މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވާރކްޝޮޕެއް ތަރައްޤީ ކުރުމަށް ބެންޒީއަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވާރކްޝޮޕެއް ތަރައްޤީ ކުރުމަށް ބެންޒީއަށް

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވާރކްޝޮޕެއް ތަރައްޤީ ކުރުމަށް ބެންޒީ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ ފެސިލިޓީތަކާއި މުނިސިޕަލް މަސައްކަތްތަކަށް ބޭނުންވާ ކުދި މަރާމާތުތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމެވެ. މީގެ ތެރޭގައި ވަޑާމާއި ވެލްޑިންގ ފަދަ މަސައްކަތްތައް ކުރުމަށް މުވައްޒަފުންނަށް އެކަށީގެންވާ ވަޞީލަތްތަކާއި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރ...

ޔުމްނާ ޢަލީ
''ކުޅުދުއްފުށި K5'' ސެޕްޓެމްބަރު 25 ގައި، ރަޖިސްޓްރީވުމަށް ބޮޑު ތަރުހީބެއް 📍 ހދ. ކުޅުދުއްފުށި

''ކުޅުދުއްފުށި K5'' ސެޕްޓެމްބަރު 25 ގައި، ރަޖިސްޓްރީވުމަށް ބޮޑު ތަރުހީބެއް

ކުޅުދުއްފުށީ ރަނާސް އިން އިންތިޒާމް ކޮށްގެން ބާއްވާ “ކުޅުދުއްފުށި K5” ގެ ދެވަނަ ރޭހުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމާއެކު ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ. ފޯރިގަދަ ހަރަކާތްތަކަކާއެކު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރޯޑު ރޭސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށެވެ. މިއީ ކުޅުދުއްފުށި K5 ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ބޭއްވި މި ދުވުމުގެ ފުރަތަމަ ރޭހަށްވެސް ވަނީ ބޮޑު ތަރުހީބެއް […]

ޔުމްނާ ޢަލީ
ސިޓީ ކައުންސިލްގެ މަޝްވަރާއާއެކު ކުޅުދުއްފުށީ އިސްލާމީ މަރުކަޒުގެ ޑިޒައިނަށް ބަދަލުގެނެސް ލަހެއްނުވެ މަސައްކަތް ފެށޭނެ: ޝަހީމް 📍 ހދ. ކުޅުދުއްފުށި

ސިޓީ ކައުންސިލްގެ މަޝްވަރާއާއެކު ކުޅުދުއްފުށީ އިސްލާމީ މަރުކަޒުގެ ޑިޒައިނަށް ބަދަލުގެނެސް ލަހެއްނުވެ މަސައްކަތް ފެށޭނެ: ޝަހީމް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުށަހެޅި އިސްލާހުތަކާ އެއްގޮތަށް އެ ރަށު އިސްލާމީ މަރުކަޒުގެ ޑިޒައިނަށް ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ލަހެއްނުވެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކުޅުދުއްފުށީގައި އިސް...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ ތަރައްޤީއާއި މަޝްރޫޢުތަކަށް ފައިސާ ހޯދާނެ ގޮތްތަކާމެދު ޖައިކާއާއެކު މަޝްވަރާކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީއާއި މަޝްރޫޢުތަކަށް ފައިސާ ހޯދާނެ ގޮތްތަކާމެދު ޖައިކާއާއެކު މަޝްވަރާކޮށްފި

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މިސްޓަރ މޮޓޫ ޓާކީ އާއި، ޔުނިވަރސިޓީ އޮފް ޓޯކިޔޯގެ ޕްރޮފެސަރ އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ޖައިކާ ޝޯޓް-ޓާމް އިކޮނޮމިކް ޕޮލިސީ އެޑްވައިޒަރ ޕްރޮފެސަރ ތޯޝީރޯ ނިޝިޒާވާ ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އެ ސިޓީގެ ކައުންސިލާއެކު މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސ...

