މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
މަގަށް ގެއްލުން ވަމުންދާތީ ކުޅުދުއްފުށީ އަމީނީމަގުގައި ހުރި ހިތިގަސްތައް ނަގަނީ 📍 ހދ. ކުޅުދުއްފުށި

މަގަށް ގެއްލުން ވަމުންދާތީ ކުޅުދުއްފުށީ އަމީނީމަގުގައި ހުރި ހިތިގަސްތައް ނަގަނީ

ހދ.ކުޅުދުއްފުށީ ސިޓީގައި ތާރުއަޅައިގެން ތަރައްޤީ ކޮށްފައިވާ އަމީނީމަގުގެ ދެ ފަރާތުގައި އިންދާފައިވާ ހިތިގަސްތައް ބޮޑެތިވެ، އެ ގަސްތަކުގެ ސަބަބުން މަގަށް ގެއްލުން ލިބެމުން އަންނާތީ ގަސްތައް ނަގައި އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ވިދާޅުވެފައި ވަނީ އަމީނީ މަގުގައި އިންދާފައިވާ ބައެއް ބޮޑެތި ހިތި ގަސްތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، އެ ގަސްތައް ނަގަން ނިންމާފައ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި މަސްކައްކައި ހިއްކުމާއި ލޮނުމަސް އެޅުމަށް ބިން ކުއްޔަށް ދޫކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މަސްކައްކައި ހިއްކުމާއި ލޮނުމަސް އެޅުމަށް ބިން ކުއްޔަށް ދޫކުރަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި މަސް ކައްކައި ހިއްކުމަށާއި ލޮނުއެޅުމުގެ މަސައްކަތުގެ އިތުރުން ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށް އެ ކައުންސިލުން އިއްޔެ ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދުގެ (ޤަވައިދު ނަންބަރު: (2018/R-69 8 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން އެ ސިޓީގައި މަސް ކައްކައި ހިއްކުމާއި، ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގެ މިސްކިތެއް މަރާމާތުކުރަން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ މިސްކިތެއް މަރާމާތުކުރަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގައި ހުންނަ މިސްކިތެއް މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި މަރާމާތު ކުރަނީ މަސްޖިދުލް ޙަޟާރަތު މިސްކިތެވެ. އެ މަސައްކަތް ހަވާލުކުރީ ގިބްސް ޕްރައިވެޓް ލިމިޓެޑާއެވެ. 45 ދުވަސް ތެރޭގައި މަރާމާތުކޮށް ނިންމާގޮތަށް ހަވާލުކުރެވުނު މި މަޝްރޫއުގެ ޖުމްލަ އަގަކީ 1,586,860.86 (އެއްމިލިއަން ފަސްލައްކަ އައްޑިހަ ހަހާސް އައްސަތޭކަ ފަސްދޮޅަސް ރުފިޔާ އައްޑިހަހަލާރި ) ކަމަށް އެ ކައުންސިލުން ބުނެއެވެ. މި މަޝްރޫއުގެ ތެރެއިން، މިސްކިތުގެ މުށިތައް ނެގުން...

ޝިއުނާ އާދަމް
ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށް ވައިކަރަމުރައިދޫއަށް ގެންދިޔަ މީހުންނަށް ޖޫރިމަނާ 📍 ހދ. މަކުނުދޫ

ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށް ވައިކަރަމުރައިދޫއަށް ގެންދިޔަ މީހުންނަށް ޖޫރިމަނާ

ހދ. ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށްގެން ހދ. ވައިކަރަމުރައިދޫއަށް ގެންދިޔަ ދެ މީހުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މީގެ 12 އަހަރު ކުރިން 2010 ވަނަ އަހަރު ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއްގެ ކެޕްޓަނާއި ފަޅުވެރިންނަށް ބިރު ދައްކައިގެން ހދ. ވައިކަރަމުރައިދޫއަށް އެ ލޯންޗް ގެންދިޔައީ ހދ. މަކުނުދޫ އުނިމާގޭ މުހައްމަދު ނާއިފު އާއި އެރަށު ގުލްއަލާގޭ މުހައްމަދު ޔާސިރެވެ. އެ މީހުންގެ މައްޗަށް ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާއަށް އެ ދެ […]

