މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަމް (216 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
216 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަމްގެ އެންމެ ފަހުގެ ޚަބަރުތައް

216 ޚަބަރުގެ ތެރެއިން
ނޮޅިވަރަމްވެސް މޮނީޓަރިން އަށް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްވެސް މޮނީޓަރިން އަށް

ހދ. ކުޅުދުއްފުށި ސިޓީ އާއި މާލެއާ ދެމެދު ދަތުރުކުރާ ފާޅު ބޯޓުގެ ކައްޕި ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި އެކު ހދ. ނޮޅިވަރަމްވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނޮޅިވަރަމް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފާޅު ބޯޓު މިއަދު އެރަށަށް ގޮސްފައިވާތީ އެވެ. ފާޅު ބޯޓު އެރަށް ގޮސްފައިވަނީ މާލެ ދިއުމަށްފަހު މުދާ ހިފައިގެންކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ. އަދި ނޮޅިވަރަމުން ބަޔަކު އެބޯޓަށް އަރާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނޮޅިވަރަމް މޮނިޓަރިނ...

އަލީ އާދިލް
ނޮޅިވަރަމް ޖަމިއްޔަތުއްރިސާލާއިން، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އިނާމުތަކެއް ލިބޭ ޕްރޮގުރާމެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ޖަމިއްޔަތުއްރިސާލާއިން، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އިނާމުތަކެއް ލިބޭ ޕްރޮގުރާމެއް

ހދ. ނޮޅިވަރަމް ޖަމިއްޔަތުއްރިސާލާއިން، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އިނާމުތަކެއް ލިބޭ ޕްރޮގުރާމެއް ފަށައިފި އެވެ. މިޕްރޮގުރާމާއި ބެހޭމަޢުލޫމާތު ތިލަދުންއާއި ހިއްސާކުރަމުން އެޖަމިއްޔާގެ ރައީސް މުޙައްމަދު ޒިޔާދު ބުނީ މިއީ ހުރިހާ އުމުރުފުރައަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ. މިޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ އެރަށުގައި ޤުރުއާން ހިތުދަސްކޮށްފައިތިބި ގިނަބަޔަކު އުފެއްދުމާއި ތަރާވިޙް ނަމާދު ކުރާނެ ބަޔަކު އެރަށުން ތަމްރީން ކުރުން ކަމަށެވެ. ޒިޔާދު އިތު...

އިބްރާހިމް އަސްވާޤް
ބަހަޔޯ ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޓޫޑިއޯ ގާރލްސްއަށް 📍 ހދ. ނޮޅިވަރަމް

ބަހަޔޯ ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޓޫޑިއޯ ގާރލްސްއަށް

ހދ. ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ ބަހަޔޯ ޢީދު ކަޕް ހޭންޑް ބޯލް 2020، މުބާރާތުގެ ޗެމްޕިއަންކަން ސްޓޫޑިއޯ ގާރލްސް ހޯދައިފިއެވެ. ނޮޅިވަރަމް ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި ބަހަޔޯ ޢީދު ކަޕް ހޭންޑް ބޯޅަ 2020 މުބާރާތު ވަނަތަކަށް ހޮވުނު ޓީމުތަކަށާއި، ކުޅުންތެރިންނަށް އިނާމުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މި ހަފުތާގައި އެވެ. ބަހަޔޯ ޢީދު ކަޕް ހޭންޑް ބޯލް މުބާރާތުގެ ފައިނަލް މެޗްގައި، ސްޓޫޑިއޯ ގާރލްސް ޗެމްޕިއަންކަން ހޯދީ މުބާރާތުގެ ރަނަރަޕް ޗަކުލީ ގާލްސްގެ މައްޗަށް 2-1 […]

އަޙްމަދު ވަހީދު
"އުތެމަ"އަދި "އެމްޑީއެން" އިން ނެރުނު ރިޕޯޓުތައް ނެރުމުގައި ޝާމިލްވި މީހަކު ސަރުކާރުގައި ހުރިނަމަ ވަޒީފާއިން ވަކިކުރުމަށް ގޮވާލައިފި 📍 ހދ. ނޮޅިވަރަމް

"އުތެމަ"އަދި "އެމްޑީއެން" އިން ނެރުނު ރިޕޯޓުތައް ނެރުމުގައި ޝާމިލްވި މީހަކު ސަރުކާރުގައި ހުރިނަމަ ވަޒީފާއިން ވަކިކުރުމަށް ގޮވާލައިފި

