މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަމް (216 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
216 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަމްގެ އެންމެ ފަހުގެ ޚަބަރުތައް

216 ޚަބަރުގެ ތެރެއިން
ނޮޅިވަރަމް ކުޅީގެ ހިތްގައިމުކަން ދެކިލަން ޕްލެޓްފޯމެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކުޅީގެ ހިތްގައިމުކަން ދެކިލަން ޕްލެޓްފޯމެއް

ހދ. ނޮޅިވަރަމް ކުޅީގެ ހިތްގައިމުކަން ދެކިލަން ޕްލެޓްފޯމެއް ތަރައްގީކޮށްފިއެވެ. އެ ރަށުގެ ކުޅި ސަރަހައްދުގައި ތަރައްޤީކުރި އައު ޖެޓީ ޕްލެޓްފޯމްގެ މަސައްކަތްކޮށްދީފައި ވަނީ އާރުޑީސީގެއިޖުތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ނޮޅިވަރަމް ރައްޔިތުންނާއި ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ. އާރުޑީސީން އިއްޔެ ބުނިގޮތުގައި ނޮޅިވަރަމް ކައުންސިލުގެ އެދުމުގެ މަތިން، އެ ރަށުގެ ކުޅި ސަރަހައްދުގައި ތަރައްޤީކުރި އައު ޖެޓީ ޕްލެޓްފޯމްގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައިއެވެ. މި ޕްލެޓްފޯމްގެ މަސައްކަތަށް ބޭނުނ...

ޔުމްނާ ޢަލީ
ނޮޅިވަރަމް ކައުންސިލް ''މިނިވަން ވޮލީ މުބާރާތު''ގައި ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކައުންސިލް ''މިނިވަން ވޮލީ މުބާރާތު''ގައި ބައިވެރިވާން ހުޅުވާލައިފި

ހދ. ނޮޅިވަރަމް ކައުންސިލުން އިންތިޒާމްކުރާ ”މިނިވަން ވޮލީ މުބާރާތް 2026”ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި މުބާރާތް އަމާޒުކޮށްފައި ވަނީ އެރަށުގެ އާންމު ރައްޔިތުންނަށާއި، މުއައްސަސާތަކަށެވެ. ކޮންމެ މުއައްސަސާއަކަށް ވެސް އަންހެން ޓީމަކާއި ފިރިހެން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ނޮޅިވަރަމް ކައުންސިލުން ވަނީ ދީފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުން ގަޑި ޖުލައި 19 ވަނަ ދުވަހުގެ 12:30 އަށް ހަމަވާއިރު، މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންހެން އަދި ފިރިހެން މަދުވެ...

ޝިއުނާ އާދަމް
ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން ވިދުވަރު ޓީމަށް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން ވިދުވަރު ޓީމަށް

ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ބަށި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗަށްފަހު، މުބާރާތުގެ ޗެމްޕިއަންކަން ވިދުވަރު ޓީމުން ހޯދައިފިއެވެ. މި މުބާރާތަކީ 2026 ވަނަ އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޖުލައި މަހުގެ 2 އިން 4 އަށް ކުރިއަށް ދިޔަ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވާދަކޮށްފައިވެއެވެ. ފައިނަލް މެޗުގައި ބައްދަލުކުރީ ވިދުވަރު ޓީމާއި އަމާޒު ޓީމެވެ. މި މެޗު ވިދުވަރު ޓީމުން […]

ޔުމްނާ ޢަލީ
ނޮޅިވަރަމް ސުކޫލް ކުރިމަތީ މަގާއި އަމީނީ މަގުގައި ހުރި އަޑިގުޑަންތަކަށް ވެލިއަޅައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސުކޫލް ކުރިމަތީ މަގާއި އަމީނީ މަގުގައި ހުރި އަޑިގުޑަންތަކަށް ވެލިއަޅައިފި

