މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޭކުރެންދޫ (192 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
192 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޭކުރެންދޫގެ އެންމެ ފަހުގެ ޚަބަރުތައް

192 ޚަބަރުގެ ތެރެއިން
ނޮޅިވަރަމަށް، ނޭކުރެންދޫ ނާސާ އަލީ 1.8 ޓަނު ރޯމަސް ހަދިޔާކޮށްފި 📍 ހދ. ނޭކުރެންދޫ

ނޮޅިވަރަމަށް، ނޭކުރެންދޫ ނާސާ އަލީ 1.8 ޓަނު ރޯމަސް ހަދިޔާކޮށްފި

ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ، ހދ. ނޮޅިވަރަމްގެ ރައްޔިތުންނަށް ހދ. ނޭކުރެންދޫ، މަންޒިލް، ޢަލީ އަބުދުއްރަހްމާން (ނާސާ އައްޔަ) އެހީތެރިކަން ފޯރުކޮށްދީފި އެވެ. މިގޮތުން ނާސާ އަލީ ވަނީ ނޮޅިވަރަމް ރައްޔިތުންނަށް ބެހުމަށް 1.8 ޓަނު ތާޒާ ރޯމަސް މިއަދު ނޮޅިވަރަމަށް ފޮނުވާފައެވެ. މީގެއިތުރުން އޭނާ ވަނީ ނޮޅިވަރަމް ސިއްހީ މަރުކަޒަށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ ނޭކުރެއްދޫ ނާސާ...

ޙުސައިން ޝަހުދީ
ނޭކުރެންދޫ އާއި ނެއްލައިދޫގެ ގޮނޑުދޮށް ސާފުކޮށްފި 📍 ހދ. ނެއްލައިދޫ

ނޭކުރެންދޫ އާއި ނެއްލައިދޫގެ ގޮނޑުދޮށް ސާފުކޮށްފި

ހދ. ނޭކުރެންދޫ އަދި ހދ. ނެއްލައިދޫގައި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ. އެގޮތުން، ނޭކުރެންދޫ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް މިއަދު ހެނދުނު ކުރިއަށް ގެންދެވުނު އިރު ނެއްލައިދޫގެ ގޮނޑުދޮށް ސާފުކޮށްފައިވަނީ އިއްޔެ ހެނދުނެވެ. ނޭކުރެންދޫގައި މި ހަރަކާތް އިސްވެ އިންތިޒާމްކޮށްފައިވަނީ މިދިޔަ އަހަރު އެރަށަގުއި ހުޅުވުނު ޒާހިރު ސްޕޯޓްސް އެކަޑަމީގެ ފަރާތުންނެވެ. ޒާހިރް ސްޕޯރޓްސް އެކަޑަމީގެ ރައީސް އަދި ނޭކުރެންދޫ ކައުންސިލްގެ މެންބަރު، މުޙައްމަދު ޒާހިރު “ތިލަދުން” އަށް މައުލޫމާތު ދެއްވަމު...

އަޙްމަދު އަރުޝަމް
ނޭކުރަންދޫ ޖަލުގެ ކޮންސެޕްޓް ޕްލޭނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރަންދޫ ޖަލުގެ ކޮންސެޕްޓް ޕްލޭނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ހދ. ނޭކުރަންދޫގައި އަޅަން ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ ކޮންސެޕްޓް ޕްލޭނެއް ހަދާދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، ނޭކުރެންދޫގެ ހުޅަނގު ދެކުނު ކޮޅުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ ކޮންސެޕްޓް ޕްލޭނެއް އެ މިނިސްޓްރީން ދެއްވާ މައުލޫމާތާއި އެއްގޮތަށް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. މި ބީލަމުގައި ރަޖިސްޓަރ ވުމަށް ދީފައިވާ ސުންގަޑިއަކީ މިމަހުގެ 29 ވާ އާދީއްތަ ދުވަހު...

