މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަމް (216 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
216 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަމްގެ އެންމެ ފަހުގެ ޚަބަރުތައް

216 ޚަބަރުގެ ތެރެއިން
ނޮޅިވަރަމާއި މަރޮށްޓަށް ވެސް އާ އެންބިއުލާންސް ލިބިއްޖެ 📍 ށ. މަރޮށި

ނޮޅިވަރަމާއި މަރޮށްޓަށް ވެސް އާ އެންބިއުލާންސް ލިބިއްޖެ

ހދ. ނޮޅިވަރަމަށާއި، ށ. މަރޮށްޓަށް ވެސް އާ އެމްބިއުލާންސް ލިބިއްޖެއެވެ. ސަރުކާރުން މަރޮށްޓަށް ފޮނުވި އެމްބިއުލާންސް އެރަށަށް ފޯރީ އިއްޔެއެވެ. ނޮޅިވަރަމަށް އެމްބިއުލާންސް ލިބުނީ މިއަދުއެވެ. ކޯވިޑްގެ ހިތްދަތިކަމުގައި ނޮޅިވަރަމް ބަންދުވެފައި އޮތް ދުވަސްވަރު އެރަށުގައި ކުރިން އޮތް އެމްބިއުލާންސް ހަލާކުވެފައި އޮތުމުން ވަނީ ހިތްދަތި ތަޖުރިބާއެއް ކުރަން ޖެހިފައެވެ. މިގޮތުން ބަލިމީހުން އުފުލަން އެދުވަސްވަރު ޕިކަޕް ބޭނުންކޮށްފައިވާއިރު، ސިއްހީ ޚިދުމަތްތެރިން ވެސް ސާމްޕަލް ނެގުމަށާއި، މިނޫންވެސް ރަސްމީކަން...

ޙުސައިން ޝަހުދީ
ނޮޅިވަރަމް ކައުންސިލް ޤުރުއާން މުބާރާތް ފަށައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކައުންސިލް ޤުރުއާން މުބާރާތް ފަށައިފި

އަތޮޅު ޤުރުއާން މުބާރާތުގައި ރަށް ތަމްސީލުކުރާނެ ދަރިވަރުންގެ ޓީމު ނެގުމަށް ހދ. ނޮޅިވަރަމު ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތް ފަށައިފި އެވެ. މި މުބާރާތަކީ ނޮޅިވަރަމް ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ގުރުއާން މުބާރާތެވެ. ޖުމްލަ 87 ދަރިވަރުނާއެކު ކުރިއަށްދާ މި މުބާރާތް ފަށައިފައިވަނީ އިއްޔެ މެންދުރު 14:00 ގައެވެ. 2 ދުވަހުގެ މުއްދަތައް ކުރިއަށްދާ މި މުބާރާތް މިއަދު ނިމިގެންދާނެ ކަމަށް ނޮޅިވަރަމު ކައުންސިލުން ވިދާޅުވެއެވެ. މި މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ވަނީ […]

އަޙްމަދު އަރުޝަމް
އިޚްލާސް ޤުރުއާން ކުލާހުން ހދ އަތޮޅުގެ 4 ރަށެއްގައި ހިންގި ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފި 📍 ހދ. ކުޅުދުއްފުށި

އިޚްލާސް ޤުރުއާން ކުލާހުން ހދ އަތޮޅުގެ 4 ރަށެއްގައި ހިންގި ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ހިންގަމުން އަންނަ އިޚްލާޞް ޤުރުއާން ކުލާހުން ހދ. އަތޮޅުގެ ހަތަރު ރަށެއްގައި ހިންގި ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފިއެވެ. އިޚްލާސް ޤުރުއާން ކުލާހާއި އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނާ ގުޅިގެން، ނޮޅިވަރަންފަރާއި، ނޮޅިވަރަމާއި ކުރިނބީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވާފައި ވަނީ 02 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހު ކުޅުދުއްފުށި ސިޓީގައި ހުންނަ އަފީފުއްދީން ސްކޫލުގެ ހޯލުގައެވެ. އެ ދަސްވެނިވުމ...

