ކުމުންދޫގެ ދުރު ރާސްތާ ތަރައްޤީގެ މަގުޗާޓް އިފްތިތާޙްކޮށްފި
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުގެ އިދާރާއިން އެ ރަށުގެ ދުރު ރާސްތާ ތަރައްޤީގެ މަގުޗާޓް އިފްތިތާޙް ކޮށްފިއެވެ. ކުމުންދޫ ކައުންސިލުގެ ދުރުރާސްތާ ތަރައްޤީގެ މަގުޗާޓް އިފްތިތާޙް ކޮށްފައިވަނީ 30 މާޗް 2021 ވީ އަންގާރަ ދުވަހުގެ ރޭ 20:45 ގައި އެރަށު ސްޓޭޖް ސަރަހައްދުގެ، އެ ކައުންސިލުން މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގެ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ކުމުންދޫއަށާއި އަދި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައިވާ އަލްފާޟިލް ސައީދު އަހުމަދެވެ....