📍 ހދ. ކުޅުދުއްފުށި
އެންމެ އިސްކަމެއް ދޭނީ ކުޅުދުއްފުށީ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތެއް ހޯދުން: އާތިފް
އެންމެ އިސްކަމެއް ދޭނީ ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތެއް ހޯދުން ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އާތިފް މިހެން ވިދާޅުވެފައިވަނީ ރޭގައި އެރަށުގައި ބޭއްވި ރަށްވެހި ފަތިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ އިންތިހާބު ވެއްޖެ ނަމަ އެންމެ ފުރަތަމަ ކުރާނެ ކަމަކީ އެ ސިޓީގެ ތަރައްގީގެ ޕްލޭން ހެދުން ކަމަށެވެ. އަޅުގަނޑުމެންގެ ކައުންސިލެއްގެ...