މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ސިޓީއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ސިޓީއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންސްޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކުޅުދއްފުށި ސިޓީއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ދަނާލުގެ ފީ ދެމަހަށް މާފުކޮށްދެނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ދަނާލުގެ ފީ ދެމަހަށް މާފުކޮށްދެނީ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން އެޔުނިވަރސިޓީގެ ކުޅުދުއްފުށީ ދަނާލުގައި ތިބި ދަރިވަރުންގެ ފީ ދެމަހަށް މާފުކޮށްދޭން ނިންމައިފި އެވެ. އެމްއެންޔޫގެ މިނިންމުމަކީ، އެ ޔުނިވަރސިޓީގެ ހުރިހާ ދަނާލެއްގައި ތިބި ދަރިވަރުންނަށް ދޭ ލުއި ތަކުގެ ތެރެއިން ދެވުނު ލުޔެކެވެ. މިގޮތުން ކުޅުދުއްފުށީ ސިޓީ، މާލެ، ގދ. ތިނަދޫ އަދި ސ. ހިތަދޫގައި ހުންނަ ދަނާލުގައި އުޅޭ ދަރިވަރުންގެ މި މަހާއި އަންނަ މަހުގެ ފީ މާފުކޮށްދޭން ނިންމާފައިވާ ކަމަށް އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު […]

ޝިއުނާ އާދަމް
ބާދުޝާހު ބޯޓު އިންޖީނު ހުއްޓިގެން އެމްއެންޑީއެފްއިން އެހީތެރިވަނީ 📍 ހދ. ކުޅުދުއްފުށި

ބާދުޝާހު ބޯޓު އިންޖީނު ހުއްޓިގެން އެމްއެންޑީއެފްއިން އެހީތެރިވަނީ

ބާދުޝާހު ބޯޓު އިންޖީނު ހުއްޓިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފްއިން ބުނީ 25 މީހުނާ އެކު ހދ. ކުޅުދުއްފުށި ސިޓީ އިން ފުރައިގެން މާލެ ދަތުރުކުރި “ބާދުޝާޙް ބޯޓް” ކ.ގާފަރުގެ އުތުރުން 4 މޭލު ބޭރުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ މާލެ އޭރިޔާ ކޯސްޓް ގާރޑްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. އެބޯއްޓުން ވާހަކަ ދެއްކި މީހަކު ބުނީ މިހާރު އެމްއެންޑީއެފްގެ ކޮޅުވެއްޓިއެއްގެ އެހީތެރިކަމާއި އެކު ގާފަރަށް ކައިރި ކުރުމުން އަންނ...

އަލީ އާދިލް
ކުޅުދުއްފުށީގައި ކާޑު ވިއްކުން ކޮންޓްރޯލުކޮށް، މީހަކަށް 10 ކިލޯ ހަނޑުލާއި 5 ކިލޯ ފުއް އަދި 2 ކިލޯ ހަކުރު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކާޑު ވިއްކުން ކޮންޓްރޯލުކޮށް، މީހަކަށް 10 ކިލޯ ހަނޑުލާއި 5 ކިލޯ ފުއް އަދި 2 ކިލޯ ހަކުރު

ކުޅުދުއްފުށީގައި ކާޑު ވިއްކުން ކޮންޓްރޯލުކޮށް، މީހަކަށް 10 ކިލޯ ހަނޑުލާއި 5 ކިލޯ ފުއް އަދި 2 ކިލޯ ހަކުރު ވިއްކަން ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ކާޑު އެޖެންޓް މިތުރު ކޮމްޕެނީން ނިންމައިފިއެވެ. ކޮވިޑް-19 އާ ގުޅިގެން ކާޑުގެ ބާވަތްތައް ރާއްޖެ ގެނައުމުގައި ހުރި ދަތިތަކާ ހެދި ކުޅުދުއްފުށީގައި ކާޑުގެ ބާވަތްތައް ކޮންޓްރޯލްކޮށްގެން ވިއްކަން ފަށާފައިވަނީ ކާޑުގެ ބާވަތްތައް ވިއްކަން ފަށާފައިމިވަނީ ކާޑު ބޭނުންވާ ހުރިހާ ފަރާތްތަކަށް ކާޑު ހުސްނުވެ ފޯރުކޮށްދިނުމަށްށެވެ. މިތުރު ކޮމްޕެނީގެ ވެރިޔާ މުހައްމަދު […]

އަލީ އާދިލް
ކުޅުދުއްފުށި ރީޖަނަލް ޕޯޓުން ނަގާ، ޑެމަރޭޖް ފީ 50 ޕަސެންޓް ކުޑަކުރުމަށް ނިންމައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ރީޖަނަލް ޕޯޓުން ނަގާ، ޑެމަރޭޖް ފީ 50 ޕަސެންޓް ކުޑަކުރުމަށް ނިންމައިފި

ރާއްޖެއަށް މުދާ އެތެރެ ކުރާ ފަރާތްތައް، އިމްޕޯޓަރުންގެ އަތުން ނަގާ ބައެއް ފީތައް ކުޑަކޮށް، ކުޅުދުއްފުށި ރީޖަނަލް ޕޯޓުން ނަގާ، ޑެމަރޭޖް ފީ 50 ޕަސެންޓް ކުޑަކުރުމަށް އަދި އެހެން ވެސް އިނާޔަތްތައް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފި އެވެ. ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ، ރާއްޖެއަށް މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް އެމްޕީއެލްއިން މިހާރު ނިންމާފައިވާ ކަމަށެވެ.އ...

