📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީ އެއާޕޯޓު ފެންސުގައި ޕިކަޕެއް ޖެހި ގެއްލުންތަކެއް ލިބިއްޖެ
ކުޅުދުއްފުށި ސިޓީގައި ބާރަށް ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލުން ނެއްޓި، އެ ރަށު އެއާޕޯޓު ފެންސުގައި ޖެހި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާ ދުށް މީހަކު މައުލޫމާތު ދިން ގޮތުގައި، އެ ޕިކަޕު ދުއްވާފައި ދިޔަ ބާރުމިނުގައި މަގު މެދުގައި އިން ވަޅުގަނޑަކަށް ޖެހި ކޮންޓްރޯލުން ނެއްޓިގެން ގޮސް އެއާޕޯޓުގެ ފެންސުގައި ޖެހުނީއެވެ. މިހާދިސާގައި ޕިކަޕުގެ އިތުރުން ފެންސަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާ ހިނގުމުން ފުލުހުން ވެސް ވަނީ އެ […]