މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށިން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ

ކުޅުދުއްފުށި ސިޓީއިން ކޯވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މިއާއިއެކު އެސިޓީ އިން މިހާރު ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިވަނީ 13 އަށް އަރާފަ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނުނީ ޕޮޒިޓިވްވެފައިވަނީ މިމަހުގެ 21 އިން 22 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ނެގިފައިވާ 64 ސާމްޕަލްގެ ތެރެއިން 1 ސާމްޕަލް ކަމަށެވެ. ޕޮޒިޓިވްވެފަިވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ސާމްޕަލް ނެގި ފަރާތެއް ކަމަށް […]

އައިޝަތު އިލްމާ އަދުނާން
ރައްކާތެރި ވެއްޓެއް ގާއިމުވެފައިވާ ތަނަކަށް ކުޅުދުއްފުށި ސިޓީ ހެދުމަށް މަޝްވަރާކޮށްފި 📍 ހދ. ކުޅުދުއްފުށި

ރައްކާތެރި ވެއްޓެއް ގާއިމުވެފައިވާ ތަނަކަށް ކުޅުދުއްފުށި ސިޓީ ހެދުމަށް މަޝްވަރާކޮށްފި

ދިރިއުޅެން ފަސޭހަ ރައްކާތެރި އަމާން ވެއްޓެއް ގާއިމުވެފައިވާ ތަނަކަށް ކުޅުދުއްފުށި ސިޓީ ހެދުމަށް މަޝްވަރާކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ކުޅުދުއްފުށި ސިޓީގައި ތިއްބަވާ ފުލުހުންގެ އިސްވެރިންނާއެކު މި ބައްދަލުވުން ކުރިއަށް ދިޔައީ އިއްޔެ އެވެ. މިބައްދަލުވުމާއި ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ، ކުޅުދުއްފުށި ސިޓީއަކީ ދިރިއުޅެން ފަސޭހަ ރައްކާތެރި އަމާން ވެއްޓެއް ޤާއިމު ކުރެވިފައިވާ ސިޓީ އަކަށް ހެދުމަށް ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ކުރެވިދާނެ ކަންކަމާއި...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހެއްގެ ނޭފަތު ކަށިގަނޑު ބިނދިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހެއްގެ ނޭފަތު ކަށިގަނޑު ބިނދިއްޖެ

ދެ ސައިކަލް ޖެހި ހދ. ކުޅުދުއްފުށި ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ނޭފަތު ކަށިގަނޑު ބިންދައިގެން ގޮސްފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ ބަންޑާރަ މަގުގައި ހުންނަ “ލިޔާ ފިހާރަ” ކުރިމަތީގަ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ މެނޭގަރ އަޙްމަދު ދާއޫދު ވިދާޅުވީ މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހެއް އެހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެއީ 42 އަހަރުގެ ފިރިހެނެއްކަމަށްވެސް އަޙްމަދު ދާއޫދު ވިދާޅުވި އެވެ. […]

އިބްރާހިމް އަސްވާޤް
ޓެސްޓްކުރި 10 މީހުންގެ ތެރެއިން 2 މީހުން ޕޮޒިޓިވް، ކުޅުދުއްފުށީގެ އަދަދު 12 އަށް 📍 ހދ. ކުޅުދުއްފުށި

ޓެސްޓްކުރި 10 މީހުންގެ ތެރެއިން 2 މީހުން ޕޮޒިޓިވް، ކުޅުދުއްފުށީގެ އަދަދު 12 އަށް

އަލާމާތް ހުރެގެން ޓެސްޓްކުރި 10 މީހުންގެ ތެރެއިން 2 މީހުން ޕޮޒިޓިވްވެ، ހދ. ކުޅުދުއްފުށި ސިޓީގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބި ފަރާތްތަކުގެ އަދަދު 12 އަށް އަރައިފި އެވެ. މި ދެމީހުން ޕޮޒިޓިވްވުމާއެކު މެއިގެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވް މީހުންގެ އަދަދު މިވަނީ 13 އަށް އަރާފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ތިބީ 12 މީހުންނެވެ. އެކަކު ވަނީ މިބަލިން ފަސޭހަވެފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ، މިއަދު ޕޮޒިޓިވްވެފައިވަނީ […]

