މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ސިޓީއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް!

ކުޅުދުއްފުށީ ސިޓީން ނެގި ހުރިހާ ރެންޑަމް ސާމްޕަލްއެއްގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗްއިން ވިދާޅުވިގޮތުގައި އެ ސިޓީއިން 134 ރެންޑަމް ސާމްޕަލްއެއް ނެގިއެވެ. މިރޭ ވެސް އެ ސިޓީގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. ކުޅުދުއްފުށީ ސިޓީ މިހާރު އޮތީ މޮނިޓަރިން ހާލަތުގައި ކަމަށް ވުމާއެކު، އެ ހާލަތުން ވީހާވެސް އަވަހަކަށް އަރައިގަތުން މި ސާމްޕަލްތަކުގެ ނަތީޖާއާ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީގައި މިއަދު ރެންޑަމް ސާމްޕަލް ނަގަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގައި މިއަދު ރެންޑަމް ސާމްޕަލް ނަގަނީ

ކުޅުދުއްފުށީ ސިޓީގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗްއިން ވިދާޅުވިގޮތުގައި މިއަދު ހަވީރު 18:00 އާއި ހަމައަށް އެ މަސައްކަތް ކުރިއަށް ދާނެއެވެ. މިގޮތުން އެ ހޮސްޕިޓަލްގެ މުވައްޒަފުން ދަނީ ރަށުގެ އެކި ހިސާބުތަކުގައި ތިބެ، ރެންޑަމް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދުތަކަށް ގޮސް، އެ މަސައްކަތަށް އެއްބާރުން ދިނުމަށް އެ ސިޓީގެ ރައްޔިތުން ކިބައިން ކޭއާރުއެޗްއިން ވަނީ އެދިފަ އެ...

ޝިއުނާ އާދަމް
ރައްކާތެރިވެ ތިބުމަށް ކުޅުދުއްފުށީ ކައުންސިލްގެ އިލްތިމާސްއެއް 📍 ހދ. ކުޅުދުއްފުށި

ރައްކާތެރިވެ ތިބުމަށް ކުޅުދުއްފުށީ ކައުންސިލްގެ އިލްތިމާސްއެއް

މާލެއާއި އަތޮޅު ތެރޭގައި ކޯވިޑް-19 ގެ ކޭސްތައް ގިނަވަމުންދާތީ، ފަރުދީ ޒިންމާ އަދާކުރުމާއެކު ރައްކާތެރިވެ ތިބުމަށް ކުޅުދުއްފުށީ ކައުންސިލްއިން، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ. މިގޮތުން މި ދަނޑިވަޅުގައި، ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންކަމަށް އިތުރަށް ސަމާލުވެ، ބައްޔަށް ހުށަހެޅި ބަލި ފެތުރޭނެ ފަދަ ކަންތައްތައް ނުކުރުމަށް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް އެ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގަ ވަނީ އިލްތިމާސްކޮށްފަ އެވެ. އެ އިއުލާންގައިވަނީ، ގެއިން ބޭރަށް ނުކުންނަ...

ޔުމްނާ ޢަލީ
ޕްރިންޓިންއަށް ޚާއްޞަ "ހުސްވީ ޕްރިންޓް" ކުޅުދުއްފުށީގައި ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ޕްރިންޓިންއަށް ޚާއްޞަ "ހުސްވީ ޕްރިންޓް" ކުޅުދުއްފުށީގައި ހުޅުވައިފި

ޕްރިންޓިންއާއި ޓެކްނޮލޮޖީއާ ގުޅުންހުރި އެކި މުދަލާއެކު ‘ހުސްވީ ޕްރިންޓް’ މިހާރު ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ. ހުސްވީ ޕްރިންޓުގެ މެނޭޖަރު، އިސްމާއިލް އަހްމަދު ވިދާޅުވި ގޮތުގައި މިއީ އަގުހެޔޮ ކޮލިޓީ ޕްރިންޓިންގް ޚިދުމަތްތައް ކުޅުދުއްފުއްޓަށާއި ކައިރި ރަށްރަށަށް ފޯރުކޮށްދިނުމުގެ އުންމީދުގައި ހުޅުވިގެންދިޔަ ފިހާރައެކެވެ. އަދި ‘ހުސްވީ’ އިން މިހާރުވެސް މާލޭގައި ވިއްކަމުންދާ އެކި ޓެކް ޕްރޮޑަކްޓުތައް މާލޭއާއި އެއް އަގެއްގައި ކުޅުދުއްފުށީގެ ހުސްވީ ޕްރިންޓުން ލިބޭނެ ކަމަށް ‘ހުސްވީ’ މެނޭޖިން ޑިރެކް...

