މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުމުންދޫ (228 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
228 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުމުންދޫގެ އެންމެ ފަހުގެ ޚަބަރުތައް

228 ޚަބަރުގެ ތެރެއިން
އަމީންގެ މުސާރައިން 20% ކުމުންދޫ ކޯވިޑް ޓާސްކް ފޯސް އަށް ހަދިޔާކޮށްފި 📍 ހދ. ކުމުންދޫ

އަމީންގެ މުސާރައިން 20% ކުމުންދޫ ކޯވިޑް ޓާސްކް ފޯސް އަށް ހަދިޔާކޮށްފި

ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދުގެ މުސާރައިން 20% ކޯވިޑް ޓާސްކް ފޯސް އަށް ހަދިޔާކޮށްފި އެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ކޯވިޑް އާއިގުޅިގެން ރަށްރަށުގެ ގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް ވަސީލަތްތައްނެތުމަކީ ރަށްރަށުގެ ޓާސްކް ފޯސް ތަކަށް ދިމާވާ ބޮޑު ގޮންޖެހުމެއްކަމަށެވެ. އަޅުގަނޑުގެ މުސާރައިގެ 20% ކޮވިޑް ޓާސްކް ފޯސް އަށް ބޭނުންވާ މާސްކާއި ސެނިޓެއިޒަރ ހަދިޔާކުރުމަށް ވަނީ ނިންމާފައި ކުމުންދޫ ކައުންސިލްގެ...

އަލީ އާދިލް
ކުމުންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހދ. ކުމުންދޫ މޮނިޓަރިންގ ހާލަތުން ނަގައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުގެ ރޭ 21:49 ގައެވެ. އެރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ […]

ޔުމްނާ ޢަލީ
ކުމުންދޫން ނެގި 2 ސާމްޕަލްވެސް ނައްސި ވެއްޖެ 📍 ހދ. ކުމުންދޫ

ކުމުންދޫން ނެގި 2 ސާމްޕަލްވެސް ނައްސި ވެއްޖެ

ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރުކުރި ހދ. ކުމުންދޫ ދެ މީހުންގެ ސާމްޕަލް ކޯވިޑް-19 އަށް ނައްސިވެފައި ވާކަމަށް ކުމުންދޫ ކައުންސިލުން ބުނެފިއެވެ. މި ދެމީހުން ނައްސިވި ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. ކުމުންދޫ ދެ މީހުންގެ ސާމްޕަލް ނައްސިވި އިރު، ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރުކުރި އުލިގަމު މީހެއް ފައްސިވުމުން އެ ބޯޓުން ދަތުރު ކުރި އިހަވަންދޫގެ 35 މީހަކާއި، ހދ. […]

ޔުމްނާ ޢަލީ
ކުމުންދޫ ސްކޫލު މުވައްޒަފުން މާސްކް ފަހައިދެނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ސްކޫލު މުވައްޒަފުން މާސްކް ފަހައިދެނީ

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމައް އަޅާ މާސްކް ލިބުން ދަތިވެފައި ވާތީ ކުމުންދޫ ސްކޫލް މުވައްޒަފުން މާސްކް ފަހައިދިނުމުގެ މަސައްކަތް ކުރަންފަށައިފިއެވެ. ކުމުންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމައް އަޅާ މާސްކް ލިބުން ދަތިވެފައި ވާތީ ކުމުންދޫ ސްކޫލް މުވައްޒަފުން ދަނީ މާސް ފެހުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. https://www.facebook.com/678380592226550/posts/2971736089557644/ އެމުވައްޒަފުންގެ އެ ހީތެރިކަމަށް ޝުކުރު އަދާ ކ...