ހދ. ނޮޅިވަރަމް ސުކޫލް ކުރިމަތީ މަގާއި އެ ރަށު އަމީނީ މަގުގައި ހުރި އަޑިގުޑަންތައް ނައްތާލުމަށްޓަކައި އެ މަގުތަކަށް ވެލިއެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ. މި މަސައްކަތަކީ އެ މަގުތައް ބޭނުންކުރާ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ސިއްހީ މަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކުރެވުނު މަސައްކަތެއް ކަމަށް ނޮޅިވަރަމް ކައުންސިލުން ބުނެއެވެ. ނޮޅިވަރަމް ކައުންސިލުން ހާމަކުރި ގޮތުގައި، މި މުހިންމު މަސައްކަތަކީ ކައުންސިލުގެ އެދުމަކަށް އެ ރަށުގެ ދީލަތި ފަރާތެއް ކަމަށްވާ އ...

ޔުމްނާ ޢަލީ
ނޮޅިވަރަމް ކައުންސިލްކަޕްގައި ބިދޭސީ 8 ކުޅުންތެރިން، ޗެމްޕިއަނާއި ރަނަރަޕަށް 1 ލައްކަ އާއި ބައި ލައްކައިގެ ބޮޑު އިނާމެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކައުންސިލްކަޕްގައި ބިދޭސީ 8 ކުޅުންތެރިން، ޗެމްޕިއަނާއި ރަނަރަޕަށް 1 ލައްކަ އާއި ބައި ލައްކައިގެ ބޮޑު އިނާމެއް

ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ބޮޑު އިނާމެއްދޭ ނޮޅިވަރަމް ”ކައުންސިލް ކަޕް 2026” އިއްޔެ ފަށައިފިއެވެ. ނޮޅިވަރަމް ރަސްމީ ދަނޑުގައި ކުޅެވޭ މި މުބާރާތުގައި ޖުމްލަ 6 ޓީމު ބައިވެރިވެފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އިއްޔެ މި މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ އާއި ނައިބު ރައީސް މުހައްމަދު ހުސައިން (ސެންޓޭ) އަދި ކައުންސިލް މެމްބަރު މުހައްމަދު މުސްތަފާއެވެ. މުބާރާތް ހުޅުވީ ފްރައިންޑްސް […]

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ޕީއެންސީ ކެންޑިޑޭޓުންނަކީ އީޖާދީ އައު ވިސްނުމާއި ލާމަރުކަޒީ ތަޖުރިބާއާއި ނިޒާމަށް އެންމެ ފަރިތަ ޓީމު: ނަދީމް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ޕީއެންސީ ކެންޑިޑޭޓުންނަކީ އީޖާދީ އައު ވިސްނުމާއި ލާމަރުކަޒީ ތަޖުރިބާއާއި ނިޒާމަށް އެންމެ ފަރިތަ ޓީމު: ނަދީމް

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ނޮޅިވަރަންފަރު ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ލާމަރުކަޒީ ތަޖުރިބާއާއި އީޖާދީ އައު ވިސްނުމުގެ ލާމަރުކަޒީ ނިޒާމަށް އެންމެ ފަރިތަ ޓީމު ކަމަށް ޕީއެންސީގެ ޓިކެޓްގައި ހދ. ނޮޅިވަރަންފަރު ކައުންސިލަށް ވާދަކުރަށްވާ މިހާރުގެ ވެސް ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް ވިދާޅުވެއްޖެއެވެ. ނަދީމް މިހެން ވިދާޅުވީ ނޮޅިވަރަންފަރުގައި ޕީއެންސީގެ ކެމްޕޭން ޖަގަހަ ހުޅުވުމަށްފަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ނަދީމް ވިދާޅުވި ގޮ...

