މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
އަމާޒު ބޯޓުން ދަތުރުކުރި ކުޅުދުއްފުށީ 2 މީހުން އަމިއްލައަށް ގޭގައި އެކަހެރިވެއްޖެ 📍 ހދ. ކުޅުދުއްފުށި

އަމާޒު ބޯޓުން ދަތުރުކުރި ކުޅުދުއްފުށީ 2 މީހުން އަމިއްލައަށް ގޭގައި އެކަހެރިވެއްޖެ

މިމަހުގެ 15 ވަނަ ދުވަހު މާލެއިން އުތުރުގެ ބައެއް ރަށްތަކަށް ދަތުރުކޮށްފައިވާ ށ.ނަރުދޫ “އަމާޒު” ބޯޓުން ދަތުރުކުރި ކުޅުދުއްފުށީ 2 މީހުން އަމިއްލަ އަށް ގޭގައި އެކަހެރި ވެއްޖެއެވެ. އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، އެޗްޕީއޭ އިން މިރޭ ވަނީ މި މަހުގެ 15 ވަނަ ދުވަހު އެ ބޯޓުން ދަތުރުކުރި މީހުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި އެންގުމަށް އެދިފައެވެ. އެ ބޯޓުން ދަތުރުކުރި ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ނައިބް ރައީސް […]

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގައި ހިންގައިފައިވާ ކާފިއުގެ މުއްދަތު 7 ދުވަހަށް އިތުރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ހިންގައިފައިވާ ކާފިއުގެ މުއްދަތު 7 ދުވަހަށް އިތުރުކޮށްފި

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ފެތުރުމުގެ ބިރު އިންތިހާއަށް ބޮޑުވެފައި ވާތީ ރަށުގެ ކޮވިޑް-19 ޓާސްކު ފޯސްގެ ނިންމުމުގެ މަތިން ކުޅުދުއްފުށި ސިޓީގައި ހިންގައިފައިވާ ކާފިއުގެ މުއްދަތު 7 (ހަތެއް) ދުވަހަށް އިތުރުކޮށް 01 މެއި 2020 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުން މަނާ ކުރެވިފައިވާކަން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ. ދެންމެ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ކުޅުދުއްފުށި ސިޓީގައި ހިނ...

އިބްރާހިމް އަސްވާޤް
އައްޔަގެ ހަދިޔާއެއް: ހޮސްޕިޓަލަށް 99 ފޭސް ޝީލްޑް، ތައްޔާރުކުރާނެ ގޮތުގެ ވީޑިއޯވެސް 📍 ހދ. ކުޅުދުއްފުށި

އައްޔަގެ ހަދިޔާއެއް: ހޮސްޕިޓަލަށް 99 ފޭސް ޝީލްޑް، ތައްޔާރުކުރާނެ ގޮތުގެ ވީޑިއޯވެސް

ކޯވިޑް19 ގެ ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު މިކަމުން އަރައިގަތުމަށް އެކިފަރާތްތަކުން އަންނަނީ އެމީހަކަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތް ކުރަމުންނެވެ. އެމީގެއްގެ ހުރި ލަޔާގަތާއި ގާބިލިއްޔަތުކަން ހުރި މިންވަރަކުން މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފަހަރު މި ފާހަގަ ކޮށްލަނީ ކުޅުދުއްފުށި ސިޓީއަށް އުފަން ޒުވާނެއްގެ ވާހަކައެވެ. ކުރިން ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރެއްވި އަލީ ޒަކަރިއްޔާ / އާވެހި ގެ ވާހަކަ އެވެ. މެޑިކަލްގެ ދާއިރާއިން ކިޔެވުމަށްފަހު އެދާއިރާގައި ޚި...

