މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަމް (216 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
216 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަމްގެ އެންމެ ފަހުގެ ޚަބަރުތައް

216 ޚަބަރުގެ ތެރެއިން
ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ނޮޅިވަރަމް މޮނިޓަރިންނަށް 📍 ހދ. ނޮޅިވަރަމް

ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ނޮޅިވަރަމް މޮނިޓަރިންނަށް

ހދ. ނޮޅިވަރަމްއިން ކޯވިޑް-19އަށް ބަޔަކު ޕޮޒިޓިވް ވެއްޖެއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އެ ރަށުން 7 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެވެ. ޕޮޒިޓިވް ވެފައި ވަނީ 5 ކުޑަކުދިންނާއި، ބޮޑު ދެ މީހުންކަމަށް އޭނާ ވިދާޅުވިއެވެ. ޕޮޒިޓިވްވި ބޮޑު ދެ މީހުންގެ ތެރޭގައި ސިއްހީ މަރުކަޒުގެ ކޮމިޔުނިޓީ ހެލްތު އޮފިޝަރެއް ހިމެނެއެވެ. ޕޮޒިޓިވްވި 5 ކުދިންނަކީ ވެސް ސްކޫލް ދަރިވަރުންނެވެ. މުސްތަފާ ވިދާޅުވީ، އެ ރަށް މިހާރު […]

ޔުމްނާ ޢަލީ
ރޯގާ ބާރުވެ، ނޮޅިވަރަމް ޕްރީ ސްކޫލް ބަންދުކޮށްފި 📍 ހދ. ނޮޅިވަރަމް

ރޯގާ ބާރުވެ، ނޮޅިވަރަމް ޕްރީ ސްކޫލް ބަންދުކޮށްފި

ރަށުތެރޭގައި ރޯގާ ބާރުވެ، ހދ. ނޮޅިވަރަމު ކައުންސިލުން ހިންގާ ޕްރީ ސްކޫލް ބަންދުކޮށްފި އެވެ. މިކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލުން ނެރުއްވާފައިވާ އިއުލާނެއްގައި ވިދާޅުވީ އެރަށުގައި މިދުވަސްވަރު ހުން އައިސް ރޯގާ ޖެހި ކެއްސާ ކުޑަކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމުގެ މައުލޫމާތު ނޮޅިވަރަން ސިއްހީ މަރުކަޒުން އެ ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ފަހަކަށް އައިސް ޕްރީ ސްކޫލަށް ކިޔަވަން އަންނަ ދަރިވަރުން ވަރަށް ބޮޑު ތަނުން މަދުވެފައި ވުމާއެކު، މި މަހުގެ 29 […]

އަޙްމަދު އަރުޝަމް
ނޮޅިވަރަން ކަނޑޫފަލުން ކަނޑޫގަސް ނުކެނޑުމަށް އިލްތިމާސްކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަން ކަނޑޫފަލުން ކަނޑޫގަސް ނުކެނޑުމަށް އިލްތިމާސްކޮށްފި

ހދ. ނޮޅިވަރަން ކަނޑޫފަލުން ކަނޑޫގަސް ނުކެނޑުމަށް އެރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން އާންމުކޮށްފައިވާ ނޯޓުގައި ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް ވަރަށްގިނަ އަދަދެއްގެ ކަނޑޫ ގަސްތައް ކަނޑަމުންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތަށް ކަނޑޫ ގަސްތައް ކަނޑަމުންދާނަމަ ކަނޑޫފާގެ ކަނޑޫ ގަސްތައް ހުސްވެ ނެތިގޮސް ތިމާވެށީގެ ގޮތުން އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ ކަނޑޫފާތަކުން ކަނޑޫގަސް ނުކެނޑުމަށް ނަސޭހަތްތެރިވާ ކަމުގައި...

އިބްރާހިމް ޚަލީލް
ނޮޅިވަރަމް އިދްރީސް އާދަމަށް އެހީތެރިކަން ފޯރުކޮށްދެމާ! 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް އިދްރީސް އާދަމަށް އެހީތެރިކަން ފޯރުކޮށްދެމާ!