ޝިއުނާ އާދަމް
ރައްޔިތުން ގޭގައި ތިއްބަވާ، މިތިބީ ރައްޔިތުންގެ ޚިދުމަތުގައި: ކުމުންދޫ ކައުންސިލް 📍 ހދ. ކުމުންދޫ

ރައްޔިތުން ގޭގައި ތިއްބަވާ، މިތިބީ ރައްޔިތުންގެ ޚިދުމަތުގައި: ކުމުންދޫ ކައުންސިލް

ހދ. ކުމުންދޫ ރައްޔިތުން ގޭގައި ތިއްބެވުމަށާއި، ރެޔާ ދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ކުމުންދޫ ކައުންސިލުން ބުނެފިއެވެ. އެކައުންސިލުން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ކުމުންދޫގެ ރައްޔިތުންނައް ބޭނުންވާ ކާޑާއި ގޭސް އަދި އެހެނިހެން އަސާސީ ތަކެތި ގަތުމައް ދޯންޏެއް މާލެ ފޮނުވުމައް 21 އޭޕްރިލް 2020 ވަނަ ދުވަހުގެ ރޭ ނިންމާފައިވާ ކަމަށެވެ. އެ ދޯނި މާލެއަށް ކުރާ ދަތުރުގެ ތެލުގެ ޚަރަދު ކައުންސިލުން ހަމަޖައްސަވައި ދެއްވާނެ ކަމަށްވެސް ކުމުންދޫ ކައުންސިލު...

ޔުމްނާ ޢަލީ
މާލެއާއި ރިސޯޓުތަކުން އަންނަ މީހުން ގޭގައި މަޑުކޮށްދިނުމަށް އެދެން: ކުމުންދޫ ކައުންސިލް 📍 ހދ. ކުމުންދޫ

މާލެއާއި ރިސޯޓުތަކުން އަންނަ މީހުން ގޭގައި މަޑުކޮށްދިނުމަށް އެދެން: ކުމުންދޫ ކައުންސިލް

މާލޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާތީ، ފާއިތުވި 14 ދުވަސްތެރޭގައި މާލެއާއި މާލޭ ސަރަހައްދުން އަދި ރިސޯޓް ތަކުން ފުރައިގެން ހދ. ކުމުންދޫއަށް އައިސްފައިވާ އެންމެހައި ފަރާތްތަކުން، ގޭގައި މަޑުކުރުމަށް ކުމުންދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެކައުންސިލުން ކޮށްފައިވާ އިލްތިމާސެއްގައި ބުނީ މާލޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާތީ، ފާއިތުވި 14 ދުވަސްތެރޭގައި މާލެއާއި މާލޭ ސަރަހައްދުން އަދި ރިސޯޓް ތަކުން ފުރައިގެން ކުމުންދޫއަށް އައިސްފައިވާ އެންމެހައި ފަރާތްތަކުން، ގޭގައި މަޑުކުރުމަށް އެ ކައުން...

ޝިއުނާ އާދަމް
ކުމުންދޫ ފެނަކަ އައު އޮފީސް އަދި ވަށާފާރު ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ފެނަކަ އައު އޮފީސް އަދި ވަށާފާރު ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުމުންދޫ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އައު އޮފީސް އަދި ވަށާފާރު ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އެކުންފުނިން އިޢުލާންކޮށްފިއެވެ. މިއަދު ކުންފުނިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކުންފުނިންދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ހދ. ކުމުންދޫ އައު އޮފީސް އަދި ވަށާފާރު އިމާރާތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބ...

އިބްރާހިމް އަސްވާޤް
މަކުނުދޫ އަދި ކުމުންދޫއަށް ފެނަކަ އެމްޑީ ޒިޔާރަތް ކުރައްވައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ އަދި ކުމުންދޫއަށް ފެނަކަ އެމްޑީ ޒިޔާރަތް ކުރައްވައިފި

މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީގެ ދަޢުވަތަކަށް ހދ. މަކުނުދޫ އަދި ހދ ކުމުންދޫއަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ޒިޔާރަތް ކުރައްވައިފިއެވެ. އިއްޔެ ހެނދުނު ހދ. މަކުނުދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ފެނަކައިގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި ސައީދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަން އިން ދެމުން ގެންދާ ހުރިހާ ހިދުމަތެއް އެއްވެސް ތަފާތު ކުރުމެއްނެތި ދެމުން ގެންދާނެ ކަމަށެވެ. އަދި ފެނަކައިންދޭ އެއްވެސް ހިދުމަތެއް އެއްވެސް ތަފާތު ކުރުމެއ...

