މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ރީޖަނަލް އެއާޕޯޓްސްއިން ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ރީޖަނަލް އެއާޕޯޓްސްއިން ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކޮށްފި

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި އެވެ. ސިޓީ ކައުންސިލާ އެކު ބައްދަލުކުރެއްވީ އާރްއޭސީ ގެ ޗެއަރމަން އަބްދުލް ލަތީފު ގާސިމް އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ހިމެނޭ އެ ކުންފުނީގެ ޓީމެއް ކުޅުދުއްފުއްޓަށް އިއްޔެ ކުރެއްވި ޒިޔާރަތެއްގައެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ކައުންސިލަރުންގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަޠީފް އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމް...

އަޙްމަދު އަރުޝަމް
ޑޭވިޑް، ކޭއާރްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް 📍 ހދ. ކުޅުދުއްފުށި

ޑޭވިޑް، ކޭއާރްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މޭނޭޖަރުކަމުގައި ހުންނެވި އަހުމަދު ދާއޫދު (ޑޭވިޑް)، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ގެ މަގާމަށް އައްޔަނުކުރައްވައިފި އެވެ. 2019 ވަނަ އަހަރުން ފެށިގެން ޑޭވިޑް އަންނަނީ ކޭއާރްއެޗްގެ މެނޭޖަރގެ މަގާމު ފުރުއްވަމުންނެވެ. ރާއީސްއުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ މިމަހުގެ 8 ވަނަ ދުވަހު ކޭއާރްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އޭނާ އައްޔަނުކުރައްވާފައެެވެ. ބިޒްނަސް މެނޭޖްމެންޓް އެންޑް މާކެޓީން އިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ޑޭވިޑް މިހާރު އަންނަނީ ...

އަޙްމަދު އަރުޝަމް
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ލޯގޯ ފާސްކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ލޯގޯ ފާސްކޮށްފި

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ލޯގޯ ފާސްކޮށްފި އެވެ. މިލޯގޯ ފާސްކޮށްފައިވަނީ އެކައުންސިލްގެ 4 ވަނަ ދައުރުގެ 12 ވަނަ އާންމު ޖަލްސާގަ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިޖަލްސާގައި ލޯގޯގެ އިތުރުން ކައުންސިލްގެ ރަސްމީ ކުލަވެސް ފާސްކޮށްފައިވާ ކަމަށެވެ. ކައުންސިލްގެ ރަސްމީ ކުލައިގެ ގޮތުގައި ފާސްކޮށްފައިވަނީ ގޯލްޑް އާއި ނޭވީ ބުލޫ އެވެ. އެކައުންސިލުން ވިދާޅުވީ، ކައުންސިލްގެ ލޯގޯއިން ރަމްޒުކޮށް ދެނީ ޒަމާނުންސުރެ ކުޅުދުއްފުއްޓަކީ މާލިމީންގެ ރަށެއް ކަމ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައިފި

ހދ. ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަދުން ނަގައިފި އެވެ. މޮނިޓަރިންގ އުވާލިކަން އަންގާ ލިއުން ހިއްސާކުރަމުން ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ 24 ޖުލައި 2021 ގައި ކުޅުދުއްފުށި ސިޓީގައި އިޢުލާން ކުރެވުނު މޮނިޓަރިންގ ހާލަތު މިހާރު ވަނީ އުވާލެވިފައިކަމަށެވެ. ނަމަވެސް ހުރިހާ ރައްޔިތުން އަބަދުވެސް ކޮވިޑް-19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރަންކުރާކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށީ ކައުންސިލްއަށް ފޮނުވި ލިއުމުގައި މޮނިޓަރި...

އިބްރާހިމް އަސްވާޤް
"ގަރލްސް ޓު ކޯޑް" ގެ މިފަހަރުގެ ޕްރޮގްރާމް، ކުޅުދުއްފުށީ އަންހެން ކުދިންނަށް 📍 ހދ. ކުޅުދުއްފުށި

"ގަރލްސް ޓު ކޯޑް" ގެ މިފަހަރުގެ ޕްރޮގްރާމް، ކުޅުދުއްފުށީ އަންހެން ކުދިންނަށް

އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ “ގަރލްސް ޓު ކޯޑް” ގެ މިފަހަރުގެ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގެ އަންހެން ކުދިންނަށް އަމާޒުކޮށްގެން ބޭއްވުމަށް ނިންމައިފި އެވެ. ދިރާގާއި ވުމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ޚާއްސަކޮށްގެން ބޭއްވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެޗް.ޓީ.އެމް.އެލް. އާއި ސީ.އެސް.އެސް. އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރުން ފަދަ ކަންކަން ދަސްކޮށްދެވޭނެ ކަމަ...

