📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށި ސިޓީ ''ގަލަދުން ޕާކު'' ހުޅުވައިފި
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ރަށުގެ އިރުމަތީފަރާތުގައި ތަރައްޤީކުރި ”ގަލަދުން ޕާކު” ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ މެންބަރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލުގެ ކެޕްޓަނުންގެ އިތުރުން އާންމު ރައްޔިތުން ބައިވެފައިވެއެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި، ކުޅުދުއްފުށީގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ވީހާ ކައިރީގައި، ހިތްފަސޭހަ ކޮށްލާ، ހިތްހަމަޖައްސާލާނެ މައިޒާންތަކާއި ޕާކްތައް...