދާ އެންމެ ބޮޑު ކަނޑު އަޑީގެ ދިރާސާ ކުރަން ފެށީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މި ދިރާސާ ހިންގަނީ ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާޗް އިންސްޓިޓިއުޓެއް ކަމުގައިވާ ”ނެކްޓަން” އާއި ގުޅިގެންނެވެ. މި ދިރާސާ ހާއްސަވެ، ތާރީހީ ކަމަކަށް ވަނީ ކަނޑު އަޑީގެ 1،000 މީޓަރު އަޑިއަށް ގޮސްގެން ތަފާތު މައުލޫމާތުތަކެއް އެއްކުރުމަށް ހަމަޖެހިފައިވާތީ އެވެ. މިފަދަ ތާރީހީ މަސައްކަތެއްގައި ރާއްޖޭގެ ބައިވެރިވުމާއި އެކު ލިބޭ އެންމެ ބޮޑު ޝަރަފާއި […]

މުޙައްމަދު ވަސީމް
ޖުވޭސް ކުކަރީ ކުލާހާއި ގުޅިގެން، ވައިކަރަދޫގައި ހިންގާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ވައިކަރަދޫ

ޖުވޭސް ކުކަރީ ކުލާހާއި ގުޅިގެން، ވައިކަރަދޫގައި ހިންގާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ވައިކަރަދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުކަރީ އެންޑް ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. މި ކޯހަކީ ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޖުވޭސް ކުކަރީ ކުލާސް ގުޅިގެން ހަތް ދުވަހާއި ދިހަ ދުވަހާއި ދެމެދުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯހުގައި ޕާޓީތަކަށް ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތާއި، ސިއްހީ ކާނާ ތައްޔާރުކުރާނެ ގޮތާއި، ގިނައިރު ކާބޯތަކެތި ހަލާކުނުވެ ބެހެއްޓޭނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވ...

އިބްރާހިމް ޚަލީލް
ވައިކަރަދޫ ޔޫތު ފުޓްސަލް ކަޕް ފަށައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ޔޫތު ފުޓްސަލް ކަޕް ފަށައިފި

ހދ. ވައިކަރަދޫ ޔޫތު ކުލަބުގެ ފުޓްސަލް މުބާރާތް ފަށައިފި އެވެ. ރޭ ވައިކަރަދޫ ފުޓްސަލް ދަނޑުގައި އެ މުބާރާތް ފައްޓަވައި ދެއްވީ ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު އެވެ. މިމުބާރާތުގައި 7 ޓީމެއް ބައިވެރިވި އެވެ. އެއީ، މެޓާކާސް ސްޕޯރޓްސް، އެފްޓީ އޯވެސްޓް، އުތުރު ނައިންޓީސް، އުތުރު އޮރިޖިންސް، އީސްޓް ރުއްގަނޑު، ބާމު ބެލީ އަދި ފަސްގަނޑު އެފްސީ އެވެ. ރޭ ފުރަތަމަ ބައްދަލުކުރީ އެފްސީ އޯވެސްޓް އާއި މެޓާކާ އެވެ. 4-0 ލަނޑުން މިމެޗް […]

ތިލަދުން
ވައިކަރަދޫ ޔޫތު ފުޓްސަލް ކަޕްގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ޔޫތު ފުޓްސަލް ކަޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

ހދ. ވައިކަރަދޫ ޔޫތު ކުލަބުގެ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ. އަންނަ ބޮޑު އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 15 ގެ ނިޔަލަށެވެ. ޗެންޕިއަން ޓީމަށް 10000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 4000 ރުފިޔާ ހުށައަޅާފައިވާ މިމުބާރާތުގައި ބައިވެރިވުމަށް 1000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. “ވައިކަރަދޫ ޔޫތު ކަޕް” ގެނަމުގައި […...

އަލީ އާދިލް
ރައިޝާންގެ ތަޢުލީމީ ދަތުރާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އައިޔޫއެމްގައި ސެޝަންއެއް 📍 ހދ. ވައިކަރަދޫ

ރައިޝާންގެ ތަޢުލީމީ ދަތުރާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އައިޔޫއެމްގައި ސެޝަންއެއް

މުޙައްމަދު ރައިޝާންގެ ތަޢުލީމީ ދަތުރާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގައި ސެޝަންއެއް ކުރިއަށް ގެންގޮސްފި އެވެ، މި ސެޝަންގައި މައުލޫމާތު ދެއްވީ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރެއް ކަމުގައިވާ މުޙައްމަދު ރައިޝާން އަހުމަދާއި އޭނާގެ މަންމަ އާމިނަތު އިބްރާހިމެވެ. އައިޔޫއެމް އިން ބުނީ، އިންކޫލޫސިވް އެޑިޔުކޭޝަން ކިޔަވާ ދަރިވަރުންނަށް، ރައިޝާންގެ ތަޢުލީމީ ދަތުރާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ސެޝަން އެއް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ކަމަށެވެ. މި ސެޝަންގައި ޚާއްޞަ އެ...

