މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުރިނބީ (100 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
100 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުރިނބީގެ އެންމެ ފަހުގެ ޚަބަރުތައް

100 ޚަބަރުގެ ތެރެއިން
ކުމުންދޫ އާއި ކުރިނބީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހދ. ކުމުންދޫ

ކުމުންދޫ އާއި ކުރިނބީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ކުމުންދޫ އަދި ކުރިނބީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އެ ދެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ދެ ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. މި ދެރަށުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށ...

އައިޝަތު އައިނީ އާމިރު
ކުރިނބީ ބަނދަރުގެ މަސައްކަތް ނިމޭއިރު ގޮނޑުދޮށް ހިޔާތްކުރެވި މޫދަށް އެރޭ ސަރަހައްދަކާއި އޮޑި އެހެލާނެ ސަރަހައްދެއް 📍 ހދ. ކުރިނބީ

ކުރިނބީ ބަނދަރުގެ މަސައްކަތް ނިމޭއިރު ގޮނޑުދޮށް ހިޔާތްކުރެވި މޫދަށް އެރޭ ސަރަހައްދަކާއި އޮޑި އެހެލާނެ ސަރަހައްދެއް

ހދ. ކުރިނބީ ބަނދަރު ތަރައްގީކުރުމުގެ ދެވަނަ ފިޔަވައްސެއްގައި މޫދަށް އެރޭ ސަރަހައްދަކާއި، އޮޑި އެހެލާނެ ސަރަހައްދަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފ...

ޔުމްނާ ޢަލީ
ކުރިނބީ ޞިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން ސައުވީސް ގަޑިއިރު ޚިދުމަތް ލިބޭނެ: ރައީސް 📍 ހދ. ކުރިނބީ

ކުރިނބީ ޞިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން ސައުވީސް ގަޑިއިރު ޚިދުމަތް ލިބޭނެ: ރައީސް

ހދ. ކުރިނބީ ޞިއްހީ މަރުކަޒުގެ އަލަށް އިމާރާތްކުރާ ޢިމާރާތުގެ މަސައްކަތް ނިމުމުން އެ މަރުކަޒުން 24 ގަޑިއިރު ޚިދުމަތް ދެވޭނެކަމުގެ ޔަޤީންކަން ރައީސް މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވާފައިވަނީ، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. މިއަދު ވަނީ ކުރިނބީ ޞިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރައްވާފަ...

ޔުމްނާ ޢަލީ
ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން އެމްޓީސީސީއަށް، ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އަޅަން އެފްޑީސީއަށް 📍 ހދ. ކުރިނބީ

ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އަޅަން އެމްޓީސީސީއަށް، ސްކޫލްގެ މަލްޓި ޕާޕަސް ހޯލު އަޅަން އެފްޑީސީއަށް

ހދ. ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ކުރިނބީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. […]

ޔުމްނާ ޢަލީ
ކުރިނބީ ބަނދަރުގެ އެއްގަމު ތޮށީ ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި 📍 ހދ. ކުރިނބީ

ކުރިނބީ ބަނދަރުގެ އެއްގަމު ތޮށީ ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި

ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ އެއްގަމު ތޮށީގެ ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ކުއޭ ވޯލަކީ ކޮންކްރީޓް ނުވަތަ ސްޓީލް އިން ހަދާފައިވާ ރިޓެއިނިން ވޯލްގެ ބާވަތެކެވެ. އެއީ ބަނދަރަކާއި ކޯރެއް ނުވަތަ ކެނަލްއެއްގެ ކައިރީގައި އޮންނަ ބިން ހިފަހައްޓައިދޭ ވަސީލަތެެވެ. ކުއޭ ވޯލް ނުވަތަ އެެއްގަމު ތޮށި ފާރުތައް ހަދަނީ ބިން ހަމައަކަށް އެޅުވުމަށާއި، އުޅަނދުފަހަރަށް ބަލްކުކޮށް މުދާ ބަރުކުރުމަށް ނުވަތަ އަންލޯޑް ކުރުމަށާއި، ބަނދަރުތަކާއި އާބަން އޭރިއާތަކާއި އިންލޭންޑް...

އަޙްމަދު ވަހީދު
ކުރިނބީ އަތިރިމަތިން ވަޅުލެވިފައިވާ ރުނބައެއް، އާސާރި ތަކެތިކަމަށް ބެލެވޭ! 📍 ހދ. ކުރިނބީ

ކުރިނބީ އަތިރިމަތިން ވަޅުލެވިފައިވާ ރުނބައެއް، އާސާރި ތަކެތިކަމަށް ބެލެވޭ!

ހދ. ކުރިނބީ ދެކުނުފަރާތު އަތިރިމަތިން ވަޅުލެވިފައިވާ އާސާރި ތަކެތިކަމަށް ބެލެވޭ ބައެއް ސާމާނުފެނިއްޖެ އެވެ. ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް “ތިލަދުން” އަސް މަޢުލޫމާތު ދެއަވަމުން ވިދާޅުވި ގޮތުގައި، މިތަކެތި ފެނިވައިވަނީ އިއްޔެ ގެ ވަގުތެއްގައި އެރަށުގެ މީހަކު ދެކުނުފަރާތަށް ހިނގާލަން ގޮސް އުޅެނިކޮށް ދެފަސްބެދޭ ހިސާބުން ރުނބައެއްގެ ބައެއް ފެންނަން އޮތުމުން އިތުރަށް ކޮނެ ބެލި ބެލުމުންނެވެ. ރުނބާގެ ތެރޭގައި ކުރީޒަމާނުގެ ވަރަށްގިނަ ތަށިތައް މީގެތެރޭގައި ހުރިކަމަށް އަސްލަމް ވިދާޅުވި އެވެ....

މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ކުރިނބީ ޑަބްލިއުޑީސީ ތިން ގޮނޑިވެސް ސަރުކާރަށް 📍 ހދ. ކުރިނބީ

ކުރިނބީ ޑަބްލިއުޑީސީ ތިން ގޮނޑިވެސް ސަރުކާރަށް

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ވެރިކަންކުރާ ޕާޓީ (ޕީއެންސީ) ގެ ފަރާތުން ކުރިމަތިލީ މެމްބަރުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހެނދުނު 0800 އިން ހަވީރު 1600 އަށް މި ބައި-އިލެކްޝަންގެ ވޯޓްލުން ކުރިއަށް ގެންގޮސްފައިވާއިރު، ބައި-އިލެކްޝަންގައި ވަނީ ޖުމްލަ ހަ މެމްބަރަކު ވާދަކޮށްފައެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ތިން މެމްބަރުންނާއި އިދިކޮޅު އެމްޑީޕީގެ ތިން މެމްބަރުންނެވެ. ބައި-އިލެކްޝަން ކާމިޔާބުކުރި މެމްބަރުން ލިބުނު ވޯޓާއިއެކު ފާތި...

އިބްރާހިމް ޚަލީލް
ކުރިނބީ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހދ. ކުރިނބީ

ކުރިނބީ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހދ. ކުރިނބީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަޝްރޫއުގެ ދަށުން އައު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 51 އިންސައްތަ މިހާތަނަށް ވަނީ ފުރިހަމަކޮށް...

އަޙްމަދު ވަހީދު
ކުރިނބީ ބޮޑު މިސްކިތް އޭސީކޮށް، އިއާދަކުރަނިވި ހަކަތަ އަށް ބަދަލުކޮށްލުމުގެ މަސައްކަތް ފަށައިފި 📍 ހދ. ކުރިނބީ

ކުރިނބީ ބޮޑު މިސްކިތް އޭސީކޮށް، އިއާދަކުރަނިވި ހަކަތަ އަށް ބަދަލުކޮށްލުމުގެ މަސައްކަތް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މަސްޖިދުލް އީސާކަލޭފާނުގައި އެސީ ހަރުކޮށް، އިއާދަކުރަނިވި ހަކަތައިން ބޭނުންކުރާ މިސްކިތަކަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން އެ މިސްކިތުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަނީ، އެ ރަށު ކައުންސިލުން އިސްނަގައިގެންނެވެ. މިގޮތުން އެ މިސްކިތުގައި 24000 (ސައުވީސް ހާސް) ބީޓީޔޫގެ 12 އޭސީ ހަރުކުރުމަށް ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އިއުލާން ވެސް […...

އިބްރާހިމް ޚަލީލް
ކުރިނބީ އާއި ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފި 📍 ހއ. ފިއްލަދޫ

ކުރިނބީ އާއި ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފި

ހދ. ކުރިނބީ އާއި ހއ. ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. ކުރިނބީ ޕޮލިސް ޕޯސްޓް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ކުރިނބީ ކައުންސިލު ރައީސް ޢަބްދުﷲ އަސްލަމްއެވެ. ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ފިއްލަދޫ ކައުންސިލު […]

ޔުމްނާ ޢަލީ
އަންނަ މަހު ކުރިނބީގައި ޕޮލިސް ޕޯސްޓެއް ހުޅުވަނީ 📍 ހދ. ކުރިނބީ

އަންނަ މަހު ކުރިނބީގައި ޕޮލިސް ޕޯސްޓެއް ހުޅުވަނީ

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީގައި އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ޕޮލިސް ޕޯސްޓެއް ހުޅުވައި، އެ ރަށުގައި ރަސްމީކޮށް ފުލުހުންގެ ޚިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. މި ޕޯސްޓްގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލައްވައި އެ ރަށު ކައުންސިލާއި ބައްދަލުކުރެއްވުމަށް ހދ.އަތޮޅުގެ ޕޮލިސް ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަހުމާ ސައީދު ވަނީ އިއްޔެ އެ ރަށަށް ޒިޔާރަތް ކުރައްވާފައެވެ. ކުރިނބީގައި ޕޮލިސް ޕޯސްޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މި...

އިބްރާހިމް ޚަލީލް
ކުރިނބިން ފަލަސްތީން ފަންޑަށް ބޮޑު އަދަދެއް 📍 ހދ. ކުރިނބީ

ކުރިނބިން ފަލަސްތީން ފަންޑަށް ބޮޑު އަދަދެއް

އެހީހޯދުމަށް ހިންގޭ ތަފާތު ހަރަކާތްތަކުގައި އެންމެ އާދަޔާ ހިލާފް ނަތީޖާއެއް ފެންނަ އެއް ރަށަކީ ތިލަދުންމަތީ ދެކުނުބުރީ ކުރިނބީއެވެ. އެ އަތޮޅުގައި އެންމެ ކުޑަ އާބާދީ އޮތް ރަށްތަކުގެ ތެރޭ ހިމެނޭ ކުރިނބީގެ ޖުމްލަ އާބާދީއަކީ 764 މީހުންނެވެ. ނަމަވެސް އިޒުރޭލު ސިފައިން މީގެ މަހެއްހާ ދުވަސް ކުރިން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ރަށުގައި ބޭއްވި […]

އިބްރާހިމް ޚަލީލް
ނެއްލައިދޫގައި ޑިންގީ ޕްލެޓް ފޯމެއް، ވައިކަރަދޫގައި މޫދައް އެރޭ ސަރަހައްދެއް، ކުރިނބީގައި ޔޫތު ސެންޓަރެއް 📍 ހދ. ވައިކަރަދޫ

ނެއްލައިދޫގައި ޑިންގީ ޕްލެޓް ފޯމެއް، ވައިކަރަދޫގައި މޫދައް އެރޭ ސަރަހައްދެއް، ކުރިނބީގައި ޔޫތު ސެންޓަރެއް

އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހދ. ވައިކަރަދޫ ދާއިރާއިރާގެ ތިން ރަށުގައި މުޅިން އަލަށް ހަ މަޝްރޫޢެއް ފަށަން ހިމަނައިފިއެވެ. މިގޮތުން އެ ދާއިރާގައި އަލަށް މަޝްރޫޢުތައް އެންމެ ގިނައިން ހިމަނާފައި ވަނީ ނެއްލައިދޫގައެވެ. އެރަށުގައި ތިން މަޝްރޫޢެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނޭ އެރަށުގައި ޑިންގީ ޕްލެޓް ފޯމެއް ގާއިމުކުރަން 300،000 ރުފިޔާ ބަޖެޓްގައި ޖަހާފައި އޮތްއިރު، އެރަށުގައި އިންޑޯ ޖިމެއް އަޅަން 150،000 ރުފިޔާ ޖަހާފަވެއެވެ. އަދި ފުޓްސަލް ދަނޑެއް އަޅަން 220،000 […]

ޔުމްނާ ޢަލީ
ވެރިކަމަށް ކުރިމަތިލީ އަމިއްލަ އެދުމެއްގައެއް ނޫން، ރައްޔިތުންނަށް ހިދުމަތް ކުރަން: ގާސިމް 📍 ހދ. ކުރިނބީ

ވެރިކަމަށް ކުރިމަތިލީ އަމިއްލަ އެދުމެއްގައެއް ނޫން، ރައްޔިތުންނަށް ހިދުމަތް ކުރަން: ގާސިމް

ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި ބޭނުން ވަނީ ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރަން ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުރިނބީ އަށް ވަޑައިގެން ސަޕޯޓަރުންނާއި ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ގައުމުގެ ހާލަތު ކިޔައިދެމުން އަންނަނީ ރައްޔިތުންގެ ނެތް އަމިއްލަ...

މުޙައްމަދު އަފްރާޙް
ގާސިމަށް ކުރިނބީން ހޫނު މަރުހަބާއެއް

ގާސިމަށް ކުރިނބީން ހޫނު މަރުހަބާއެއް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް އަށް ހދ. ކުރިނބީން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެމަނިކުފާނު ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގަތުމުން އެރަށުގެ ފައިއިނދޭ ފުރައިން ރައްޔިތުން ވަނީ ބަދަރު ސަރަހައްދަށް ޖަމާވެފައެވެ. އަދި ވަނީ ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ. ބޮޑު ތިލަދުންމަތީގެ ރަަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ޖުމްހޫރީ ކެންޑިޑޭޓު މިހައިތަނަށް ވަނީ ހދ އަދ...

މުޙައްމަދު އަފްރާޙް