ޝިއުނާ އާދަމް
ކުޅުދުއްފުށީގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ މީހުންގެ ދަފުތަރެއް އެކުލަވާލަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ މީހުންގެ ދަފުތަރެއް އެކުލަވާލަނީ

ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގެ ރަށްވެހިން ތެރެއިން ވަޒީފާ އަދާކުރުމަށް ރަށުންބޭރުގައި ދިރިއުޅެމުން ގެންދާ މީހުންގެ ދަފުތަރު ބެލެހެއްޓުމުގެ މަސައްކަތް މިހާރުވަނީ ފެށިފައިކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ. ކޮވިޑް-19 ރޯގާއާއި ގުޅިގެން މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ މިފަދަ ދަނޑިވަޅުތަކުގައި އެއިދާރާއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ޚިދުމަތްތަކާއި އަންގަންޖެހޭ މަޢުލޫމާތުތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، ރަށުންބޭރުން ޒިޔާރަތްކުރާ ފަރާތެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއ...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގައި ފްލޫ ކްލިނިކެއް ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ފްލޫ ކްލިނިކެއް ހުޅުވައިފި

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އަންނާތީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ. ދުނިޔޭގައި މި ވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ކުޅުދުއްފުށި ލޯކަލް މާރުކޭޓެއްގެ ގޮތުގައި ތައްޔާރު ކޮށްފައިވާ އިމާރާތް ފްލޫ ކުލިނިކެއްގެ ގޮތުގައި ތައްޔާރުކޮށް މިއަދު ހިދުމަތް ދޭން ފަށައިފިކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ. މި ކުލިނިކުގެ މަޤްސަދަކީ ހުން އައިސް ރޯގާގެ އަލާމާތްތައް ހުންނަ ފަރާ...

ޝިއުނާ އާދަމް
ކުޅުދުއްފުށި ސިޓީގައި ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި އަލަށް އަޅާ ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. ފެނަކަ ކޯޕަރޭޝަން އިން މަޢުލޫމާތުދޭތޮތުގައި އެތަން ޑިޒައިންކޮށް، އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރީ ޔުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ. ޔުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ފެނަކައާ ދެމެދު މިއަދު ވަނީ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. HDh. Kulhudhuffushi gai alah alhaa prefabricated powerhouse design koh imraaiy kurumuge ehbasvumugai Uni Engineering...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީ އަދި ހަނިމާދޫއަށް އާ ޖަނަރޭޓަރު ސެޓެއް ފޮނުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ އަދި ހަނިމާދޫއަށް އާ ޖަނަރޭޓަރު ސެޓެއް ފޮނުވައިފި

ހދ. ކުޅުދުއްފުށި ސިޓީ އަދި ހދ. ހަނިމާދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އާ ޖަނަރޭޓަރު ސެޓެއް ފެނަކައިން ފޮނުވައި އިންސޯޓުލުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެކުންފުނިން ބުނެފިއެވެ. ހދ. ކުޅުދުއްފުށި ސިޓީއަށް 800 ކިލޯ ވޯޓުގެ އާ ޖެންސެޓެއް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ހަނިމާދޫއަށް 1 މެގަ ވޯޓުގެ އާ ޖެންސެޓެއް އެކުންފުނިން ފޮނުވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. HDh. Kulhudhuffushi ge karantuge haalathu ithurah rangalhu kurumahtakai erashah […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގައި ފުލޫ ކުލިނިކެއް ހަދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގައި ފުލޫ ކުލިނިކެއް ހަދަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި އިމާރާތްކޮށްފައި ހުރި ލޯކަލް މާރުކޭޓްގައި ފުލޫ ކުލިނިކެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ ފުލޫ ކުލިނިކެއްގެ ގޮތުގައި ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ ލޯކަލް މާރުކޭޓް އިމާރާތް ސާފުކުރުން މިއަދު ކުރިޔަށް ދިޔަކަމަށެވެ. މިކަމުގައި ކުޅުދުއްފުށީގެ ގިނަ މުއައްސަސާތަކެއްގެ މުވައްޒަފުންގެ އެއްބާރުލުން ވަނީ ލިބިފައިކަމަށާއި އަވަސް މުސްތަޤުބަލެއްގައި ފުލޫ ކުލިިނިކްގެ ހިދުމަތް އާންމުންނާއި ހަމައަށް ލިބޭނޭ ގޮތް ހަމަޖެއްސުމަށް ވާން ޖެ...