އަޙްމަދު އަރުޝަމް
ކުޅުދުއްފުށި ސިޓީގެ ކާފިއު އުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ ކާފިއު އުވާލައިފި

މިދިޔަ މަހުގެ 24 ވަނަ ދުވަހު ކޮވިޑް19ގެ ކޭސްތައް ފެނުމާ ގުޅިގެން ހދ.ކުޅުދުއްފުށި ސިޓީގައި އިއުލާންކުރި ކާފިއު އުވާލައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ، މިއަދުން ފެށިގެން ކާފިއު އުވާލާފައިވާ ކަމަށާއި ނަމަވެސް ކުޅުދުއްފުށި އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމުން ކައުންސިލުގެ ހުއްދަ ނެތި ރަށަށް އަރާ ފޭބުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ޒަރޫރީ ބޭނުމަކަށް ފިޔަވައި ގެއިން ބޭރަށް ނުނިކުތުމަށް އެދޭ ކަމަށާއި ހާލަތު ގޯސްވާނަމަ ފިޔަވަޅުތައް އިތުރަށް ވަރުގަދަ […]

އިބްރާހިމް އަސްވާޤް
ޖެހުނު ގަދަ ވަޔާއެކު ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލައިފި 📍 ހދ. ކުޅުދުއްފުށި

ޖެހުނު ގަދަ ވަޔާއެކު ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ޖެހުނު ގަދަ ވަޔާ އެކު ކުޅުދުއްފުށީ ސިޓީގެ ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 07:00 ހާޢިރު ކަމަށެވެ. ހާދިސާގައި ގެއްލުންވި ގޭގެ ފުރާޅު އެމްއެންޑީއެފް ނޮރދާން އޭރިއާގެ ސިފައިންނާ ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ވަނީ ރަނގަޅުކޮށްދީ، އާންމު ހާލަތަށް ގެނެސްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. Raajje ah kuramundhaa vissaaraagai, miad...

އަޙްމަދު އަރުޝަމް
އިތުރު 2 މީހަކު ޕޮޒިޓިވްވެ ކުޅުދުއްފުށީގެ އެކްޓިވް ކޭސްތަކުގެ އަދަދު 65 އަށް 📍 ހދ. ކުޅުދުއްފުށި

އިތުރު 2 މީހަކު ޕޮޒިޓިވްވެ ކުޅުދުއްފުށީގެ އެކްޓިވް ކޭސްތަކުގެ އަދަދު 65 އަށް

އިތުރު 2 މީހަކު ޕޮޒިޓިވްވެ ކުޅުދުއްފުށި ސިޓީގައި ތިބި އެކްޓިވް ކޭސްތަކުގެ އަދަދު 65 އަކަށް އަރައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ހާމަކުރެއްވި ގޮތުގައި އިއްޔެ ނެގުނު 147 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 2 މީހުންނެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުން ގިނަ އަދަދަކަށް ޕޮޒިޓިވް ވަމުންދާތީ، ގައިދުރުކަން ބެހެއްޓެވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އަދި މާސްކު އަޅައި، ގިނަގިނައިން ސައިބޯނިލައިން އަތް ދޮވުމަށް ކޭއާރްއެޗްއި...

އަޙްމަދު އަރުޝަމް
އެއާޕޯޓުގައި ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވި ހުރުމުން ޔާސިރުގެ ކަންބޮޑުވުން 📍 ހދ. ކުޅުދުއްފުށި

އެއާޕޯޓުގައި ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވި ހުރުމުން ޔާސިރުގެ ކަންބޮޑުވުން

ހދ. ކުޅުދުއްފުށީގައި ސަރުކާރުން ތަރައްގީ ކޮށްފައިވާ އެއާޕޯޓްގައި ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވި ހުރުމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. މެންބަރު ޔާސިރުގެ މި ކަންބޮޑުވުން ފާޅުކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ޔާސިރު ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓަކީ ކުރީގެ ރައީސް ޔާމީން ނުފުއްދަވާ އޮތް ވަޢުދެއް ކަމަށެވެ. “ތާރުގަނޑަކުން އޮޕަރޭޝަނަލް އެއާާޕޯޓަކަށް މިސަރުކާރުން 10މަސް ތެރޭ ބަދަލުކުރި، އެހެންނަމަވެސް އިތުރަށް ކޮންމެހެން...

ޔުމްނާ ޢަލީ
ކޮޗިން ފެރީން ލަންކާއިން ވެސް މުދާ ގެންނަނީ

ކޮޗިން ފެރީން ލަންކާއިން ވެސް މުދާ ގެންނަނީ

އިންޑިއާގެ ކޮޗިން އިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރާ ފެރީގައި ސްރީލަންކާގެ ކޮލަމްބޯ އިން މުދާ ގެނެވޭ ގޮތް ހަދައިފިއެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ މި ހުއްދަ ލިބުނު ކަން ހާމަވާ ލިޔުމެއް ހިއްސާކޮށްފައެވެ. ކޮޗިން ފެރީ ދެން ދަތުރުކުރާނީ ކޮޗިން އިން ލަންކާގެ ކޮލަމްބޯ އަށް، އަދި ކޮލަމްބޯއިން ރާއްޖެއަަށެވެ. އިންޑިއާ އިން އަންނަ ކާގޯ ފެރީ މިހާރު ދަތުކުުރަނީ ކޮޗިނުން ކުޅުދުއްފުށްޓަށާއި މާލެ އަށެވެ. ކޮޗިން ދަތުރުތަކުގައި ބޭނުން ކުރަނީ […]

އަޙްމަދު ވަހީދު
ކުޅުދުއްފުށިން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 58އަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 58އަށް

ހދ. ކުޅުދުއްފުށި ސިޓީއިން އިތުރު 4 މީހަކު ކޯވިޑް-19 ޕޮޒިޓިވްވެއްޖެއެވެ. އެ ސިޓީން އަންގާރަ ދުވަހު 4 މީހަކު ޕޮޒިޓިވްވިއިރު، ހޯމަ ދުވަހު ވެސް ވަނީ 3 މީހަކު ޕޮޒިޓިވްވެފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި އިއްޔެ ޕޮޒިޓިވްވި 4 މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގުނު 8 ސާމްޕަލަކުން ޕޮޒިޓިވްވި ސާމްޕަލް ތަކެކެވެ. ހޯމަ ދުވަހު ޕޮޒިޓިވްވި 3 މީހުންނަކީ ވެސް ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ. ހޯމަ އަދި އަންގާރަ ދުވަހު […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި

ކުޅުދުއްފުށި ސިޓީގައި ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ. ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް މިއަދު ކުޅުދުއްފުށި ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ ކޮންމެ މީހަކު ވެސް މާސްކު އެޅުމަށާއި، އަދި އެކިއެކި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކަމުގައިވާ ޓެކްސީ ޑްރައިވަރުންނާއި ފިހަރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ޚިދުމަތް ދެއްވަން ތިއްބަވާއިރު...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގެ އެކްޓިވް ކޭސްތަކުގެ އަދަދު 51 އަށް އަރައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ އެކްޓިވް ކޭސްތަކުގެ އަދަދު 51 އަށް އަރައިފި

ހދ. ކުޅުދުއްފުށި ސިޓީއިން އިތުރު 7 މީހަކު ކޯވިޑް-19 ޕޮޒިޓިވްވެ، އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 51 އަށް އަރައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ކުރިން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 18 ފަރާތެއްގެ ސާމްޕަލް މިއަދު ނަގައި ޓެސްޓް ކުރެވުނު އިރު، އޭގެ ތެރެއިން 7 ފަރާތެއް ވަނީ ޕޮޒިޓިވްވެފައެވެ. ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް […]

ޔުމްނާ ޢަލީ
ކޭސްތަކުގެ އަދަދު މައްޗަށްދާތީއާއި، ރެންޑަމް ސާމްޕަލް ވެސް ޕޮޒިޓިވްވަމުން ދާތީ ކޭއާރުއެޗްގެ ހާއްސަ އިލްތިމާސްއެއް 📍 ހދ. ކުޅުދުއްފުށި

ކޭސްތަކުގެ އަދަދު މައްޗަށްދާތީއާއި، ރެންޑަމް ސާމްޕަލް ވެސް ޕޮޒިޓިވްވަމުން ދާތީ ކޭއާރުއެޗްގެ ހާއްސަ އިލްތިމާސްއެއް

ކުޅުދުއްފުށި ސިޓީގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުން އައުމާއި އަދި އެ ސިޓީން ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ވެސް ޕޮޒިޓިވް ކޭސްތައް ފެނިފައިވާތީ އިތުރަށް ސަމާލުވެ ރައްކާތެރި ފިޔަވަޅުތަކާއިއެކު އުޅުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން އިލްތިމާސް ކޮށްފިއެވެ. އެ ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ ފާއިތުވި ދެ ދުވަހު ނެގުނު ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ނުލިބޭ 94 ސާމްޕަލެއް ހިމެނޭ ކަމަށެވެ. ނަމަވެސް މިއަދު އެ ސާމްޕަލްތަކުގެ ނަތީޖާ ލިބޭނެ ކަމަށެވެ. ކުޅުދުއްފު...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށިން އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ، 2 ރެންޑަމް ސާމްޕަލް ހިމެނޭ!

ކުޅުދުއްފުށިން އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ، 2 ރެންޑަމް ސާމްޕަލް ހިމެނޭ!

ހދ. ކުޅުދުއްފުށިން އިތުރު 8 މީހަކު ކޯވިޑް-19 ޕޮޒިޓިވް ވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ސިޓީން އިތުރު 8 މީހަކު ވަނީ މިއަދު އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި 8 މީހުންގެ ތެރެއިން 2 މީހުންނަކީ ރެންޑަމް ސާމްޕަލުން ޕޮޒިޓިވްވި ދެ މީހުންނެވެ. ދެން ޕޮޒިޓިވްވި 6 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ. މިއާއިއެކު އެ ސިޓީން ޕޮޒިޓިވްވި މީހުންގެ ޢަދަދު 42 […]

ޔުމްނާ ޢަލީ