އިބްރާހިމް އަސްވާޤް
ޢާޠިފާ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކޮށްފި 📍 ހދ. ކުޅުދުއްފުށި

ޢާޠިފާ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކޮށްފި

ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް އެ ސިޓީގެ މެދު ދެކުނު ދާއިރާގެ އިންތިޚާބީ ކައުންސިލް މެންބަރު، ޢާޠިފާ ޢަލީ ޝައުގުވެރިކަން ފާޅުކުރަށްވައިފިއެވެ. ”ތިލަދުން”އިން ޢާޠިފާއާއި ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން އެބަހުރިކަމަށާއި، އެގޮތަށް ކުރިއަށް ވަޑައިގަންނަވަން ނިންމަވައިގެން ހުންނެވި ކަމަށެވެ. “މާތް ﷲގެ އިރާދަފުޅާއެކު އަޅުގަނޑު މިހިރީ ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލާން ނިންމައިގެން، އަޅުގަނޑަށް ތާއީދު ކުރާ ވަރަށް ގިނަ ފަރާތްތ...

ޔުމްނާ ޢަލީ
ތިލަދުންމަތީ ހުނަރުވެރިން: ސުމައްޔާގެ މޭކަޕްގެ ޖާދޫ! 📍 ހދ. ކުޅުދުއްފުށި

ތިލަދުންމަތީ ހުނަރުވެރިން: ސުމައްޔާގެ މޭކަޕްގެ ޖާދޫ!

އަނެއްކާ ވެސް ތަފާތު ހުނަރުވެރިއެކެވެ. ހދ.ކުޅުދުއްފުށީގެ ގިނަ ކައިވެނި ޚަފްލާތަކަށް މޭކަޕް ކޮށްދީ އެ ޚަފްލާތަށް އިތުރަށް ފުރިހަމަ ކޮށްދިނުމުގައި މިހާރު ކުޅުދުއްފުށީގެ އެންމެ މަޤުބޫލް އެއް މޭކަޕް އާޓިސްޓަކީ އެރަށު ފިނިފެންޖަންބުގޭ ސުމައްޔާ އިބްރާހީމެވެ. އެކުވެރިންގެ ނަމުންނަމަ ސުމައްޔާއެވެ. އާޓްގެ ތަފާތު މަސައްކަތްތަކަށް އެންމެ ކުޑައިރުއްސުރެ ވެސް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ސުމައްޔާ ތަޢުލީމް ހާސިލް ކޮށްފައި ވަނީ ވެސް އާޓްގެ ދާއިރާއިންނެވެ. ނަމަވެސް އެ ދުވަސްވަރު އުނގެނުމުގެ މަރުހަލާ ނިންމާލުމަށ...

އިބްރާހިމް ޚަލީލް
ވައުދުތައް ފުއްދައިދޭނެ ކަމުގެ ޔަގީންކަމާއެކު އާތިފްގެ ޝުކުރު! 📍 ހދ. ކުޅުދުއްފުށި

ވައުދުތައް ފުއްދައިދޭނެ ކަމުގެ ޔަގީންކަމާއެކު އާތިފްގެ ޝުކުރު!

ކައުންސިލް އިންތިޚާބުގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގަދައަޅައި މަސައްކަތް ކުރަށްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް އެ ސިޓީގެ ފުރަތަމަ އިންތިޚާބީ މޭޔަރު މުޙައްމަދު އާތިފް ޝުކުރު އަދާކުރަށްވައިފި އެވެ. މިމަހުގެ 10 ވަނަ ދުވަހުއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އާތިފް ވާދަކުރެއްވީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ ޓިކެޓްގައެވެ. މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ނަތީޖާއާއަށް ބަލާއިރު، އޭނާ އެ އ...

އަލީ އާދިލް
ދެ "ޢާތިފާ އަލީ"ގެ ގަދަހިފުމުން މޮޅުވީ "ދިވެހިގޭ ޢާތިފާ" 📍 ހދ. ކުޅުދުއްފުށި

ދެ "ޢާތިފާ އަލީ"ގެ ގަދަހިފުމުން މޮޅުވީ "ދިވެހިގޭ ޢާތިފާ"

ކުޅުދޫފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމަށް ފަހު ބޭއްވޭ ފުރަތަމަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެއް ގޮނޑިއަކަށް އެއް ނަމެއް ކިޔާ ދެ ބޭފުޅުން ވާދަ ކުރެއްވި އެވެ. ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާއަށް ދެ “ޢާތިފާ އަލީ” ގެ ގަދަހިފުމުން މޮޅުވީ “ދިވެހިގޭ ޢާތިފާ” އެވެ. ވާދަކުރެއްވި ދެ ކަނބަލުންވެސް އެއީ ވާދަވެރި ދެ ޕާޓީއަކަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. ސަރުކާރު މައި ޕާޓީއާއި އިދިކޮޅު ޕާޓީގެ ގަދަ ހިފުމެކެވެ. ދެ ކަނބަލުންނަކީ ކުޅުދުއްފުށްޓަށް އުފަން […]