ޝިއުނާ އާދަމް
ޖައިކާގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އާއި ޓޯކިޔޯ ޔުނިވަރސިޓީގެ ޕްރޮފެސަރަކު ކުޅުދުއްފުށި ސިޓީއަށް 📍 ހދ. ކުޅުދުއްފުށި

ޖައިކާގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އާއި ޓޯކިޔޯ ޔުނިވަރސިޓީގެ ޕްރޮފެސަރަކު ކުޅުދުއްފުށި ސިޓީއަށް

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މިސްޓަރ މޮޓޫ ޓާކީ އާއި، ޔުނިވަރސިޓީ އޮފް ޓޯކިޔޯގެ ޕްރޮފެސަރ އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ޖައިކާ ޝޯޓް-ޓާމް އިކޮނޮމިކް ޕޮލިސީ އެޑްވައިޒަރ ޕްރޮފެސަރ ތޯޝީރޯ ނިޝިޒާވާ ކުޅުދުއްފުށި ސިޓީއަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބޭފުޅުން ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ އެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބް...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި މަގުކޮނުމުގެ މަސައްކަތް ކުރުމުގެ ލައިސަންސް 7 ފަރާތަކަށް ދޫކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މަގުކޮނުމުގެ މަސައްކަތް ކުރުމުގެ ލައިސަންސް 7 ފަރާތަކަށް ދޫކޮށްފި

ކުޅުދުއްފުށި ސިޓީގައި މަގުކޮނުމުގެ މަސައްކަތް ކުރުމަށްޓަކައި ހަތް ފަރާތަކަށް މަގުކޮނުމުގެ ލައިސަންސް ދޫކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ސިޓީގައި މަގުކޮނުމުގެ މަސައްކަތް ކުރެވޭނީ ހަމައެކަނި މި ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ލައިސަންސް ދޫކުރުމާއެކު، މަގު ކޮނެ، މަގުގައި ތަކެތި ވަޅުލުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މަގުގައި ތަކެތި ވަޅުލައިގެން އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ކަމ...

ޝިއުނާ އާދަމް
ކުޅުދުއްފުށީގެ އުފެއްދުންތައް ވިއްކަން ހާއްސަ ފިހާރައެއް ސިޓީ ކައުންސިލުން ތަރައްގީކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ އުފެއްދުންތައް ވިއްކަން ހާއްސަ ފިހާރައެއް ސިޓީ ކައުންސިލުން ތަރައްގީކުރަނީ

ހދ. ކުޅުދުއްފުށީ ސިޓީގެ މަސައްކަތްތެރިންގެ އުފެއްދުންތައް ވިއްކަން ”އޮތެންޓިކް ކުޅުދުއްފުށި ޝޮޕް”ގެ ނަމުގައި ފިހާރައެއް ތަރައްގީކުރުމަށް ސިޓީ ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. މޭޔަރު މިފަދައިން ވިދާޅުވެފައި ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވ...

ޔުމްނާ ޢަލީ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ތިލައިގައި ސިޓީ ކައުންސިލުން ''ޝިޕް ވްރެކެއް'' ގާއިމުކުރަނީ

ހދ. ކުޅުދުއްފުށީ ސިޓީގެ ތިލާގައި ”ޝިޕް ވްރެކް”އެއް (shipwreck) ގާއިމުކުމަށް ސިޓީ ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާކަމަށް ސިޓީގެ މޭޔަރު މުހައްމަދު އާތިފް ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. މޭޔަރު މިފަދައިން ވިދާޅުވެފައި ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލުގެ ބަޖެޓްގައި ހިމަނާފައިވާ ކަންކަމުގެ މައުލޫމާތު ރައްޔި...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ބާއްވާ ''އައިލެންޑް ކާނިވަލް'' ވެގެންދާނީ ރަށެއްގައި ބޭއްވޭ އެންމެ ބޮޑު ކާނިވަލަށް: އާތިފް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބާއްވާ ''އައިލެންޑް ކާނިވަލް'' ވެގެންދާނީ ރަށެއްގައި ބޭއްވޭ އެންމެ ބޮޑު ކާނިވަލަށް: އާތިފް

ކުޅުދުއްފުށީ ސިޓީގައި ބާއްވަން ސިޓީ ކައުންސިލުން ޕްލޭންކޮށްފައިވާ ”އައިލެންޑް ކާނިވަލް” ވެގެންދާނީ ރާއްޖޭގެ ރަށެއްގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ކާނިވަލަށްކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރޭ ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭގައި، އެ ކައުންސިލުން ހިންގާފައިވާ ހާއްސަ ހަރަކާތްތަކާއި ކުރިއަށްދާ މުހިންމު މަޝްރޫތައް ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީ...