އަޙްމަދު އަރުޝަމް
ނޭކުރެންދޫގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ބާއްވަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ބާއްވަނީ

ހދ. ނޭކުރެންދޫ ޒާހިރު ސްޕޯޓްސް އެކަޑަމީއާއި، އެ ރަށު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ހޭންޑް ބޯލް މޯލްޑިވްސް ގުޅިގެން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ހޭންޑްބޯލް ކޯޗިން ކޭމްޕްގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 04 ސެޕްޓެމްބަރ 2021 އިން 12 ސެޕްޓެމްބަރ 2021 ގެ ނިޔަލަށް ޖުމްލަ ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޭމްޕް ހާއްސަ ކުރެވިފައި ވަނީ ކަނބަލުންނަށެވެ. މި ކޭމްޕާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ދެމުން […]

އިބްރާހިމް ޚަލީލް
ނޭކުރެންދޫގައި އަޅާ ކަރެކްޝަންސް ބިލްޑިންއާ ގުޅިގެން މިނިސްޓަރ އިމްރާނަށް ސުވާލު! 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި އަޅާ ކަރެކްޝަންސް ބިލްޑިންއާ ގުޅިގެން މިނިސްޓަރ އިމްރާނަށް ސުވާލު!

ހދ. ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަރެކްޝަނަލް ސެންޓަރާ ގުޅޭގޮތުން ދާއިރާގެ މެމްބަރު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ސުވާލުކުރުމަށް ހުށަހަޅުއްވައިފިއެވެ. ހދ. ނޭކުރެންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ނޭކުރެންދޫ ކަރެކްޝަން ސެންޓަރާ ގުޅިގެން މިނިސްޓަރ އިމްރާން އާ ތިން ދުވާލެއް ކުރިމަތިކުރައްވާފައެވެ. އެގޮތުން އެ ސެންޓަރުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ އާއި، އެތަނުގެ މަސައްކަތާ ގުޅޭ ހުރިހާ މައުލޫމާތެއް މެމްބަރަށް ދިނުމަށް ވެސް އެދިފައިވެއެވެ. މީގެ އިތ...

ޝިއުނާ އާދަމް
ނޭކުރެންދޫ ލޭންޑް ޔޫސް ޕްލޭން މުރާޖާކުރަން ބިޑަށް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ލޭންޑް ޔޫސް ޕްލޭން މުރާޖާކުރަން ބިޑަށް

ހދ.ނޭކުރެންދޫ ލޭންޑް ޔޫސް ޕްލޭން މުރާޖާކުރާނެ ފަރާތެއް ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ، މިހާރު އެރަށުގައި ބޭނުންކުރަމުންދާ ލޭންޑް ޔޫޒް ޕްލޭން މުރާޖާކޮށް، ބައެއް ބަދަލުތައް ގެނައުމަށް ބޭނުންވެފައިވާކަމަށެވެ. މިމަސައްކަތް ކުރުމަށް ހުށައަޅާފަރާތްތަކުން ސަމާލުކަން ދޭންވީ 4 ނުކުތާއެއް ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން، ކައުންސިލުންނާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް، ލޭންޑް ޔޫޒް ޕްލޭ...

އަލީ އަހުސަން
ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ނޭކުރެންދޫގައި ސޯލާ ޕެނަލް ހަރުކުރަނީ 📍 ހދ. ނޭކުރެންދޫ

ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ނޭކުރެންދޫގައި ސޯލާ ޕެނަލް ހަރުކުރަނީ

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީއާއެކު ސަރުކާރުން ކުރިއަށްގެންދާ “އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބިލިޓީ އެނާޖީ ޑިވެލޮޕްމެންޓް” (ޕޮއިސްޑް) ގެދަށުން ހދ. ނޭކުރެންދޫގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިގެން ހިންގާ މި ޕްރޮޖެކްޓަކީ ސޯލާ އާއި ޑީސަލްގެ ހައިބްރިޑް ޕަވާ ޖެނެރޭޝަން ސިސްޓަމެއް ތައާރަފުކޮށް، ޑީސަލް ބޭނުންކޮށްގެންއުފައްދާ ހަކަތައަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމެވެ. މި ޕްރޮޖެކްޓުގެ ދަށުން ނޭކުރެންދޫގައި 116 ކިލޯވޮޓް ޕީކްގެ ސޯލ...