އިބްރާހިމް އަސްވާޤް
ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބުނު ހަމަ އެކަނި ސިޓީ އަކަށް ކުޅުދުއްފުށި 📍 ހދ. ކުޅުދުއްފުށި

ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބުނު ހަމަ އެކަނި ސިޓީ އަކަށް ކުޅުދުއްފުށި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ސިޓީއަކަށް ހދ. ކުޅުދުއްފުށި ސިޓީ ވެއްޖެ އެވެ. އިލެކްޝަން ކޮމިޝަންއިން އާންމުކޮށްފައިވާ ވަގުތީ ނަތީޖައިން މިހާރު ދައްކާ ގޮތުން އެސިޓީގެ ހުރިހާ ގޮނޑިއެއް މިވަނީ އެމްޑީޕީއިން ކަށަވަރުކޮށްފަ އެވެ. މިއީ ކުޅުދުއްފުށީގެ ސިޓީ ކައުންސިލެއް އެކުލަވާލަން އިންތިހާބެއްވުނު ތާރީހީ އިންތިހާބެކެވެ. މީގެ ކުރިންވެސް ކުޅުދުއްފުށީ ކައުންސިލްގެ މެޖޯރިޓީ ނަގަމުން އައިސްފައ...

އިބްރާހިމް އަސްވާޤް
މަރުޙަބާ! ކުޅުދުއްފުށި ސިޓީގެ ފުރަތަމަ މޭޔަރު "މޭޔަރު މުޙައްމަދު ޢާޠިފް" 📍 ހދ. ކުޅުދުއްފުށި

މަރުޙަބާ! ކުޅުދުއްފުށި ސިޓީގެ ފުރަތަމަ މޭޔަރު "މޭޔަރު މުޙައްމަދު ޢާޠިފް"

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރަކަށް މުޙަައްމަދު ޢާޠިފް ހޮވިއްޖެއެވެ. މިހާރު ލިބިފައިވާ ނަތީޖާތަކުން ދައްކާގޮތުގައި 494 ވޯޓުގެ ތަފާތުން ކުރީގައި އުޅެނީ އާތިފް އެވެ. އެގޮތުން އާތިފް އަށް 1535 ވޯޓް ލިބިފައިވާއިރު ޕީޕީއެމްއިން ވާދަކުރި އަބުދުﷲ އިގްބާލު އަށް ލިބިފައިވަނީ 1041 ވޯޓެވެ. އާދަމް ޝަރީފް މުހައްމަދު އަށް114 ވޯޓް ލިބިފައިވާއިރު އަޙްމަދު ސައީދުއަށް ލިބިފައިވަނީ 101 ވޮޓެވެ. މިއީ މިހާތަނަށް ނަތީޖާ ލިބިފައިވާ 10 ފޮށީގެ ނަތީޖާ އެވެ. ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީ އިން "ޢާތިފާ އަލީ" ހޮވިއްޖެ! ގޮނޑީގައި އިންނާނީ ކާކު؟ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ އިން "ޢާތިފާ އަލީ" ހޮވިއްޖެ! ގޮނޑީގައި އިންނާނީ ކާކު؟

މާދަމާ ބޭއްވޭ ލޯކަލް ކައުންސިލުގެ އިންތިހާބަކީ އެހެން އިންތިހާބުތަކާއި ޚިލާފަށް ހދ. ކުޅުދޫފުއްޓަށް ހާއްސަ އިންތިހާބެކެވެ. ސަބަބުތައް ބައިވަރެވެ. މިއީ ކުޅުދޫފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމަށް ފަހު ބޭއްވޭ ފުރަތަމަ ލޯކަލް ކައުންސިލިގެ އިންތިހާބެވެ. ފުރަތަމަ އެސިޓީގެ މޭޔަރަކު އިންތިހާބުކުރަން ރައްޔިތުން ނިކުމެ ވޯޓު އަޅާނެ ފަހަރެވެ. ސިޓީ ކައުންސިލަރުން އިންތިޙާބު ކުރާނެ ފަހަރެވެ. ކުރު މުއްދަތަކަށް ނޫނެވެ. 5 އަހަރު ދުވަހަށެވެ. މި އިންތިހާބުގެ ފޯރި އެ ސިޓީގައި ގަދަވެފައިވާއިރު ތަފާތު އެހެންކަމެއް ކެނޑ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގެ ނިންމުން - ތިލަދުންމަތީގެ ތަރައްޤީއާއި ގުޅިފައި! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ނިންމުން - ތިލަދުންމަތީގެ ތަރައްޤީއާއި ގުޅިފައި!