އަލީ އާދިލް
ކުޅުދުއްފުށީ ކުނިކޮށި ތަރައްގީކުރަން އެއްބަސްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކުނިކޮށި ތަރައްގީކުރަން އެއްބަސްވެއްޖެ

ކުޅުދުއްފުށި ސިޓީގެ ކުނިކޮށި ތަރައްގީކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސް ބީއާ ކުންފުންނާއެވެ. މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތަކީ ކުނިކޮށީގެ ވަށާ ފާރު ރޭނުމެވެ. އެގޮތުން ފާރުރާނާ ސިމެންތިޖަހާ ކުލަލުން، ސެކިއުރިޓީ ހަޓް، ފާހާނާ، 2 ގޭޓް، ކެމެރާ ޕޯލް އަދި ލައިޓް ޕޯލްތައް ހެދުމާއި ލައިޓް ހަރުކޮށް ކަރަންޓް ވަޔަރުއެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. 97 ދުވަސް ތެރޭގައި ނިންމާގޮ...

ޝިއުނާ އާދަމް
އެޗްޑީސީން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި 📍 ހދ. ކުޅުދުއްފުށި

އެޗްޑީސީން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިއަދު ކުރިއަށްގެންދިޔަ މި ސެޝަނުގައި އެޗްޑީސީން ވަނީ އެ ކުންފުނީގެ މުނިސިޕަލް ޕޯޓަލާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކޮށްފައެވެ. އެޗްޑީސީން ބުނީ މި މައުލޫމާތު ސެޝަނުގެ ބޭނުމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް އެފަދަ ޕޯޓަލެއް ހަދައި ޚިދުމަތް ދޭން ފެށުން ކަމަށެވެ. މި ޕޯޓަލްގެ ސަބަބުން ޙިދުމަތް ދިނުމުގައި ފަސޭހަވެ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭނެ […]

އަޙްމަދު ވަހީދު
ހޯރަފުއްޓާއި ކުޅުދުއްފުށި އަދި މާވަރުލަށް ރޭގަނޑު ދަތުރުތައް ފެށުމަށް ތައްޔާރުވަނީ 📍 ހދ. ކުޅުދުއްފުށި

ހޯރަފުއްޓާއި ކުޅުދުއްފުށި އަދި މާވަރުލަށް ރޭގަނޑު ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ހއ. ހޯރަފުއްޓާއި ކުޅުދުއްފުށި ސިޓީއާއި ގދ. މާވަރުލު އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފިއެވެ. އެ ކުންފުނީގެ ޑިރެކްޓަރ ސައުދުﷲ އަޙުމަދު ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެކުންފުނިން ހިންގަމުން އަންނަ 3 އެއާޕޯޓެއްގައި ފްލައިޓް ނެވިގޭޝަން ލައިޓް ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. ނެވިގޭޝަލް ލައިޓް ހަރުކުރުމަކީ ރޭގަނޑު ދަތުރުތައް ކުރުމަށް ކުރާ ކަމެކެވެ. މިއީ ކޮންމެ އެއާޕ...

އަޙްމަދު ވަހީދު
ނައިބު ރައީސް ކުޅުދުއްފުށި ސިޓީ އަށް ވަޑައިގެންފި 📍 ހދ. ކުޅުދުއްފުށި

ނައިބު ރައީސް ކުޅުދުއްފުށި ސިޓީ އަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ކުޅުދުއްފުށިސިޓީއަށް މިއަދު ވަޑައިގެންފިއެވެ. ނައިބު ރައީސް މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެއާޕޯޓުން މަރުޙަބާ ދެންނެވީ އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި، ކައުންސިލަރުންނެވެ. މީގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، މުއައްސަސާތަކުގެ ވެރިން ވެސް ނައިބު ރައީސަށް މަރުޙަބާ ދެއްނެވުމުގައި ވަނީ ބައިވެރިވެފައެވެ. ނައިބު ރައީސްގެ މި ދަތުރުފުޅުގައި މިއަހަރުގެ...

ޔުމްނާ ޢަލީ
ނައިބު ރައީސް ކުޅުދުއްފުށި ސިޓީ އާއި ނޮޅިވަރަމަށް ވަޑައިގަންނަވަނީ 📍 ހދ. ނޮޅިވަރަމް

ނައިބު ރައީސް ކުޅުދުއްފުށި ސިޓީ އާއި ނޮޅިވަރަމަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ދެރަށަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ. ނައިބް ރައީސްގެ މިދަތުރުގައި ހދ. އަތޮޅުވަން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި ސިޓީ އާއި އެއަތޮޅު ނޮޅިވަރަމަށެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މި ރަސްމީ ދަތުރުފުޅަކީ ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓަރގެ ދައުވަތަށް، އިންޓަރނޭޝަނަލް ޔޫތުޑޭ ފާހަގަކުރުމަށް ކުރައްވާ ދަތުރެއްކަމަށެވެ. އެކައުންސިލާއި ޔޫއެން އިން ރާވާފައިވާ ބައެއް ހަރަކާތްތަކުގައި ނައިބް ރައީސް ބައިވެރ...

އިބްރާހިމް އަސްވާޤް
ކޭއާރުއެޗްގައި ލޮލުގެ ޑޮކްޓަރުގެ ޚިދުމަތް އަލުން ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗްގައި ލޮލުގެ ޑޮކްޓަރުގެ ޚިދުމަތް އަލުން ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި  ލޮލުގެ ޑޮކްޓަރުގެ ޚިދުމަތް އަލުން މިއަދު ފަށައިފިއެވެ. އެ ހޮސްޕިޓަލުން ދެމުންދިޔަ ލޮލުގެ ޑަކްޓަރުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކެނޑުނީ އެ ހޮސްޕިޓަލްގެ ލޮލުގެ ޑިޕާރޓްމެންޓްގައި މަސައްކަތް ކުރައްވަމުން ގެންދެވި އެއް ޑަކްޓަރު ހޮސްޕިޓަލާއި ވަކިވެފައިވަނިކޮށް، ދެން ހުންނެވި ޑަކްޓަރު އެމަރޖެންސީ ކަމެއްގައި ޗުއްޓީ ނަންގަވަން ޖެހުމުންނެވެ. ކޭއާރުއެޗުން މިއަދު ވިދާޅުވީ، ލޮލުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލުމަށްފަހު، މިއަދު އަލުން އޯ.ޕީ.ޑީ ފ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި އުޅޭ ބިދޭސީއެއް، ޔުނީފޯމު ފަހައިދޭން ގިނަބައެއްގެ އަތުން ފައިސާނަގައި ލަނޑުދީފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އުޅޭ ބިދޭސީއެއް، ޔުނީފޯމު ފަހައިދޭން ގިނަބައެއްގެ އަތުން ފައިސާނަގައި ލަނޑުދީފި

ހދ. ކުޅުދުއްފުށި ސިޓީގައި އުޅޭ ބަންގުލަދޭސް ރައްޔިތަކު، ޔުނީފޯމު ފަހައިދޭނެކަމަށް ބުނެ ގިނަބައެއްގެ އަތުން ފައިސާނަގައި ލަނޑު ދީފި އެވެ. މިކަމާއި ގުޅޭ ގޮތުން ފުލުހުން “ތިލަދުން” އަށް ބުނީ މިފަދަ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައެޅިފައިވާ ކަމަށެވެ. މިމައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ބުންޏެވެ. ޔުނީފޯމު ފަހައިދޭނެކަމަށް ބުނެ ގިނަބައެއްގެ އަތުން ފައިސާ ނަގައި ގިނަބަޔަކަށް ލަނޑުދީފައިވާތީ އެބިދޭސީ މީހާ މަސައްކަތް ކުރާ ތަނަށް ދޭތެރެއަކުން މީހުން އެއްވެ ނުރުހުން ފާޅުކުރަ...

އަލީ އާދިލް
ކޭއާރުއެޗުން 3000 އަށް ވުރެ ގިނަ އެމްއާރުއައި ހަދައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުން 3000 އަށް ވުރެ ގިނަ އެމްއާރުއައި ހަދައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި) ގެ ޚިދުމަތް ފެށިފަހުން މިހާތަނަށް 3000 އަށްވުރެ ގިނަ ހަދައިފި އެވެ. އެހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ދޭންފެށުނީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ 23 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ޕްރޮޖެކްޓެކެވެ. ކޭއާރުއެޗުން މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލުގައި އެމް.އާރު.އައި ހިދުމަތް ދޭން ފެށިފަހުން 3000 އަށް ވުރެ ގިނަ އެމް.އާރު.އައި ސްޓަޑީސް ހެދިފައިވާ […]

ޔުމްނާ ޢަލީ
ގިނަ ވައްތަރުގެ މުދާ އެއްތަނަކުން، ބެސްޓް ބަޑީގެ ބޮޑު ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ގިނަ ވައްތަރުގެ މުދާ އެއްތަނަކުން، ބެސްޓް ބަޑީގެ ބޮޑު ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި

ތަފާތު ގިނަ ބާވަތުގެ މުދަލާއެކު ބެސްޓްބަޑީގެ ބޮޑު ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި އެވެ. ހިޖުރީ އާއަހަރާއި ދިމާކޮށް ބެސްޓް ބަޑީން އަލަށް ހުޅުވި މި ފިހާރައިން ތަފާތު ގިނަ ބާވަތްތަކުގެ މުދާ ހެޔޮއަގުގައި ލިބޭނެކަމަށް އެފަރާތުން ހާމަކުރެއެވެ. މިފިހާރަ ހުޅުވާފައިވަނީ ކުޅުދުއްފުށީ ބޭރުމަގު އެތުމާ ދަގަނޑު ގުދަން ކުރިމަތިން ބަރާބަރު ފިހާރަ ހުންނަ މަގުގަ އެވެ. މިފިހާރައިން ބަދިގޭގައި ގެންގުޅޭ އެކި ވައްތަރުގެއިލެކްޓްރޯނިކް ސާމާނު ލިބެން ހުރެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ހުޅަނގުފަރާތުގައި ތަރައްގީކުރަމުން އަންނަ ފިނިމައިޒާނަށް ގެއްލުންދީފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހުޅަނގުފަރާތުގައި ތަރައްގީކުރަމުން އަންނަ ފިނިމައިޒާނަށް ގެއްލުންދީފި

ކުޅުދުއްފުށި ސިޓީގެ ހުޅަނގުފަރާތު ބީޗުގައި ތަރައްގީކުރަމުން އަންނަ ފިނިމައިޒާނަށް ބަޔަކު ގެއްލުންދީފި އެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ހުޅަނގުފަރާތު ބީޗް ތަރައްޤީ ކުރުމުގެ ފްރޮޖެކްޓަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ. މޭޔަރު ވަނީ ކުޅުދުއްފުށީގެ ތަރައްޤީއަށް ހިންގޭ މިފަދަ މަޝްރޫތަކަށް ގިނަ ރައްޔިތުންގެ އެއްބާރުލުން ލިބެމުން އަންނަކަން ފާހަގަކުރަށްވާފައެވެ. އެހެންނަމަވެސް ބައެއް ނުވިސްނޭ ފަރާތް...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި މަސްތުވާތަކެއްޗާއި ގުޅޭ ޕްރިވެންޝަން ޕްރޮގްރާމްގެ ތަމްރީން ޕްރޮގްރާމްތަކެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މަސްތުވާތަކެއްޗާއި ގުޅޭ ޕްރިވެންޝަން ޕްރޮގްރާމްގެ ތަމްރީން ޕްރޮގްރާމްތަކެއް

ކުޅުދުއްފުށީ ސިޓީގައި މަސްތުވާތަކެއްޗާއި ގުޅޭ ޕްރިވެންޝަން ޕްރޮގްރާމްގެ، ދެ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްތަކަކީ، ޖާނީ އެން.ޖީ.އޯ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ “ރައިޒް ޕްރޮގްރާމް 2022 – މަސްތުވާތަކެއްޗާއި ގުޅޭ ޕްރިވެންޝަން ޕްރޮގްރާމްގެ ދެ ތަމްރީން ޕްރޮގްރާމެއް އެ ސ...

ސަނިއްޔާ އަބޫބަކުރު