އިބްރާހިމް ޚަލީލް
ނޮޅިވަރަމް ކައުންސިލް ގުރުއާން މުބާރާތް އަންނަ އޮކްޓޯބަރ މަހު ފަށަނީ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކައުންސިލް ގުރުއާން މުބާރާތް އަންނަ އޮކްޓޯބަރ މަހު ފަށަނީ

ހދ. ނޮޅިވަރަމް ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ގުރުއާން މުބާރާތް އަންނަ އޮކްޓޯބަރު މަހު ފަށަން އެކައުންސިލުން ނިންމައިފިއެވެ. މައިގަނޑު 2 ގޮތްޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ބަހާލެވިފައިވަނީ 6 އުމުރުފުރާ އަކަށެވެ. އޭގެތެރޭގައި 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި, 12 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރު ފުރައިގެ އިތުރުން 18 އަހަރުން މަތީގެ އުމުރު ފުރާ ހިމެނެއެވެ. އަދި މި މުބާރާތުގެ […]

އަޙްމަދު އަރުޝަމް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ނޮޅިވަރަމް ދާއިރާގެ ރައީސްކަމަށް އަލީ އަބްދުލްރަހްމާން 📍 ހދ. ނޮޅިވަރަމް

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ނޮޅިވަރަމް ދާއިރާގެ ރައީސްކަމަށް އަލީ އަބްދުލްރަހްމާން

އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހދ. ނޮޅިވަރަމް ދާއިރާގެ ރައީސްކަން އަލީ އަބްދުލްރަހްމާން (ނާސާ އައްޔަ) ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ނޮޅިވަރަމް ދާއިރާގެ ރައީސްކަމަށް އަލީ އަބްދުލްރަހްމާންގެ އިތުރުން 5 ކެންޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ އަޙުމަދު އާތިފް، އަލީ ސަލީމް، އަޙްމަދު ނާޠިމް އަދި އަލީ އާރިފް އަހުލާމް ރުޝްދީ އެވެ. 88 ދޯދި / ށ.ކަނޑިތީމު އަޙުމަދު […]

އަލީ އާދިލް
ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފި

ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތް ހދ. ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފިއެވެ. ނޮޅިވަރަމް މޮނިޓަރިން ހާލަތުން އާންމު ހާލަތަށް ގެނެސްފައި މިވަނީ އެރަށް އެ ހާލަތުގައި އޮންނަތާ 28 ދުވަސްފަހުންނެވެ. ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފައިވާކަން އެރަށަށް އަންގާފައިވާކަމަށް ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. މުސްތަފާ ވިދާޅުވިގޮތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނެސް...

ޙުސައިން ޝަހުދީ
ނޮޅިވަރަމުގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން 21 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރުގައި އެ ރަށުގެ ނަން ރަމުޒްކޮށްދޭ މޮނިއުމެންޓެއް އަމިއްލަ ތަކެތީގައި ހަދައިދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާ ކަމަށެވެ. މި މަސައްކަތާއިގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 29 ސެޕްޓެމްބަރ 2021 ވާ...

އިބްރާހިމް ޚަލީލް
ކޯވިޑް ޖެހިގެން އިތުރު ފަރުވާއަށް މާލެ ފޮނުވި ނޮޅިވަރަމް މީހާ ނިޔާވެއްޖެ 📍 ހދ. ނޮޅިވަރަމް

ކޯވިޑް ޖެހިގެން އިތުރު ފަރުވާއަށް މާލެ ފޮނުވި ނޮޅިވަރަމް މީހާ ނިޔާވެއްޖެ

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ފަރުވާއަށް މާލެ ފޮނުވި މީހާ ނިޔާވެއްޖެއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” އަށް ވިދާޅުވީ އެ މީހާ ނިޔާވިކަމުގެ މައުލޫމާތު ލިބިފައިވަނީ ދާދި ދެންމެ ކަމަށެވެ. ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ މަރިޔަމް ހަބީބް ވެސް ވަނީ އެކަން މި ނޫހަށް ކަށަވަރުކޮށް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމީހާ ނިޔާވީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން […]

