މި އަހަރުގެ ތިލަދެކުނު ވޮލީ މުބާރާތް ވައިކަރަދޫގައި
ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން އެ އަތޮޅުގެ ކުލަބު، ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ އެ އަތޮޅު ވައިކަރަދޫގައި ބޭއްވުމަށް އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. މި މުބާރާތުގެ އަންހެން ޑިވިޝަންގައި ވަނީ ފަސް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ […]