މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުރިނބީ (100 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
100 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުރިނބީގެ އެންމެ ފަހުގެ ޚަބަރުތައް

100 ޚަބަރުގެ ތެރެއިން
ކުރިނބީން ދަނޑުވެރިކަމަށް ހިލޭ ވަގުތީ ބިން ދޫކުރަނީ 📍 ހދ. ކުރިނބީ

ކުރިނބީން ދަނޑުވެރިކަމަށް ހިލޭ ވަގުތީ ބިން ދޫކުރަނީ

ހދ. ކުރިނބީން ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ހިލޭ ބިން ދޫކުރުމަށް ކުރިނބީ ކައުންސިލުން ނިންމައިފިއެވެ. ކުރިނބީ ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ އިޤްތިޞާދީ ހީނަރުކަމަށްބަލައި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި އެއްވެސް ކުއްޔަކާއި ނުލައި، ރަށުގެ ދެކުނުފަރާތުން ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ނިންމައިފިކަމަށެވެ. “މިގޮތުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަންކުރަން ބޭނުންވާ ގޭގެއިން ކޮންމެ ގެޔަކަށް 1 (އެކެއް)...

ޔުމްނާ ޢަލީ
ކުރިނބީ ކައުންސިލުންވެސް ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ނަމަ އެހީތެރިވަނީ 📍 ހދ. ކުރިނބީ

ކުރިނބީ ކައުންސިލުންވެސް ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ނަމަ އެހީތެރިވަނީ

ހދ. ކުރިނބީ ކައުންސިލުންވެސް ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތައް ދެނެގަނެ، އެހީތެރިވުމުގެ މަސައްކަތް ފަށައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތައް ދެނެގަތުމަށް ކުރިނބީ ކައުންސިލުން ތައްތާރުކޮށްފައިވާ އޮންލައިން ފޯމު މިހާރުވަނީ އެކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ފުރޭނޭ އިންތިޒާމް ހަމަޖައްސައިފައެވެ. https://www.facebook.com/691671654204123/posts/2848075791897021/ އެކަމާއި ގުޅިގެން އެ ކައުންސިލްގެ ވެބްސައިޓްގައި ބުނެފައިވަނީ ކޮވިޑް-19 އާއި...

ޝިއުނާ އާދަމް
ކުރިނބީ ޕީޕީއެމް ޖަގަހައަށް ކަޅުތެޔޮ ޖަހައިފި 📍 ހދ. ކުރިނބީ

ކުރިނބީ ޕީޕީއެމް ޖަގަހައަށް ކަޅުތެޔޮ ޖަހައިފި

ރޭދަންވަރުގެ ވަގުތެއްގައި ހދ ކުރިނބީ ޕީޕީއެމްގެ ޖަގަހައަށް ކަޅުތެޔޮ ޖަހައިފިއެވެ. ކުރިނބީ ޕީޕީއެމްގެ އިސް އޮފުސަލަކު ވިދާޅުވީ ކަޅުތެޔޮ ޖެހުމުގެ ސަބަބުން އެޖަގަހައިގައި ހުރި ޓީވީ އާއި ބަޔެއް ސާމާނުތަކަށް ގެއްލުން ވެފައިވާކަމަށެވެ. ކަޅުތެޔޮ ޖަހާފައިވާ ޕީޕީއެމްގެ މި ޖަގަހައަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމްއިން ދާދި ފަހުން ތައްޔާރުކުރި ޖަގަހައެކެވެ. މި ޖަގަހަ ކުރިން ބޭނުންކުރީ އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައެވެ. އެ މައްސަލަ މިހާރު ކައުންސިލް އަށް ހުށައަޅާފައި...

ޔުމްނާ ޢަލީ
އިޚުލާސް ޤުރުއާން ކުލާހާއި އެކު ކުރިނބީ ރައްޔިތުންނަށް އުފާވެރިކަން 📍 ހދ. ކުރިނބީ

އިޚުލާސް ޤުރުއާން ކުލާހާއި އެކު ކުރިނބީ ރައްޔިތުންނަށް އުފާވެރިކަން

ކުރިނބީގައި މިދިޔަ ހުކުރުދުވަހު އަލަށް ހުޅުވިގެން ދިޔަ އިޚުލާސް ޤުރުއާން ކުލާހުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް  މިވަނީ ވަރަށް ބޮޑު އުންމީދެއް އާވެގެން ގޮސްފައެވެ. ކުރިނބީގައިި ޤުރުއާން ކުލާހެއް ހުޅުވިގެން ދިއުމަށް އެރަށު ރައްޔިތުން ކުރަމުން ދިޔަ އުންމީދުތަކަށް މިވަނީ ނިމުނެއް އައިސްފައެވެ. މިކަމުގެ އިންތިޒާރުގައި ތިބި ބެލެނިވެރިން އަދި ހާއްސަކޮށް ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކުރުމުގެ ފަހި ފުރުޞަތު ތަކެއް މިވަނީ ހުޅުވިފައެވެ....

އަލީ އާދިލް
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ކުމުންދޫ، ކުރިނބީ އަދި ހޯރަފުއްޓަށް 📍 ހދ. ކުރިނބީ

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ކުމުންދޫ، ކުރިނބީ އަދި ހޯރަފުއްޓަށް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ދޭ ރަށްރަށުގެ ތެރޭގައި ކުމުންދޫ، ކުރިނބީ އަދި ހޯރަފުށި ހިމެނިއްޖެއެވެ. އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިއުނިއުޓީ ފަންޑުގެ ހަތަރުވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް ހޮވާ މިއަދުވަނީ އިޢުލާންކޮށްފައެވެ. ހަތ...

އަލީ އާދިލް
ކުރިނބީ ކައުންސިލް ކަޕްގެ ތަށި ވާހޯކްސްއިން މިލްކުކޮށްފި 📍 ހދ. ކުރިނބީ

ކުރިނބީ ކައުންސިލް ކަޕްގެ ތަށި ވާހޯކްސްއިން މިލްކުކޮށްފި

ވާހޯކްސްއިން ކުރިނބީ ކައުންސިލް ކަޕްގެ ތަށި މިލްކުކޮށްފިއެވެ. މުބާރާތުގެ ތަށި ވާހޯކްސް މިފަހަރު އުފުލާލާފައިވަނީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. ތިލަދުންމަތީ ދެކުނުބުރީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ފޯރިގަދަ މިމުބާރާތުގެ ފައިނަލް މެޗު މިއަދު ކުޅެވިގެންދިޔަރު، އެފްސީ ރައިނޯސްއާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު ވާހޯކްސްއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ވާހޯކްސްގެ ޖާރޒ...

ތިލަދުން
ޕެންޓަގުރާމް ބޮޑު ޗުއްޓީސޭލް، ހދ. އަތޮޅުގެ 4 ރަށެއްގައި 📍 ހދ. ކުޅުދުއްފުށި

ޕެންޓަގުރާމް ބޮޑު ޗުއްޓީސޭލް، ހދ. އަތޮޅުގެ 4 ރަށެއްގައި

“ޕެންޓަރގުރާމް ބޮޑު ޗުއްޓީ ސޭލް” މިފަހަރު ހދ އަތޮޅުގެ 4 ރަށެއްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. ޕެންޓަރގުރާމް ބޮޑު ޗުއްޓީ ސޭލް މިފަހަރު ހދ އަތޮޅުގެ 4 ރަށެއްގައި ބާއްވަން ހަމަޖެހިފައިވާއިރު މިމަހުގެ 3 ވަނަ ދުވަހު ސޭލް ފަށާފައިވަނީ ނޮޅިވަރަމުންނެވެ. 5 ވަނަ ދުވަހާއި 6 ވަނަ ދުވަހު ނޮޅިވަރަންފަރުގައި ސޭލް ކުރިއަށްދާއިރު 8 އަދި 9 ވަނަ ދުވަހު ސޭލް އޮންނާނީ ކުރިނބީގައެވެ. ސޭލް ގެ އެންމެ ފަހު ރަށެއްގެ ގޮތުގައި ކުރިއަށްދާނީ ނެއްލައިދޫގައެވެ. ޕެންޓަރގުރާމަކީ […]

ފާތިމަތު ސިނާޒާ
ކޮޅިގަނޑެއްގައި ޖެހުނު ކުރިނބީ ދޯންޏެއްގައި ތިބި 19 މީހުންނަށް އެމްއެންޑީއެފްއިން އެހީވެއްޖެ 📍 ހދ. ކުރިނބީ

ކޮޅިގަނޑެއްގައި ޖެހުނު ކުރިނބީ ދޯންޏެއްގައި ތިބި 19 މީހުންނަށް އެމްއެންޑީއެފްއިން އެހީވެއްޖެ

ކޮޅިގަނޑެއްގައި ޖެހުނު ކުރިނބީ ދޯންޏެއްގައި ތިބި 19 މީހުންނަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ގަދަ ކޮޅިގަނޑެއްގައި ޖެހި ދަތުރު ނުކުރެވިގެން ސިފައިންގެ އެހީއަށް އެދުމުން ކޯސްޓްގާޑްގެ އެހީތެރިކަމާއި އެކު ދޯނީގައި ތިބި މީހުން ހދ.ކުރިނބިިއަށް ގެންގޮސްދީފި ކަމަށެވެ. މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ 19:27 ގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އެހީތެރިކަމަށް އެދިފައިވަނީ ހދ. ކުރިނބީ މަސްލަހަތު ނަމަކަށް ކިޔާ ދޯންޏެކެވެ. މިއަދު ހަވީރ...

އިބްރާހިމް އަސްވާޤް
ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން ބާއްވައިފި 📍 ހދ. ކުރިނބީ

ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން ބާއްވައިފި

ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން ބާއްވައިފިއެވެ. “ގޯލްޑަން ޖުބްލީ ރަން” ގެ ނަމުގައި އިއްޔެ ހަވީރު 16:30 ގައި ފެށިގެން ކުރިއަން ގެންދިޔަ މިޙަރަކާތަކީ ކުރިނބީގެ ތަޢުލީމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުނު ޙަރަކާތެކެވެ. މިދުވުމުގެ ބައިވެރިންނަށް ކުރިނބީ ސްކޫލުން ވަނީ ބިބްސް ވިއްކާފައެވެ. ދަރިވަރުންނަށް 25 ރުފިޔާއަށް ބިބްސް ވިއްކާފައިވާއިރު، އާންމުންނަށާއި، ބެލެނިވެރިންގެ ބިބްސް އުޅެނީ 50 ރުފިޔާއަށެވެ. އަދި ނައިސް ބިބްސްގެ ނަމުގައި 100 ރުފިޔާއަށްވެސް ބިބްސް ވިއްކާފައިވެއެވެ. ރަންޔޫބީލްގ...

ޔުމްނާ ޢަލީ
ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން އަންނަ ހޯމަ ދުވަހު 📍 ހދ. ކުރިނބީ

ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން އަންނަ ހޯމަ ދުވަހު

ކުރިނބީ ސްކޫލް ގޯލްޑަން ޖުބްލީ ރަން ނޮވެމްބަރު 11 ވާ ހޯމަ ދުވަހު ބޭއްވުމަށް ކުރިނބީ ސްކޫލުން ތައްޔާރުވަމުން އެބަދެއެދެ. ކުރިނބީ ސްކޫލަށް 50 އަހަރު ފުރޭ މިއަހަރު ހިންގާ ގޯލްޑަން ޖުބުލީ ހަރަކާތްތަކަށް ފަންޑު ހޯދުމަށް ބާއްވާ ގޯލްޑަން ޖުބްލީ ރަންގައި ބައިވެރިވެލެއްވުމަށް ޖެހިވަޑައިގަންނަވާނީ ބިބެއް ގަންނާށެވެ. އިއްޔެ އާއި މިއަދު ކުރިނބީ ސްކޫލުން ދަނީ ބިބް ދޫ ކުރަމުންނެވެ. ސްކޫލު ދަރިވަރުންނަށް 25 ރުފިޔާއަށް ބިބެއް ދޫކުރާއިރު އާންމު ރައްޔިތުންނަށް ބިބެއް ދޫކުރަނީ 50 ރުފިޔާ […]

އަޙްމަދު މުޖުތަބާ
ކުރިނބީ އިން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި 📍 ހދ. ކުރިނބީ

ކުރިނބީ އިން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި

ހދ ކުރިނބީ އިން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓު ކުރިނބީ ކައުންސިލުން އާންމު ކޮށްފިއެވެ. ގޯއްޗަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތްވެސް ވަނީ އާންމުކޮށްފައެވެ. ޖުމްލަ 55 ފަރާތަކުންވަނީ ގޯއްޗަށް އެދި ހުށައަޅާފައިވާއިރު މީގެ ތެރެއިން ގޯތި ލިބިފައިވަނީ 32 ފަރާތަކަށެވެ. ގޯތި ލިބިފައިވަނީ 47 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށެވެ. 5 ފަރާތަކަށް 47 ޕޮއިންޓު ލިބިފައިވުމުން އެފަރާތް ތަކުގެ...