އިބްރާހިމް އަސްވާޤް
މޮނިޓަރިން ހާލަތުގައި ވެސް ކޭއާރުއެޗްއިން ފަހި ހިދުމަތްތަކެއް، ރައްޔިތުން އުފަލުން! 📍 ހދ. ކުޅުދުއްފުށި

މޮނިޓަރިން ހާލަތުގައި ވެސް ކޭއާރުއެޗްއިން ފަހި ހިދުމަތްތަކެއް، ރައްޔިތުން އުފަލުން!

މާލެ ފިޔަވައި، ރާއްޖޭގެ އެއް ރަށަކުން އެންމެ ގިނަ ބަޔަކު ތަފާތު ގިނަ ޚިދުމަތްތަކެއް ހޯދާ ރަށަކީ ހދ. ކުޅުދުއްފުށީ ސިޓީއެވެ. މުޅި ރާއްޖެއަށް ފެތުރިފައިވާ ކޯވިޑްގެ ނާންމާ ކަމުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިންނަށްލެވޭ ކޮންމެ ފަހަރަކު ސިފަކުރެވެނީ އުތުރުގެ “ހިތް” ހުއްޓުނީ ކަމުގައެވެ. އުތުރުގެ “ހިތް” ހުއްޓުނީ ކަމަށް ދަންނަވަންޖެހެނީ ތިލަދުންމަތީގެ ތިން އަތޮޅާއި، ކޯވިޑްގެ ހާލަތުގެ ސަބަބުން އެހެން ބައެއް އަތޮޅުތަކުން ވެސް ޚިދުމަތްތައް ހޯދުމަށް ދަތުރުކުރާ ހދ. ކުޅުދުއްފުށީ ސިޓީ ބަންދު […]

ޙުސައިން ޝަހުދީ
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީއިން އިތުރު 2 މީހަކު ޕޮޒިޓިވްވެ އަދަދު 11 އަށް

ހދ. ކުޅުދުއްފުށި ސިޓީއިން އިތުރު ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި ދެމީހުން ޕޮޒިޓިވްވުމާއެކު މެއިގެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވް މީހުންގެ އަދަދު 11 އަށް އެރީއެވެ. މިއަދު ޕޮޒިޓިވްވެފައި ވަނީ އެ ސިޓީން އެންމެ ފަހުން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިގެން ހޯމް ކަރަންޓީނުގައި ބައިތިއްބާފަތިބި 2 މީހުންނެވެ. މި ދެ މީހުންގެ ފުރަތަމަ ނެގުނު ސާމްޕަލް ނެގެޓިވްވިކަމަށް ދެއްކި ނަމަވެސް ފަހުން ކޯވިޑަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ޓެސްޓްކުރިއިރު ވަނީ ޕޮޒިޓިވް...

އައިޝަތު އިލްމާ އަދުނާން
ކުޅުދުއްފުށީ ކައުންސިލް އުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކައުންސިލް އުވާލައިފި

ކުޅުދުއްފުށީ ސިޓީކައުންސިލް މެންބަރުން މަގާމުގެ ހުވާ ކުރެއްވުމާއި ގުޅިގެން، ކުޅުދުއްފުށީ ކައުންސިލް އުވާލައި، އެ އިދާރާގެ ނަން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ނަމަށް މިއަދުން ފެށިގެން ބަދަލުކުރައްވައިފިއެވެ. ރައީސް އޮފީހުން ނެރުނު ދެއްނެވުމެއްގައި ވިދާޅުވީ، ހދ. ކުޅުދުއްފުށްޓަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ކ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ޢަލީ އަޙްމަދު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ޢަލީ އަޙްމަދު