އަލީ އާދިލް
ނޮޅިވަރަމް ޕީއެންސީ ޖަގަހަ ހުޅުވައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ޕީއެންސީ ޖަގަހަ ހުޅުވައިފި

ހދ.ނޮޅިވަރަމް ޕީއެންސީ ޖަގަހަ ރޭ ހުޅުވައިފިއެވެ. ނޮޅިވަރަމްގައި ރޭ ބޭއްވި އިވެންޓެއްގައި މި ޖަގަހަ ހުޅުވައިދެއްވީ ޕީއެންސީ ޑެޕިއުޓީ ޕީޖީ ލީޑަރ ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލްއެވެ. މުހައްމަދު އިސްމާއީލަކީ ލޯކަލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ހދ. އަތޮޅުގެ ކެމްޕޭނާއި ހަވާލުވެ ހުންނެވި އެންމެ އިސް ފަރާތެވެ. އޭނާ ހިމެނޭހެން ޕީއެންސީގެ ވަފުދެއް މިހާރު ދަނީ ހދ. އަތޮޅުގެ ރަށްތަކަށް ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމުގެ ދަތުރެއް ކުރަމުންނެވެ. ނޮޅިވަރަމް ޕީއެންސީ ޖަގަހަ ހުޅުވައިދެއް...

އަލީ އާދިލް
ޑްރަގް މައްސަލައެއްގައި ކުޅުދުއްފުށިން ނޮޅިވަރަމް މީހަކު ހައްޔަރުކޮށްފި 📍 ހދ. ނޮޅިވަރަމް

ޑްރަގް މައްސަލައެއްގައި ކުޅުދުއްފުށިން ނޮޅިވަރަމް މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން ނޮޅިވަރަމަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަމް، އެލްޕަސޯ، އަޙްމަދު ފަޒީން (35އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ޖަނަވަރީ 12 ވ...

ޝިއުނާ އާދަމް
މެންބަރު ރަޝީދުބެ ނޮޅިވަރަމް ސުކޫލަށް 15 އޭސީ ހަދިޔާކޮށްފި 📍 ހދ. ނޮޅިވަރަމް

މެންބަރު ރަޝީދުބެ ނޮޅިވަރަމް ސުކޫލަށް 15 އޭސީ ހަދިޔާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ރަޝީދުބެ) ނޮޅިވަރަމް ސުކޫލަށް 15 އޭސީ ހަދިޔާކޮށްފި އެވެ. ނޮޅިވަރަމް ސުކޫލުން މަޢުލޫމާތު ދެއްވި ގޮތުގައި، އެސްކޫލުގެ ހޯލާއި ކްލާސްރޫމްތައް އޭސީ ކުރުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން ރަޝީދުބެ 15 އޭސީ ހަދިޔާކޮށްފައިވާކަމަށެވެ. މި އެހީތެރިކަމަށްޓަކައި ސްކޫލުން ވަނީ މެންބަރު ރަޝީދުބެއަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ. މީގެ ކުރިންވެސް ރަޝީދުބެވަނީ އެދާއިރާގެ ސްކޫލްތަކާއި ސިއްޙީ މަރުކަޒުތަކާއި ކްލަ...

އަލީ އާދިލް
ނޮޅިވަރަމުގައި އެކްސްރޭ އާއި ދަތުގެ ފަރުވާ ފެށުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުގައި އެކްސްރޭ އާއި ދަތުގެ ފަރުވާ ފެށުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ހދ. ނޮޅިވަރަމް ޞިއްޙީމަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ފެށުމަށްޓަކައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ހެލްތުން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލްއެމްއޭ އިންވެސްޓަމްނޓް ނަމަކަސް ކިޔާ ކުންފުންޏަކާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސްޓޭޓް މިނިސްޓަރ ފޯ ހެލްތު އިސްމާޢިލް ޝަރީފްއެވެ. އަދި...

އަލީ އާދިލް
ބޮޑުތިލަދުންމަތީގެ ހަ ރަށެއް، 32 ރަށެއްގައި ޕާކް އަޅަން އެޗްޑީސީއަށް 📍 ހއ. ފިއްލަދޫ

ބޮޑުތިލަދުންމަތީގެ ހަ ރަށެއް، 32 ރަށެއްގައި ޕާކް އަޅަން އެޗްޑީސީއަށް

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން، 32 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އިއްޔެ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ޕާކުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ...

ޔުމްނާ ޢަލީ
އެޓޯލް ޗެމްޕިއަންޝިޕް: ހަނިމާދޫ އިން ނޮޅިވަރަމް ބަލިކޮށްފި 📍 ހދ. ނޮޅިވަރަމް

އެޓޯލް ޗެމްޕިއަންޝިޕް: ހަނިމާދޫ އިން ނޮޅިވަރަމް ބަލިކޮށްފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފެށި އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި އުތުރު ރީޖަންގެ ޒޯންގެ ހދ.އަތޮޅުގެ މިއަދުގެ މެޗުގައި ހަނިމާދޫ އިން ނޮޅިވަރަމްގެ މައްޗަށް ކުރި ހޯދައިފިއެވެ. ކުޅުދުއްފުށީ ސިޓީގެ ޒޯން ސްޓޭޑިއަމްގައި ކުޅުނު މިޗުގައި ހަނިމާދޫ ނޮޅިވަރަމް ބަލިކުރީ 3-0 ލަނޑުންނެވެ. މިއަދުގެ މެޗުގައި ހަނިމާދޫއަށް ލަނޑުތައް ޖަހައިދީފައި ވަނީ ނޫރުﷲ ތޯހާ އާއި މުހައްމަދު ޚާލިދެވެ. މީގެ ތެރެއިން މުޙައްމަދު ޚާލިދު ވަނީ ދެ ލަނޑު ޖަހައިދީފައެވެ. މި މުބާރާތަށް […]

ޔުމްނާ ޢަލީ
ފޮށިގަނޑަކާއި ޑަބިޔަލެއްގައި ފޮރުވައިގެން ނޮޅިވަރަމަށް ޑްރަގް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި 📍 ހދ. ނޮޅިވަރަމް

ފޮށިގަނޑަކާއި ޑަބިޔަލެއްގައި ފޮރުވައިގެން ނޮޅިވަރަމަށް ޑްރަގް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނާއި ނޮޅިވަރަން ޕޮލިސް ސްޓޭޝަން ގުޅިގެން 29 އޮކްޓޫބަރު 2025 ވީ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ޢަ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ކޮންމެ ގެއަކަށް 100 ޑަބިއާގެ ވެލި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ކޮންމެ ގެއަކަށް 100 ޑަބިއާގެ ވެލި

ހދ. ނޮޅިވަރަންފަރު ބަނދަރުގެ ހުޅަނގުފަރާތުގައިވާ ވެލިފުނިން އާންމުންނަށް ވެލި ދޫކުރުމަށް ހަމަޖެހިއްޖެއެވެ. ނޮޅިވަރަންފަރު ކައުންސިލުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، އެ ރަށު ބަނދަރުގެ ހުޅަނގުގައިވާ ވެލިފުނިން އާންމު ރައްޔިތުން ދިރިއުޅޭ ގޭބީސީތަކަށާއި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ބިން ސާފުކޮށް ރަޖިސްޓްރީކޮށްފައިވާ ގެވަޅުތަކުގައި ކުރަމުންދާ އަސާސީ މަސަައްކަތްތަކަށް، ކޮންމެ ގެއަކަށް 100 ޑަބިއާގެ މަގުން ވެލި ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ވެލި ބޭނުންވާ ފ...

އައިޝަތު އައިނީ އާމިރު
ނޮޅިވަރަމް ފުޓުބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް އަޕްގްރޭޑްކޮށްދޭނަން: ރައީސް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ފުޓުބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް އަޕްގްރޭޑްކޮށްދޭނަން: ރައީސް

ހދ. ނޮޅިވަރަމް ފުޓުބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް އަޕްގްރޭޑްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ނޮޅިވަރަމްގެ ތަރައްޤީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިންވެސް،...

ޔުމްނާ ޢަލީ