މާތް ﷲ އާއި، މާތް ނަބިއްޔާގެ ކަރާމަތަށް އަރައިގަނެ، ޤަދަރުކުޑަކޮށް، ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓެއް ނެރެފައިވާ ކަމަށާއި، އެ ރިޕޯޓަށް “އުތެމަ” ޖަމްޢިއްޔާއިން ތާއީދު ކޮށްފައިވާތީ އެ ދެ ޖަމްޢިއްޔާއާއި މެދު އަވަސް ފިޔަވަޅު އަޅައި ދިނުމަށާއި، އެ ރިޕޯޓުތައް ނެރުމުގައި ޝާމިލްވި އެއްވެސް މީހެއް ސަރުކާރުގެ ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާއިން ވަކިކޮށް ފިޔަވަޅު އަޅައި ދިނުމަށް ހދ. ނޮޅިވަރަމް، ޖަމިއްޔަތުއްރިސާލާއިން ގޮވާލައި ފިއެވެ. ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިޖްތިމާއީ މަސައްކަތްތަކުގައި ނޮޅިވަ...

އަޙްމަދު ވަހީދު
ނޮޅިވަރަމްގައި އައުޓްޑޯރ ބެޑްމިންޓަން މުބާރާތްތެއް ބާއްވަނީ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި އައުޓްޑޯރ ބެޑްމިންޓަން މުބާރާތްތެއް ބާއްވަނީ

ހދ. ނޮޅިވަރަމްގެ ކްލަބެއް ކަމަށްވާ ރިވައިލް ސްޕޯރޓްސްއިން އެރަށުގައި އައުޓްޑޯރ ބެޑްމެންޓަން މުބާރާތެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. އެކަމާއި ގުޅިގެން ރިވައިލް ސްޕޯރޓްސްއިން ނެރެފައިވާ ނޯޓިސްއެއްގައި ވަނީ، އެއީ އެރަށުގައި ބެޑްމެންޓަން އާލާކޮށް ދިރުވުމާއި، ބެޑްމިންޓަން ކުޅޭކުދިން އިތުރުކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯޕަން ޑަޕަލްސް މުބަރާތެއްގެ ގޮތުގައި އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބައިވެރި ވެވޭ ގޮތަށެވެ. މި މުބާރާތުގައި ފެށުމަށް ހ...

އަލީ އިބްރާހިމް
ކުރުކުރާއި ހިއްތަލަ ކޮނުމަށް އަދި ކަނޑޫ ހޮވަން ނޮޅިރަމް ކައުންސިލުން ދީފައިވާ ހުއްދަ ބާތިލުކޮށްފި 📍 ހދ. ނޮޅިވަރަމް

ކުރުކުރާއި ހިއްތަލަ ކޮނުމަށް އަދި ކަނޑޫ ހޮވަން ނޮޅިރަމް ކައުންސިލުން ދީފައިވާ ހުއްދަ ބާތިލުކޮށްފި

ހދ. ނޮޅިވަރަމް ވަލުން ކުރުކުރާއި، ހިއްތަލަ ކޮނުމަށް އަދި ކަނޑޫފަލުން ކަނޑޫ ހޮވަން އެރަށުގެ ރައްޔިތުންނަށް ނޮޅިވަރަމް ކައުންސިލުން ދީފައިވާ ހުއްދަ އެ ކައުންސިލުން ބާތިލުކޮށްފިއެވެ. ނޮޅިވަރަމްގައި ކުރުކުރާއި، ހިއްތަލަ ކޮންނަނަމުން އަންނަނީ އަދި ކަނޑޫ ހޮޮވަމުން އަންނަނީ އެރަށުގެ ކައުންސިލުން ހުއްދަދޭ މުއްދަތެއްގެ ތެރޭގައެވެ. ނޮޅިވަރަމް ކައުންސިލްގެ ރައީސް އިބްރާޙީމް ރަޝީދު “ތިލަދުން” އަށް ވިދާޅުވީ މިފަހަރު ހުއްދަ ދީފައި އޮންނަތާ މަހެއް ވަރު ވެއްޖެ ކަމަށެވެ. ނަމަވެސް މީގެ ކުރިން އެ ހުއްދަ ދެނީ އެންމ...

ޝިއުނާ އާދަމް
ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ "ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމެއް" މިޕްރޮގުރާމް ނިންމާލައިފި

ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ "ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމެއް" މިޕްރޮގުރާމް ނިންމާލައިފި

ނޮޅިވަރަމްގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމެއް” މި ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމް އިންތިޒާމް ކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ އެރަށު އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ރިސާލާ އިންނެވެ. މި ޕްރޮގްރާމް އާއި ބެހޭ މައުލޫމާތު ދެއްވަމުން ޖަމިއްޔާގެ ރައީސް މުހައްމަދު ޒިޔާދު ވިދާޅުވީ މި ޕްރޮގްރާމް އިންތިޒާމް ކޮށްގެން ބާއްވާ ނިންމި މައިގަނޑު މަގުސަދަކީ ޖަމާއަތަށް ނަމާދަށް އަރާ ކުދިންގެ އަދަދު އިތުރު ކުރުމާއި ކުދިންގެ ހިތ...