ހދ. ނޮޅިވަރަމް ތްރީ ފްލާވާ އިދްރީސް އާދަމަކީ ހަތަރު ކުދިންގެ ބައްޕައެކެވެ. ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމިގެ ގޮތުން މާލެ ބަދަލުވެ ކުއްޔަށް މާލޭގައި ދިރިއުޅެމުން އަނަން އިރު އެ އާއިލާގެ ހުރިހާ ޒިންމާއެއް ނަގައި ޚަރަދު ބަލަހައްޓަމުން އައިސްފައިވަނީ އިދްރީސް އަދާކުރަމުން އަންނަ ރިސޯޓް ވަޒީފާއިން ލިބޭއެއްޗަކުންނެވެ. ކުރިންވެސް އުކުޅުވަޅުގައި ރިއްސި ނަމަވެސް އިދްރީސްގެ ކަނާތުފައިގެ އުކުޅުވަޅުގައި އާދަޔާ ޚިލާފް ބޮޑު ސިސްޓެއް އުފެދިފައިވާ ކަން އެނގިގެން ގޮސްފައި ވަނީ ދާދި ފަހުންނެވެ. އިދްރީސ...

އިބްރާހިމް ޚަލީލް
ހޯދަމުންދިޔަ މިސްބާހް ރާއްޖެ އައުމުން ހައްޔަރުކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ހޯދަމުންދިޔަ މިސްބާހް ރާއްޖެ އައުމުން ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ ހދ. ނޮޅިވަރަންފަރު، މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދު މިއަދު ރާއްޖެއައުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ، މޭ 14 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ މިސްބާހް މިއަދު މާލެ އައިސްފައިވާ ކަމަށެވެ. އޭނާ މާލެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްއާ ހަވާލު ކުރުމުގެ އިދާރީ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. […]

ޔުމްނާ ޢަލީ
ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލާއި ދެކޮޅަށް ނޮޅިވަރަމްގައި ހިނގާލުމެއް 📍 ހދ. ނޮޅިވަރަމް

ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލާއި ދެކޮޅަށް ނޮޅިވަރަމްގައި ހިނގާލުމެއް

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ހދ. ނޮޅިވަރަމްގައި އިއްޔެ ހިނގާލުމެއް ބާއްވައިފިއެވެ. “ސެކިއުލަރ ބިލާ ދެކޮޅަށް ނޮޅިވަރަން ހިނގައިލުން” ނަމުގައި އިއްޔެ ހަވީރު ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ބައިވެރިވި އެރަށުގެ ރަށްޔަތުން ވަނީ އެ ބިލުގައި ހުރިކަންބޮޑުވުންތައް ހާމަކޮށް އެ ރައްޔިތުންގެ ޝުއޫރު ފާޅުކޮށްފައެވެ. އެ ހިނގާލުމުގެ ބައިވެރިން އެ ބިލާއި ދެކޮޅުކަން އަންގައިދޭ އި...

ޔުމްނާ ޢަލީ
ފިނޭ، ނައިވާދޫ، ކުރިނބީ، ނޮޅިވަރަމް އަދި ކުޅުދުއްފުށިން 7 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހދ. ފިނޭ

ފިނޭ، ނައިވާދޫ، ކުރިނބީ، ނޮޅިވަރަމް އަދި ކުޅުދުއްފުށިން 7 މީހަކު ޕޮޒިޓިވްވެއްޖެ

ހދ. އަތޮޅުގެ 5 ރަށަކުން 7 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ، ހދ. އަތޮޅުގެ ރަށްތަކުން އެންމެ ފަހުން ޓެސްޓް ކުރެވުނު 53 ސާމްޕަލްގެ ތެރެއިން 7 ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވި އެންމެންނަކީ ވެސް އެރަށްރަށުގައި ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. މިގޮތުން ފިނޭން ވަނީ 3 މީހަކު ޕޮޒިޓިވްވެފައެވެ، ނައިވާދޫ، ކުރިނބި، ނޮޅިވަރަމް އަދި ކުޅުދުއްފުށިންކުރެ ކޮންމެ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މިވަގުތު ހދ. އަތޮޅ...

