މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މެރިން މެކޭނިކް ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މެރިން މެކޭނިކް ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ބޭއްވި ނޭޝަނަލް ސެޓްފިކެޓް ތްރީ އިން މެރިން މެކޭނިކް ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭނެއްގައި ހިމެނޭ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވުނު މި ކޯސް، 11 ދަރިވަރަކު ވަނީ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ. އެގޮތުން މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފްއެވެ. އަދި މި ރަސްމިއްޔާތުގައި އިންސްޓިޓިއުޓ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީން ތަޖުރިބާ ދަތުރެއްގަައި ލަންކާއަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީން ތަޖުރިބާ ދަތުރެއްގަައި ލަންކާއަށް

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ(ޑަބްލިއުޑީސީ) އިން ސްރީލަންކާ އަށް ކުރި ތަޖުރިބާ އާއި ޤާބިލުކަން އިތުރުކުރުމުގެ ދަތުރު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.  މި މަހު 16 އިން 23 އަށް، ޑަބްލިއުޑީސީ ގެ ރައިސާ އާއި އިތުރު 4 މެންމަބަރުންނާއި މުވައްޒަފަކު ހިމެނޭހެން ބައިވެރިވި މި ދަތުރުގައި، އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން ސްރީލަންކާގެ އަންހެނުން އިސްވެ ހިންގާ ޖަމާއަތްތަކަށް ޒިޔާރާތްކޮށް އެމީހުންގެ މަޢުލޫމާތާއި ޤާބިލުކަން އިތުރުކުރުމަށް ތަޖުރިބާ ހ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ބޯޒިޔާރާތް ބީޗް ތަރައްޤީކުރަން ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ބޯޒިޔާރާތް ބީޗް ތަރައްޤީކުރަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން، ކުޅުދުއްފުށީގެ ބޯޒިޔާރާތް ބީޗް ތަރައްޤީކުރުމުގެ މަސައްކަތް ޕްލަސް ބީ ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޯޒިޔާރާތް ބީޗް ސަރަހައްދުގެ އެންޓްރެންސް ވީލްޗެއަރ އެކްސެސްއާއިއެކު ތަރައްޤީކޮށް، ބައުންޑަރީ ވަކިކޮށް، ފާހަނަބަރި، 11 ބީޗް ހަޓް، ބާބަކިއު އޭރިއާ، 2 ޝަވަރާއި، ވޯކްވޭއެއްގެ އިތުރުން ސަރަހައްދުގެ ލޭންޑްސްކޭޕިންގެ މަސައްކަތް ހިމެނެއެވެ. 77 ދުވަހުގެ މުއްދަތެއްގެ ތެރޭގ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގެ މަގުތައް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ %83 މަސައްކަތް ނިމިއްޖެ: މިނިސްޓްރީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ މަގުތައް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ %83 މަސައްކަތް ނިމިއްޖެ: މިނިސްޓްރީ

ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް %83 އަށް ނިމިއްޖެކަމަށް ކޮންޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ. ސަރުކާރުން، ކުޅުދުއްފުށީގެ މަގުތައް ތަރައްޤީ ކުރުމުގެ ދެވަނަ ފޭސްގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓްކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. އަދި މިހާތަނަށް ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ރަށުގެ އަމީނީމަގު ހިމެނޭހެން 13 ބޮޑު މަގެއް ޒަމާނީ ފެންވަރަށް ފެތޭނެހެން ތަރައްޤީކޮށްފައިވެއެވ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި އުތުރު ބަނަދަރުން ސަޕްލައި ފެން ދޫކުރުމުގެ ޚިދުމަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އުތުރު ބަނަދަރުން ސަޕްލައި ފެން ދޫކުރުމުގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށި ސިޓީގެ އުތުރު ބަނދަރުން ސަޕްލައި ފެން ދޫކުރުމުގެ ޙިދުމަތް ސިޓީ ކައުންސިލުން ފަށައިފިއެވެ. އެގޮތުން ފެން ދޫކުރާ ކިއޮސްކް ޤާއިމްކޮށްފައިވަނީ މަސްމާރުކޭޓު ސަރަހައްދުގެ އިތުރުން ރަށުގެ ބަނދަރުގެ އުތުރު ކޮޅުގައެވެ. ފެން ދޫކުރާ އަގުގެ ގޮތުގައި ސިޓީ ކައުންސިލުން ކަނޑައަޅާފައި ވަނީ ކޮންމެ ކިއުބިކް މީޓަރެއްގެ ފެނަށް 135 ރުފިޔާ އެވެ. ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވާގޮތުން، ސަޕްލައި ފެނުގެ ޙިދުމަތް މި ސަރަހައްދުތަކުން ލިބޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 6 އިން ދަންވަރު […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މަޝްރޫޢުތަކަށް ގެއްލުންދޭތީ މޭޔަރުގެ ކަންބޮޑުވުން 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މަޝްރޫޢުތަކަށް ގެއްލުންދޭތީ މޭޔަރުގެ ކަންބޮޑުވުން

ކުޅުދުއްފުށި ސިޓީ ކައުންސިލުން ހިންގަމުންދާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތައް ބުރޫ އަަރާގޮތަށް އެކި ވަރުގެ ގެއލުންތައް ދެމުންދާތީ، ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ކަންބޮޑުވުންފާޅުކުރަށްވައިފިއެވެ. މީސްމީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ކަންބޮޑުވުން ފާޅުކުރަށްވައި މޭޔަރ ވިދާޅުވީ، ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ކޮމިއުނިޓީ ޕާކުގައި ކުޑަކުދިން ކުޅޭ ސާމާނު ބެހެއްޓުމަށް އަޅަމުންދާ ބުޑުތައް ހިކުމުގެ ކުރިން އެއަށް ލައްވާފައިވާ ސްޓަޑްތައް ހަލުވާ ދ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި "އިސްވާރު ޕްރޮގްރާމް" ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި "އިސްވާރު ޕްރޮގްރާމް" ފަށައިފި

ކުޅުދުއްފުށި ސިޓީގައި “އިސްވާރު ޕްރޮގްރާމު 2025” ފެށުމުގެ ގޮތުން ރަސްމިއްޔާތެއް ބާއްވައި ރަސްމީކޮށް މި ޕްރޮގްރާމް މިއަދު ފަށައިފިއެވެ. މި ރަސްމިއްޔާތު ފަށްޓަވައިދެއްވައި ޝަރަފްވެރިކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފްއެވެ. އޭޕްރީލް 24 އިން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މޯލްޑިވްސް އިންސްޓިޓިއުޑް އޮފް ލޯކަލް ގަވަރނަންސްއާއި، ޔޫކޭ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އަދި ޔޫއެންޑީޕީގެ އިތުރުން ކުޅުދުއްފުށި ސިޓީ ކައުންސިލްއާއި ގުޅިގ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ޙަސަނާތު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޙަސަނާތު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީ މަސްޖިދުލް ޙަސަނާތު މަރާމާތު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުގެ ފަރާތުން އަންބަލަން ކޮންސްޓްރަކްޝަން ލިމިޓެޑް އާއި މިއަދު ހަވާލުކޮށްފިއެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ޙަސަނާތު މިސްކިތް މަރާމާތުކުރުމުުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި، މިސކިތް އިސްކުރުބަރި ހުރި ސަރަހައްދު މަރާމާތު ކުރުމާއި، ފިރިހެނުންގެ ފާހަނަ ބަރި މަރާމާތުކުރުމާއި، އިސްކުރުބަރި އަދި ފާހަނާގެ ހޮޅިލައިން ބަދަލުކޮށް ފާހަނަ ސީލިންގ ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން، މިސްކިތުގެ އ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ދަރިވަރަކު ދުއްވި ސައިކަލެއް ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެއްޓެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ދަރިވަރަކު ދުއްވި ސައިކަލެއް ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެއްޓެއް

ކުޅުދުއްފުށި ސިޓީިގައި ސްކޫލް ކުއްޖެއް ބާރު ސްޕީޑެއްގައި ދުއްވާފައި ދިއަ ސައިކަލެއް ކޮންޓްރޯލް ނުވެގެންގޮސް ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ. މިއަދު މެންދުރު ގާތްގަނޑަކަށް 1 ޖަހާ އެހާކަށް ހާއިރު މި އެކްސިޑެންޓް ހިނގީ ސްކޫލް ނިންމުމަށްފަހު ކުއްޖާ އެކަނި ގެޔަށް ދިޔަ މަގުމަތީގައެވެ. މައުލޫމާތު ލިބޭގޮތުގައި މި ކުއްޖާއަކީ ޖަލާލުއްދީން ސްކޫލް ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރެކެވެ. މަންޒަރު ދުށް ކުޅުދުއްފުށީ ލައިސަންސް ނަގާ ތަނުުގައި ތިބި ބައެއް މީހުން […...

އައިޝަތު އައިނީ އާމިރު
ބިން އިތުރުކުރުމުގެ ބަދަލުގައި، އުސް އިމާރާތެއް ހަދައި ހިދުމަތް ގާއިމް ކުރުމަށް ހުށަހަޅައިފި 📍 ހދ. ކުޅުދުއްފުށި

ބިން އިތުރުކުރުމުގެ ބަދަލުގައި، އުސް އިމާރާތެއް ހަދައި ހިދުމަތް ގާއިމް ކުރުމަށް ހުށަހަޅައިފި

މި ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިތުރަށް ތަރައްގީ ކުރުމުގެ ޕްލޭންގެ ދަށުން ހަދަން ނިންމާފައިވާ އައު އިމާރާތް އެޅުމަށް، ބިން އިތުރުކުރުމުގެ ބަދަލުގައި މިހާރު ހޮސްޕިޓަލް ހިންގަމުން އަންނަ ބިމުގައި އުސްކޮށް އިމާރާތްކޮށް ހިދުމަތްތައް ގާއިމް ކުރުމަށް ސިޓީ ކައުންސިލުން ހެލްތު މިނިސްޓްރީގައި އެދިއްޖެއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމަށް ބިން އިތުރުކުރުމަށް އެދި ހެލްތު މިނިސްޓްރީން ވަނީ ސިޓީ ކައުންސިލުގައި ސިޓީއަކުން އެދިލައްވާފައެވެ. އެ ސިޓީގައި ވަނީ އެސްޓ...

އިބްރާހިމް ޚަލީލް
57 ރަށެއްގައި ހައުސިން މަޝްރޫޢު ހިންގަން އަލުން ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

57 ރަށެއްގައި ހައުސިން މަޝްރޫޢު ހިންގަން އަލުން ހުޅުވާލައިފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އަލުން އިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި އިއުލާންތަކުގައި ބުނެފައިވަނީ، އެ މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުުގެ މަސައްކަތް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިލްޑިންގ (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.  މި ރަށްތަކުގައި ހައުސިން ޔުނިޓް އަޅާނެ ފަރާތްތައް ހޯއްދަން ފިނޭންސުން ކޮށްފައިވާ ޢިއުލާ...

