📍 ހދ. ވައިކަރަދޫ
ވައިކަރަދޫ ސިއްހީ މަރަކަޒުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް
ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން އިއްޔެ ބޭއްވި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ވައިކަރަދޫ ޕޮލިސް ފޯސްޓާއި އެ ރަށު ސިއްހީ މަރުކަޒާއި ގުޅިގެންނެވެ. މި ހަރަކާތްތަކުގައި ސިއްހީ މަރުކަޒުގެ 25 މުވައްޒަފުން ބައިވެރިވެފައިވާއިރު މައިގަނޑު ގޮތެއްގައި ލީޑަރުންގެ ދައުރާއި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ފަދަ ހަރަކާތްތަކެއް އެކުލެވިގެންދިޔައެވެ....