ޙުސައިން ޝަހުދީ
ނޮޅިވަރަމުގައި އޮތް އެންބިއުލާންސް މަރާމާތު ކުރުމުން، ޕިކަޕުގައި ބަލިމީހުން އުފުލުން ނިމުމަކަށް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުގައި އޮތް އެންބިއުލާންސް މަރާމާތު ކުރުމުން، ޕިކަޕުގައި ބަލިމީހުން އުފުލުން ނިމުމަކަށް

ހދ. ނޮޅިވަރަމުގެ އަމިއްލަ ޕިކަޕުގައި ބަލިމީހުން އުފުލުމާއި ސިއްހީ ޚިދުމަތްތެރިންގެ ބޭނުންތަކަށް އަމިއްލަ ސައިކަލު ބޭނުން ކުރަން ޖެހުމުގެ މައްސަލައަަށް ވަގުތީ ހައްލެއް ލިބިއްޖެ ކަމަށާއި އެހެންނަމަވެސް އެކަމަށް ދާއިމީ ހައްލެއް އަދިވެސް ނުލިބޭ ކަމަށް ނޮޅިވަރަމު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ހުސައިން (ސެންޓޭ) ވިދާޅުވެއްޖެ އެވެ. ސެންޓޭ ވިދާޅުވި ގޮތުގައި މި މައްސަލައަށް ވަގުތީ ހައްލެއް ލިބިފައިވަނީ އެރަށުގައި އޮންނަ ބާވެ، ހަލާކުވެ ބަދަލަކަށް ބޭނުންވެފައިވާ އެމްބިއުލަންސް މަރާމާތުކުރުމުން ކަމަށ...

އަޙްމަދު އަރުޝަމް
ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި

ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި އެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ  އެރަށުން މާލެ ފޮނުވާލެވުނު ބަލި މީހާ އަކީ 87 އަހަރުގެ ފިރެހެނެއް ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ބަލި މީހާ މާލެ ފުރުވާލާފައިވަނީ ހަނިމާދޫ މަގުން ފްލައިޓެއް ޗާޓަރުކޮށްގެން މިރޭ 21:00 ގައި ކަމަށެވެ. ނޮޅިވަރަމުން މިހާތަނަށް 241 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު މީގެ […]

ޖަލްވާން ޖާދުﷲ
ނޮޅިވަރަންފަރުގެ ހާލަތު: 200 ދަރިވަރުން މިއަދު ސްކޫލަށް ހާޒިރެއްނުވޭ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގެ ހާލަތު: 200 ދަރިވަރުން މިއަދު ސްކޫލަށް ހާޒިރެއްނުވޭ

ކޯވިޑް ފެތުރެމުންދާތީ ބިރުވެރިކަން ކުރިމަތިވެފައިވާ ނޮޅިވަރުންގައި މިއަދު އެރަށު ސްކޫލްގެ 200 ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. ކޯވިޑްގެ އިތުރު ކޭސްތައް ފެންނަމުން ދަނިކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނައީ މިމަހުގެ 9 ވަނަ ދުވަހުގެ 15:29 އިން ފެށިގެންނެވެ. އޭރުވެސް އެރަށުގައި ދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހިނގަމުންނެވެ. މޮނިޓަރިން ހާލަތުން ނެގިކަން އަންގާ އެރަށު ކައުންސިލަށް ފޮނުވި ލިޔުމުގައި އެޗްޕީއޭއިން ބުނެފައި ވަނީ...