ޔުމްނާ ޢަލީ
ކޭއާރުއެޗުން މާދަމާ ހެލްތު ސްކްރީނިން ޕްރޮގްރާމެއް 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުން މާދަމާ ހެލްތު ސްކްރީނިން ޕްރޮގްރާމެއް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން އިންތިޒާމުކޮށްގެން މާދަމާ ހާއްސަ ހެލްތު ސްކްރީނިން ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައިފިއެވެ. މި ޕްރޮގްރާމަކީ އާންމުންގެ ސިއްހީ ހާލަތު ދެނެގަތުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ސްކްރީނިން ޕްރޮގްރާމް އޮންނާނީ 31 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 އިން 18:00 އަށް، ގަލަދުން ޕާކް ސަރަހައްދުގައެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އެކި ބާވަތުގެ ސިއްހީ ޓެސްޓުތައް ހެދުމުގެ ފުރުސ...

ޔުމްނާ ޢަލީ
ދަނޑުތައް ބޭނުންކުރެވޭ ހާލަތުގައި ނެތުމުން ''ކުޅުދުއްފުށި ޗެމްޕިއަންޝިފް 2026''ގެ ބަދަލުގައި ފުޓްސަލް މުބާރާތެއް 📍 ހދ. ކުޅުދުއްފުށި

ދަނޑުތައް ބޭނުންކުރެވޭ ހާލަތުގައި ނެތުމުން ''ކުޅުދުއްފުށި ޗެމްޕިއަންޝިފް 2026''ގެ ބަދަލުގައި ފުޓްސަލް މުބާރާތެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބާއްވަމުން އަންނަ “ކުޅުދުއްފުށި ޗެމްޕިއަންޝިފް 2026″ގެ ބަދަލުގައި ދެ ޖިންސަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް އެ ކައުންސިލުން މިއަދު ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ އެ ކައުންސިލްގެ ފަސްވަނަ ދައުރުގެ 11 ވަނަ ޢާންމު ބައްދަލުވުމުގައެވެ. 29 ޖުލައި 2026 ގައި ބޭއްވި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 11 ވަނަ ޢާންމު ބައްދަލުވުމުގެ މި ނިންމުމުގައި ވަނީ، ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް، ކޮރަލްދަނޑު އަދި ހިރަފުސްދަނޑު [...

ޔުމްނާ ޢަލީ
ހދ.އަތޮޅަކީ ފަޅުރަށްތައް މަދު އަތޮޅެއް، އަތޮޅުގެ ރީތި ރަށަކަށް ކުނި ޖަމާކުރުމާ ދެކޮޅު: އާތިފް

ހދ.އަތޮޅަކީ ފަޅުރަށްތައް މަދު އަތޮޅެއް، އަތޮޅުގެ ރީތި ރަށަކަށް ކުނި ޖަމާކުރުމާ ދެކޮޅު: އާތިފް

ސިނާއީ ރަށް ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. އަތޮޅުގައި އޮންނަ ފަޅުރަށެއްކަމަށްވާ ކުނބުރުދޫ އަށް ގެންދަން ނިންމާފައިވާކަމަށް ވެމްކޯއިން ބުނުމުން އެކަމާ ދެކޮޅުކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލާއި ހަވާލާދީ ”މިހާރު” ނޫހުގައި މިއަދު ޝާޢިއުކުރި ޚަބަރެއްގައި ބުނެފައި ވަނީ ވެމްކޯ ސައިޓްގައި އެނދި ކުނިތައް އެތަނުން ނަގައި، ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖު...

