📍 ހދ. ކުޅުދުއްފުށި
ފަހު ދިހަމިނެޓް ތެރޭ ތިންލަނޑުޖަހައި ނޮޅިވަރަންފަރުން މާއްޓޭ ސްޕޯޓްސް ހުއްޓުވައިފި
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މާއްޓޭ ސްޕޯޓްސް އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުން މާއްޓޭ ސްޕޯޓްސް އިން މޮޅުވާން ދަނިކޮށް މެޗުގެ ފަހު ދިހަމިނެޓްގައި ތިންލަނޑުޖަހައި ނޮޅިވަރަންފަރުން މާއްޓޭ ސްޕޯޓްސް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ފޯރިގަދަ ކުޅުމެއް...