ހދ. ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ޢަލީ އަޙްމަދު ހޮވައިފިއެވެ. ޢަލީ އަޙްމަދަކީ ކުޅުދުއްފުށީ ސިޓީގެ އިރު ދެކުނު ދާއިރާ ތަމްސީލް ކުރަށްވާ މެންބަރެކެވެ. އޭނާ އެ މަގާމަށް ހޮވީ މިހާރު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބާއްވަމުންދާ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރަކަށް ކުރިމަތިލީ ވެސް ޢަލީ އެކަންޏެވެ. އޭނާ އެ މަގާމަށް ހޮވުނީ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުން 7 ވޯޓުންނެވެ. ކުޅުދުއްފުށި ސިޓީގެ ފުރަތަމަ ޑެޕިއުޓީ މޭޔަރުގެ ގޮތުގައި ޢަލީ އަޙްމަދު ތާރީޚުން ޖާގަ […]

ޝިއުނާ އާދަމް
ކުޅުދުއްފުށި ސިޓީގެ "ފުރަތަމަ ސިޓީ ކައުންސިލް" ހުވާކޮށް މަސައްކަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ "ފުރަތަމަ ސިޓީ ކައުންސިލް" ހުވާކޮށް މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރާއި އެސިޓީގެ ކައުންސިލް މެންބަރުން ހުވާކޮށް މަސައްކަތް ފަށައިފި އެވެ. ކުޅުދުއްފުށީ ސިޓީ ފުރަތަމަ މޭޔަރާއި މެންބަރުން ހުވާކުރެއްވުން އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން މަގާމުގެ އިގްރާރުގައި ސޮއިކުރެއްވުން ކުރިއަށްގޮސްފައިވަނީ މިއަދު ހެނދުނު ނޮދާރން އޮފީސް ކޮމްޕްލެކްސް ހޯލުގައި މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މޭޔަރާއި ކައުންސިލަރުންނަށް ހުވާލައި ދެއްވީ ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް އަލ...

އަލީ އާދިލް
ކުޅުދުއްފުށި ސިޓީއިން އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީއިން އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށި ސިޓީއިން އިތުރު ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި ދެމީހުން ޕޮޒިޓިވްވުމާއެކު 11 މެއިގެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވް މީހުންގެ އަދަދު 8 އަކަށް އެރީއެވެ. މިއަދު ޕޮޒިޓިވްވެފައި ވަނީ އެ ސިޓީން  އެންމެ ފަހުން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިގެން ހޯމް ކަރަންޓީނުގައި ބައިތިއްބާފަތިބި ދެ މީހުންނެވެ. މި ދެ މީހުންގެ ފުރަތަމަ ނެގުނު ސާމްޕަލް ނެގެޓިވްވިކަމަށް ދެއްކި ނަމަވެސް ފަހުން ކޯވިޑަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ޓެސްޓްކުރިއިރު ވަނީ ޕޮޒިޓި...

އައިޝަތު އިލްމާ އަދުނާން
ކުޅުދުއްފުށި ކައުންސިލަށް ތާޒާގެ އެހީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ކައުންސިލަށް ތާޒާގެ އެހީ

ހދ. ކުޅުދުއްފުށީ ކައުންސިލަށް ތާޒާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން މި އެހީތެރިކަން ފޯރުކޮށްދިނީ މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށުގައި މަސައްކަތް ކުރާ އިމަޖެންސީ ރެސްޕޮމްސްޓީމަށް އެހީވުމަށެވެ. އެ ކުންފުނިން ވަނީ ގިނަ އަދަދެއްގެ ފެން ކޭސް ކައުންސިލަށް ހަދިޔާ ކޮށްފައެވެ. ތާޒާ އަކީ ރާއްޖޭގެ ފެން ކުންފުނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ދަށުން ހިންގާ ބޯފެން އުފައްދާ ކުންފުންޏެވެ. އެ ކުޅުދުއްފުށީގައި އެކުންފުނީގެ ފެން އުފައްދާ ފެކްޓްރީއެއް ވެސް […]

އަޙްމަދު ވަހީދު
ކުޅުދުއްފުށި ސިޓީއިން އިތުރު ތިން މީހަކު ޕޮޒިޓިވް! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީއިން އިތުރު ތިން މީހަކު ޕޮޒިޓިވް!