އަޙްމަދު ވަހީދު
ނޭކުރެންދޫ ކަނޑޫފާ ސަލާމަތް ކުރަން މަސައްކަތް ކުރާތަނެއް ނުފެނޭ: ކައުންސިލް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކަނޑޫފާ ސަލާމަތް ކުރަން މަސައްކަތް ކުރާތަނެއް ނުފެނޭ: ކައުންސިލް

ހދ. ނޭކުރެންދޫ ކަނޑޫފާ މަރުވެ ނެތިވަމުންދާކަން ފާހަގަކުރެވުނުތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ކަނޑޫފާ ސަލާމަތް ކުރުމަށް ސަރުކާރުން އެކަށޭނަ މަސައްކަތެއް ނުކުރާކަމަށް ބުނެ، ނޭކުރެންދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ނޭކުރެންދޫ ކަނޑޫފަލަކީ ރާއްޖޭގެ އެންމެ ބިޔަ ކަނޑޫފާއެވެ. މިއީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ކަނޑޫފަލެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު ނޭކުރެންދޫ ކައުންސިލުން ވަނީ އެރަށުގެ ކަނޑޫފަލުން ދިހަ ހާހެއްހާ ކަނޑޫގަސް މަރުވެފައިވާކަމަށް އަންދާޒާކޮށް، އެކަމުގެ ކަންބޮޑުވުން...

ޙުސައިން ޝަހުދީ
ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ އުތުރުފަރާތު އިންފާރު ރާނައިދޭނެ ބަޔަކު ހޯދަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ އުތުރުފަރާތު އިންފާރު ރާނައިދޭނެ ބަޔަކު ހޯދަނީ

ހދ.ނޭކުރެންދޫގެ ލޭންޑްޔޫސް ޕްލޭންގައިވާ ގޮތަށް ޤާއިމު ކުރުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ އުތުރުފަރާތު އިންފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން 05 އޯގަސްޓް 2021 ވީ ބުރާސްފަތި ދުވަހު ހޯމް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މިބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 11 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ފަރާތެއްގެ މަޢުލޫމާތު...

އިބްރާހިމް ޚަލީލް
ނޭކުރެންދޫން ޕޮޒިޓިވްވެފައިވާ މީހަކު މާސްކުނާޅާ ބޭރުގައި އުޅުމުން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫން ޕޮޒިޓިވްވެފައިވާ މީހަކު މާސްކުނާޅާ ބޭރުގައި އުޅުމުން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

ހދ. ނޭކުރެންދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު މާސްކުނާޅާ ބޭރުގައި އުޅުމުން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ. ފުލުހުން މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީނުގައި ހުރި މި މީހާ ޖޫރިމަނާކުރީ 11000 ރުފިޔާއިންނެވެ. އެގޮތުން، ހެލްތު ޕުރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ކަރަންޓީން އުސޫލުތަކާއި ޚިލާފުވުމުން ނެގޭ 10000 ރުފިޔާގެ ޖޫރިމަނާއާއި މާސްކު ނާޅާ ބޭރުގައި އުޅުމުން ނެގޭ 1000 ރުފިޔާގެ ޖޫރިމަނާ ހިމެނެއެވެ. ނޭކުރެންދޫން ރޭންޑަމް ސާމްޕަލެއް ކޯވިޑް...

އަޙްމަދު އަރުޝަމް
ނަފުރަތުގެ އަމަލު ބިލުން ރާއްޖޭގެ އިސްލާމީ ސަހްސިއްޔަތަށް ނޭދެވޭ އަސަރުކުރާނެ: ނޭކުރެންދޫ ކައުންސިލް 📍 ހދ. ނޭކުރެންދޫ

ނަފުރަތުގެ އަމަލު ބިލުން ރާއްޖޭގެ އިސްލާމީ ސަހްސިއްޔަތަށް ނޭދެވޭ އަސަރުކުރާނެ: ނޭކުރެންދޫ ކައުންސިލް

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް 25 މެއި 2021 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުން ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ހދ. ނޭކުރެންދޫ ކައުންސިލުން ބުނެފިައެވެ. ނޭކުރެންދޫ ކައުންސިލްގެ 5 މެންބަރު ސޮއި ކުރަށްވާ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި، ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އަދި ދިވ...

އަލީ އާދިލް
ބިލް މިހާރު އޮތްގޮތަށް ފާސް ނުކުރުމަށް ނޭކުރެންދޫ ކައުންސިލުން ގޮވާލައިފި 📍 ހދ. ނޭކުރެންދޫ

ބިލް މިހާރު އޮތްގޮތަށް ފާސް ނުކުރުމަށް ނޭކުރެންދޫ ކައުންސިލުން ގޮވާލައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސޭން ހުށަހަޅާފައިވާ “ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ހދ. ނޭކުރެންދޫ ކައުންސިލުން ގޮވައިލައިފިއެވެ. ޤާނޫނުލްއުޤޫބާތަށް އިސްލާހުގެ ގޮތުގައި ހުށަހެޅިފައިވާ މި މާއްދާގައި ބުނާގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށާއި، އަދި އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމައުގައި ނަފުރަތު އުފެއްދުމަކީ...

