📍 ހދ. ކުޅުދުއްފުށި
މުޢިއްޒުއަށް ކުޅުދުއްފުށި ސިޓީން ހޫނު މަރުޙަބާއެއް، ޖަލްސާ މިރޭ!
ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރެއްގައި ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ޕީޕީއެމްގެ ލީޑާޝިޕުގެ ބޭފުޅުންނާއެކު މިއަދު ހެނދުނު ފެއްޓެވި މި ދަތުރުފުޅުގައި، އަރިހުގައި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އާއި އެކު، ފުރަތަމަ ވަޑައިގެންނެވި އެވެ. އެ ބޭފުޅުންނަށް މަރުހަބާ ދެއްވުމ...