ކުޅުދުއްފުށި ސިޓީއިން އިތުރު ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މަހުގެ އެއްވަނަ ދުވަހު ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އެ ރަށް މޮނީޓަރިންނަށް ލުމަށްފަހު މޮނީޓަރިންއިން ނެގީ މި މަހުގެ އަށްވަނަ ދުވަހުއެވެ. ނަމަވެސް މި މަހުގެ 11 ވަނަ ދުވަހު ބަލީގެ އަލާމާތްތައް ފެނިގެން ފުލޫ ކުލިނިކަށް ދެއްކި 34 އަހަރުގެ އަންހެނެށް ކޯވިޑަށް ޕިޒިޓިވް ވުމާއި ގުޅިގެން އަނެއްކާވެސް އެ ރަށް ވަނީ މޮނީޓަރިންނަށް ލާފައެވެ. މި ކޭސްއާއި ގުޅިގެން […]

އިބްރާހިމް ޚަލީލް
ފްލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ކުޅުދުއްފުށީ ސިޓީ އަނެއްކާވެސް މޮނިޓަރިންނަށް! 📍 ހދ. ކުޅުދުއްފުށި

ފްލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ކުޅުދުއްފުށީ ސިޓީ އަނެއްކާވެސް މޮނިޓަރިންނަށް!

ކުޅުދުއްފުށީ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. އެ ސިޓީގެ ފްލޫ ކުލިނިކަށް ދެއްކި ތިން މީހުން ޕޮޒިޓިވްވުމުން މެއި 2 ވަނަ ދުވަހު ވެސް އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނައެވެ. އެ ހާލަތުން ވީއްލީ މޭ 8 ވަނަ ދުވަހު އެވެ. އެ ސިޓީ މޮނިޓަރިން ހާލަތުން ނެގީ ތިން ދުވަސް މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވުމުންނެވެ. […]

ޔުމްނާ ޢަލީ
ފަޅުވެރިއަކު ޕޮޒިޓިވްވެ، ކުޅުދުއްފުށީ ފާޅު ބޯޓު ކަރަންޓީނުކޮށްފި 📍 ހދ. ކުޅުދުއްފުށި

ފަޅުވެރިއަކު ޕޮޒިޓިވްވެ، ކުޅުދުއްފުށީ ފާޅު ބޯޓު ކަރަންޓީނުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީއާއި މާލެ ސިޓީއާއި ދެމެދު ދަތުރުކުރާ، ކުޅުދުއްފުށީ ސިޓީ ފާޅު ބޯޓުގެ ފަޅުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ބޯޓު ކުޅުދުއްފުށީ ގައި ކަރަންޓީނު ކޮށްފިއެވެ. އެ ބޯޓު ކަރަންޓީނު ކުރީ، ޕޮޒިޓިވްވި މީހާ ޢާއިލާ ކައިރިއަށް ބަދަލުކުރުމަށްފަހު، ބާކީ 9 ފަޅުވެރިންނާއެކު އެވެ. އެ ބޯޓު ކުޅުދުއްފުށީ ސިޓީއަށް ފޯރީ މިއަދު ހެނދުނުއެވެ. ޕޮޒިޓިވްވި ފަޅުވެރިމީހާއަކީ މިމަހު 2 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި 3 މީހުންތެރެއިން އެކަކުގެ […]

ޖަލްވާން ޖާދުﷲ
ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ނަގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ނަގައިފި

ކޯވިޑް-19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތް އޮތުން މިއަދު ނިމުމަކަށް ގެނެސްފިއެވެ. އެ ސިޓީ މޮނިޓަރިން ހާލަށް ގެނައީ، އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު ޕޮޒިޓިވްވުމުން ހަމަ އެދުވަހުއެވެ. އެއީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެ ސިޓީ މޮނިޓަރިން ހާލަތުން ނެގީ ތިން ދުވަސް މަތިން ކޭއާރުއެޗްއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވުމުންނެވެ. މިގޮތުން […]

ޔުމްނާ ޢަލީ