ހުސައިން ހަބީބް
ކުޅުދުއްފުށި ރައްޔިތުންނަކީ ކިޔަމަންތެރި ނަމޫނާ ބައެއް: ޕޮލިސް ކޮމާންޑަރު އަލީ ފާއިޒް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ރައްޔިތުންނަކީ ކިޔަމަންތެރި ނަމޫނާ ބައެއް: ޕޮލިސް ކޮމާންޑަރު އަލީ ފާއިޒް

ހދ. ކުޅުދުއްފުށި ސިޓީގައި ކާފިއު ހިންގާ ފުރަބަންދުކޮށްފައިވާ މިދަނޑިވަޅުގައި ކުޅުދުއްފުށީގެ ރައްޔިތުންގެ ފަރާތުން ފެންނަމުންދަނީ މުޅި ރާއްޖެއަށް ފަހުރުވެރިވާ ވަރުގެ ކިޔަމަންޠެރިން ބައެއްގެ ގޮތުގައި ކަމަށް އަޕަރ ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒް ވިދާޅުވެއްޖެ އެވެ. ޕޮލިސް ކޮމާންޑަރު އަލީ ފާއިޒު ފޭސްބުކްގައި ވީޑިއޯ އެއް ހިމަނިއްވާ ކުރެއްވި ޕޯސްޓެއްގައެވެ.  މި ވީޑިއޯއިން ފެނިގެން ދަނީ ކުޅުދުއްފުށި ސިޓީގައި ކާފިއު ހިންގާފައިވާ ވަގުތުގައި ރަށުތެރެ ޕެޓިރޯލްކުރ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ފުރަބަންދު އަމުރާއި ޚިލާފު ވާނަމަ ޖޫރިމަނާ ކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ފުރަބަންދު އަމުރާއި ޚިލާފު ވާނަމަ ޖޫރިމަނާ ކުރަނީ

ކުޅުދުއްފުށީ ސިޓީ މިއަދު މެންދުރު ބާރައިން ފެށިގެން ފުރަބަންދު ކޮށްފައި ވާއިރު، އެ ސިޓީ ފުރަބަންދު ކުރުމަށް ކުޅުދުއްފުށީ ކައުންސިލުން އަންގާފައިވާ އެންގުމާއި ޚިލާފު ވާނަމަ ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ. އެކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްފައި ބުނީ، ކޯވިޑް-19 ފެތުރުމުގެ ބިރު ބޮޑުވެފައި ވާތީ ކުޅުދުއްފުށި ކޯވިޑް-19 ޓާސްކު ފޯހުގެ ނިންމުމުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލު ކޮށް ރައްކާތެރިވުމުގެ ގޮތުން 21 އެޕްރީލް 2020 ގެ […]

އަލީ އާދިލް
ކުޅުދުއްފުށި ފުރަބަންދު ކޮށް ރައްޔިތުންގެ އެއްބާރުލުމަށް އެދިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ފުރަބަންދު ކޮށް ރައްޔިތުންގެ އެއްބާރުލުމަށް އެދިއްޖެ

ކުޅުދުއްފުށި ސިޓީ މިއަދު މެންދުރު 12 އިން ފެށިގެން ފުރަބަންދުކޮށް ރައްޔިތުންގެ އެއްބާރުލުމަށް އެދިއްޖެއެވެ. ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ފެތުރުމުގެ ބިރު ކުޅުދުއްފުށި ސިޓީގައިވެސް މި ވަނީ ބޮޑުވެފައި ވާ ކަމަށެވެ. ބަލި ފެތުރުން ކޮންޓްރޯލު ކޮށް ރައްކާތެރިވުމުގެ ގޮތުން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ ދަށުން 21 އެޕްރީލް 2020 ގެ (މިއަދު) މެންދުރު 12:00 އިން ފެށިގެން 24 އެޕްރީލް 2020 ގެ 12:00 އަށް ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް ކާފިއު […]

ޝިއުނާ އާދަމް
3 ދުވަހަށް ކުޅުދުއްފުށި ފުރަބަންދު ކުރަނީ 📍 ހދ. ކުޅުދުއްފުށި

3 ދުވަހަށް ކުޅުދުއްފުށި ފުރަބަންދު ކުރަނީ

މާދަމާ މެންދުރު 12:00 އިން ފެށިގެން 72 ގަޑިއިރު ވަންދެން ހދ. ކުޅުދުއްފުށި ސިޓީ ފުރަބަންދު ކުރަން ނިންމާފައިވާކަމަށް ކުޅުދުއްފުށި ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއީ ހދ. ކުޅުދުއްފުށި ސިޓީ ކޯވިޑް-19 ޓާސްކްފޯހުން ނިންމި ނިންމުމެއްކަމަށެވެ. އެއީ ސަލާމަތީގޮތުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ލަތީފް ވިދާޅުވިއެވެ. ކުޅުދުއްފުށި ފުރަބަންދު ކުރުމުގައި އަމަލު ކުރަމުން ދާނީ މާލޭގައި އަމަލުކުރަމުންދާ ގޮތަށ...

