📍 ހދ. ހަނިމާދޫ
ތަޖުރިބާ ދަތުރުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ނޭކުރެންދޫއަށް
އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ ތަޖުރިބާގެ ދަތުރުގައި އެ ޖަމިއްޔާގެ މެމްބަރުން އެ އަތޮޅު ނޭކުރެންދޫއަށް ޒިޔާރަތް ކޮށްފިއެވެ. އެ ޖަމިއްޔާއިން 15 ޖަނަވަރީ 2022 ވީ ހޮނިހިރު ދުވަހު ނޭކުރެންދޫއަށް ކުރި ދަތުރުގައި ޖުމްލަ ނުވަ މެމްބަރުން ވަނީ ބައިވެރި ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ހަ މެމްބަރުންނާއި އަންހެން ތިން މެމްބަރުންނެވެ. ނޭކުރެންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަނ...