މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
މިއަދު ކުޅުދުއްފުށީގައި ނިޔާވި ކެލާ މީހާގެ މަރަކީ ކޯވިޑް މަރެއް: އެޗްޕީއޭ 📍 ހއ. ކެލާ

މިއަދު ކުޅުދުއްފުށީގައި ނިޔާވި ކެލާ މީހާގެ މަރަކީ ކޯވިޑް މަރެއް: އެޗްޕީއޭ

ކުޅުދުއްފުށީގައި ހުންނަ ކޭޕީއެލް ކަރަންޓީނު ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ހއ. ކެލާ މީހާ ނިޔާވެފައި ވަނީ ކޯވިޑް ބަލީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ކުޅުދުއްފުށީ ކަރަންޓީނު ފެސިލިޓީގައި ބަހައްޓައިގެން ފަރުވާ ދެމުންދިޔަ ކެލާ، އުމުރުން 58 އަހަރުގެ މީހާއަކީ ކެލާގައި ހޯމްކަރަންޓީނުގައި ހުރުމަށްފަހު ފަރުވާއަށް ކުޅުދުއްފުއްޓަށް ގޮސްހުރި، ކެންސަރު ބަލީގެ މީހެކެވެ. އެމީހާ ބަލިވެގެން ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ އިއްޔެ އެވެ. އަދި އޭނާ ކެލާގައި ހޯމް ކަރ...

ޔުމްނާ ޢަލީ
6 މަރާއެކު ކުޅުދުއްފުށީ ޖަމާއަތްތެރިންނަށް އަސަރުހުރި 2 ދުވަސް 📍 ހދ. ކުޅުދުއްފުށި

6 މަރާއެކު ކުޅުދުއްފުށީ ޖަމާއަތްތެރިންނަށް އަސަރުހުރި 2 ދުވަސް

ވޭތުވި 2 ދުވަސް ވެފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ޖަމާއަތްތެރިންނަށާއި، އެ ސިޓީގައި މަރުވާ މީހުން ވަޅުލުމުގައި ޝާމިލްވާ މީހުންނަށް އަސަރު ހުރި 2 ދުވަހެވެ. ވޭތުވި 48 ގަޑިއިރުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީގައި މަރުވި މީހުން ވަޅުލުމުގެ އެންމެހާ ކަންކަން އެރަށުގެ ޖަމާއަތްތެރިންނާއި، ސަހަރާގައި މަސައްކަތްކުރާ މީހުން ވަނީ ހިތްދަތިކަން ހިތްތަކަށް ލިބުނު ނަމަވެސް ހިތްވަރާއިއެކު އެމީހުންގެ ވާޖިބު އަދާކޮށްފަ އެވެ. އާންމުގޮތެއްގައި މީހުން މަރުވާ ޢަދަދާއި ޚިލާފަށް ވޭތުވި 2 ދުވަހު އެ ސިޓީގައި ވަނީ […]

ހުސައިން ހަބީބް
އިއްޔެ ކުޅުދުއްފުށިން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް: ކޭއާރުއެޗް

އިއްޔެ ކުޅުދުއްފުށިން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް: ކޭއާރުއެޗް

ރަށު ތެރޭގައި ކޯވިޑް-19 ފެތުރިފައި ވޭތޯ ބެލުމުގެ ގޮތުން އިއްޔެ ކުޅުދުއްފުށީގައި ނެގި ރެންޑަމް ސާމްޕަލް ތަކުގެ ނަތީޖާ ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ. އެ ހޮސްޕިޓަލުން މިއަދު ބުނީ އިއްޔެ ޖުމްލަ 72 ސާމްޕަލް ކުޅުދުއްފުށިން ނަގާފައި ވާ ކަމަށެވެ. އިއްޔެ އެރަށުން ނެގި ސާމްޕަލްތައް ކޯވިޑަށް ނެގެޓިވްވުމާއި ގުޅިގެން ކޭއާރުއެޗްއިން ބުނީ ދުޢާ އަކީ ކޯވިޑްގެ ބަލިމަޑުކަން ކުޅުދުއްފުށީގައި ނެތުން ކަމަށާއި، އަދި އެ ބަލި އެރަށަށް ނައުން ކަމަށެވެ. […]

ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި

ހދ. ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަދުން ނަގައިފި އެވެ. މޮނިޓަރިންގ އުވާލިކަން އަންގާ ލިއުން ހިއްސާކުރަމުން ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ މިރޭ (30 އޯގަސްޓް 2020) ގެ 23:12 ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގއިން ނަގާފައިކަމަށާއި އެހެންނަމަ ވެސް ހުރިހާ ފަރާތްތަކުން ވެސް ބަލިން ރައްކާތެރިވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅުއްވަން އިލްތިމާސް ކުރާކަމަށެވެ. ހދ. ކުޅުދުއްފުށިން މާލެ ފޮނުވާލި ކުއްޖަކު ކޯވިޑްއަށް ޕޮޒިޓިވް ވުމާގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވުނީ 29 އޯގަސްޓް 2020...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށިން ފުރަތަމަ ޓެސްޓުކުރި 24 މީހުން ނެގެޓިވް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން ފުރަތަމަ ޓެސްޓުކުރި 24 މީހުން ނެގެޓިވް

ހދ. ކުޅުދުއްފުށިން މާލެ ފޮނުވާލި ކުއްޖަކު ކޯވިޑްއަށް ޕޮޒިޓިވް ވުމާގުޅިގެން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވިގެން ފުރަތަމަ ޓެސްޓް ކުރެވުނު 24 މީހުންގެ ޓެސްޓް ނަތީޖާ ނެގެޓިވް ކަމަށް ދައްކައިފިއެވެ. އެކޭސް އާގުޅިގެން މިހާތަނަށް 60 މީހަކު ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، ޓެސްޓްކޮށްފައިވަނީ އެކުއްޖާއާ އެންމެ ބޮޑަށް ކޮންޓެކްޓްވީ 24 މީހެކެވެ. އޭގެތެރޭގައި އެކުއްޖާއަށް ފަރުވާދިނުމުގައި އުޅުނު ތިން ނަރުހަކުވެސް ހިމެނެއެވެ. ކުޅުދުއްފުށިން މާލެ ފޮނުވާލި 7 އަހަރުގެ ކުއްޖ...

ޔުމްނާ ޢަލީ
ކޭއާރުއެޗްއަށް ޒިޔާރަތް ކުރެވޭނީ އިމަރޖެންސީ ހާލަތްތަކުގައި، އޯޕީޑީގެ ޚިދުމަތް ވެސް މެދުކަނޑާލައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗްއަށް ޒިޔާރަތް ކުރެވޭނީ އިމަރޖެންސީ ހާލަތްތަކުގައި، އޯޕީޑީގެ ޚިދުމަތް ވެސް މެދުކަނޑާލައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އޯޕީޑީގެ ހިދުމަތް މެދުކަނޑާލައި، އިމަރޖެންސީ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ. އެ ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ފޮނުވި އުމުރުން 7 އަހަރުގެ ކުއްޖެއް ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ މިހާރު އޮތީ މޮނިޓަރިން ހާލަތުގައެވެ. އެ ހޮސްޕިޓަލުން ބުނެފައި ވަނީ އެ ހޮސްޕިޓަލްގެ އޯޕީޑީގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށާއި ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން ރަށްރަށުގެ ހެލްތް ސެންޓަރުތައް މެ...

ޔުމްނާ ޢަލީ
އިތުރު ފަރުވާއަށް މާލެ ފޮނުވި ކުއްޖެއް ޕޮޒިޓިވްވުމުން ކުޅުދުއްފުށި މޮނީޓަރިން އަށް 📍 ހދ. ކުޅުދުއްފުށި

އިތުރު ފަރުވާއަށް މާލެ ފޮނުވި ކުއްޖެއް ޕޮޒިޓިވްވުމުން ކުޅުދުއްފުށި މޮނީޓަރިން އަށް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން އިތުރު ފަރުވާއަށް މާލެ ފޮނުވި ކުއްޖެއް ޕޮޒިޓިވްވުމާއި ގުޅިގެން ހދ ކުޅުދުއްފުށި ސިޓީ މޮނީޓަރިން އަށް ގެނެސްފިއެވެ. ކޭއާރުއެޗުގައި އެޑްމިޓްކޮށްގެން ފަރުވާކުރަމުންއައި އެކުއްޖާ މާލެ ފޮނުވާލީ ޗާޓަރު ފްލައިޓެއްގައި އިއްޔެ އެވެ. ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ބުނެފައިވަނީ މިކޭސް އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ޓަކާ ރަށް މޮނިޓަރިންގް ގެ ހާލަތަށް ލާފައި ވާކަން އަންގާ ފައިވާކަމަށެވެ. ގޭގައި މަޑު ކުރެއްވުމަށާ ކޮންމެހެން ނުކުއްނަނ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށިން ބިމެއް ވިއްކާކަށް، މިސަރުކާރަކުން ނޫޅޭ: ލަތީފް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން ބިމެއް ވިއްކާކަށް، މިސަރުކާރަކުން ނޫޅޭ: ލަތީފް