ކުޅުދުއްފުއްޓަކީ ދިގު މާޒީއަކާއި ރަށަށް ޚާއްޞަ ސަޤާފަތަކާއި އާދަކާދަތަކެއް ލިބިފައިވާ ރަށެކެވެ. ތަޢުލީމާއި ވިޔަފާރީގެ އިތުރުން ބޭސްފަރުވާގެ އެންމެހާ ބޭނުންތަކަށް ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ މުޅި އުތުރުން އެ ރަށަކަށް ބަރޯސާވާ އުތުރުގެ ‘ހިތެވެ’. އެހެންކަމުން ޙަޤީޤި ލާމަރުކަޒީ ނިޒާމަކަށް ރިބަން ކަނޑައި އަތްޖެހުމަށްޓަކައި، ކުޅުދުއްފުށީ ސިޓީ ވާންޖެހޭނީ މި ހުރިހާ ދާއިރާއެއްގެ މުހުތާދުތައް ފުއްދައިދިނުމުގެ ލަޔާޤަތު ހުރި ސަހަރަކަށެވެ. ކުޅުދުއްފުށީގެ ހައިބަތު ހުރި ދިގު ތާރީޚާއި އެ ތާރީޚުގެ ފަތްފުށްތަކާ...

ހާޝިމް އަބޫބަކުރު
އާތިފް: ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވަރުގަދަ ތަސައްވަރަކާއި އެކު! 📍 ހދ. ކުޅުދުއްފުށި

އާތިފް: ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވަރުގަދަ ތަސައްވަރަކާއި އެކު!

ކުޅުދުއްފުށި ސިޓީ ގެ ފުރަތަމަ މޭޔަރަކަށް ވުމުގެ އަޒުމާއި އެކު އެމްޑީޕީގެ ޓިކެޓްގައި މުޙައްމަދު އާތިފް ނުކުންނަނީ ވަރަށް ގިނަ އުންމީދު ތަކަކާއި އެކުގައެވެ. ކުޅުދުއްފުއްޓަށް ޚިދުމަތް ކުރުމަށް އަބަދުވެސް އާތިފްގެ ހިތުގައި އޮންނަ ލޯބި ޢަމަލީ ގޮތުން ދައްކަން ބޭނުންވެއެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީއަކަށްވުމާއި އެކު އެކަމަށް އަތުކުރި އޮޅާލާ އާތިފް ނުކުތެވެ. ކުޅުދުއްފުށީގެ އިޖްތިމާއީ އިޤްތިސާދީ އަދި ޢުމްރާނީ ގޮތުން ބަދަލުތަކެއް ސިޓީއެއްގެ ގޮތުގައި ގެނެސްދިނުމުގެ ބޭނުމުގައި ނުކުތުމުގެ ކުރިން ރަށުގެ...

ތިލަދުން
ކުޅުދުއްފުށީ ސީޓީ ފުރަތަމަ މޭޔަރުކަން ވާނީ ކާކު؟ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސީޓީ ފުރަތަމަ މޭޔަރުކަން ވާނީ ކާކު؟

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާއިރު އެންމެ ހާއްސަކަމެއް ލިބޭ އެއް ދާއިރާއަކީ ކުޅުދުއްފުށީ ސިޓީ އެވެ. ސިޓީއެއްގެ ދަރަޖަ ލިބުމަށްފަހު އެންމެ ފުރަތަމަ ފަހަރަށް ކައުންސިލް އިންތިހާބަށް ކުރިމަތިލާއިރު ކުޅުދުއްފުށި ސިޓީ ރައްޔިތުންނަށް ޖެހިފައިމިވަނީ އެސިޓީގެ ފުރަތަމަ މޭޔަރު ހޮވާށެވެ. އެބޮޑު ޒިންމާއަށް ކުޅުދުއްފުށީ ސިޓީ ތައްޔާރުވެފައިވާއިރު ސިޓީއެއްގެ ދަރަޖަ ލިބުމަށްފަހު ކުޅުދުއްފުށީ ސިޓީ ކައުންސިލްއަށް 6 ދާއިރާއަކަށް ކައުންސެލަރުން ހޮވަން ޖެހެއެެވެ. އެއީ ކުޅުދުއްފުށި އުތުރު ދާއިރާ...

ތިލަދުން
ކުޅުދުއްފުށީ ހައުސިން ޔުނިޓުތައް ނިންމަން ދޮންބެޒް ކުންފުންޏަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހައުސިން ޔުނިޓުތައް ނިންމަން ދޮންބެޒް ކުންފުންޏަށް

ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރަން ފަށާފައިވާ 105 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމަން ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ. އެކަމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުންއެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމްއެވެ. އަދި ދޮންބެޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫން...

އަޙްމަދު ވަހީދު