ޔުމްނާ ޢަލީ
ނޭކުރެންދޫ، ނޮޅިވަރަމް، ހަނިމާދޫ، ފިނޭ އަދި މަކުނުދޫން ޕޮޒިޓިވް ކޭސްތަކެއް 📍 ހދ. ފިނޭ

ނޭކުރެންދޫ، ނޮޅިވަރަމް، ހަނިމާދޫ، ފިނޭ އަދި މަކުނުދޫން ޕޮޒިޓިވް ކޭސްތަކެއް

ހދ. އަތޮޅުގެ ބައެއް ރަށްތަކުން އިތުރު ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިގޮތުން އެ އަތޮޅު ނޭކުރެންދޫން އަލަށް 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ނޭކުރެންދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އާދަމް ފިޔާޒް “ތިލަދުން”އަށް ވިދާޅުވީ އެއީ މިފަހަރު ފުރަތަަމަ އެރަށުން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 9 މީހެއްގެ ތެރެއިން ޕޮޒިޓިވްވި 8 މީހުން ކަމަށެވެ. މި 8 މީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު އެވެ. އެހެންކަމުން ނޭކުރެންދޫގެ މިހާރުގެ އެކްޓިވް […]

ޝިއުނާ އާދަމް
ތިލަދުންމަތީ ހުނަރުވެރިން: ނޮޅިވަރަމަށް އުފަން އުންމީދީ ގޯލްކީޕަރު އިޔާން! 📍 ހދ. ނޮޅިވަރަމް

ތިލަދުންމަތީ ހުނަރުވެރިން: ނޮޅިވަރަމަށް އުފަން އުންމީދީ ގޯލްކީޕަރު އިޔާން!

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ އަދަދެއްގެ ހުނަރުވެރި ޒުވާނުން އުޅެމުން އަންނަ ރަށެކެވެ. އެ ހުނަރު އަތޮޅު ފެންވަރުގައި ބޭއްވޭ ގިނަ މުބާރާތްތަކުން ފެނިގެން ދެއެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއިހުރެ ރާއްޖޭގެ އެންމެ މަތީފަންތީގައި އެ ހުނަރު ދައްކާލުމުގެ ފުރުޞަތު ލިބިފައިވަނީ ނިސްބަތުން މަދު ކުޅުންތެރިއަކަށެވެ. މިހާރު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ގޯލް ބަލަހައްޓަމުން އަންނަ ހދ. ނޮޅިވަރަމަށް އުފަން އިޔާން އަބްދުލް އަލީމް (ޗިކީ) އަކީ ފުޓްބޯޅައި...

އިބްރާހިމް ޚަލީލް
މަރްޙޫމް އިމްރާންގެ ނަމުގައި ނޮޅިވަރަމްގެ 2 މުއައްސަސާއަކަށް އެހީތެރިވެއްޖެ 📍 ހދ. ނޮޅިވަރަމް

މަރްޙޫމް އިމްރާންގެ ނަމުގައި ނޮޅިވަރަމްގެ 2 މުއައްސަސާއަކަށް އެހީތެރިވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި ކެރޭން ބޭނުން ކޮށްގެން ކާޕެޓް ރޯލުތަކެއް ދޯންޏަކަށް އެރުވުމުގެ މަސައްކަތުގެ ތެރެއިން ކާޕެޓްރޯލެއް ގައިމައްޗަށް ވެއްޓި، ލިބުނު އަނިޔާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، ގެ ނަމުގައި އެ އާއިލާއިން ނޮޅިވަރަމްގެ ދެ މުއައްސަސާއަކަށް އެހީތެރިވެއްޖެއެވެ. މިގޮތުން އިމްރާންގެ ޢާއިލާއިން، އެ މަރްޙޫމްގެ ނަމުގައި 55 އިންޗީގެ 6 ޓީވީ ނޮޅިވަރަން ސްކޫލަށް ވަނީ ހަދިޔާ ކޮށްފައެވެ. ސްކޫލްގެ ފަރާތުން މި ޓީވީތަކާއި [...

އިބްރާހިމް ޚަލީލް
''ޕޮލިސް މަސްރޭސް 2021''ގެ ނަމުގައި ނޮޅިވަރަމުގެ މުއައްސަސާތަކުގެ މެދުގައި މަސްރޭހެއް 📍 ހދ. ނޮޅިވަރަމް

''ޕޮލިސް މަސްރޭސް 2021''ގެ ނަމުގައި ނޮޅިވަރަމުގެ މުއައްސަސާތަކުގެ މެދުގައި މަސްރޭހެއް