އައިޝަތު އައިނީ އާމިރު
މިހާރު އޮތް ބިމުގައި އައު ހޮސްޕިޓަލް އެޅޭނެ ގޮތުގެ ހިޔާލެއް ވާނީ ހުށަހަޅާފައި: އާތިފް 📍 ހދ. ކުޅުދުއްފުށި

މިހާރު އޮތް ބިމުގައި އައު ހޮސްޕިޓަލް އެޅޭނެ ގޮތުގެ ހިޔާލެއް ވާނީ ހުށަހަޅާފައި: އާތިފް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ އިމާރާތް، މިހާރު ހޮސްޕިޓަލް ހިންގަމުން އަންނަ ބިމުގައި އެޅޭނެ ގޮތުގެ ހިޔާލެއް ހުށަހަޅާފައިވާ ކަމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މި ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމަށް ބިން އިތުރުކުރުމަށް އެދި ހެލްތު މިނިސްޓްރީން ވަނީ އެ ސިޓީ ކައުންސިލަށް ސިޓީއަކުން އެދިފައެވެ. އެ ސިޓީގައި އެދިފައިވަނީ އެސްޓީއޯ ފާމަސީ އުތުރުން އޮންނަ ސަރަހައްދުން ފެށިގެން ނޮލެޖް ސެންޓ...

އިބްރާހިމް ޚަލީލް
ސިޓީ ކައުންސިލުން ކުޅުދުއްފުށީގެ ސަރުކާރު ސްކޫލްތަކަށް ދޭ ގްރާންޓަށް ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ސިޓީ ކައުންސިލުން ކުޅުދުއްފުށީގެ ސަރުކާރު ސްކޫލްތަކަށް ދޭ ގްރާންޓަށް ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދޭ “ސްކޫލް ގްރާންޓް” އަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ. ސިޓީ ކައުންސިލްގެ “ސްކޫލް ގްރާންޓް ޕްރޮގްރާމް އުޞޫލު”ގައި ބުނެފައިވާ ގޮތުން މި ގްރާންޓް ދޫކުރަނީ އެ ސްކޫލްތަކަށް އެހީދިނުމުގެ މަޤުސަދުގައި ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމަށެވެ. އަދި ސްކޫލްތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން މި އުޞޫލުގެ ދަށުން ގްރާންޓް ދޫކުރެވޭނީ ކުޅުދުއްފ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި މާލިއްޔަތު ޤަވާއިދާއި ބެހޭ ތަމްރީނު ޕްރޮގުރާމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މާލިއްޔަތު ޤަވާއިދާއި ބެހޭ ތަމްރީނު ޕްރޮގުރާމެއް

ކުޅުދުއްފުށި ސިޓީގައި މާލިއްޔަތު ޤަވާއިދާއި ބެހޭ ތަމްރީނު ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެދިލެއްވުމަށް ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓްގެ ފަރާތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ހަފްތާ ބަންދުގައި ކުރިއަށް ގެންދިޔަ މި ޕްރުގްރާމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި، ރަށުގެ އިދާރާތަކުގެ ގިނަ މުވައްޒަފުންގެ އިތުރުން ހދ އަތޮޅަށް ނިސަބަތްވާ ކައުންސިލްތަކުގެ ބައެއް މުވައްޒަަފުންވެސް ވަނީ ބައިވެރިވެފައެވެ.  އެގޮތުން މި ޕް...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި "ފިނިފެހި ނާސަރީ"ގެ އައު ނާސަރީއެއް ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި "ފިނިފެހި ނާސަރީ"ގެ އައު ނާސަރީއެއް ހުޅުވައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން “ފިނިފެހި ނާސަރީ” ގެ ނަމުުގައި ކުޅުދުއްފުށީގައި އައު ނާސަރީ އައުޓްލެޓެއް މިއަދު ހުޅުވައިފިއެވެ. “ފިނިފެހި ސިޓީ” މި އިނިޝިއޭޓިވްގެ ދަށުން ފިނިފެހި މާދަމާއަށްޓަކާ ގަސްމުޑުވަށް ކުރުމުގެ ގޮތުން މި ނާސަރީ ހުޅުވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާޠިފްއެވެ.  ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މި ޕްރޮޖެކްޓަކީ ކުޅުދުއްފުށީ ސިޓީ ފިނިކޮށް ފެހި ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ރަށުގެ ބައިއޯޑައިވަރސިޓީ އ...

އައިޝަތު އައިނީ އާމިރު