ޝިއުނާ އާދަމް
ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފިނަމަ ބޭރަށް ނުކުންނަން ޖެހޭ މީހުން ރަޖިސްޓަރީވާން ހުޅުވައިލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފިނަމަ ބޭރަށް ނުކުންނަން ޖެހޭ މީހުން ރަޖިސްޓަރީވާން ހުޅުވައިލައިފި

ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފި ހާލަތެއްގައި ދުރާލައި ތައްޔާރުވުގެ ގޮތުން ކޮންމެހެން ބޭރަށް ނުކުމެ އުޅެން ޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ރަޖިސްޓަރީ ވުމަށް ކުޅުދުއްފުށީ ކައުންސިލުން ހުޅުވާލައިފިއެވެ. އެކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައި ވަނީ ކޯވިޑް-19 ގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފިނަމަ ދުރާލައި ތައްޔާރުވުމުގެ ގޮތުން ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ މީހުން ދެނެގަތުމަށް ބޭނުންވާ ކަމ...

ޝިއުނާ އާދަމް
ކެނޯއެއްގައި ނޮޅިވަރަމުން ފުރައިގެން ކުޅުދުއްފުށި އެއަރޕޯޓަށް އަރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކެނޯއެއްގައި ނޮޅިވަރަމުން ފުރައިގެން ކުޅުދުއްފުށި އެއަރޕޯޓަށް އަރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފި

ކެނޯއެއްގައި ހދ. ނޮޅިވަރަމުން ފުރައިގެން ހދ. ކުޅުދުއްފުށި އެއަރޕޯޓް ރަންވޭ ހުޅަނގުފަރާތުން އަރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ. މިކަމާއި ހުޅިގެން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ، އެއްރަށުން އަނެއްރަށަށް ދަތުރު ކުރުން މަނާކޮށްފައިވާ ދަންޑިވަޅެއް ގައި، ހުއްދަ ނުހޯދާ 19 އޭޕްރީލް 2020 ވަނަ ދުވަހު ހދ. ނޮޅިވަރަން ހުޅަންގު ފަރާތުން ކެނޯ އެއްގައި އައި 2 މީހަކު ހދ.ކުޅުދުއްފުށި އެއަރޕޯޓް ރަންވޭ ހުޅަނގު ކޮޅުން ބަނޑުން ޖަހާލާފައި ވާކަމަށް ބުނެ ހދ.ކުޅުދުއް...

ޝިއުނާ އާދަމް
ކުޅުދުއްފުށި ސިޓީއަށް އައިސްފައިވާ މީހުން 14 ދުވަހުގެ މުއްދަތަށް ގޭގައި މަޑުކުރުމަށް އަންގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީއަށް އައިސްފައިވާ މީހުން 14 ދުވަހުގެ މުއްދަތަށް ގޭގައި މަޑުކުރުމަށް އަންގައިފި

ވޭތުވެދިޔަ 14 ދުވަސް ތެރޭގައި ކުޅުދުއްފުށި ސިޓީއަށް އައިސްފައިވާ ފަރާތްތަކުން 14 ދުވަސް ވަންދެން ގޭގައި މަޑުކުރުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުދުއްފުށްޓަށް އައިސްފައިވާ ފަރާތްތަކުން އެ ފަރާތްތައް ރަށަށް އައި ދުވަހުން ފެށިގެން މަދުވެގެން 14 ދުވަހުގެ މުއްދަތަށް ގޭގައި މަޑުކުރެއްވުމަށް އެރަށު ޓާސްކް ފޯހުން ނިމްމާފައިވާކަމަށެވެ. އެ...