ހދ. ނޮޅިވަރަމު ސަރުކާރު މުއައްސަސާތަކުގެ މެދުގައި، ”ޕޮލިސް މަސްރޭސް 2021” ގެ ނަމުގައި މަސްރޭހެއް ކުރިއަށް ގެންގޮސްފިއެވެ. މި މަސްރޭހަކީ ނޮޅިވަރަމު ޕޮލިސް ސްޓޭޝަންއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސްރޭހެކެވެ. މި މަސްރޭސް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި، ނޮޅިވަރަމުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި އަދި އެކުވެރިކަން އިތުރަށް ދެމެހެއްޓުން ހިމެނެއެވެ. މީގެއިތުރުން ސަރުކާރު މުއައްސަސާތަކަކީ ގުޅިގެން މަސައްކަތްކުރާ އަދި މަސައްކަތްކުރެވޭނެ ބައެއްކަ...

ޙުސައިން ޝަހުދީ
ނޮޅިވަރަމް ސްކޫލްގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސްކޫލްގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ހދ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަންއިން އިންތިޒާމްކޮށްގެން، ހދ. ނޮޅިވަރަމް ސްކޫލްގެ ގްރޭޑް 9,8,7 އަދި 10 ގެ ދަރިވަރުންނާއި އެ ސުކޫލްގެ ބެލެނިވެރިންނަށް ހާއްސަކޮށް، ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަނާއި ހދ. ނޮޅިވަރަމް ސްކޫލާއި ގުޅިގެން ” ރިވެތި ސިފަތައް ” މި ނަމުގައި ކުރިއަށް ގެންދިޔަ މިހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ މާރިޗް މަހުގެ 11 އިން 13 އަށެވެ. ނޮޅިވަރަމް ސުކޫލުގައި ކުރިއަށް […]

ޔުމްނާ ޢަލީ
އިންޑިއާގައި ފަރުވާ ދެމުންދަނިކޮށް އިމްރާން ނިޔާވެއްޖެ 📍 ހދ. ނޮޅިވަރަމް

އިންޑިއާގައި ފަރުވާ ދެމުންދަނިކޮށް އިމްރާން ނިޔާވެއްޖެ

މިމަހުގެ 4ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ގައިމަށްޗަށް ކާޕެޓް ރޯލެއް ވެއްޓި އަނިޔާވި ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީ ނިޔާވެއްޖެއެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އިމްރާން އިންޑިއާއަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގައެވެ. އިމްރާން ނިޔާވީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގެ، އައިސީޔޫ ގައި ފަރުވާދެމުންދަނިކޮ...

ޔުމްނާ ޢަލީ
އިމްރާނަށް އެހީތެރިވުމަށް ނޮޅިވަރަމް ރައްޔިތުން ދެއްކީ ރީތި މިސާލެއް 📍 ހދ. ނޮޅިވަރަމް

އިމްރާނަށް އެހީތެރިވުމަށް ނޮޅިވަރަމް ރައްޔިތުން ދެއްކީ ރީތި މިސާލެއް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދެމުންދާ ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއަށް އެހީތެރިވުމުގައި ނޮޅިވަރަމް ރައްޔިތުން ރީތި މިސާލެއް ދައްކުވައިދީފިއެވެ. އިމްރާނަކީ މާލޭ ވިޔަފާރި ބަނދަރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި މަޖޫރީއެއްގެ ގޮތުގައި މަސައްކަތްކުރާ ޒުވާނެކެވެ. މިމަހުގެ 4ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު އެ ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ގައިމަށްޗަށް ކާޕެޓް ރޯލެ...

ޔުމްނާ ޢަލީ
އިމްރާނަށް އެހީތެރިވުމުގެ ހަރަކާތް މިއަދު މާލޭގައި ވެސް ކުރިއަށް ގެންދަނީ 📍 ހދ. ނޮޅިވަރަމް

އިމްރާނަށް އެހީތެރިވުމުގެ ހަރަކާތް މިއަދު މާލޭގައި ވެސް ކުރިއަށް ގެންދަނީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދެމުންދާ ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއަށް އެހީތެރިވުމަށް ނޮޅިވަރަމް ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މާލޭ ސިޓީގައިވެސް މިއަދު ފަންޑްރައިޒިން ހަރަކާތް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިމަހުގެ 4ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ގައިމަށްޗަށް ކާޕެޓް ރޯލެއް ވެއްޓި އިމްރާނަށް ވަނީ ވަރ...

ޝިއުނާ އާދަމް