ޝިއުނާ އާދަމް
ހދ.އަތޮޅައް އަމާޒުކޮށްގެން ހިންގާ ޖަނާޒާ ކޯހުގައި 4 ފަރާތެއް ކުމުންދޫ ކައުންސިލުން ސްޕޮންސާރ ކުރަނީ 📍 ހދ. ކުމުންދޫ

ހދ.އަތޮޅައް އަމާޒުކޮށްގެން ހިންގާ ޖަނާޒާ ކޯހުގައި 4 ފަރާތެއް ކުމުންދޫ ކައުންސިލުން ސްޕޮންސާރ ކުރަނީ

ހދ.އަތޮޅައް އަމާޒުކޮށްގެން ހިންގާ ޖަނާޒާ ކޯހުގައި 4 ފަރާތެއް ކުމުންދޫ ކައުންސިލުން ސްޕޮންސާރ ކުރަން ނިންމައިފިއެވެ. ކުމުންދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހދ.އަތޮޅަށް ހާއްޞަ ކޮށްގެން ހިންގާ ޖަނާޒާ ކޯހެއް 5 މާރޗް 2020 އިން 3 ހަފްތާ އަށް ބޭއްވުމަށް ހަމަޖެހިފައިވާތީ އެކޯހުގައި އެކައުންސިލުން ސްޕޮންސާ ކޮށްގެން ކުމުންދޫގައި ދިރިއުޅޭ 4 ފަރާތަކަށް ފުރުސަތު ދިނުމަށް ކައުންސިލުން ވަނީ ނިންމާފަކަމަށެވެ. 3 ހަފްތާގެ މުއްދަތައް ކުރިއަށްދާ މި ކޯހުގައި ކިޔަވައިދޭ މާއްދާތަކަކީ ކަށުކަމާކެމ...

އަލީ އާދިލް
ކުމުންދޫގައި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން އެދެފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން އެދެފި

ހދ ކުމުންދޫގައި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން ކުމުންދޫ ސިއްޙީ މަރުކަޒުން އެދެފި އެވެ. އެމަރުކަޒުގެ އާންމު ދެންނެވުމެއްގައި ބުނެފައިވަނީ މިދުވަސްވަރު ކުމުންދޫގައި ހަލުވިކަމާއި އެކު ފާނަބަސަންދު ( ޗިކަން ޕޮކްސް ) ފެތުރެމުންދާކަން ވަނީ ފާހަގަ ކުރެވިފައިކަމަށެވެ. އަދި މިބައްޔަކީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށްވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ ކަންތައްތަކަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް...

އަލީ އާދިލް
ކުމުންދޫގައި އަލަށް އިތުރުކުރަން ހަމަޖެހިފައިވާ މަގުތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދަނީ

ކުމުންދޫގައި އަލަށް އިތުރުކުރަން ހަމަޖެހިފައިވާ މަގުތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުމުންދޫ  އަލަށް އާބާދުވާ ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ. ކުމުންދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ބުނީ އެރަށުގެ އަލަށް އާބާދުވާ ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެ މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން އެމައްސަކަތާ ގުޅޭ މައުލޫމާތު ސާފުކުރުން އޮންނާނީ 29 ޖެނުއަރީ 2020 ވާ ބުދަ ދުވަހު 13:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައިވަނީ 10 ފެބްރުއަރީ 2020 ވާ ހޯމަ […]

ޔުމްނާ ޢަލީ
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ކުމުންދޫ، ކުރިނބީ އަދި ހޯރަފުއްޓަށް 📍 ހދ. ކުރިނބީ

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ކުމުންދޫ، ކުރިނބީ އަދި ހޯރަފުއްޓަށް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ދޭ ރަށްރަށުގެ ތެރޭގައި ކުމުންދޫ، ކުރިނބީ އަދި ހޯރަފުށި ހިމެނިއްޖެއެވެ. އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިއުނިއުޓީ ފަންޑުގެ ހަތަރުވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް ހޮވާ މިއަދުވަނީ އިޢުލާންކޮށްފައެވެ. ހަތ...

