📍 ހދ. ނޭކުރެންދޫ
ނޭކުރެންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން ކުޅެން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށު ސްކޫލް ކުދިންނަށް ބެޑްމިންޓަން ކުޅެން ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. އެ ރަށު ސްކޫލްގެ ގްރޭޑް ހަތަރަކުން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 70 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ޑިސެމްބަރ މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުން...