މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ސޮލޮމަން ރަށްތަކަށް M6.4 ގެ ބިންހެލުމެއް އަތުވެއްޖެ - 20 މިނިޓު ކުރިން
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށި ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ކުޅުދުއްފުށި ސިޓީގެ ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 01‏ މާރޗް‏ 2022‏ (އަންގާރަ‏) ދުވަހުގެ  14:00 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަމްބަރ 6527177 އަށް ގުޅުއްވައިގެން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރީގެ ކަންކަން ނިނެމްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. ލިންކް: https://forms.office.com/r/54SJf...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީ ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށީ ސިޓީ އިން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށީ ސިޓީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީ ގެ އެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ، މިމަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނ...

އަލީ އާދިލް
މިހާރު ކުޅުދުއްފުށި މޮނީޓަރިންގައި ބާއްވަންޖެހޭ ސަބަބެއް ނެތް: މޭޔަރު އާތިފް 📍 ހދ. ކުޅުދުއްފުށި

މިހާރު ކުޅުދުއްފުށި މޮނީޓަރިންގައި ބާއްވަންޖެހޭ ސަބަބެއް ނެތް: މޭޔަރު އާތިފް

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހދ. ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހޭ އެއްވެސް ސަބަބެއް މިހާރު އޮތްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ފޭސްބުކްގައި މިއަދު އާތިފް ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މޮނިޓަރިންގައި ގިނަ ދުވަސްތަކެއް ކުޅުދުއްފުށި އޮތުމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާ އެ މަނިކުފާނަށް ހުށަހެޅެމުން ދާ ކަމަށާއި ނަމަވެސް ކޯވިޑްގެ ހާލ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސެންޓަރު ޙަސަން: އުމުރުގެ ބޮޑުބައި، ބޮޑު ތިލަދުންމަތީގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރެއްވި! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސެންޓަރު ޙަސަން: އުމުރުގެ ބޮޑުބައި، ބޮޑު ތިލަދުންމަތީގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރެއްވި!

ހދ.ކުޅުދުއްފުށީ ހަސަން އަހްމަދު (ސެންޓަރު ހަސަން) އަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ބައްޕައެކެވެ. ރާއްޖޭގައި ޒަމާނީ ބޭސްވެރިކަމުގެ އެއްވެސް ކުލަވަރެއް ނެތް ދުވަސްވަރު، ތަފާތު ބަލިބައްޔަށް ފަރުވާ ފޯރުކޮށް ދިނުމަށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ވަރުބަލިކަމެއް ނެތި ދަތުރު ކުރައްވައި ފަރުވާ ފޯރުކޮށްދެއްވި ޚިދުމަތްތެރިއެކެވެ. 1960 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެއްޓެވި ނަމަވެސް، ރަސްމީކޮށް އެ ދާއިރާއާއި ގުޅިލައްވައި މަސައްކަތް ފައްޓަވާފައި ވަނީ 1964 ވަނަ އަހަރު...

އިބްރާހިމް ޚަލީލް
ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް ފަށައިފި

ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް” ފަށައިފިއެވެ. މުބާރާތް 15 ފެބްރުއަރީ 2022 ވީ އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ÷ޕޯޓް ލިމިޓެޑް (ކޭޕީއެލް)އާއި ޕޮލިސް ކުލަބ...

އިބްރާހިމް ޚަލީލް
ޒުވާން ކީޕަރު މާހީ، ކުޅުދުއްފުށި ޓީމުގައި ތަފާތު ދެއްކި 📍 ހދ. ކުޅުދުއްފުށި

ޒުވާން ކީޕަރު މާހީ، ކުޅުދުއްފުށި ޓީމުގައި ތަފާތު ދެއްކި

ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ޒޯން-1 ގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށިން ކާމިޔާބުކުރި އިރު ގިނަބައެއްގެ ލޯ އަމާޒުވި އެއް ކުޅުންތެރިއައީ އެ ޓީމްގެ ޒުވާން ގޯލް ކީޕަރު މާހީ އަބްދުﷲ އެވެ. ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅު ބުރާއި ޒޯން މެޗު ހިމެނޭހެން ކުޅުދުއްފުށިން ޖުމްލަ ހަ މެޗު ކުޅުނުއިރު އެ ހުރިހާ މެޗެއްގައި މާހީގެ މޮޅު ކުޅުން ވަނީ ފާހަގަ […]

އިބްރާހިމް ޚަލީލް
މާފަރު ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި 📍 ހދ. ކުޅުދުއްފުށި

މާފަރު ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ޒޯން-1 ގެ ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ބްލޮކް-1 ގެ ޗެމްޕިއަން ކުޅުދުއްފުއްޓާއި ބްލޮކް-2 ގެ ޗެމްޕިއަން މާފަރެވެ. ފައިނަލް މެޗު މިއަދު ހަވީރު މާފަރު ފުޓްސަލް ދަނޑުގައި ކުޅުނުއިރު މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗު ކުޅުދުއްފުށިން ކާމިޔާބު ކޮށްފައި ވަނީ ނަތީޖާ […]

އިބްރާހިމް ޚަލީލް
ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް 📍 ހދ. ހަނިމާދޫ

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ހޮނިހިރު ދުވަހުގެ ރޭ ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅުނުއިރު މި މެޗު ޓީމް ހަނިމާދޫއާއި ވާދަކޮށް ޓީމް ކުޅުދުއްފުށިން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއަކުންނެވެ. އެހެން މެޗުތަކެކޭ އެއްގޮތަށް މި މެޗުގައި ވެސް ކުޅުދުއްފުށި ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ މޮޅު ޑިފެންސިވް ގޭމެކެވެ. […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގެ އަނބު ގަސްތަކަށް ދިމާވެފައިވާ "ފުރުޓް ފްލައި" ގެ މައްސަލަ ހައްލުކުރަން މަސައްކަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ އަނބު ގަސްތަކަށް ދިމާވެފައިވާ "ފުރުޓް ފްލައި" ގެ މައްސަލަ ހައްލުކުރަން މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން އެސިޓީގެ އަނބު ގަސްތަކަށް ދިމާވެފައިވާ “ފުރުޓް ފްލައި” ގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށައިފިއެވެ. މިގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ވިދާޅުވީ، އެ ސިޓީގެ އަނބު ގަސްތަކަށް ދިމާވެފައިވާ ފުރުޓް ފްލައިގެ މައްސަލައާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންއާއި، ގުޅުވާލައިގެން ފްރުޓް ފްލައި ކޮންޓްރޯލް ކުރުމަށްޓަކައި ދަންތުރަ ހަރުކުރުމުގެ ޢަމަލީ މަސައްކަތް އެސިޓީގެ ބައެއް ގޭގެއަށް ގޮސް...

އައިޝަތު ނަސާޔާ
ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާއި ކުޅުދުއްފުށި 📍 ހދ. ހަނިމާދޫ

ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާއި ކުޅުދުއްފުށި

ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ހދ.އަތޮޅުގެ ފައިނަލުން ޓީމް ހަނިމާދޫއާއި ޓީމް ކުޅުދުއްފުށި ޖާގަ ހޯދއިފިއެވެ. މި މުބާރާތުގެ ފައިނަލުން ހަނިމާދޫ ޖާގަ ހޯދާފައި ވަނީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ހަނިމާދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުއްޓާއެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ވަނީ ކާމިޔާބު […]

އިބްރާހިމް ޚަލީލް
ހދ. ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމަށް ބިޑަށް 📍 ހދ. ކުޅުދުއްފުށި

ހދ. ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމަށް ބިޑަށް

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ބިޑަށް ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ފިނޭންސް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މިމަސައްކަ...

އަލީ އާދިލް
ކުޅުދުއްފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލު ކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލު ކޮށްފި

ހދ. ކުޅުދުއްފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. މި މަޝްރޫއުގެ ދަށުން، 882 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓް ޖަހައި، 30 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 42.37 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި...

އަޙްމަދު ވަހީދު
ހުނަވަރު ޕްރޮގްރާމުގެ އޯޕަންޑޭ މާދަމާ ކުޅުދުއްފުށީގައި 📍 ހދ. ކުޅުދުއްފުށި

ހުނަވަރު ޕްރޮގްރާމުގެ އޯޕަންޑޭ މާދަމާ ކުޅުދުއްފުށީގައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ހިންގާ “ހުނަވަރު” ޕްރޮގްރާމްގެ އޯޕަންޑޭ މާދަމާ ކުޅުދުއްފުށީ ސޓީގައި ބާއްވަން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި އޯޕަންޑޭ އޮންނާނީ މާދަމާ މެމްދުރު 2:00ން ހަވީރު 6:00އަށް ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައެވެ. މި އޯޕަންޑޭގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް ކައުންސިލުން އެދެއެވެ. ހުނަވަރު ޕްރޮގްރާމުގެ ދަށުން އެމްޓީސީސީން ވަނީ 140 އަށްވުރެ ގިނަ ފުރުސަތު...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ރީޖަނަލް ޕޯޓާއެކު އިތުރު ޕޯޓެއްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ރީޖަނަލް ޕޯޓާއެކު އިތުރު ޕޯޓެއްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ ދެ ޕޯޓެއްގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ރީޑިވެލޮޕްމެންޓް މަޝްރޫއު އާއި ގދ. ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. މި ދެ މަސައްކަތް ހަވާޅުކުރުމަށް އެމްޓީސީސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާ...

އަޙްމަދު ވަހީދު
ކޯވިޑް ފިޔަވަޅުތަކާއި ގުޅިގެން ގެނެވުނު މައިގަނޑު ބަދަލުތައް މޭޔަރު ސާފުކޮށްދެއްވައިފި 📍 ހދ. ކުޅުދުއްފުށި

ކޯވިޑް ފިޔަވަޅުތަކާއި ގުޅިގެން ގެނެވުނު މައިގަނޑު ބަދަލުތައް މޭޔަރު ސާފުކޮށްދެއްވައިފި

ކުޅުދުއްފުށީ ސިޓީގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެ ރަށު ކޯވިޑް ޓާސްކް ފޯސްއިން ނިންމު ނިންމުގައި ހިމެނޭ މައިގަނޑު ބަދަލުތައް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ރަށްޔިތުންނަށް އިތުރަށް ސާފުކޮށްދެއްވައިފިއެވެ. މޭޔަރު އާތިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށީގައި ކޯވިޑްގެ ފިޔަވަޅުތަކަށް ގެނެވުނު ބަދަލާއި ގުޅޭގޮތުން ރައްޔިތުންނަށް އޮޅުން އަރާގޮތަށް ބައެއް މައުލޫމާތު ދައުރުވަމުން ދާކަމަށެވެ. އެހެންކަމުން އެ ގެނެއުނު ބަދަލުތައް ސާފުކޮށ...

އައިޝަތު ނަސާޔާ