އަލީ އާދިލް
ކުމުންދޫ ސިއްހީ މަރުކަޒުގެ ލެބޯޓްރީ ސާމްޕަލް ހިފައިގެން ކުޅުދުއްފުއްޓައް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ސިއްހީ މަރުކަޒުގެ ލެބޯޓްރީ ސާމްޕަލް ހިފައިގެން ކުޅުދުއްފުއްޓައް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ކުމުންދޫ ޞިއްޙީމަރުކަޒުން ޙާވާލުކުރާ ލެބޯޓަރީ ސާންޕަލް ހިފައިގެން ހދ.ކުޅުދުއްފުއްޓަށް ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު އެއްފަހަރު ( ހުކުރު ދުވަސް ނުވަތަ ސަރުކާރު ބަންދު ދުވަހެއްގައިވެސް މަރުކަޒުން އެދިއްޖެނަމަ) 6 މަސް ދުވަހުގެ މުއްދަތަށް ދަތުރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ. ކުމުންދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތައި ހަވާލުވާ ފަރާތެއްގެ މަސްއޫލިއްޔަތަކީ ހަފްތާގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:30 ގައި ސިއްޚީ މަރުކަޒ...

ފާތިމަތު ސިނާޒާ
ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލިސް، 33% އަންހެނުންނަށް ޙާއްސަ ކުރުމަށް އަމީން ގޮވާލައިފި 📍 ހދ. ކުމުންދޫ

ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލިސް، 33% އަންހެނުންނަށް ޙާއްސަ ކުރުމަށް އަމީން ގޮވާލައިފި

ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލިސްއަށް 33% އަންހެނުންނަށް ޙާއްސަ ކުރުމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ގޮވާލައިފިއެވެ. އަމީންމިހެން ގޮވާލާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މިޓުވީޓުގައި ބުނެފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލިސްއަށް 33% އަންހެނުންނަށް ޙާއްސަ ކުރުމަށްގޮވާލާކަމަށެވެ. މީގެ އިތުރުން މިއަަދު ކުރެއްވި އިތުރު ޓުވީޓެއްގައި ބުނެފައިވަނީ ރަށްރަށުގެ އިޙްތިސާސް ކަނޑައެޅިއްޖެ ކަމަށާއި ފުރިހަމަ ލާމަރު...

ޔުމްނާ ޢަލީ
ކުމުންދޫ ނެރުގެ ފައިކަށި ހަދަން ބަޖެޓް ކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ ނެރުގެ ފައިކަށި ހަދަން ބަޖެޓް ކޮށްފި

2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހދ ކުމުންދޫ ނެރުގެ ފައިކަށި ހެދުމަށް ހިމަނައިފިއެވެ. ކުމުންދޫ ނެރުގެ ފައިކަށި ހެދުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 2050000 ރުފިޔާ (ދެ މިލިއަން ފަންސާސް ހާސް ރުފިޔާ) ހިމަނާފައިވެއެވެ. މިއަންނަ އަހަރު ކުމުންދޫ ގައި ކުރިއަށް ގެންދާ މަޝްރޫޢު ތަކުގެ ތެރޭގައި އަލަށްފަށާ މަޝްރޫޢެއްގެ ގޮތުގައި ހިމަނާފައިވަނީ މި މަޝްރޫޢު އެކަންޏެވެ. ކުމުންދޫ ބަނދަރަކީ އެތަކެއް ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާ ބަނދަރެކެވެ. 2011 ވަނަ އަހަރުންސުރެ ކުމުންދޫ ބަނދަރުގެ ނެރަށް ވަނީ...

އަޙްމަދު މުޖުތަބާ