އަޙްމަދު މުޖުތަބާ
ކުރިނބީ ކައުންސިލް ކަޕް އަންނަ މަހު 25 ގައި 📍 ހދ. ކުރިނބީ

ކުރިނބީ ކައުންސިލް ކަޕް އަންނަ މަހު 25 ގައި

ވޭތުވެދިޔަ އަހަރުތަކެކޭ އެއްގޮތައް ކުރިނބީގައި ބައްވަމުން އަންނަ ކައުންސިލް ކަޕް މިއަހަރުވެސް ބޭއްވުމަށް ހަމަޖައްސާ މި މުބާރާތުގާއި ބައިވެރި ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. އެރަށު ކައުންސިލުން ނެރުނު އިއުލާންގައި ބުނެފައިވަނީ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި ފެށޭމަހުގެ 25 ވާ ހޯމަ ދުވަހު ކަމަށްށާއި އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ބެނުންވާ ކުޅުންތެރިން ނޮވެމްބަރ 7 ވާ ބުރާސްފަތި ދުވަހުގެ12:00 ގެ ކުރިން ކައުންސިލަށް ދުރުވެ ނަންނޯޓްކުރަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން މުބާރާތުގެ ފޯ...

ފާތިމަތު ސިނާޒާ
މިދިޔަ އަހަރުގެ ކުރިނބީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޝަރާ 📍 ހދ. ކުރިނބީ

މިދިޔަ އަހަރުގެ ކުރިނބީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޝަރާ

2018 ވަނަ އަހަރުގެ ކުރިނބީ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ހދ ކުރިނބީ، ކަރަންކާގެ، އައިމިނަތު ޝަރާ ހޮވިއްޖެއެވެ. ރޭ ކުރިނބީ ސްކޫލްގައި ބޭއްވި އެސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ޝަރާއަށް ސެޓްފިކެޓާއި ޓްރޮފީ އަދި ޝޭސް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާނު މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދުއެވެ. ސްކޫލްގެ ޓޮޕް އެޗީވާރސް އެވޯޑް 6 ދަރިވަރަކު ހާސިލްކޮށްފައިވާ 6 ދަރިވަރުންނަކީ އައިމިނަތު ޝަރާ، ނައުޝާ ޢަލީ، މުޙައްމަދު ވިޝާހް، […]

އަޙްމަދު މުޖުތަބާ
📍 ހދ. ކުރިނބީ

ކުރިނބީ ސްކޫލުގައި 5 ކުލާސް ރޫމާއި ސްޓާފް ރޫމެއް އެޅުމަށް ހަވާލުކޮށްފި

ހދ ކުރިނބީ ސްކޫލްގައި 5 ކްލާސް ރޫމާއި ސްޓާފް ރޫމެއް އެޅުމަށް ވީ އަވަރ އިންވެސްޓްމެންޓާއިއެކު މިއަދު ސޮއިކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. ވީ އަވަރ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އޮފީސް މެނޭޖަރު ފާތިމަތު ލައިސާ ލަތީފެވެ. ހދ. ކުރިނބީ ސްކޫލްގެ 5 ކްލާސްރޫމް އަދި ސްޓާފްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއި ކުރުން.@aisthly pic.twitter.com/X0gM6PdsWE — Ministry...

އަޙްމަދު މުޖުތަބާ
ދިއްދޫ، ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ޓާފް އެޅުމަށް ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ، ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ޓާފް އެޅުމަށް ހަވާލުކޮށްފި

ހއ.ދިއްދޫ، ހދ.ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ފީފާ އެޕްރޫވްޑް ޓާފް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ބައްދަލުވުމެއްގައި 13 ރަށުގެ ފުޓްބޯޅަދަނޑުގެ ޓާފް އެޅުމުގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން އާއެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.ޔޫތުމިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއ...

ފާތިމަތު ސިނާޒާ