ޖަލްވާން ޖާދުﷲ
މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަމާއި ނޮޅިވަރަންފަރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަމާއި ނޮޅިވަރަންފަރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެއްކަމަށެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި ދެ މީހުންގެ ތެރެއިން 33 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ނޮޅިވަރަމުގައި މީހަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެން...

ޔުމްނާ ޢަލީ
ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެއްޗާއެކު ނޮޅިވަރަންފަރުން 4 މީހަކު ހައްޔަރުކޮށްފި

ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެއްޗާއެކު ނޮޅިވަރަންފަރުން 4 މީހަކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަންފަރުގައި ބަޔަކު ބަނގުރާ ކައްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހަކާއި، 38 އަހަރުގެ މީހެއްގެ އިތުރުން 43 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ނޮޅިވަރަންފަރު ގެއެއްގައި ބަޔަކު ބަނގުރާ ކައްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ހިނގާ މެއި މަހުގެ […]

ޔުމްނާ ޢަލީ
ނޮޅިވަރަމް ޕްރީސްކޫލް ފީ ތިން މަހަށް މާފުކޮށްދީފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ޕްރީސްކޫލް ފީ ތިން މަހަށް މާފުކޮށްދީފި

ކޯވިޑް-19 ގެ މި އުނދަގޫ ދަނޑިވަޅުގައި ހދ. ނޮޅިވަރަމް ޕްރީސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިންނަށް ލުޔެއް ދިނުމުގެ ގޮތުން އެ ޕްރީސްކޫލް ދަރިވަރުންގެ ޕްރީސްކޫލް ފީ 3 މަހަށް މާފުކޮށް ދިނުމަށް ނޮޅިވަރަމް ކައުންސިލުން ނިންމައިފިއެވެ. މިގޮތުން އެ ކައުންސިލުން ނިންމާފައި ވަނީ މާރިޗް، އޭޕްރިލް އަދި މޭ މަހުގެ ފީ މާފުކުރާށެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ބުނީ މި ތިން މަހުގެ ފީ، ނުވަތަ މި ތިން މަހުން ކުރެ މަހެއްގެ ފީ ދައްކާފައިވާ ބެލެނިވެރިން […]

ޝިއުނާ އާދަމް
ނޮޅިވަރަމް ސްކޫލުން ރަށު ޓާސްކް ފޯހަށް މާސްކް ހަދިޔާ ކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސްކޫލުން ރަށު ޓާސްކް ފޯހަށް މާސްކް ހަދިޔާ ކޮށްފި

ހދ. ނޮޅިވަރަމް ސްކޫލްގެ މުވައްޒަފުން މާސްކް ފަހައި، އެ މާސްކްތައް އެ ރަށުގެ ކޯވިޑް-19 ޓާސްކް ފޯހަށް ހަދިޔާ ކޮށްފިއެވެ. ނޮޅިވަރަމް ސްކޫލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުން އެ ސްކޫލްގެ މުވައްޒަފުންވަނީ 216 ފޮތި މާސްކް އެ ރަށު ކޯވިޑް-19 ޓާސްކް ފޯހަށް ހަދިޔާ ކޮށްފައިއެވެ. https://www.facebook.com/514268961945058/posts/3163187580386503/ އެ ސްކޫލުން ބުނެފައިވަނީ ރަަށަށްޓަކައި ކޮށްދެވުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި މި އުނދަގޫ ވަގުތުގައި އެ ރަށު ޓާސްކް ފޯހަށް އެހީތެރިކަން [...

ޝިއުނާ އާދަމް
ނޮޅިވަރަމް މޮނީޓަރިން ހާލަތުން ނަގައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް މޮނީޓަރިން ހާލަތުން ނަގައިފި

ހދ. ނޮޅިރަމް މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށް ސަރުކާރުން ހާމަ ކުރަށްވައިފިއެވެ. މިހާރު ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިއަދު އަލަށް ސާޅީސް ތަނެއް މޮނިޓަރިން ހާލަތަށް ގެނެވިފައި ވާކަމަށާއި، މިހާރު ޖުމްލަ 190 ތަނެއް މޮނިޓަރިން ހާލަށް ގެނެވިފައިވާ ކަމަށެވެ. ކުރިން މޮނިޓަރިން ހާލަތުގައި ހުރި ބައެއް ތަންތަން މިހާރު އެ ހާލަތުން ނެގިފައިވާ ކަމަށް ވިދާޅުވެ، […]

ޝިއުނާ އާދަމް
ނޮޅިވަރަމް ކައުންސިލުންދޭ އައިޑީކާޑު ހެއްދުމުގެ ޚިދުމަތް މެދުކަނޑާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ކައުންސިލުންދޭ އައިޑީކާޑު ހެއްދުމުގެ ޚިދުމަތް މެދުކަނޑާލައިފި

ހދ. ނޮޅިވަރަމް ކައުންސިލުން ދެމުންދިޔަ އައިޑީކާޑު ހެއްދުމުގެ ޚިދުމަތް މެދުކަނޑާލައިފިއެވެ. އެކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލުން އާންމު ކުރި އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް މެދުކަނޑާލާފައި ވާކަމަށް ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން އިޢުލާނު ކުރައްވާކަމަށެވެ. މިގޮތުން، އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް...

ޔުމްނާ ޢަލީ
ހެޔޮއެދޭ ފަރާތަކުން ނޮޅިވަރަމް ސިއްޚީމަރުކަޒަށް ބައެއް ސިއްޚީ އާލާތް ހަދިޔާ ކޮށްފި 📍 ހދ. ނޮޅިވަރަމް

ހެޔޮއެދޭ ފަރާތަކުން ނޮޅިވަރަމް ސިއްޚީމަރުކަޒަށް ބައެއް ސިއްޚީ އާލާތް ހަދިޔާ ކޮށްފި

ހެޔޮއެދޭ ފަރާތަކުން ހދ. ނޮޅިވަރަމް ސިއްޚީމަރުކަޒަށް ބައެއް ސިއްޚީ އާލާތް ހަދިޔާ ކޮށްފިއެވެ. ހެޔޮއެދޭ ފަރާތެއް ކަމަށްވާ މުޙައްމަދު ރަޝީދު (ގަދަގޭ ރަޝީދު) ނޮޅިވަރަމް ސިއްޚީމަރުކަޒަށް ހަދިޔާ ކުރެއްވި ސިއްޚީ އާލާތްތަކުގެ ތެރޭގައި ސްޓެތޮސްކޯޕަކާއި، ޑިޖިޓަލް ބީޕީ މޮނިޓަރ އަކާއި، އެއްފަހަރާ ދެމީހުންނަށް ފަރުވާދެވޭ އޮކްސިޖަން މެޝިނަކާއި އަދި ސަކްޝަން މެސިނެއް ހިމެނެއެވެ. އަދި އޭގެ އިތުރު ސިއްޚީ އާލާތްތަކެއްވެސް ރަޝީދު ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެއެވެ. މިތަކެތި ހަދިޔާ ކުރުމާއި ގުޅިގެން ނޮޅިވަރަމް...

އަލީ އާދިލް
ނޮޅިވަރަން ބަނދަރު ގާޑިއާ: ކޮފީ ބޯލަން ވަރަށް ހިތްގައިމު 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަން ބަނދަރު ގާޑިއާ: ކޮފީ ބޯލަން ވަރަށް ހިތްގައިމު

ނޮޅިވަރަން ބަނދަރުން ކޮފީ ލިބެން ހުރިކަން އެނގޭހެއްޔެ؟ އަޅުގަނޑާއެކު ނޮޅިވަރަން ބަނދަރަށް ހިންގަވާށެވެ!  ފިނިކަމާއި، ފެހިކަން ލިބިފައިވާ އެމާހައުލު ނުހަނު ހިތްގައިމެވެ. މާކަނޑުން ވީއްލިގެން އަންނަ ވައިރޯޅިން ހިތަށް އިތުރު ފިނިކަމެއް ލިބިދެއެވެ. މިހާރު ތިހުންނެވުނީ އަޅުގަނޑާއިއެކު ނޮޅިވަރަންގެ ބަނދަރު ގާޑިއާ ކައިރީގައެވެ. މިއަދު ހުޅުވި މިގާޑިޔަލުން ކޮފީ، ލުއިކާނާ އަދި ތަފާތު ވައްތަރުގެ ބުއިންތަށް ލިބެން އެބަހުއްޓެވެ. ގާޑިޔަލުގެ ވެރިފަރާތާ ވާހަކަ ދައްކާލީމެވެ. ގާޑިޔަލުގެ ޚިދުމަތް ފުޅާކޮށް، ކުރިއަށ...

އަލީ އާދިލް