ކުޅުދުއްފުށި ސިޓީން ބިމެއް ވިއްކާކަށް، މިސަރުކާރަކުން ނޫޅޭކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ. ލަތީފް މިހެން ބުނެފައިވަނީ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައެވެ. މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް “ތިލަދުން” އިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ލަތީފް ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރަން ނިންމާފައިވާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓާ ހަދަން ބޭނުންވާ ބިން ވިއްކާލަން އުޅޭކަމަށްބުނެ ގިނަ ބަޔަކު ލަތީފް އަށް ގުޅަމުން އަންނަ ކަމަށެވެ. އ...

އަލީ އާދިލް
ކާށިދޫއާއި ފާދިއްޕޮޅުގެ ރައްޔިތުން، ސިއްޙީ ޚިދުމަތް ހޯދުމަށް "މާލެ ނޫންގޮތެއް" ހޯދައިފި 📍 ހދ. ކުޅުދުއްފުށި

ކާށިދޫއާއި ފާދިއްޕޮޅުގެ ރައްޔިތުން، ސިއްޙީ ޚިދުމަތް ހޯދުމަށް "މާލެ ނޫންގޮތެއް" ހޯދައިފި

ކޯވިޑް19 އާއި ގުޅިގެން ގުރޭޓަރ މާލެ ލޮކްޑައުންކުރުމާއި ގުޅިގެން ސިއްހީ ހިދުމަތްތަައް ހޯދުމަށް މާލެއަށް ދިއުމަށް ދަތިވެފައިވާތީ ކ. ކާށިދޫއާއި ފާދިއްޕޮޅުގެ ރައްޔިތުން، ސިއްހީ ޚިދުމަތް ހޯދުމަށް “މާލެ ނޫންގޮތެއް” ހޯދައިފި އެވެ. ރައްޔިތުންނަށް ފަސޭހަ ކަމާއެކު މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކ.ކާށިދޫ، މައިދޫ ސްޕީޑުން ހާއްސަ ދަތުރުތަކެއް އަންނަނީ ކުޅުދުއްފުށި ސިޓީއަށް ކުރަމުންނެވެ. ކާށިދޫއާއި މާލެއާއި ދެމެދު ދަތުރުކުރާ ފެރީ ލޯންޗެއް ކަމުގައިވާ މައިދޫ ސްޕީޑް ލޯންޗުން ކުޅުދުއްފުށި ސިޓީގެ އިތުރުން ހިންނަ...

އަލީ އާދިލް
އަފީފުއްދީން ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ އެހީތެރިކަން އެ ސްކޫލަށް 📍 ހދ. ކުޅުދުއްފުށި

އަފީފުއްދީން ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ އެހީތެރިކަން އެ ސްކޫލަށް

ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ އެހީތެރިކަން އެ ސްކޫލަށް ފޯރުކޮށް ދީފިއެވެ. މިގޮތުން އެ ސްކޫލުން ފުރަތަމަ އޯލެވެލް ނިންމި ދަރިވަރުންގެ ފަރާތުން އެ ސްކޫލަށް ވަނީ 7 ހާސް ރުފިޔާގެ، ފައިސާގެ އެހީތެރިކަން ފޯރު ކޮށްދީފައި އެވެ. އެ އެހީތެރިކަމާއި ގުޅިގެން އަފީފުއްދީން ސްކޫލުން ބުނެފައި ވަނީ އެ ސްކޫލުން އެންމެ ފުރަތަމަ އޯލެވެލް ނިންމި ބެޗްގެ ދަރިވަރުންގެ ފަރާތުން ސްކޫލަށް ދިން ހަދިޔާއާއިއެކު އެކުދިންގެ ހިތުގައި ސްކޫލަށް އޮތް […]

ޝިއުނާ އާދަމް
ބޯކޮށް ވާރޭވެހި ކުޅުދުއްފުށީ ސިޓީގެ ބައެއް ގެތަކަށް ފެން ވަދެއްޖެ 📍 ހދ. ކުޅުދުއްފުށި

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީ ސިޓީގެ ބައެއް ގެތަކަށް ފެން ވަދެއްޖެ

