📍 ހދ. ނޭކުރެންދޫ
ނޭކުރެންދޫއިން ރިސޯޓަކަށްދިޔަ މީހަކު ޕޮޒިޓިވް، ރަށް މޮނީޓަރިންއަށް
ހދ. ނޭކުރެންދޫގައި ހުރެފައި ރިސޯޓަކަށް ދަތުރުކުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށް މޮނީޓަރިންއަށް ލައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަމާއި ގުޅުން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި އެ ރަށް މޮނީޓަރިންއަށް ލާފައިވަނީ މިރޭ 21:33 ގައެވެ. މިކަމާއި ގުޅިގެން އެޗްޕީއޭއިން އާންމު ކޮށްފައިވާ ލިޔުމުގައި އިތުރަށް ވިދާޅުވެފައިވަނީ ނޭކުރެންދޫގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި އަދި އެޗްޕީއޭގެ...