އަޙްމަދު އަރުޝަމް
މަސްދުވަސް ފަހުން ނޭކުރެންދޫ މޮނިޓަރިން އުވާލައިފި 📍 ހދ. ނޭކުރެންދޫ

މަސްދުވަސް ފަހުން ނޭކުރެންދޫ މޮނިޓަރިން އުވާލައިފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން، ހދ. ނޭކުރެންދޫ މޮނިޓަރިން އުވާލައިފި އެވެ. ނޭކުރެންދޫ މޮނިޓަރިން ހާލަތުން ވީއްލާފައި މިވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނައިތާ 1 މަސްދުވަސް ފަހުންނެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ހުސްވި މެއި މަހުގެ 24 ވަނަ ދުވަހުއެވެ. އެ ހާލަތުން ވީއްލީ މިއަދުގެ 13:40 އިން ފެށިގެންނެވެ. އެރަށް މޮނިޓަރިންއަށްލީ ރޭންޑަމް ސާމްޕަލެއް ކޯވިޑްއަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޭފަހުން ވަނީ އެރަށުގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތްކަމަށް ނިންމާފަ އެވެ. އެޗްޕީއޭއިން […]

އަޙްމަދު އަރުޝަމް
ބަންދުވެފައިވާ ނޭކުރެންދޫއަށް އަވައްޓެރި ވައިކަރަދޫއިން އެހީތެރިކަމެއް 📍 ހދ. ވައިކަރަދޫ

ބަންދުވެފައިވާ ނޭކުރެންދޫއަށް އަވައްޓެރި ވައިކަރަދޫއިން އެހީތެރިކަމެއް

ހދ. ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ނޭކުރެންދޫ ރައްޔިތުންނަށް އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ. ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން އަދިވެސް ފުރަބަންދުގެ ހާލަތުގައި އޮތް، ނޭކުރެންދޫ ރައްޔިތުންނަށް ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ހަދިޔާ ކުރީ، 1700 ކިލޯގެ ރޯމަހެވެ. ނޭކުރެންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ސަބަބުން ބޭރަށް ނުކުމެ އުޅުން މަނާކޮށް މިދިޔަ މަހު 29 ވަނަ ދުވަހުން ފެށިގެން އަންނަނީ ކާފިއު ހިންގަމުންނެވެ. ނޭކުރެންދޫ ކައުންސިލުން ވިދާޅުވެފައިވަނީ އެރަށަށް ދިމާވެފައިވާ މި ދަތި އުނދަ...

ތިލަދުން
ނޭކުރެންދޫގެ ހާލަތު ގޯހުން ގޯހަށް، އިތުރު 13 މީހުން ޕޮޒިޓިވްވެ ހދ. އަތޮޅުގެ އެކްޓިވް ކޭސް 111 އަށް 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގެ ހާލަތު ގޯހުން ގޯހަށް، އިތުރު 13 މީހުން ޕޮޒިޓިވްވެ ހދ. އަތޮޅުގެ އެކްޓިވް ކޭސް 111 އަށް

ހދ. އަތޮޅުގައި މިވަގުތު ކޯވިޑް19 ގެ ހާލަތު އެންމެ ގޯސްކޮން އޮތް ރަށް ކަމުގައިވާ ހދ. ނޭކުރެންއިން އިތުރު 13 މީހުން ޕޮޒިޓިވް ވެ މިވަގުތު އެރަށުގައި އެކްޓިވް ކޭސްތަކުގެ އަދަދު 73 އަށް އަރައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިރޭ އާންމު ކުރި މަޢުލޫމާތު ތަކަށް ބަލާއިރު ނޭކުރެންދޫގެ އިތުރުން މިއަދު އިތުރު ޕޮޒިޓިވް ކޭސް އެއް ފެނިފައިވަނީ ހދ. ހަނިމާދޫއިން ނެވެ. މީގެ އިތުރުން އެ ހޮސްޕިޓަލް އާންމު ކުރެއްވި […]

އަލީ އާދިލް