ޖަލްވާން ޖާދުﷲ
ކުޅުދުއްފުށީ ހޮނިހިރު ބާޒާރުގައި ރަޖިސްޓްރީވާން އެދިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހޮނިހިރު ބާޒާރުގައި ރަޖިސްޓްރީވާން އެދިއްޖެ

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު އަލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވަކި އުސޫލުތަކެއްގެ މަތިން ކަމަށާއި، އެ ބާޒާރުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލެއްވާ ފަރާތްތަކުން ކުޅުދުއްފުށީ ކައުންސިލްގައި ރަޖިސްޓްރީވުން އެ ކައުންސިލުން އެދިއްޖެއެވެ. ކުޅުދުއްފުށީ ކައުންސިލުން މިރޭ އާންމު ކުރި އާންމު މަޢުލޫމާތުގައި ބުނީީ، ކޮވިޑް-19 ރޯގާއާއީ ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކްފޯސްގެ ފަރާތުން ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ވަކި އުސޫލު ތަކަކާއި އިންތިޒާމު ތަކެއްގެ މަތިން އަލުން ފެށުމަށް މަ...

ޔުމްނާ ޢަލީ
ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި އެޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައެވެ. އެ އޮޕަރޭޝަނުގައި، ކުޅުދުއްފުށި ބަނދަރު ސަރަހ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބިބަޔަކު ބިދޭސީއަކަށް ހަމަލާދީ ފޭރިގެންފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބިބަޔަކު ބިދޭސީއަކަށް ހަމަލާދީ ފޭރިގެންފި

ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބިބަޔަކު ބިދޭސީއަކަށް ހަމަލާދީ ވޮލެޓު ފޭރިގެންފި ކަމަށް ފުލުހުން ބުނެފިއެވެ. މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހދ. ކުޅުދުއްފުށީގައި ރޭ 10:30 އެހާކަންހާއިރު ބަންގަލަދޭޝް ފިރިހެނަކު މަގުމަތިން ހިނގާފައި ދަނިކޮށް މޫނު ނިވާކޮށް ސައިކަލެއްގައި ދިޔަ ދެ މީހަކު ދަނޑިބުރިއަކުން އޭނާއަށް ހަމަލާދީ ވޮލެޓް ފޭރިގެންފައިވާ ކަމަށެވެ. މި މާރާމާރީގައި ބިދޭސީ މީހާގެ ވާތްފަރާތު ބުމައިގެ މަތިން އިންޗިއެއްހާތަން ފަޅައިގެން ގޮސްފައިވާކަމަށާއި އަދި އެމިހާގެ ކަނާތަށ...

ޔުމްނާ ޢަލީ
ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކުޅުދުއްފުށިން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. ކުޅުދުއްފުށީގައި ބަޔަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި އެޕްރީލް މަހު...

ޝިއުނާ އާދަމް
ސަރުކާރު ބަންދު ދުވަސްތަކުގައި ކުޅުދުއްފުށީ ކައުންސިލުން ބައެއް ޚިދުމަތްތައް ދެނީ 📍 ހދ. ކުޅުދުއްފުށި

ސަރުކާރު ބަންދު ދުވަސްތަކުގައި ކުޅުދުއްފުށީ ކައުންސިލުން ބައެއް ޚިދުމަތްތައް ދެނީ

ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި ބައެއް މުހިންމު ޚިދުމަތްތައް ކުޅުދުއްފުށީ ކައުންސިލުން ލިބޭ ގޮތަށް އެ ކައުންސިލުން ހަމަޖައްސައިފިއެވެ. ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު ބަންދު ކުރައްވާފައިވާ މުއްދަތުގައި އެ އިދާރާއިން އުފަންދުވަހުގެ ރެޖިސްޓްރީއާއި ސެޓްފިކެޓް ހެއްދުން، ރަށްވެހިވުން އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ދޫކުރުމުގެ ޚިދުމަތް ލިބޭ ގޮތަށް ހަމަޖައްސާފައި ވާކަމަށެވެ. https://www.facebook....

ޝިއުނާ އާދަމް