ޔުމްނާ ޢަލީ
ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ ޕާކުތައް ބަންދުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ ޕާކުތައް ބަންދުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ ޕާކުތައް ބަންދުކޮށްފިއެވެ. އެނިންމުމާއި ގުޅިގެން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކްފޯސްގެ އިރުޝާދުގެ މަތިން ކުޅުދުއްފުށީގެ ޕާކުތައް މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރެވިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރާކަމަށެވެ. އިތުރަށް އެކައުންސިލުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ މިދަނޑިވަޅުގައި އާންމުއެހެން ސަރައްދުތ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި އެކަކު މާލެ ގެންގޮސްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި އެކަކު މާލެ ގެންގޮސްފި

ކުޅުދުއްފުށީ ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި މެދު އަނިޔާވި މީހަކު ސީރިޔަސްވެ މާލެ ގޮންގޮސްފިއެވެ. މިއަދު ހެނދުނު ހިނގި ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ ކުޅުދުއްފުށީ ސިޓީ ބަނދަރު ސަރަހައްދުގައި އަލަށް އިމާރާތް ކޮށްފައިވާ މިސްކިތް ކައިރިން ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން މުޙައްމަދު އިބްރާހިމްގެ ބޮލަށް ސީރިއަސް އަނިޔާތަކެއްވެ މިރޭ އިރާކޮޅުގެ ވަގުތެއްގައި ވަނީ އިތުރު ފަރުވާއަށް ހަނިމާދޫ މަގުން މާލެ ގެންގޮސް އައިޖީއެމްއެޗްގެ އެމަޖެންސީގައ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ގަސްރުކަށް ފެތުރިފައިވާ ހުދުކޫޑި ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދެނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ގަސްރުކަށް ފެތުރިފައިވާ ހުދުކޫޑި ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދެނީ

ކުޅުދުއްފުށީގައި ގަސްރުކަށް ފެތުރިފައިވާ ހުދުކޫޑި (ވައިޓް ފްލައި) ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދޭން ކުޅުދުއްފުށީ ކައުންސިލުން ނިންމައިފިއެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގެ ގިނަ ގަސްރުކަށް ހުދުކޫޑި (ވައިޓް ފްލައި) ފެތުރިފައިވާތީ ގަސްރުކަށް ދިމާވެފައިވާ މިމައްސަލަ ހައްލު ކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ވަރަށް ހާއްސަ ބައްދަލުވުމެއް 8 މާރޗް 2020ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 08:30ގައި ހދ. އަތޮޅު ތައުލީމީ މަރުކަޒު ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީ މޭޔަަރުކަމަށް ވާދަކުރަނީ 4 ކެނޑިޑޭޓުން 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ މޭޔަަރުކަމަށް ވާދަކުރަނީ 4 ކެނޑިޑޭޓުން

ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށް ގުރުއަތުލުން ބާއްވައިފިއެވެ. ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް 4 ކެނޑިޑޭޓުން ވާދަކުރައްވައެވެ. އަލަށް އުފެދުނު އެސިޓީގެ ފުރަތަމަ މޭޔަރު ކަމަށް ރާއްޖޭގެ އެންމެ ބޮޑު އަދި ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ އިތުރުން ދެވަނައަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމް އަދި އަމިއްލަ 2 ކެނޑިޑޭޓުން ވާދަ ކުރެއެވެ. ކުޅުދުއްފުށީ ސިޓީ މޭޔަރުކަމަށް ވާދަކުރާ ކެނޑިޑޭޓުން 6 – އަބްދުﷲ އިޤްބާލް / ޕީ ޕީ އެމް 7 – […]

ޝިއުނާ އާދަމް
ކުޅުދުއްފުށީގައި ލިޔަން ކިޔަން ނުދަންނަ މީހުން ތިބިތޯ ބަލަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ލިޔަން ކިޔަން ނުދަންނަ މީހުން ތިބިތޯ ބަލަނީ

ލިޔަން ކިޔަން ނުދަންނަ މީހުން ތިބިތޯ ބެލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން މިއަދު އިޢުލާން ކޮށްފިއެވެ. އެކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ލިޔަންކިޔުމުގެ ހާލަތަށް އަންނަ ބަދަލުތައް ދެނެގަނެ ސަމާލުކަންދޭންޖެހޭ ދާއިރާތައް ކަނޑައަޅައި އެދާއިރާތަކުން މަސައްކަތް ކުރުމަށް މިއަހަރު ބޭއްވުނު ނުރަސްމީ ތަޢުލީމުގެ މަހާސިންތާއިން ނިންމުމާއި ގުޅިގެން ލިޔަން ކިޔަން ނުދަންނަ މީހުންގެ ލިސްޓެއް އެކުލަވާލުމަށް ވަނީ އަންގަވާފައިވާ ކަމަށެވެ. އެގޮތުން އެރަށުގެ...

އަލީ އާދިލް