މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުމުންދޫ (228 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
228 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުމުންދޫގެ އެންމެ ފަހުގެ ޚަބަރުތައް

228 ޚަބަރުގެ ތެރެއިން
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ޤުރުއަތުލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ޤުރުއަތުލައިފި

ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ޤުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގައި އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީ ހިމެނޭއިރު، މި ދެބައިގެ ޤުރުއަތުލުން ވެސް ބާއްވާފައެވެ. މި ދެ ކެޓަގަރީގެ ކުޅުން ވެސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައި ވާއިރު ގްރޫޕް އޭގައި ހިމެނެނީ ލަޔަން، އައްޓޯ އެފްސީ، […]

އިބްރާހިމް ޚަލީލް
ކުމުންދޫ އާއި ނޭކުރެންދޫ ސްކޫލުގައި އިމާރާތްކުރާ ކްލާސް ރޫމުތަކުގެ މަސައްކަތް ދަނީ ކުރިއަށް: އައިޝަތު އަލީ 📍 ހދ. މަކުނުދޫ

ކުމުންދޫ އާއި ނޭކުރެންދޫ ސްކޫލުގައި އިމާރާތްކުރާ ކްލާސް ރޫމުތަކުގެ މަސައްކަތް ދަނީ ކުރިއަށް: އައިޝަތު އަލީ

ހދ. ކުމުންދޫ އާއި ނޭކުރެންދޫ ސްކޫލުގައި އިމާރާތްކުރާ ކްލާސް ރޫމުތަކުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ. މެމްބަރު ރާއީ ސުވާލު ކުރެއްވީ މިއަހަރަކީ ކުމުންދޫ ސްކޫލަށް 75 އަހަރު ފުރޭ އަހަރުކަމަށްވާއިރު، އެކަން ފާހަގަކުރުމުގެ ތައްޔާރީތައްވަމުން އަންނައިރު، އެ ސްކޫލުގައި އިމާރާތް ކުރާ […]

މުޙައްމަދު އަފްރާޙް
ކުމުންދޫ ގޮނޑުދޮށުން ހުއްދަނެތި ކަށިވެލި، ދޮންވެލި އަދި އަކިރި ނުނަގަން ނަސޭހަތްތެރިވެއްޖެ 📍 ހދ. ކުމުންދޫ

ކުމުންދޫ ގޮނޑުދޮށުން ހުއްދަނެތި ކަށިވެލި، ދޮންވެލި އަދި އަކިރި ނުނަގަން ނަސޭހަތްތެރިވެއްޖެ

ގަވާއިދާ ހިލާފަށް ހދ. ކުމުންދޫ ގޮނޑުދޮށުން ކަށިވެލި، ދޮންވެލި އަދި އަކިރި ނުނަގަން އެރަށު ކައުންސިލުން ނަސޭހަތްތެރިވެއްޖެއެވެ. ކުމުންދޫ ކައުންސިލުން ކުރެއްވި ޢާންމު ޢިއުލާނެއްގައި ވިދާޅުވީ، މިހާރަކަށް އައިސް ގިނަ ފަރާތްތަކުން އެރަށު ގޮނޑުދޮށުން ކަށިވެލި، ދޮންވެލި އަދި އަކިރި ނަގާކަން ފާހަގަ ކުރެވިފަވާ ކަމަށެވެ. ހުއްދަނެތި ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާބެހޭ ޤާނޫނު އަދި ކުމުންދޫ ކައުންސިލްގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވާއިދުގެ ދަށުން މަ...

ޔުމްނާ ޢަލީ
ގޮތް ނޭނގޭ ހަމުގެ ބައްޔެއް ތަހަންމަލު ކުރަމުން އަންނަ ފާރޫޤަށް އެހީއެއް ވެދެއްވާ! 📍 ހދ. ކުމުންދޫ

ގޮތް ނޭނގޭ ހަމުގެ ބައްޔެއް ތަހަންމަލު ކުރަމުން އަންނަ ފާރޫޤަށް އެހީއެއް ވެދެއްވާ!

މިއީ ހދ. ކުމުންދޫއަށް އުފަން އެ ރަށު ލޮނުމިދިލިމާގޭ އާދަމް ފާރޫޤެވެ. އުމުރުން އެންމެ 33 އަހަރުގައި ގޮތް ނޭނގޭ ހަމުގެ ބައްޔެއް ތަހަންމަލު ކުރަމުން އަންނަ ޒުވާނެކެވެ. އާދަމް ފާރޫޤްގެ ހާލަތާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާކުރަމުން، އޭނާގެ ބޭބެ މުޙައްމަދު ފާރޫޤް ބުނެފައިވަނީ މީގެ ފަސްވަރަކަށް އަހަރު ކުރިން ކޮއްކޮގެ ފަރާތުން އެއްވެސް ބައްޔެއް ފާހަގަ ކުރެވިފައި ނުވާކަމަށެވެ. ނަމަވެސް ފާއިތުވެދިޔަ ފަސް އަހަރުތެރޭ ހަމުގެ ބައްޔެއް ފާހަގަ ކުރެވެން ފެށިކަމަށާއި، އެ […]

އިބްރާހިމް ޚަލީލް
ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ކުމުންދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުމުންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ ކައުންސިލުން އިސްނަގައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިން...

އިބްރާހިމް ޚަލީލް
އީދަށް ކުމުންދޫގައި "ގާކޮޅު ވޮލީ ޗެލެންޖް" ބާއްވަނީ 📍 ހދ. ކުމުންދޫ

އީދަށް ކުމުންދޫގައި "ގާކޮޅު ވޮލީ ޗެލެންޖް" ބާއްވަނީ

ހދ. ކުމުންދޫގައި މި އަހަރު އީދުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން “ގާކޮޅު ވޮލީ ޗެލެންޖް 1443” ގެ ނަމުގައި ވޮލީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ދެ ޖިންސުގެ ޓީމްތަކަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އަންހެން ތިން ޓީމް، އަދި ފިރިހެން ފަސް ޓީމް ވަނީ ބައިވެރިވެފައެވެ. އަންހެން ކެޓަގަރީގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީމް ފްލޯރާ، ޓީމް ރޫބީގެ އިތުރުން ޓީމް ވޮލީ ސްޓާއެވެ. ފިރިހެން ކެޓަގަރީގައި ބައިވެރިވެފައިވާ ފަސް ޓީމަކީ […]

އިބްރާހިމް ޚަލީލް
ދަގަނޑޭ އާއި އެކު ކުމުންދޫ ޒީރު ސްޕޯޓްސް އެކެޑަމީ އިފްތިތާޙް ކޮށްފި 📍 ހދ. ކުމުންދޫ

ދަގަނޑޭ އާއި އެކު ކުމުންދޫ ޒީރު ސްޕޯޓްސް އެކެޑަމީ އިފްތިތާޙް ކޮށްފި

ކުމުންދޫ ރިވައިލް އިނިޝިއޭޓިވް (ކުރެވި) ޖަމިއްޔާގެ ޒީރު ސްޕޯޓްސް އެކެޑަމީ އިފްތިތާޙް ކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ހދ ކުމުންދޫ ޒީރު ސްޕޯޓްސް ކްލަބުގެ ނައިބު ރައީސް ފާރިސް އަބްދުލް ޤައްޔޫމް ވިދާޅުވީ ރާއްޖޭގެ މަޝްހޫރު، ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގް (ދަގަނޑޭ) އާއި އެކު ކުމުންދޫ ޒީރު ސްޕޯޓްސް އެކެޑަމީ ހުޅުވިގެން ދިޔުމަކީ އެކެޑަމީއާއި ކްލަބާއި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. ދަގަނޑޭ އާއި އެކު ކުމުންދޫ ޒީރު ސްޕޯޓްސް […]

ސަނިއްޔާ އަބޫބަކުރު
ކުމުންދޫގައި އަޅާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ބީލަމަށް ހުޅުވާލަނީ

ކުމުންދޫގައި އަޅާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ބީލަމަށް ހުޅުވާލަނީ

ހދ. ކުމުންދޫގައި މި ސަރުކާރުން ގާއިމު ކުރަން ނިންމާފައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ބީލަމަށް ހުޅުވާލެވޭނެ ކަމަށް މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ ކުމުންދޫގައި މި ސަރުކާރުން ގާއިމު ކުރަން ނިންމާފައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެ...

އަލީ އާދިލް
ކުމުންދޫ ނޭޗަރ ޕާކް "ވެހިސަރާ" ގައި އަލިފާން ރޯކޮށްލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ނޭޗަރ ޕާކް "ވެހިސަރާ" ގައި އަލިފާން ރޯކޮށްލައިފި

ހދ. ކުމުންދޫގެ އެންމެ މަޤުބޫލު އެއް މަންޒިލެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ނޭޗަރ ޕާކް “ވެހިސަރާ” ގައި ބަޔަކު އަލިފާން ރޯކޮށްލައިފި އެވެ. ކުމުންދޫ ކައުންސިލުން ބުނީ މި ހާދިސާ ހިނގާފައިވާ ކަމަށް ބެލެވެނީ ރޭގެ ފަތިހުގެ ވަގުތުގައިކަމަށެވެ. މިމައްސަލަ މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތައް ހުށަހެޅިފައިކަމަށް އެކައުންސިލުން ބުނެއެވެ. “ވެހިސަރާގައި ބަޔަކު މީހުން އަލިފާން ރޯކޮށްލުމީ ވަރަށް ނާތަހުޒީބު އަމަލެއް. މިއީ މި ޖަމިއްޔާއިން އެތައް ފައިސާއެއް އަދި އެތައް ވަގުތެއް ހޭދަކޮށްގެން ރަށުގެ ރައީތުންނ...

މުޙައްމަދު ވަސީމް
ކުމުންދޫގައި ގާއިމު ކުރާ ފެރީ ހަޓުގެ މަސައްކަތް ފަށައިފި

ކުމުންދޫގައި ގާއިމު ކުރާ ފެރީ ހަޓުގެ މަސައްކަތް ފަށައިފި

ހދ. ކުމުންދޫގައި ގާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި އެ މަސައްކަތް ފެށީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އެ ފެރީ ސްޓޮޕްގައި ކިއޮސްކްއަކާއި ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާހަނާއެއްވެސް ހުންނާނެއެވެ. މި ފެރީ ސްޓޮޕަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ “އިންޓަގްރ...

އަޙްމަދު ވަހީދު
ކުމުންދޫ ޔޫތު ސްޕޯރޓްސް މަދަޙަ އަދި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު ސްޕޯރޓްސް މަދަޙަ އަދި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ކުމުންދޫ ޔޫތު ސްޕޯރޓްސްގެ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. އެގޮތުން ކޭ.ވައި.އެސް ރަންތަރި ޤުރުއާން މުބާރާތް 1443 ގެ މުޅިމުބާރާތުގެ ފަޚުރުވެރި އެއް ވަނަ ޙާޞިލް ކޮށްފައިވަނީ އަޝްފާ އަސްލަމެވެ. އަދި ކޭ.ވައި.އެސް މަދަހަ މުބާރާތް 1443 ގެ މުޅި މުބާރާތުގެ ފަޚުރުވެރި އެއް ވަނަ ޙާޞިލު ކުރި ފާތިމަތު ސުހާނާވަނީ ކޭ.ވައި.އެސް ރަންތަރި ޤުރުއާން މުބާރާތް 1443 ގެ މުޅި މުބާރާތުންވެސް ދެވަނަ ހޯދާފައެވެ. ރަންތަރި ޤުރުއާން މުބާރާތުގެ މުޅިމުބާރާތުން ތިންވަނަ ޙާޞިލު […]

ސަނިއްޔާ އަބޫބަކުރު
ކުމުންދޫ ބަނދަރުގެ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިންމާލައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ ބަނދަރުގެ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިންމާލައިފި

ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިމިފައިވާއިރު ނެރު ފުންކުރުމުގެ މަސައްކަތް ވެސް ވަނީ ނިމުމަކާ ގާތްވެފައެވެ. އެގޮތުން ނެރު ފުން ކުރުމުގެ 75 އިންސައްތަ ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 9346.56 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]

އަޙްމަދު ވަހީދު
ކުމުންދޫގައި މަސްތުވާތަކެތި ތިޔާގިވެ ވައްކަން އިންތިހާއަށް، ރައްޔިތުން ސަމާލުވުމަށް އެދެފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި މަސްތުވާތަކެތި ތިޔާގިވެ ވައްކަން އިންތިހާއަށް، ރައްޔިތުން ސަމާލުވުމަށް އެދެފި

ހދ. ކުމުންދޫގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން ރައްޔިތުން ސަމާލުވުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އިއްޔެ ކުމުންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގައި މީހާރަކަށް އައިސް ވައްކަން ކުރުން އާންމު ވުމާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އުޅޭކަމަށް އެ ކައުންސިލައް މައުލޫ ލިބެމުން އަންނަ ކަމަށާއި ވުމާއެކު ރައްޔިތުން އެކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށެވެ. މިގޮތުން ނަގުދު ފައިސާ ގިނަ އަދަދަކ...

އިބްރާހިމް ޚަލީލް
ކުމުންދޫ ރައީސް އަމީންގެ ތާއީދު އިންތިއަށް 📍 ހދ. މަކުނުދޫ

ކުމުންދޫ ރައީސް އަމީންގެ ތާއީދު އިންތިއަށް

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އަށް ތާއީދުކުރަށްވާކަން ހާމަކުރައްވައިފިއެވެ. ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަންވެސް ކުރަށްވާ އިންތިއަށް ތާއީދުކުރާކަން ރަސްމީކޮށް ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ. ތިން ވަނަ ދައުރަކަށް ކުމުންދޫ ކައުންސިލްގެ ރައީސްގެ މަގާމް ފުރުއްވަމުން ގެންދަވާ އަމީން ވަނީ، އިންތިއާއި އިންތިގެ “ތިލަ...

އަލީ އާދިލް
ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވައިސޫރިއަށް 📍 ހދ. ކުމުންދޫ

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ވެޓަރެންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވައިސޫރިއަށް

ހދ. ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކުމުންދޫ ޔޫތު ސްޕޯޓްސް ވެޓަރެންސް ފުޓްސަލް މުބާރާތް 2022” ގެ ޗެމްޕިއަންކަން ވައިސޫރި ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު 22 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ 21:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު ފައިނަލް މެޗު ވައިސޫރި ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިން ޓީމް ލަޔަން ބަލިކޮށްގެންނެވެ. ފައިނަލް މެޗު ނިމުމުން ވަނީ […]

އިބްރާހިމް ޚަލީލް