ޔުމްނާ ޢަލީ
ނޮޅިވަރަމަށް، ކުޅުދުއްފުށީ ރައްޔިތުންގެ ބޮޑު އެހީއެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމަށް، ކުޅުދުއްފުށީ ރައްޔިތުންގެ ބޮޑު އެހީއެއް

ކޯވިޑް ބަލީގެ ހާލަތު އިންތިއާއަށް ގޯސްވެ، ހާސްކަން މަތީގައިވާ ހދ. ނޮޅިވަރަމް ރައްޔިތުންނަށް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. މިއީ ކޯވިޑްގެ ސަބަބުން ގޭ ބަންދުވެފައި ތިބި ނޮޅިވަރަމްގެ ރައްޔިތުންނަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ. މީގެ ކުރިންވެސް ކުޅުދުއްފުށީގެ ފަރިރީތި ފިހާރައިންނާއި، އެޑްމޭން ފިހާރައިން ނޮޅިވަރަމަށް 1.2 ޓަނުގެ ރޯމަސް ވަނީ ހަދިޔާކޮށްފައެވެ. މީގެއިތުރުން ބައެއް ރަށްރަށުންނާއި، އެކިއެކި ފަރުދުން އަންނަނީ ނޮޅިވަރަމަށް ދީލަތި އެހީ ފޯރ...

އަޒްފާ ރަޝީދު
ނޮޅިވަރަމުން ޕޮޒިޓިވްވި އަދަދު 216 އަށް އަރައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުން ޕޮޒިޓިވްވި އަދަދު 216 އަށް އަރައިފި

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 216 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ކޯވިޑް ބަލި ޖެހުނު މީހުންގެ ޢަދަދު 216 އަށް އަރާފައިވާ ކަމަށެވެ. އެ ބަލިޖެހިފައިވޭތޯ ޓެސްޓް ކުރުމަށް މިހާތަނަށް 855 ސާމްޕަލެއް ނެގިފައިވާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިހާލަތުގައި ޚިދުމަތްދޭން ތިބި ބައެއް ސިއްހީ ޚިދުމަތްތެރީންނާއި، ފުލުހުންގެ އޮފިސަރެއް ވެސް ހިމެނޭ...

އަލީ އާދިލް
ނޮޅިވަރަމަށް ރައްޔިތުންނަށް އެހީތެރިވާން ބޭނުންވާ، ކުޅުދުއްފުށީ ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދީފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމަށް ރައްޔިތުންނަށް އެހީތެރިވާން ބޭނުންވާ، ކުޅުދުއްފުށީ ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދީފި

ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން މޮނިޓަރިންއަށް ލާފައި އޮތް ހދ. ނޮޅިވަރަމަށް އެހީތެރިވާން ބޭނުންވާ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ އަވައްޓެރި ނޮޅިވަރަމުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވުމާއި ގުޅިގެން އެރަށަށް އެހީތެރިވުމުގެ ފުރުސަތު، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް މިހާރު ވާނީ ހުޅުވާލެވިފަ ކަމަށެވެ. އެގޮތުން، އެެ ސިޓީގެ ރައްޔިތުންނަށް ހަދިޔާ ކުރެވޭނެ ތަފާތު ވ...

އަޙްމަދު އަރުޝަމް
ނޮޅިވަރަމަށް، ނޭކުރެންދޫ ނާސާ އަލީ 1.8 ޓަނު ރޯމަސް ހަދިޔާކޮށްފި 📍 ހދ. ނޭކުރެންދޫ

ނޮޅިވަރަމަށް، ނޭކުރެންދޫ ނާސާ އަލީ 1.8 ޓަނު ރޯމަސް ހަދިޔާކޮށްފި

ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ، ހދ. ނޮޅިވަރަމްގެ ރައްޔިތުންނަށް ހދ. ނޭކުރެންދޫ، މަންޒިލް، ޢަލީ އަބުދުއްރަހްމާން (ނާސާ އައްޔަ) އެހީތެރިކަން ފޯރުކޮށްދީފި އެވެ. މިގޮތުން ނާސާ އަލީ ވަނީ ނޮޅިވަރަމް ރައްޔިތުންނަށް ބެހުމަށް 1.8 ޓަނު ތާޒާ ރޯމަސް މިއަދު ނޮޅިވަރަމަށް ފޮނުވާފައެވެ. މީގެއިތުރުން އޭނާ ވަނީ ނޮޅިވަރަމް ސިއްހީ މަރުކަޒަށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ ނޭކުރެއްދޫ ނާސާ...

ޙުސައިން ޝަހުދީ