ޔުމްނާ ޢަލީ
ޕިކްޕޯސްޓް ޚިދުމަތް އަތޮޅު ތަކަށް، ފުރަތަމަ ކުޅުދުއްފުށި ސިޓީއަށް 📍 ހދ. ކުޅުދުއްފުށި

ޕިކްޕޯސްޓް ޚިދުމަތް އަތޮޅު ތަކަށް، ފުރަތަމަ ކުޅުދުއްފުށި ސިޓީއަށް

މޯލްޑިވްސް ޕޯސްޓްގެ ޚިދުމަތްތައް ޒަމާނީކޮށް ފުޅާކުރުމުގެ ގޮތުން، އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ފެށި “ޕިކްޕޯސްޓް” ޚިދުމަތް ފުރަތަމަ ފަހަރަށް ކުޅުދުއްފުށި ސިޓީގައި ތަޢާރަފުކޮށްފިއެވެ. މި ޚިދުމަތާއެކު ކުޅުދުއްފުށީގައި ދެމުންދިޔަ ޕޯސްޓްގެ ޚިދުމަތްތައް މިހާރު ވަނީ އެ ސިޓީގެ ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގްގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބަދަލުކޮށްފައެވެ. 26 ޖުލައި 2026 ގައި ކުޅުދުއްފުށީގައި ރަސްމީކޮށް ފެށި މި ޚިދުމަތުގެ ސަބަބުން، ޕާރުސަލް ނެގުމަށްޓަކައި ކިއު އެއްގައި މަޑުކުރަން...

ޔުމްނާ ޢަލީ
މަދަދުވެނި 4.0 ޔޫތު ކްލައިމެޓް އިނޮވޭޝަން ޗެލެންޖް ކުޅުދުއްފުށީގައި ބާރުސްޕީޑުގައި ކުރިއަށް 📍 ހދ. ކުޅުދުއްފުށި

މަދަދުވެނި 4.0 ޔޫތު ކްލައިމެޓް އިނޮވޭޝަން ޗެލެންޖް ކުޅުދުއްފުށީގައި ބާރުސްޕީޑުގައި ކުރިއަށް

ދިވެހި ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން އިންތިޒާމުކޮށްގެން ކުޅުދުއްފުށި ސިޓީގައި ބާއްވާ “މަދަދުވެނި 4.0 ޔޫތު ކްލައިމެޓް އިނޮވޭޝަން ޗެލެންޖް” ވަރަށް ބާރުމިނުގައި ކުރިއަށް އެބަދެއެވެ. މި ކެމްޕުގެ ހަތަރުވަނަ ދުވަހަށް ވާސިލުވިއިރު، ބައިވެރިވާ ހަތަރު ޓީމަކުން ދަނީ މިހާތަނަށް ދަސްކުރި ކަންތައްތައް އަމަލީ މަސައްކަތަށް ބަދަލުކުރަމުންނެވެ. އެމް.އާރް.ސީން ބުނިގޮތުގައި ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި، ބައިވެރިން ވަނީ މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ދިރުންތަކުގެ މުއ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގެ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް "ވިލުންވެށި" ގްރާންޓާ ގުޅޭ މަޢުލޫމާތު ދީފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް "ވިލުންވެށި" ގްރާންޓާ ގުޅޭ މަޢުލޫމާތު ދީފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހޯމް ގާރޑެނިންގ، ހައިޑްރޮޕޯނިކްސް އަދި ވާޓިކަލް ފާމިންގ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް އެސް.އެމް.އީ ޑިޖިޓަލްގެ “ވިލުންވެށި” ގްރާންޓަށް އެދި ހުށަހަޅާނެ ގޮތުގެ ތަފްޞީލު މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި ސެޝަނަކީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް އަމާޒުކޮށްގެން ރޭ ކުރިއަށް ގެންދިޔަ އޮންލައިން ސެޝަނެކެވެ. މި ސެޝަންގެ މައިގަނޑު ބޭނުމަކީ ވިލުން...

ޝިއުނާ އާދަމް