އަލީ އާދިލް
މިއަހަރު "ވިޒިޓް ވައިކަރަދޫ" ބޮޑު ޢީދު ދަތުރު ފޯރިގަދަކޮށްލަނީ 📍 ހދ. ވައިކަރަދޫ

މިއަހަރު "ވިޒިޓް ވައިކަރަދޫ" ބޮޑު ޢީދު ދަތުރު ފޯރިގަދަކޮށްލަނީ

މީގެ 14 އަހަރު ކުރިން ހދ. ވައިކަރަދޫގައި ފޯރިއާއި އެކު ބާއްވަމުން އައި “ވިޒިޓް ވައިކަރަދޫ” ބޮޑު ޢީދު ދަތުރު ބާއްވަން ނިންމައިފި އެވެ. މީގެ ކުރިން އިލްހާރު ޖަމިއްޔާއިން ކުރިއަށް ގެންދިޔަ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ވައިކަރަދޫ ޔޫތު ކުލަބް (ވީވައިސީ) އިންނަނެވެ. މިއަހަރުގެ ބޮޑު އީދު އެރަށުގައި ފާހަގަ ކުރުމަށް ފޯރިގަދަ ކުޅިވަރުތަކާއި ގިނަ ހަރަކާތްތަކެއް ރާވަމުން އަންނަކަމަށް ވީވައިސީއިން މިނޫހަށް މަޢުލޫމާތުދެމުން ބުނެއެވެ. އީދު ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި [...

އަލީ އާދިލް
ވައިކަރަދޫ ޕޮލިސް ޕޯސްޓު ހުޅުވައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ޕޮލިސް ޕޯސްޓު ހުޅުވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހދ. ވައިކަރަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި އިއްޔެ ޚިދުމަތް ދޭން ފަށައިފިއެވެ. ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވައިކަރަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މި ރަސްމިއްޔާތުގައި ވައިކަރަދޫގެ ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން ބައިވެރި...

ޔުމްނާ ޢަލީ
ގޯލްޑަން ފުޓްސަލް ޗެލެންޖް: ވައިކަރަދޫ، ކަނޑިތީމު އަދި އިހަވަންދޫ ފައިނަލަށް 📍 ހއ. އިހަވަންދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: ވައިކަރަދޫ، ކަނޑިތީމު އަދި އިހަވަންދޫ ފައިނަލަށް

ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހދ. ވައިކަރަދޫ އާއި ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމުން ފައިނަލަށް ދަތުރުކޮށްފިއެވެ. ވައިކަރަދޫ ގްރޫޕް ގެ ފަހު މެޗުގައި ނެއްލައިދޫގެ މައްޗަށް ކުރިހޯދީ 7-4 ގެ ނަތީޖާ އަކުންނެވެ. ކުޅުނު ތިން މެޗު ކާމިޔާބުކޮށް ވައިކަރަދޫ ފައިނަލަށް ދަތުރުކުރީ 9 ޕޮއިންޓާއެކުގައެވެ. ފައިނަލުގައި ވައިކަރަދޫ ނިކުންނާނީ ނާވައިދޫ އާއި ދެކޮޅަށެވެ. ކަނޑިތީމުން ފައިނަލް ޖާގަ ޔަގީން ކުރީ ގްރޫޕްގެ ފަހުމެޗުގައި 5-0 ގެ […]

އަލީ ރިޔާޟް
ގޯލްޑަން ފުޓްސަލް ޗެލެންޖް: ވައިކަރަދޫ، ކަނޑިތީމު އަދި އިހަވަންދޫ ފައިނަލާ ގާތަށް 📍 ހއ. އިހަވަންދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: ވައިކަރަދޫ، ކަނޑިތީމު އަދި އިހަވަންދޫ ފައިނަލާ ގާތަށް

ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހދ. ވައިކަރަދޫ އާއި ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމުން ކުޅުނު މެޗުތަކުން މޮޅުވެ ފައިނަލާގާތަށް ޖެހިލައިފިއެވެ. ރޭގެ މެޗްތަކުގައި މަކުނުދޫގެ މައްޗަށް ވައިކަރަދޫ އިން ކުރިހޯދީ 3-2 އިންނެވެ.  އަދި އިހަވަންދޫ އިން ވަނީ 1-0 އިން ކެލާ ބަލިކޮށްފަ އެވެ. ކަނޑިތީމުން ގޮއިދޫ ބަލިކުރީ 3-0 އިންނެވެ. ނެއްލައިދޫ އަތުން ކުޅުދުއްފުށި މޮޅުވީ 3-1 އިންނެވެ. އަދި މަރޮށިން ވަނީ 4-3 އިން […]

އަލީ ރިޔާޟް
ގޯލަޑަން ފުޓުސަލް ޗެލެންޖު: އިހަވަންދޫ، ވައިކަރަދޫ، މަކުނުދޫ، ކަނޑިތީމް އަދި ގޮއިދޫއަށް މޮޅެއް 📍 ހއ. އިހަވަންދޫ

ގޯލަޑަން ފުޓުސަލް ޗެލެންޖު: އިހަވަންދޫ، ވައިކަރަދޫ، މަކުނުދޫ، ކަނޑިތީމް އަދި ގޮއިދޫއަށް މޮޅެއް

ސްނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ގައި 2 ވަނަ ރޭ ކުޅުނު މެޗުތަކުން ހއ. އިހަވަންދޫ، ހދ. ވައިކަރަދޫ، މަކުނުދޫ، ކަނޑިތީމް އަދި ގޮއިދޫ ވެސް ކުޅުނު މެޗްކާމިޔާބު ކޮށްފި އެވެ. ރޭ ހއ އަތޮޅުގެ 2 މެޗެއް ކުޅެފައިވާއިރު މުރައިދޫ ކެލާ ބައްދަލުކުރި މެޗް 1-1 ގެ ނަތީޖާއަކުންވަނީ އެއްވަރުވެފަވާއިރު 3-2 ގެ ނަތީޖާއިން ބާރަށް މައްޗަށް އިހަވަންދޫ ވަނީ ކުރިހޯދާފައެވެ. ހދ.އަތޮޅުގެ 2 މެޗު ކުޅެފައިވާއިރު 4-3 ގެ ނަތީޖާއިން މަކުނުދޫވަނީ ނެއްލައިދޫ ބަލިކޮށްފައެވެ. ދެވަނަ […]

އަލީ ރިޔާޟް
ވައިކަރަދޫ އާއި ކެލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި 📍 ހއ. ކެލާ

ވައިކަރަދޫ އާއި ކެލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ވައިކަރަދޫ އާއި ހއ. ކެލާގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ޕްލޭނިން މިނިސްޓްރީން އިން ހާމަކޮށްފައިވާ ގޮތުގައި ވައިކަރަދޫގައި މި މަޝްރޫޢު ފެށީ އިއްޔެއެވެ. ކެލާގައި ފެށީ މިއަދު އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ދެ މަޝްރޫޢު އެކެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން […]

އަޒްފާ ރަޝީދު
ވައިކަރަދޫ މޮނިޓަރިންގައި، ފިޔަވަޅުތައް ވަރުގަދަކޮށްފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ މޮނިޓަރިންގައި، ފިޔަވަޅުތައް ވަރުގަދަކޮށްފި

ހދ ވައިކަރަދޫގެ މުޖުތަމަޢު ތެރެއިން ކޯވިޑް-19 ގެ ކޭސްތައް ފެނި ބަލި ފެތުރެމުން ދާތީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 9:10 އިން ފެށިގެންނެވެ. އެރަށް މޮނިޓަރިންގެ އަށް ލާފައި މިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އެރަށުގެ ފްލޫ ކްލިނިކަށް ދައްކަމުންދާ ގިނަ ފަރާތްތަކެއް ކޯވިޑް އަށް ޕޮޒިޓިވް ވަމުން ދިއުމާއި ގުޅިގެންނެވެ. […]

އައިޝަތު ނަސާޔާ
ވައިކަރަދޫއާއި ނޮޅިވަރަމުން އޮމިކްރޯން ކޭސްތައް ފެނިއްޖެ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫއާއި ނޮޅިވަރަމުން އޮމިކްރޯން ކޭސްތައް ފެނިއްޖެ

ހދ. ވައިކަރަދޫއާއި އެއަތޮޅު ނޮޅިވަރަމުން އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް ފެނިފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ. އެޗްއީއޯސީން މިއަދު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާޙީމް އަފްޒަލް ވިދާޅުވީ، އޮމިކްރޯނަށް ޓެސްޓް ކުރުމަށް މިހާތަނަށް 1196 ސާމްޕަލެއް ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށެވެ. އޭގެތެރެއިން 74 ސާމްޕަލެއް އޮމިކްރޯނަށް ޕޮޒިޓިވް ކަމަށް ވިދާޅުވިއެވެ. އެންމެފަހުން އޮމިކްރޯން ހުރިތޯ ޓެސްޓްކުރަން ސާމްޕަލް ފޮނުވާފައި ވަނީ...

ޙުސައިން ޝަހުދީ
މޫސުމީ ދަނޑުވެރިކަމަށް ވައިކަރަދޫއިން ބިން ދޫކުރަނީ 📍 ހދ. ވައިކަރަދޫ

މޫސުމީ ދަނޑުވެރިކަމަށް ވައިކަރަދޫއިން ބިން ދޫކުރަނީ

ހދ. ވައިކަރަދޫގައި “މޫސުމީ ދަނޑުވެރިކަމަށް” ބިން ދޫކުރަން ހަމަޖެހިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ވައިކަރަދޫ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޫސުމީ ދަނޑު ހެއްދުމަށްޓަކައި ރަށުން ބިންދެވެންއޮތް ސަރަހައްދު ތަކުން ބިން ދިނުން މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން މޫސުމީ ދަނޑުބިން ބޭނުންވެލައްވާ ފަރާތްތަކުން މިމަހުގެ 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން “މޫސީ ދަނޑަށް އެދޭ ފޯރމް” ފުރިހަމަކުރެއްވުމަށްފަހު އެއިދާރ...

އައިޝަތު ނަސާޔާ