މިހާރު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރާގައި ކުޅުދުއްފުށީ ސިޓީއަށް ބޯކޮށް ވާރޭ ވެހި، އެ ސިޓީގެ ބައެއް ގޭ ތަކަށް ފެން ވަދެއްޖެ އެވެ. އެމްއެންޑީއެފްއިން ބުނީ މި ވިއްސާރާގައި ކުޅުދުއްފުށީ ސިޓީގެ 5 ގެއަކަށް ފެން ވަދެފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވާ ކަމަށެވެ. އެ ސިޓީއަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަޙައްދު ތަކުގައި ފެން ބޮޑުވެފައިވާ ކަމުގެ ރިޕޯޓު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ނޯތު އޭރިއާގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރި […]

ޝިއުނާ އާދަމް
ކުޅުދުއްފުށީގައި "ހަތަރުދަން 1441" ނަމުގައި ކަނޑުތެލަގަ އެރުވުމުގެ ހަރަކާތެއް ބާއްވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި "ހަތަރުދަން 1441" ނަމުގައި ކަނޑުތެލަގަ އެރުވުމުގެ ހަރަކާތެއް ބާއްވައިފި

މިއަހަރުގެ އަޟްހާ ޢީދު ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށި ސިޓީގައި “ހަތަރުދަން 1441” މިނަމުގައި 24 ގަޑިއިރު ކަނޑުތެލަގަ އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ އެއާޕޯޓު ބީޗް ސަރަހައްދުގައި އިއްޔެ ހަވީރު ފެށިގެން ކުރިއަށްދިޔަ މިހަރަކާތުގައި 40 އަށްވުރެ ގިނަ ކައިޓު ސާފަރުން ވަނީ ބައިވެރިވެފައެވެ. ކުޅުދުއްފުށީ ކައިޓްބޯޑިންގއިން އިންތިޒާމކޮށްގެން ކުރިއަށް ގެންދިޔަ މިހަރަކާތް ނިންމާލާފައިވަނީ މިއަދު ހަވީރުއެވެ. މިއީވަރަށް އުފާވެރި މަންޒަރުތަކެއްކަމަށާއި މިހަރަކާތުގައި ބައިވެރިވި ޒ...

އިބްރާހިމް އަސްވާޤް
ބޯކޮށް ވާރޭވެހި ކުޅުދުއްފުށީ ބައެއް ގެތަކަށް ފެންވަދެއްޖެ 📍 ހދ. ކުޅުދުއްފުށި

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީ ބައެއް ގެތަކަށް ފެންވަދެއްޖެ

މިހާރު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރައިގައި، ހދ. ކުޅުދުއްފުށްޓަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން އެރަށުގެ ބައެއް ގެތަކަށް ފެންވަނުމުގެ އިތުރުން އެރަށުގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ އެ ރަށުގައި ފެންބޮޑުވުމާއި ގުޅިގެން ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ކުރަމުން އަންނަކަން ހާމަކުރައްވާ އެ ފަރާތުން މިއަދު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ މިހާރު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރާގައި ހދ.ކުޅުދުއްޓަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ބައެއް މަގުތަކުގަ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށިން ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރި 2 މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށިން ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރި 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހދ.ނޮޅިވަރަމަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ކުޅުދުއްފުށިން ފުރައިގެން ނޮޅިވަރަމަށް ދަތުރުކުރަމުންދާ ދާ ފެރީއަކުން ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޖުލައި 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 22 އަހަރާއި، 24 އަހަރުގެ ދިވެހި ދެ ފ...

ޔުމްނާ ޢަލީ
މާދަމާއިން ފެށިގެން ކޭއާރުއެޗްގައި މެމޯގުރަފީގެ ހިދުމަތް ފަށަނީ 📍 ހދ. ކުޅުދުއްފުށި

މާދަމާއިން ފެށިގެން ކޭއާރުއެޗްގައި މެމޯގުރަފީގެ ހިދުމަތް ފަށަނީ

މާދަމާއިން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި މެމޯގުރަފީގެ ހިދުމަތް ފެށިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލްގައި މެމޯގުރަފީގެ ހިދުމަތް ފެށިގެން ދިޔުމުން އުރަމަތީގެ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މީގެ އިތުރުން ރައްޔިތުންގެ މި ހިދުމަތް ހޯދަން އުފުލާ ތަކުލީފަށާއި ޖީބަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ކަމަށާއި، އަދި ބަލީގެ ކުރީކޮޅު ބަލި ދެނެގަތުމަށް ބޮޑު […]

ޔުމްނާ ޢަލީ